Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

މަޢާފު ލިބުނެވެ. އެހެނަސް…

Mariyam Xaara Zaahir Level 1
August 10, 2020 6 Mins Read
1 Comment

ރަށުގެ ބޮޑެތިމަގުތަކަށް ފިނިކަމާ ހިޔާގެނެސްދީފައިވަނީ މަގުތަކުގެ ދެފަރާތުގައި ހެދިފައިވާ ބޮޑެތި ބަބުކެޔޮގަސްތަކާއި ރުއްތަކުންނެވެ. މުޅިރަށުތެރޭން ފެނިގެންދަނީ އުފާވެރިކަމާއި ހީވާގިކަމެވެ. ހަޑޫހޮވުމާ، އިލޮށިފީއްސުމެވެ. ލީލިއެޅުމާ، ރޯނުވެށުމެވެ. ދަނޑަށްދިޔުމާ، މަހުންލަފައިގެން އައުމެވެ. މިފަދަ އެތައްކަމެއް މަގުމަތީން ފެންނަމުންދެއެވެ. ކޯޅިކޯޅިއަށް މީހުންތައް މަގުމަތީގައިތިބެ ހީސަމާސާ ކުރަމުންދެއެވެ. ބައެއްމީހުން އެއްވެސްކަމެއްނެތި  ކުޑަދަރިފުޅު ގޮވައިގެން އެ ފޮނި މަޖާ ވާހަކައިގައި ބައިވެރިވެގެން ތިއްބެއެވެ. މި ހީސަމާސާ އަށް ހުއްޓުމެއް ގެނުވީ ލަތީފާގެ މަންމަގެ ބަލި އަޑެވެ. އެހިނދު ލަތީފާ ތެދުވެ  ހަނޑޫލޯތަށި ހިފައިގެން ހިނގައިގަތެވެ. ”ކަންތަކާޖެހުނީ! ތަނެއްގައި އިށީނދެލައިގެންނެއް ނީނދެވޭނެ! ކަމެއް މިއޮތީ!” ކުދިކިޔަމުން ގޮސް ލަތީފާ ވަނީ ގެއަށެވެ.

 

އާދައިގެ ގޮތަކަށް ހަދައިފައިހުރި ކޮޓަރިއެއްގެ ތެރޭގައި ލަތީފާގެ މަންމަ ކުކުރަ ކުކުރާ އޮތެވެ. ގައިދޮށުގައި އޮތް ގޮދަނޑިގަޑަށް ބަލައިލުމުން ހީވަނީ ވަރަށް ގިނަދުވަސްވެފައިވާ ގޮދަނޑިއެއް ހެނެވެ. މުޅި ގޮދަނޑި ވަނީ ދެފުށްޖެހިފައެވެ. ގޮދަނޑީގައި އަޅާފައިވާ ބެޑުޝީޓްގަނޑު މިއިންދުވަހަކު ދޮވެލާފައި އޮތްހެނެއް ހިއެއްނުވެއެވެ. ފެންބުއިމަށް ބަހައްޓާފައިހުރި ތަށިހުރީ ފުސްބުރާފައެވެ. ކޮޓަރިތެރޭން ދުވަނީ އެހާހިތްގައިމު ވަހެއްނޫނެވެ. މިހާ ހޫނުގަދައިރު ކޮޓަރީގައިހުރި ފަންކާގަނޑު އެބުރެނީ ކިރިޔާއެވެ. ކުޑަދޮރުގައި ދަމާލައިފައިވާ ފޮތިގަނޑުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ.

 

”ކިހިނެއްތަވީ؟ މިއޮތީވާކަމެއް! ގޮވާވަރެއް! އަން ….! ތެދުވެ މި ބޮއެގެންވެސް އޮވެވޭތޯބަލާބަލަ!” އެ ހަރުކަށި އަޑަށް ލަތީފާގެ މަންމަ ފެންބޯންވެސް ބޭނުންނުވިކަހަލައެވެ. ކަރުހިއްކުންވެސް ފިލިކަހަލައެވެ. ލަތީފާ އެހުރިރުޅީގައި ތަށިދޮއެވެސްނުލައި ފެންތަށި ތުނބުގައި ޖެއްސިއެވެ. އެއާއެކު ކޮށިއަރައިފިއެވެ. ފާތުމަ އަނގައަށް އެޅި ފެންފޮދުވެސް އެތެރެނުވެ ބޭރުވިއެވެ. ”ހޫނ ..! ކީއްތަތިކުރީ! އައްޗީ! މުޅިގަޔަށް!” ލަތީފާ އައިރުޅީގައި އިތުރަށް ފެންފޮދެއްވެސްނުދީ ހަޅޭލަވަމުން ނުކުމެއްޖެއެވެ. ފާތުމަ ހިތާހިތާ ކިޔަމުންދެއެވެ. ﷲ މިއަޅާ ގެންދަވާނެނަމަ ކިހާރަނގަޅުހެއްޔެވެ؟ މިދުނިޔެއަކީ ކޮންފަދަ ތަނެއްހެއްޔެވެ؟ އެއީ އަހަރެން ބަނޑުއަޅާ ވިހޭ ދަރިންބާވައެވެ. މަސްނިމޭއިރަށް އަނެއްދަރިގޯއްޗަށެވެ. ހަމަގައިމުވެސް އަހަރެން ދަރިންބެލީ އެގޮތަކަށް ނޫނެވެ. ކުރާނެކަމެއްނެތެވެ. މިއަދު ހުރިގޮތެވެ. ކެތްކުރުން ނޫންގޮތެއްނެތެވެ.

