ޝަމްވީލް ގައިގާ ހުރި ބާރެއް ލާފައި ދުއްވައިގަތެވެ. ފަހަތުން އަންނަނީ ކޮން ބައެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އެމީހުން އަންނަނީ ވަޅިއާއި ދަގަނޑު ފަދަ އެއްޗެހި ހިފައިގެން ކަމެވެ. އެމީހުން އެ އަންނަނީ ޝަމްވީލަށް ހަމަލާ ދޭން ކަން ކަށަވަރު ވިއެވެ. ދެފައިން ވާގި ގޮސްފިއެވެ. ގައިގާ ވަރެއް ނެތެވެ. ދުވެ ދުވެ ވަރުބަލި ވެއްޖެއެވެ. މޫނު ނިވާ ކޮށްގެން ތިބި މި މީހުން އައިސް އެމީހުން އަތުގައި އޮތް ވަޅި ހެރީ ޝަމްވީލްގެ ބަނޑަށެވެ.
“މަންމާ…………………..!” ސިއްސައިގެން ގޮސް ހޭލެވުނެވެ. ޝަމްވީލަށް އޮވެވުނީ ހުވަފެނެއްގެ ތެރޭގައެވެ. މަންމަ އައިސް ދޮރުގައި ޓަކި ޖަހައިގަތެވެ. “ދަރިފުޅާ، ދަރިފުޅާ، ކިހިނެއްވީތަ ތި ހަޅޭއްލަވަނީ؟”. “ކަމެއް ނުވޭ މަންމާ، ހުވަފެނެއް ފެނުނީ” ޝަމްވީލް ޖަވާބު ދިނެވެ.
މިއަދަކީ ޝަމްވީލްގެ އޯ ލެވެލް އިމްތިޙާން ފެށޭ ދުވަހެވެ. 8 ޖަހާއިރަށް ޓެސްޓް ހޯލަށް ދާން ޖެހޭނެއެވެ. އަވަސްކޮށްލައިގެން ނުކުމެ ސައިބޮއެގެން، ހޯލަށް ދާން ހިނގައިގަތެވެ. ދިޔަ މަގުމަތީގައި ޝަމްވީލް ވިސްނަމުން ދިޔައީ ރޭގައި އެ ފެނުނު ހުވަފެނާ ދޭތެރޭގައެވެ. “އެހެންޏާ ނުފެންނަ ކަހަލަ ހުވަފެނެކެވެ. ބިރުވެރިއެވެ. އޭނާ ފަހަތުން ޙަމަލަ ދޭން އެ އައީ ކޮން ބައެއްބާއެވެ.” ޝަމްވީލް ހިތަށް އަރަމުން ދިޔައެވެ.
“ދެން، ގެނޭ އަހަރެން ދަބަސް.. ޕްލީޒް،،ދެން….ދީބަލަ!” އެ އިވެނީ އަންހެން ކުއްޖެއްގެ ރީތި އަޑެކެވެ. ނަމަވެސް އެއުޅެނީ ކޮންމެވެސް މައްސަލައެއް ޖެހިގެންނެވެ. އޭނާ ހިނގަމުން ގޮސް ސްކޫލަށް ވަދެވެން އޮންނަ ހިމަ ގޯޅިއަކުން ވަނެވެ. އެ އަޑު އިވެނީ އެދިމާލުންހެން ހީވާތީއެވެ. މަޑުމަޑުން ހިނގަމުން ގޮސް ސްކޫލުން ނެއްޓި އެ އަޑު އިވޭ ހިސާބަށް ދިޔައެވެ. އެހިސާބަށް އަރާ ހަމަވިތަނާ އޭނާގެ ފައިބުޑަށް ވެއްޓުނީ އޭނާ ވަރުގެ އަންހެން ކުއްޖެކެވެ. ވެއްޓުނީއެއްވެސް ނޫނެވެ. ބަޔަކު އޭނާ ކޮއްޕާ ވައްޓާލީއެވެ. ޝަމްވީލް އެ ކުއްޖާ ނަގައި ކިހިނެއްވީހޭ އެހިއެވެ. އެކުއްޖާ ބުނީ މި މަގުން ފިހާރައަކަށް ދަނިކޮށް މި މީހުން އޭނާ އަށް ޖެއްސުން ކުރާ ވާހަކައެވެ.