ނިމުނީ………

މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. އެހެންކަމުން ވަރަށް ބައިވަރު މައްސަލަ ހުންނާނެ. ވީމާ ހުރިހާ ކިޔުންތެރިން ކޮމެންޓު ކޮއްލަދިނުން އެދެން…

 

މުޅިގޯތިތެރޭގައިހުރީ ލަތީފާގެ އަޑެވެ. މަންމަ ބަލަންޖެހުމުން ގޮވާގޮވެލިފަތީގެ އަޑެވެ. އަޑުގަދަވާތީ ގޭކައިރި ހަސީނާވަނެވެ. ވެގެން އުޅޭގޮތެއް އަހާލިއެވެ. ކިޔާއެއްޗެހިން އިތުރަށް އެއްޗެކޭ ނުބުނެ  ހަސީނާ ނުކުމެގެން ހިނގައްޖެއެވެ. ދެދަރިން ތިބޭއިރު މަހަކުދަރިއެއްގޭގައި ބަލަމުންދާއިރު ކޮންމެގެއަކުންވެސް އިވެމުންދަނީ ހަޅޭކުގެ އަޑުތަކެވެ. އެއީ ފިރިމީހާ ނެތުމުގެ ބަދުނަސީބެވެ. އޯގާތެރިކަމާއެކު އަނގައިން ބުނެލާނެމީހަކު ނެތުމުގެ ހިތްދަތިކަމެވެ. ތާއަބަދު އިވެމުންދަނީ ހިތްހަމަ ނުޖެހުމުގެ ބަސްތަކެވެ. މިފަދަ ހިތްދަތި މާހައުލެއްގައި ހިތާމައާއި ވޭނުގައި ފާތުމަ ދުވަސްތައް ވޭތިކުރަމުންދެއެވެ.

 

އެއްދުވަހެއްގެ ހެނދުނެވެ. ލަތީފާގެ އަޑެއްބަޑެއް ނީވެއެވެ. ވަލަށް ދިޔައީ ކަންނޭނގެއެވެ. ފާތުމަގެ އާދޭހުގެ އަޑުއިވެމުންދާތި ގޭދޮށު ހަސީނާ ވަދެލިއެވެ. އެތަންމިތަން ހޯދާލިއިރު އެއްވެސް މީހަކު ފެންނަންނެތުމުން ފާތުމަ އޮތްތަނަށް ވަދެ ގޮވާލިއެވެ. އޭރު  ފާތުމަ ބަނޑުހައިވެގެން ކާއެއްޗަކަށް އެދިގޮވަނީއެވެ. ކަންތައް ހުންނަގޮތް އެނގޭތީ އިތުރަށް އެއްޗެކޭވެސް ނުބުނެ، އެހިނދު ހަސީނާ ގެއަށްގޮސް ކިރުތައްޓެއް ހިފައިގެން އައިސް ފާތުމައަށް އެކިރުތަށިދިނެވެ. ހަސީނާ ބުނެލިއެވެ. ”ފާތުމާ! މިދިންކަން އެނގުނަސް ކަންތަކާޖެހުނީ، ފާތުމަގެ ހާލުބަލާލަންވެސް އަދި ކާއެއްޗެއް ހިފައިގެންވެސް ނާދެވެނީ އެހެންވެ! ދެންދަނީ.” މިހެންބުނެފައި  ހަސީނާ ހިނގައްޖެއެވެ.

 

 

ހެނދުނު 9 ޖަހާ ބޮޑުވީއެވެ. އެ ދިޔަތާކުން ލަތީފާއެއް އަދިވެސް ނާދެއެވެ. އޭރުވެސް ލަތީފާގެ މަންމައޮތީ ނުތާހިރާއެވެ. ލަތީފާ ގެއަށްވަދެ މަންމަ، ފާތުމައަށް ގޮވާލުމަށްފަހު ދިޔައީ ބަދިގެއަށެވެ. އެ ހިނދު ފާތުމަބުނެލިއެވެ. ”ދަރިފުޅާ މަންމަ ތާހިރު ކޮށްލަދޭންވީނުން، މިއޮތީ ބޮޑުކަމުވެސް ދެވިފައި.” ލަތީފާގެ މޫނުމަތި ހީވީ  ހަދާފައިހުރި ވިއްސާރަ ވިލާގަނޑެއްހެންނެވެ. ”ކަންތަކާޖެހުނީ. ހޫނ …! ހިނގާދާން! މިއޮތީ މަށައްޖެހިފާއޮތް ބޮޑު………!” ދެކިހިލި ފަތްދަށަށް އަތްލާ ދަމަމުންކަހަލަ ގޮތަކަށް ގިފިއްޔައްނެރެ ލަތީފާގެ މަންމަ ފާތުމަގެ ހެދުންބާލާ ތާހިރު ކުރަންބެލިއިރު ސައިބޯނިފުޅި ހުރީ ހުސްވެފައެވެ. ”ތިތާ އިންނާތި ތެދުވަންނޫޅޭތި، މަ އެބައަންނަން ވަރަށްއަވަހަށް” މިހެން ބުނެ ފާޚާނާ ތަށިމަތީ ބައިންދާފައި ލަތީފާ ދިޔައީ ގެ ކައިރީގައި ހުރި ފިހާރައަށް ސައިބޯނި ފުޅިއެއްގަންނާށެވެ.