“އައްދޭ…… މި ކޮން ގޮލައެއްތަ؟ މި ދޭތެރެއަށް ވަންނަން، ކަލޭ މިތަނުން ދޭ، ތިއީ މަގޭ ބިޓޭ… ދޫކޮށްލާ އޭނަ…!” އެ ދެމީހުން ތެރެއިން އެކަކު ރުޅި އައިސް ހުރެ ބުންޏެވެ. އެހިނދު އެ އަންހެން ކުއްޖާ ބުންޏެވެ. “މަށެއް ނޫޅެން ކަލެއާ ހެދިއެއް، ކަލޭ މަގޭ ފަހަތުން ކިތަންމެ ވަރަކަށް އުޅުނަސް މި ޝައުނާއެއް ނޫޅޭނަން، ހުނ!” ޝަމްވީލް އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. ޝައުނާ މިހެން ބުނުމުން އެތަނުން އެކަކު ޝަމްވީލް ގާތަށް އައެވެ. ޝައުނާ ހުރީ ޝަމްވީލްގެ ފަހަތުގައެވެ. ޝަމްވީލްގެ ކުރިމަތީގައި ވަށްކަޅިން ބަލަން ހުރެފައި ކުއްލިއަކަށް އޭނަ ޝަމްވީލް ކޮލުގައި ޖަހާފައި ޝައުނާ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާ ފުންމައިގެން ތެދުވެ ބަލައިލިއެވެ. ޝައުނާއަށް ރޮވެނީއެވެ. އެ ދެމީހުން ޝައުނާ އަތުގައި ހިފައި ދަމަމުން ގެންދަނީއެވެ. އޭނާ ދެ ފަހަރަކު ގޮވާލިއެވެ. އެ ދެމީހުން މަޑެއް ނުކުރިއެވެ. އޭނާ ހިތައް އެރިއެވެ. “ކިހިނެއްބާ ހަދާނީ؟” ހުރެވޭކަށް ނެތެވެ. އެ މަގަކީ މީހުން ވަދެ އުޅޭ މަގެއްވެސް ނޫނެވެ. އެހެންކަމުން މީހަކަށް ގޮވޭކަށްވެސް ނެތެވެ.
“އެމީހުން ޝައުނާ އެ ގެންދަނީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. އަހަރެން ޝައުނާ ސަލާމަތް ކުރާނަމެވެ”. ޝަމްވީލް މިހެން ހިތަށް އަރައި ދުއްވައިގަތެވެ. ގޮސް ހުއްޓުނީ އެމީހުންގެ ކުރިމަތީގައެވެ. ޝަމްވީލް ބުންޏެވެ. “ޝައުނާ ދޫކޮށްލާ، އެހެންނޫނީ……..”
އެމީހުން ހޭން ފަށާފައި ބުނެލިއެވެ. “އެހެން ނޫނީ؟؟؟؟ ކިއެއް ކުރެވޭނީ؟ އެއްކަމެއްވެސް ކަލެއަކަށް ނުކުރެވޭނެ، މާ ގަދަ ވެގެން ތިއުޅެނީ، ރިތިކް ރޯޝަން!” އެމީހުން ޝަމްވީލަށް މަލާމާތް ކުރަންވެސް ފެށިއެވެ.
އޭނާ އެމީހުން ކައިރިއަށް ގޮސް ބުންޏެވެ. “މަ ބުނާނީ އެއްފަހަރު!” އޭނާ އެ ދެމީހުންގެ މޫނުމަތީ ޖެހިއެވެ. އެއަށްފަހު ޝައުނާ ގޮވައިގެން ދުއްވައިގަތީ އެމަގުން ނުކުންނާށެވެ. އެ ދެމީހުންވެސް ފަހަތުން އާދެއެވެ. ގާބުރި ބުރި އުކަމުންނެވެ. އެކަމަކު އެއްވެސް އެއްޗެއް ޝައުނާ ގައިގަ ޖެހުނަކަ ނުދެއެވެ. ޝަމްވީލް އައީ އޭނާ ނިވާ ކޮށްގެންނެވެ. މިދެމީހުނަށް މަގުމައްޗައް ނުކުމެވިއްޖެއެވެ.
ޝައުނާ ބުންޏެވެ. “ޝުކުރިއްޔާ! ކޮން ނަމެއްތަ ކިޔަނީ؟” އެހިނދު ޝަމްވީލް ބުންޏެވެ. “ޝަމްވީލް”. އޭނާއަށް ހުރެވުނީ ޝައުނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކަޅި ޖަހާނުލައެވެ. ޝައުނާ ބުނެލިއެވެ. “ނަސީބެއްނު، ޝަމްވީލް އެގަޑީގައި އެތަނަށް ދިޔަ ކަން އެހެން ނޫން ނަމަ ނޭނގެ ވާނެ ގޮތެއް ވެސް!” ޝައުނާ ގައިން ހިރަފުސް ފޮޅާލާފައި ތެދުވިއެވެ.
“ބަލަ ޔުނީފޯމު ވެސް ހިރަފުސް ވީއެއްނު، މަށާ ހެދި ދޯ މިހެން މިވީ!” ޝައުނާ ޝަމްވީލްގެ ޔުނީފޯމުން ވެސް ހިރަފުސް ފޮޅާލަދިނެވެ. ކުއްލިއަކަށް ލަދުގަނެފައި ތެދުވެ ބަލައިލިއެވެ. އޭނާއަށްވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ. ހަތަރު ކަޅި ހަމަވިއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން ނުކުރެވޭ ފަދަ އިޙުސާސްތަކެއް ކުރެވެން ފެށިއެވެ. ޝައުނާ އިސްދަށަށް ޖަހާލާފައި، ލަދުން ހުރެ ދުއްވައިގަތެވެ. ޝަމްވީލަށް ހުރެވުނެވެ.
ކުއްލިއަކަށް ހޭވެރިކަން ވިއެވެ. ގަޑިން 8 ޖަހާ ފަސް މިނެޓު ހިނގައިފިއެވެ. “ޓެސްޓް!” ޓެސްޓް މަތިން ހަނދާންވިއެވެ. ޝަމްވީލް ދިޔައީ ސްކޫލަށެވެ.
މެންދުރުވީއެވެ. ގެއަށް އައިސް ވަތްތަނާ މަންމަ ބުންޏެވެ. “ކޮބާ ދަރިފުޅާ، ޓެސްޓު ކިހިނެއްތަ؟” “ވަރަށް ފަސޭހަ މަންމާ، ފާސް ވާނެ އިރާދަކުރެއްވިއްޔާ” އޭނާ ޖަވާބު ދިނެވެ.
4 ހަފްތާ ފަސް
“ދަރިފުޅާ، ކޮންއިރަކުންތަ ކަނީ؟” މަންމަ ކާން އިށީންނަމުން އަހާލިއެވެ. ޝަމްވީލް ބުންޏެވެ. “މިރޭ އަހަރެން ނުކާނަން! ކާ ހިތެއް ނެތް” ޝަމްވީލް ދިޔައީ ކޮޓަރިއަށެވެ.
ޝަމްވީލަށް މިދުވަސްކޮޅަކީ ވަރަށް އުފާވެރި ދުވަސްކޮޅެކެވެ. ޝައުނާ އެއީ އޭނާގެ ލޯބިވެރިޔާއެވެ. އެކުގައި އުޅޭތާ 3 ހަފްތާ ވެއްޖެއެވެ. ކޮންމެ ރެއަކު 11 12 ޖަހަންދެން އޭނާ ޝައުނާއާ ވާހަކަ ދައްކަން ނުވަތަ ޗެޓު ކުރަން އޮވެއެވެ. ހަވީރު ގަޑީގައި ހިނގާލަންވެސް ދެއެވެ. އެކުގައި ވަރަށް ގިނަ ވަޤުތު ހޭދަ ކުރެއެވެ.
ޖެހިގެން އައި ދުވަހެވެ. ޝައުނާ ގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށްވާ ޒުލޭޚާ، ޝައުނާމެން ގެއަށް ދިޔައެވެ. “އަހަރެން އަޑު އަހައިފިން ވާހަކައެއް!” ޒުލޭޚާ ބުންޏެވެ.
“އަނެއްކާ ކޮން ވާހަކައެއް؟” ޝައުނާ ސުވާލު ކުރުމުން ޒުލޭޚާ ބުނީ ޝައުނާއާއި ޝަމްވީލް ރައްޓެހިވެގެން އުޅޭ ވާހަކަ ކަމަށެވެ. “ހްމްމް، މިހާރު 3 ހަފްތާ މިވަނީ، އޭނަ ވަރަށް ރަނގަޅު، ޒުލް ވެސް ވާނެ އޭނައާ ބައްދަލު ކޮށްލަން ދާން!”
ޝައުނާ މިހެން ބުނުމުން ޒުލޭޚާ ފާޑަކަށް މޫނު ކުނި ކޮށްލާފައި ބުނެލިއެވެ. “ޝައުނާއަށް އެއަށްވުރެ ރަނގަޅު މީހަކު ނުފެނުނުތަ ލޯބިވާން؟ ގައިމު އެއީ އެހާ އަވަހަށް ރުޅި އަންނަ މީހެއް، ގަމާރެއް ކަހަލަ މީހެއް، އޭނަ އުޅޭ ވައްތަރުންނޭ މީހުން އޭނައަށް މަލާމާތް ކުރަނީ! ދެން ޝައުނާ ކަހަލަ ރީތި ކުއްޖަކު އެކަހަލަ މުޑުދާރު ކުއްޖަކާއެކު އުޅޭތަން ފެނުނީމަ މީހުން ޝައުނާއަށްވެސް މަލާމާތް ކުރާނެ، މާރަނގަޅު ވާނެ އެހެން މީހެއް ހޯދިއްޔާ….”.