 

 

ހަޅޭކެއްގެ އަޑާއެކު ބަންކިޔާފާ އެއްޗެއް ވެއްޓުނު އަޑަށް މަގުމަތި ކުނިކަހަން އޮތް ހަސީނާ ދުވެފައި ދިޔައީ އެ އަޑުއައި ދިމާއަށެވެ. އެ އަޑު އައީ ލަތީފާމެންގެއިންނެވެ. އެ ގެއަށްވަދެ ބަލާލިއިރު ލަތީފައެއް އަދި ފާތުމައެއްވެސް ފެންނާކަށްނެތެވެ. ގިފިލިން މީހަކު ރޯހެންހީވެގެން ދިޔައިރު ފާތުމައޮތީ މޫނުވަތަށް ވެއްޓިފައެވެ. ފާތުމަ އޮތް ހާލު ފެނި ހަސީނާ އަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ.

 

 އެވަގުތު ގެއަށް އައިސް ވަން ލަތީފާ އަށް އެއަޑުއިވި ގިފިއްޔާ ދިމާއަށް ދުއްވައި ގަތެވެ. މަންމަ ވެއްޓިފައި އޮތް މަންޒަރު ފެނި ލަތީފާއަށް އަސަރެއް ނުކުރަނީބާއެވެ.  އޭނާ ފެށީ ހަޅޭލަވާށެވެ. ”ނުތެދުވާށޭކިޔާ ދިޔައީމާވެސް ތެދުވަން އުޅުނީދޯ؟ ކިހާބޮޑުކަމެއްތަ؟” ލަތީފާގެ ފަތިވަރު ހުއްޓުނީ ހަސީނާގެ އަޑަށެވެ. ”ލަތީފާ ދެންވެސް އެއްޗެހިނުކިޔާ ތާހިރުކޮށްލައިގެން ގެންދަން ހިނގާބަލަ! މިހިރަމޫނުމަތީ ލޭވެސް އަންނަނީނުންތަ؟ ތިވަރުތަންކޮޅެއްބޮޑު،” ހަސީނާގެ އެހީތެރިކަމާއެކު ފާތުމަ ތާހިރުކޮށްގެން ކޮޓަރިއަށް ގެންދިޔައެވެ. ނަސީބަކުންމާބޮޑުވަރެއް ނުވެއެވެ. މަލަންގަނޑެއް އަޅާލުމުން އެތަނުން ލޭއައުންވެސް ހުއްޓިއްޖެއެވެ. ”މަންމައަށް ކާއެއްޗެއްދީފިންތަ؟” ހަސީނާ އަހާލިއެވެ. ”ކަމެއްޖެހިއްޖެއްޔާ ގޮވާލާތި” މިހެންކިޔާ ހަސީނާ ދިޔައީ ގެއަށެވެ. ”މަހަކު ނެޕީކޭހަކުން ނުވޭ! މިވަރުތަންކޮޅެއް ބޮޑެއްނުން، ސަރުކާރުންދޭ ދެހާސް ރުފިޔާވެސް ޖެހެނީ ޖެހޭތާ! އިތުރުކޮށްލާނެ އެކައްޗެއްނޯވެ.”  ފާތުމަ ރޯއަޑުވެސް އިވެއެވެ. އެހެން ނުކިޔުމަށް އެދި އާދޭސް ކުރެއެވެ. ނަމަވެސް އެއަޑެއް ލަތީފާއެއް ނާހައެވެ. ”ދެންވެސް މިތާއޮވޭ، މަމިދަނީ ސައިހަދަން، އަނެއްކާ އެނދުންފުއްލާނީކީނޫން” މިހެންކިޔާ ލަތީފާދިޔައީ ބަދިގެފަރާތަށެވެ.