“ޒުލޭޚާ…..!” ޝައުނާ ރުޅި އައިސް ބުނެލިއެވެ. “ނުކުމެ މިގެއިން، ކަލޭ ތިއީ ކާކު އަހަރެމެން ދެ މީހުން ދޭތެރެއަށް ވަންނަން!”
ޒުލޭޚާ ވެސް ނުކުންނަމުން ބުންޏެވެ. “އަދި މިގޮޔަ ވެސް އަހަރެ ބުނާ ވާހަކައެއް ޤަބޫލެއް ނުކުރާނެ، އަޅެ ބަލަން ހުރެބަލަ، މަ މި ބުނި ހެން ހަމަ ކަންތައް ވާނީ، ޝައުނާއަށް ރަނގަޅަކަށް މަ މިހެން މިބުނީ…..ދެން ޝައުނާއަށް އެނގޭނީ ހަދާނެ ގޮތެއް! މަ މިދަނީ…ހުނ!” ޒުލޭޚާ ނުކުމެގެން ހިނގައްޖެއެވެ. ޝައުނާ ވިސްނަން ފަށައިފިއެވެ. ޒުލޭޚާ އެބުނީ ތެދެކެވެ. އަހަރެން ކަހަލަ ރީތި ކުއްޖަކު އެ ޝަމްވީލާ…….؟؟؟؟؟”
ގަޑިން ރޭގަނޑު 9 ޖަހަނީއެވެ. މަންމަ ހުން އައިސްގެން އުޅޭތީ، ޝަމްވީލް ދިޔައީ މަންމައަށް ބޭސް ގުޅައެއް ގަންނަން ވެގެން، ފާމަސީއަށެވެ. ގޮސް ބޭސް ގަނެގެން އަންނަން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ ފަހަތުން ބަޔަކު އަންނަހެން ހީވިއެވެ. އޭނާ ފަހަތެއް ނުބަލައެވެ. މިހެން ހިނގަމުން ދަނިކޮށް ފަހަތުން ބަޔަކު އައިސް އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އެއީ ކޮން ބައެއްތޯ ބަލަން އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު އެމީހުން މޫނުގައި ފޮތި އަޅައިގެން ތިބުމުން ކޮން ބައެއް ކަމެއް ނޭނގުނެއެވެ. އެމީހުން ޝަމްވީލް ގެންގޮސް އެރުވީ ކާރަކަށެވެ.
އޭނާ ގެއަށް ނާހިސް ލަސް ވާތީ ކަންބޮޑުވެގެން އޭނާގެ މަންމަ އޭނާއަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ފޯނު ނަގަންދެން ގުޅާނަމޭ ހިތާ އަނެއްކާވެސް ގުޅިއެވެ.
ޝައުނާ ހިތައް އަރަމުން ދިޔައެވެ. “ޝަމްވީލަށް އެ ޚަބަރު ދޭނީ ކިހިނެއްބާ؟ އަހަރެން އޭނާއާ ދުރުވާން ބޭނުންވާކަން ބުނާނީ ކިހިނެއްބާ؟ ބައްދަލު ކޮށްލަންވީ ކަންނޭނގެ!” ޝައުނާ ފޯނު ނަގައި ޝަމްވީލަށް ގުޅިއެވެ. ފޯނު އޮތީ ނިއްވާލައިފައެވެ. އިރުކޮޅެއް ނުވެ ޝަމްވީލްގެ މަންމަ ޝައުނާއަށް ގުޅިއެވެ. “ކީކޭ، އާނ ޝައުނާ މިއީ، ކިހިނެއްވީ؟” ޝަމްވީލްގެ މަންމަ ހުރީ ވަރަށް ހާސް ވެފައިކަން ޝައުނާއަށް އެނގުނެވެ. “ކިހިނެއްވީތަ؟ ކޮބާތަ ޝަމްވީލް؟” ދެވަނަ ފަހަރު ޝައުނާ އެހިއެވެ. ޝަމްވީލް މަންމައަށް އެއުޅެނީ ވާހަކަ ނުދެއްކިގެންކަން ޝައުނާއަށް އެނގުނެވެ. ކޮންމެސް ކަމެއް ގޯސް ވެއްޖެކަން ޝައުނާއަށް އެނގިއްޖެއެވެ. ޝައުނާ ބޮލަށް ބުރުގަލެއް އެއްލައިގެން ބާރުބާރަށް ހިނގައިގަތީ ޝަމްވީލް މެން ގެއަށް ދާށެވެ.
ނުނިމޭ…
2 Comments!
Comments are closed.

Salhi ey bunii
wooooowww .?????… brw it’s so beau…???.
obiness to the max..???????
kon iraku nxt prt up kohlaaney…
btw u mind telling ur age..?
take care and stay safe ingey..????
luv you a lots…❤️❤️❤️??????