 

މެންދުރުންއަނބުރާ ދޭއްޖެހީއެވެ. ގޭދޮރުމަތީ ހުރިބަނބުކެޔޮގަހުގެ ހިޔަލުގައި ހަސީނާމެން ނުކުމެ ތިއްބެއެވެ. ދުނިޔޭގެ ވާހަކައިގައި މިއެންމެން މަޖާކޮށް ވާހަކަދައްކަން ތިބިއިރު ލަތީފާވެސް އެމީހުން ގާތުގައި ހަނޑޫކޮޅެއް ހިފައިގެންގޮސް އިނެވެ. ދެކެވެމުން ދިޔައީ ކުރިއަށް އޮތް ކެމްޕޭނުގެ ވާހަކަ އާއި ދުނިޔެވީ ތަފާތުވާހަކަ ތަކެވެ. ދަށްކަމުންދިޔަ ވާހަކައަށް ލަތީފާވެސް ވާހަކަލަމުން ދެއެވެ. ”ތިޔަމީހުންވެސް މުސްކުޅިން ބަލާނެ މީހުންތިބޭ ތަންތަން ހަނދާނަމަ ކިހާރަނގަޅު. އޭރުން އަހަރެމެންކަހަލަ އެކަނިވެރި އަންހެނުންނަށް މުސްކުޅި މަންމަމެން ބަލަންނުޖެހި ފަރުޖެހޭނެ ވިއްޔާ!” ލަތީފާ މިހެންބުނުމުން ހަސީނާއަކަށް މަޑަކުން ނީނދެވުނެވެ. ”ލަތީފާ ތިވަރު ތަންކޮޅެއް ބޮޑު! ސަރުކާރަށްޖެހޭތަ ލަތީފާމަންމަޔާ އަހަރެމެންގެ މަންމަމެން ބަލަން. ބަލަ! އެމީހުންބެލުމަކީ މިއަދު އަހަރެމެންގެ ވާޖިބެއް ނޫންތަ؟” ލަތީފާވެސް އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ. ”ހަސީނާތިހެން ބުންޏަސް އަހަރެންނަށް އެނގޭނީ އެކަމުގައި ހުރި އުނދަގޫ! އެކަނިމާ އެކަނި އުޅެންޖެހޭހާލު!” ހަސީނާ މަސައްކަތްކުރީ ލަތީފާއަށް ވިސްނައިދެވޭތޯއެވެ. “ބަލަ އަހަރެމެންނަށް ދާންނުކެރެނީ ލަތީފާގެ ކަންތައް ހުންނަގޮތުން! އަނެއްކާ މިހާކައިރީ އުޅޭއިރު ގޮވާލާނަމަވެސް ރަނގަޅެއްނުންތަ؟” ހަސީނާގެ ވާހަކަ ހުރިގޮތުން ލަތީފާ އިތުރަށް ހިތްހަމަ ނުޖެހުނެވެ. “ދެފަހަރުގޮވަލަންވާއިރަށް އޮންނާނީ މޫނުކެޑިފަ! ތިމާގެ މަސްގަނޑު ތިމާބަލަން ޖެހުމުން ވާއުނދަގޫ މިޙާރުއެނގޭނީ މަށަކަށްނުން!” މުޅިމާހައުލު ބަދަލުވެއްޖެއެވެ. އުފަލާ ހީސަމާސާގެ މާހައުލު ހިތްހަމަ ނުޖެހުމާ ނަސޭޙަތުގެ މާހައުލަކަށް ބަދަލުވެއްޖެއެވެ. ލަތީފާއަކަށް އެތާކުނީނދެވުނެވެ. ހަސީނާ އާއި ދެންތިބި މީހުން ދެއްކިވާހަކައަށް ނުރުހިގެން ބޮކިތަޅަމުން ލަތީފާގެއަށް ހިގައްޖެއެވެ.

ގެއަށް ވަނުމާއެކު އިވިގެން ދިޔައީ ލަތީފާގެ ޒީލަގަދަ އަޑެވެ. ލަތީފާގެ މަންމަ އެއްޗެކޭބުނީ ކަންނޭގެއެވެ. ”ތިޔަމީހާ ނުބަލައިގެން އެންމެން މަށައްކުނިގޮވަނީނުންތަ؟ މިވަރުން އުޅޭއިރުވެސް ކަމެއްކޮށްދެވޭތަ؟ އަނގަމަޑުންލައިގެން އޮއެވެތޯބަލާބަލަ!” ފާތުމަ ވޭނީ އަޑަކުން ލަތީފާއަށް ނަސޭހަތް ދެވޭތޯ ބެލިއެވެ. “ދަރިފުޅާ އަބަދު މަންމަ ބަލަން ޖެހިގެން އެއްޗެހި ނުގޮވަބަލަ! އެންމެފަހަރަކުވެސް އޯގާތެރިކަމާއެކު އަނގައިން ބުނެލަބަލަ! އަދުކަންނޭގެ ލޯމަރާލާނީ، ކިއެއްކުރާނީ!” ފާތުމައަށް ބުނެވުނީ މި ހިސާބަށެވެ. އޭނާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ.

 

އަސުރުވުމާއެކު ނަމާދުކޮށްގެން ލަތީފާ އިލޮށިފަތިހިފައިގެން ނުކުތީ ގޭދޮށްކަހާލާށެވެ. ހަސީނާ ބަރޯއެއް ހިފައިގެން އައިސް ލަތީފާއާއި ވާހަކަ ދައްކާލަންހުއްޓުނެވެ. ހަސީނާ އަހާލިއެވެ. ”ލަތީފާ މިއަދުދެކެވުނު ވާހަކައާއިމެދު ނުރުހިފަތަ ތިޔައޮތީ؟” ހަމަޖެހިލާފައިހުރެ ލަތީފާ ހަސީނާއާއި ވާހަކަދެއްކިއެވެ. ” ނޫނޭ! ދެންއެވާހަކަ އެއޮތީ ދެއްކިފާވިއްޔާ! އެކަމާމެދު ރުޅިއައިސްގެން ކުރާނެކަމެއް ނެތެއްނުން! ކޮންތާކުންތަ ތިޔައަންނަނީ. މިރޭމިއުޅެނީ މަރުކަޒައްދާންވެގެން! މަށާއެކު މަންމަގޮވައިގެން މަރުކަޒަށްގޮސްލަން އަންނައްޗޭ!”

ލަތީފާގެ ވިސްނުން ބަދަލުވެފައި ހުރީތީ އެކަމާ އުފަލުންހުރެ ހަސީނާ ވާހަކަދެއްކިއެވެ. ”ލަތީފާ! ތިޔައީއޭ އަހަރެންމިދަށްކާ ވާހަކައަކީ، ލަތީފާގެ ކުރިމަތީނުންތަ އަހަރެމެން ތިޔަހެން މިތެޅުނީ، އެމީހުންނާ ދޭތެރޭ ނިކަން ވިސްނާލަބަލަ! އެމީހުން އަހަރެމެން ބަލާބޮޑުކުރީ ކޮންފަދަގޮތަކަށްތަ؟ އަހަރެމެންކުރި އުނދަގޫތަކުގެ ވާހަކައެމީހުން ދަށްކާތަ؟ ލަތީފާ! އެދުވަސްހަމަ ކޮންމެމީހަކަށްވެސް އަތުވެދާނެ، އަންނާނީ ބުނެފައެއްނުން! ކޮންމެމީހަކުވެސް މައިންބަފައިންނާ ދޭތެރޭކަންތައް ކުރަންޖެހޭނީ ރަނގަޅަށް، އޭރުންނެއްނުން އަހަރެމެންގެ ދަރިން އަހަރެމެންނާ ދޭތެރޭ ރަނގަޅަށް ކަންތައްކުރަނީ! ދޮގެއްތަ؟  ތިޔަވާހަކަ އެއްބަނޑު ބޭބެއަށް އަންގައިފިންތަ؟ ބޭބެއަށްވެސް މަންމަބަލިހާލު އަންގާލަންވާނެއްނުންތަ؟” ހިތްދަތި ރާގަކަށް ލަތީފާބުނެލިއެވެ. ”ދެދުވަހަކު ގުޅާލައިފިން، ފަހަރިދައިތަނަގަނީ. މަންމަބަލިވެއުޅޭވާހަކަ ބުނުމުން ރުޅިއައިސް މައިންބަފައިންގެ މުދާކާމީހުންނޭ މައިންބަފައިން ބަލާނީ ކިޔާފޯނު ކަނޑާލަނީ، ބޭބެއަކަށް ހިއެއްނުވޭ އެނގޭހެނެއް!” މިހާ ހިސާބަށް ބުނެވުމާއި އެކު ލަތީފައަށް ރޮވިއްޖެއެވެ. ލަތީފާގެ ކޮޑުގައި ޖަހާލުމަށްފަހު ހަސީނާބުނެލިއެވެ. ”ދެންއަޅާނުލާ. ކީއްކުރާނީ. މަރުވީމަނޫނީ ވަޅެއްނުލާނެ، ބޭބެއަށްވެސް އެނގިއްޖެނަމަ ހީވަނީ އަންނާނެހެން. ދެންހުއްޓާލާ!” މިހެންކިޔާ ހަސީނާ ހިނގައްޖެއެވެ. ލަތީފާމޫނުފުހެލުމަށްފަހު، އެއްކޮށްފާހުރި ކުނިކޮޅުނަގާ ކުނިކަހާ ނިއްމާލިއެވެ.

 

ދުވަހުގެ އިރުއޮއްސުނީއެވެ. އެކަނިމައިއެކަނި ދުވާލުދާ ހަތަރުދަމު ގޭތެރޭގެމަސައްކަތް ކުރަމުން މަންމަގެ ކަންތައް ބަލަހައްޓަންޖެހުމުން ވެފާހުރި ވަރުބަލިކަން ފިލުވާލުމަށް ބޭރުގައިހުރި އުނދޯލީގައި ބޯދަށަށް ބާލީހެއްލައިގެން ލަތީފާ އޮށޯވެލިއެވެ. ވިސްނަމުންދިޔައީ މަންމައާއި މެދެވެ. މަންމައަށް އަންނަމުންދާ ބަދަލުތަކާމެދެވެ. މިފަދަ ޚިޔާލުތަކެއްގައި ލަތީފާ އޮއްވާ އޭނާއަށް ނިދިއްޖެއެވެ. އިޝާނަމާދަށްވެސް ގޮވައިފިއެވެ. އިރުކޮޅަކުން ހަޅޭލަވައިގަނެފައި ތެދުވިއެވެ. ލަތީފާހުރީ ހާސްވެފައެވެ. ދާހިއްލާ ފޯވެފައެވެ. މަންމާވޭކިޔާ ބާރުބާރަށްގޮސްވަނީ ގެއަށެވެ. ލަތީފާގެމަންމަ ފާތުމަ އޮންނަ ކޮޓަރީގެ ދެދޮރުކަނީ އަތްއަޅާގެން ކުޑައިރުކޮޅަކު ހުރެލުމަށްފަހު ދުވެފަކަހަލަ ގޮތަކަށްގޮސް މަންމަގައިގާ ބައްދާގަތުމަށްފަހު ރޮއެގަތެވެ. ލަތީފާގެ މަންމައާއިމެދު ކަންކުރެވުނުގޮތުން ހިތާމަކޮށް ރޮނީއެވެ. މާފަށްއެދި ގޮވަނީއެވެ. ލަތީފާދޫކޮށް ނުދިޔުމަށްއެދި އާދޭސް ކުރަނީއެވެ. ލަތީފާހީވަނީ މޮޔަވެގެން އުޅޭހެނެވެ. ގޭދޮށުކައިރި ހަސީނާއަށް މިއަޑުއިވި ބާރުބާރަށްއައިސް ގެއަށްވަންއިރު ލަތީފާއޮތީ ފާތުމަ ގައިމައްޗަށްވެއްޓި ރޯށެވެ. ދެކޮޑުގައިހިފާ ލަތީފާނަގާ ތަޅުވާލުމަށްފަހު ލަތީފާއަށް ނަސޭޙަތްދިނެވެ. ”ބަލަ! ލަތީފާ، ކިހިނެއްތަވީ؟ ނިކަންހަމަޖެހިބަލަ! މަންމައެއޮތީ ހަމަ އެހެންޏާވެސް އޮންނަހާލުގައެއްނުންތަ؟” ޖެހިގެންހުރިގޭ އާބިދަވެސް އެވަގުތުއައެވެ. ހަސީނާ އާއި އާބިދާއާ ދެމިހުން ލަތީފާ ހަމައަކަށް އެޅުވުމަށްފަހު އެގެއިން ނުކުމެގެން ހިނގައްޖެއެވެ. އަދި ލަތީފާބުންޏެވެ. ”ގޭ ކުދިވެރިންނަށާއި އެހެންމީހުންނަށް ކާންދީފާ އަންނާނަން މަންމަ ގޮވައިގެން މަޒުކަޒަށްދާން!” ހަސީނާ މިހެންބުނެ އާބިދާއާއި ދެމީހުން ނުކުމެގެން ހިނގައްޖެއެވެ.

 

ލަތިފާގެ މަންމައާއިމެދު ކަންތައް ކުރެވުނުގޮތާމެދު ފިކުރުކުރަނީއެވެ. އެކަމާ ދެރަވެ ރޮވެނީއެވެ. މިކަންއެނގެނީ ލަތީފާގެ މޫނުމަތިންނެވެ. އެމޫނުވަނީ މިލާމޯލީވެފައެވެ. ދުނިޔެމަތިން ފޫހިވެފައިކަހަލައެވެ. ކުރީހުންނަ އަނގަތެޅުމާ ހަޅޭކުގެއަޑު މުޅިގޯތިތެރެއިން ކެނޑިއްޖެއެވެ. ގޭތެރެއަށްވަންނަ ކޮންމެފަހަރަކު މަންމައަށްގޮވާލައެވެ. މަންމަގައިގާ ފިރުމާލައެވެ. މިހުރިހާކަމަކުން ފެނި، އެނގިގެންދަނީ ލަތީފާއަށް ބޮޑުބަދަލެއް އައިކަމެވެ. މަންމައާއިމެދު ކަންކުރެވުނު ގޮތާމެދު ހިތާމަކުރާކަމެވެ.

 

ކާގެއަށްވަދެ ކުޑަޖޫސްފޮދެއް ހިފައިގެންއައިސް ލޯތްބާ އޯގާވެރިކަމާއެކު ލަތީފާގެ މަންމަ ނަގާ ޖޫސްފޮދު ދިނުމަށްފަހު ބާއްވާލިއެވެ. އެއަށްފަހު ލަތީފާގެ މަންމަގެކޮޓަރި ރަމަތަކޮށްލާ ކުނިކަހާ ސާފުކޮށްލިއެވެ. ކޮޓަރިތެރެއަށްޖަހާ މީރުވަސްދުވާ ފުޅި ހިފައިގެންއައިސް ކޮޓަރިތެރެއަށް މީރުވަސްދުއްވާލިއެވެ. އެވަގުތު ލަތީފާގެ މަންމަ ފާތުމަގެ މޫނުމަތިން ފާޅުވެގެން ދިޔައީ އުފާވެރިކަމެވެ. ހިތަށްނުގެނެވޭފަދަ އުފަލެކެވެ. ފެންނަފެނުމުންމިހާރު ލަތީފާގެ މަންމަ ހީވަނީ ހަށިގަނޑުގައިވަރުޖެހި ތެދުވެ ހިނގައިފާނެ ހެނެވެ.

 

 

ރޭގަނޑު 9 ޖެހީއެވެ. މަންމައޮތް ކޮޓަރިއަށްވަދެ މަންމައަށްގޮވާލާ ހަސީނާ އަންނަންވާއިރަށް ކާއެއްޗެއްދީ ރީތިކޮށްލިއެވެ. އެވަގުތު ލަތީފާގެ މަންމަ އަހާލިއެވެ. ”ދަރިފުޅާ، ތިޔައުޅެނީ މަންމަ ކޮންތާކަށް ގެންދަންތަ؟ ތަންތަނަށް ނުގެންގޮސް މަންމަދެންބާއްވާ!” ލަތިފާގެ މަންމަ ފާތުމަނަގާ ގަޔާކައިރިކޮށްލާ އޯގާތެރިކަމާ ހަމްދަރުދީއާއެކު ބުނެލިއެވެ. ”މިއުޅެނީ މަންމަގޮވައިގެން ޑޮކުޓަރަށް ދަށްކާލަން ދާންވެގެން، މިއޮއްއައީނުން ހަސީނާވެސް، ކޮބާ ހިނގާދާން!” އެރޭ ލަތީފާ މަންމައާއިމެދު ކަންތައް ކުރިގޮތުން އެ މަންމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. އެ މަންމަގެ ލޮލުންފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ލަތީފާ އޯގާތެރިކަމާއެކު ބުނެލިއެވެ. ”މަންމާ، ދެންނުރޮއޭ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ!” އަޅައަޅައި ގަންނަމުން ލަތީފާ ބުނެލިއެވެ.

 

ހަސީނާ އާއިލަތީފާ ދިޔައީ ލަތީފާގެ މަންމަ ޑޮކުޓަރަށް ދެއްކުމަށް މަރުކަޒަށެވެ. ޑޮކުޓަރު، ލަތީފާގެ މަންމަ ބެލުމަށްފަހު ލަފާދިނެވެ.  ”އައިވިއެއް ގުޅާލަންވާނެ، ލޭއުޅެނީ ތަންކޮޅެއް ދަށްކޮށް! އައިވީ ގުޅާލުމުން ރަނގަލުވެދާނެ! އާއްމުގޮތެއްގަ ރަނގަޅު!” އައިވީފުޅި ހުސްވުމުން ލަތީފާގެ މަންމަ ގޮވައިގެން ގެއަށް އައެވެ. އޭރު މެންދަމު 12 ޖަހައިފިއެވެ. އޭރުވެސް ލަތީފާ ހުރީ ފިކުރުބޮޑުވެފައެވެ. ”ކަމެއްގޯސްވަންޏާ ގޮވާލާތި” މިހެންބުނެފައި ހަސީނާ ހިނގައްޖެއެވެ. އެރޭލަތީފާއޮތީ މަންމަ ގާތުގައެވެ. އިރުކޮށްކޮޅާ މަންމައަށް ގޮވާލައެވެ. ނުވަތަ ބަލާލައެވެ. އެރޭ ލަތީފާއަކަށް ނުނިދެއެވެ. ތެދުވެ އުނދޯލީގައި އިށީދެލާނެއެވެ. ގެއަށްވަދެ ކޮޓަރީގައި އޮށޯވެލާނެއެވެ. މިފަދަ ގޮތަކަށް އުޅެމުންގޮސް ފަތިސްވާން ކައިރިވެފައިހުއްޓާ ލަތީފާއަށް ނިދިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ވެފައިހުރި ވަރުބަލިންނެވެ. ދެބަންދިހާރުވެފައި ލަތީފާއޮއްވާ މަންމަ ގޮވާލިހެންވެސް ހީވިއެވެ. އެކަމަކު އޭނާއަކަށް އެ އަޑެއް ނީވުނެވެ. އެރޭހަތަރުދަމު އުޅެންޖެހުނު ގޮތުންކަންނޭގެއެވެ.

 

އަލިވިލުނު އިރުވެސް ލަތީފާގެ ޚަބަރެއްނުވާތީ ހަސީނާ، އެގެއަށްވަދެލިއެވެ. ދެފަހަރަކު ގޮވާލިއިރުވެސް ޚަބަރެއްނުވާތީ ދޮރުހުޅުވާލާފައި އިތުރަށް އެތެރެއަށްވަދެލިއެވެ. ލަތީފާއަށްގޮވަމުންގޮސް ލަތީފާގެމަންމަ އޮންނަކޮޓަރިދޮރުމައްޗަށްއެރިއެވެ. ލަތީފާގެމަންމަ ފާތުމައޮތްގޮތުން ފާތުމަގައިގާ ހިފާތަޅުވާލާފާ ދެފަހަރުކު ގޮވާލިއެވެ. ”ފާތުމާ! ފާތުމާ!” ފަހަރަކަށްވުރެފަހަރެއް ބާރަށް ގޮވާލިއެވެ. އެވަގުތު ލަތީފާއަށް އެއަޑުއިވި ދުވެފައިއައިސް ކޮޓަރިއަށްވަނެވެ. މަންމާވޭކިޔާ އިތުރަށް ބާރަށް ތަޅުވައިގަތެވެ.ފާތުމަގެ ޚަބަރެއްނެތެވެ. އެހިނދު ހަސީނާ،ފާތުމަ ހަށަމަށް އަތްނަގަމުން ”އިންނާ ލިލްލާހި ވައިންނާ އިލައިހި ރާޖިޢޫން” މިހެންކިޔުމާއެކު ލަތީފާއަށް ރޮއެގަނެވުނެވެ. އެދުކައިރިއަށް ތިރިވިއެވެ. ހަސީނާ ގޭމީހުންނަށް ފޯނުކޮށް ވެގެންއުޅޭގޮތުގެ ވާހަކަ ގޭމީހުން ގާތުގައި ބުނެފިއެވެ. އިސާހިތަކު މަރުކަޒުން ޑޮކްޓަރުވެސް އަތުވެއްޖެއެވެ. އަދި މިއަޑުއިވި ރަށުގެ އެތަށް މިތަނުން މީހުންތައް ޖަމާވެ ކަށުކަމާކެމީގެ ކަންތަކަށް ފެށިއްޖެއެވެ. ލަތީފާގެ ފިރިމީހާ އަށާއި ދަރިންނަށް އަދި ބޭބެއަށްވެސް މިޚަބަރުދިނެވެ. ލަތީފަ ގިސްކަޑާރޮނީއެވެ. މަންމައާއިމެދު ކުރެވުނު ކަންތައް ހިތަށްއަރައިފައެވެ. ގޮވުނުއެއްޗެއްސެވެ. ހަސިނާ، ލަތީފާއަށް ނަޞޭޙަތްދެމުންދެއެވެ. ”ބަލަ ލަތީފާ ތިހެންނުކިޔާ. ދެންހުއްޓާ! ތިހާވަރަށް ރޯކަށްނުވާނެ! ކެއްތެރިވާންޖެހޭނެ، މިތާކު އިތުރު މީހަކުނެތް!” ލަތީފާބައެއްފަހަރު ބުނެއެވެ. ”ހަސީންތާ، އަހަރެނަށް މަންމައަށްކޮށްދެވުނީ ކޮންކަމެއް، އެއްޗެހިކިޔުމާ ހަޅޭލުންނޫންކަމެއް ކުރެވުނުތަ؟ އެފަކީރު އެދިޔައީދޯ؟ އަހަރެން އެކަނިވީ! ދެންކީއްކުރާނި! މުޅިދުނިޔެވެސް އަހަންނަށްކުރާނީ މަލާމާތް.”ހަސީނާ އޭނާއަށް ކެއްތެރިވުމަށް ނަޞޭޙަތްދިނެވެ. ގިސްކަޑާ ނުރޮއުމަށް ބުންޏެވެ. ކަށުކަމާކެމީގެ ކަންތައްނިމި ވަޅުލުމުގެ ކަންތައްވެސް މެންދުރު ނަމާދަށްވީއިރަށް ނިމއްޖެއެވެ.

 

ޖެހިގެންއައިދުވަހެވެ. ލަތީފާއިނީ ހިތާމައާއި މޮޅިވެރިކަމުގައި އުދޯލީގައެވެ. ސައިތައްޓަކައި ދެތިންރޮއްޓާ މަސްހުނިކޮޅެއް ހިފައިގެން ހަސީނާ އައިސް ލަތީފާ ގާތުގައި  އިށީނެވެ. ”ލަތީފާ ދެންހިތާމަނުކުރޭ! ނަމާދުކޮށް މަންމައަށް ރަޙުމަތްލެއްވުންއެދި ގިނަގިނައިން ހެޔޮދުޢާކޮށް ޞަދަގާތް ކުރެވޭތޯބަލާ! އޭރުން ހުރިހާކަމެއްވެސް ރަނގަޅުވާނެ! ކިހާރަނގަޅު ލަތީފާއަށްވިސްނިގެން މަންމަގެ ކިބައިން މާފަށްއެދި މާގިނަދުވަސްތަކެއްނުވެ ދުނިޔެދޫކުރީ! މާދަމާ މޫސަ އައީމަ ދަރިންގާތަށް މާލެދޭ! އޭރުން ހުރިހާކަމެއްވެސް ރަނގަޅުވާނެ!”

Share Article

Follow Me Written By

Mariyam Xaara Zaahir

Level 1

Other Articles

Previous

ނައިރާގެ ޑައިރީ

Next

ލޯބި؟

Next
August 10, 2020

ލޯބި؟

Previews
August 10, 2020

ނައިރާގެ ޑައިރީ

One Comment

  1. 16 SHABAKKO 7 says:
    August 18, 2020 at 2:41 pm

    Salhi
    Masha Allah ?

Comments are closed.



All Right Reserved!