ސްކޫލުގައި އުޅުނު އިރުވެސް ޗުއްޓީއެއް ލިބިއްޖިއްޔާ މަންމައާއި ބައްޕަ ކައިރީގައި ރޮއެގެން ވެސް އޭނާ ބޭނުންވާނީ ރަށަށް އަންނާށެވެ. ހަމްނާގެ އެދުމުގެ މަތިން ހަމްނާ އެކަނިވިޔަސް ރަށަށް ފޮނުވަނީ އެމީހުން ހަމްނާއަށް ފުރިހަމައަށް އިތުބާރު ކުރާތީއެވެ. ގޭގައި ބައެއްފަހަރު އޭނާ ނިދިޔަސް ގިނަވަގުތު އައިސް އުޅޭނީ މަހުދީމެންގޭގައެވެ. *********************** ސްކޫލު ނިމުމަށްފަހު ވެސް، ހަމްނާ އައިސް ހުރީ ރަށުގައެވެ. ރަށު ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާގައި އުޅުމަށްފަހު މިހާރު އޭނާ ދަނީ ޑިގްރީއަށް ކިޔަވަމުންނެވެ. މީ އޭނާ […]
“އޭ..! މަބުނީ ނަޒާ އެވަރަށް ފާޑުފާޑުގެ ފޮޓޯ އިންސްޓަގްރާމް ކޮށްފަ ހުންނައިރުވެސް އޭނަ ފިރިސޮރާއެކު ފޮޓޯއެއްނުފެނޭ.. ކީއްވެބާއޭ މަގޭ ހިތަށް އަރާ..” ކޮފީ މޭޒުމަތީގައި ދެއަތް ބާއްވާލަމުން މަހުދީ އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ. ************************** ޖަވާބެއް ދިނުމުގެ ބަދަލުގައި އަތީފު ޚިޔާރުކުރީ ހިމޭން ކަމެވެ. ލޮލުގައި އިން އަވި އައިނުގެ ސަބަބުން އެ ލޮލުގައި ވި އަސަރު މަހުދީއަށް ވަނީ ސިއްރުވެފައެވެ. ކިތައްމެ ދުވަހެއް ވިޔަސް ނަޒާހާގެ ނަން އަޑުއިވުމުން އަދިވެސް އެ ހިތުގައި […]
ތަފާތު ވާހަކަތަކުގައި ތިން މީހުން ތިބެ ކައި ނިންމާލައިފިއެވެ. ހަމްނާ އަނގައިން ވެސް ނުބުނެ އިނީއެވެ. އާތިފާއި މަހުދީ ވެސް އަތް ދޮވެގެން އައިސް އިށީނެވެ. އޭރު ޒީނާއާ ހަމްނާ އުޅުނީ ތަށިތައް ދޮވެއެވެ. އާތިފު އަބަދުވެސް ޒީނާއާ މަހުދީގެ ކެއްކުމަށް ތަޢުރިފު ކުރެއެވެ. ****************************** “ވަރަށް މީރު އިނގޭ! ކަލޭވާންވީ ޝެފަކަށްހެން މަށަށް ހީވަނީ..” އާތިފު ލޯ ހިމަކޮށްލަމުން މަހުދީއަށް ނަޒަރެއް ދިނެވެ. “މިހާރުވެސް ޝެފެއްނުމީ.. ހެހެހެ.. ކޮންމެހެން ނުޖެހެއެއްނު އޭގެ ޔުނީފޯމެއްލާކަށް!” މަހުދީވެސް އާތިފާ […]
މަންމާ.. ނަޒާ މީހަކާ އިންނަނީ!” އާތިފަށް ބުނެވުނީ އެ ހިސާބަށެވެ. އާތިފްގެ އަޑު ފަޅައިގެން ދިޔައެވެ. މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮމުން ގިސްލަމުން ގެންދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ. *************************************** ތިން ރުއް ހުރާ ރިސޯޓުގެ ހުދު ދޮންވެލި ގޮނޑުދޮށުގައި އެއްފަރާތެއްގައި ހިތުގެ ބައްޓަމަށް އަތުރާލާފައި ވާ ކުދި އުއްބައްތިތަކުން ޒީނަތްތެރި ކުރެވިފައި ވާއިރު ފަނޑު އަލިކަމެއް މުޅި ތަނަށް ފެތުރިފައި ވެއެވެ. އުއްބައްތި ހިތުގެ މެދުތެރެއަށް ވާގޮތަށް ބަހައްޓާފައި ވާ ކުޑަ މޭޒުގެ ދެ […]
“ނަޒާ ބޭނުންވާގޮތަށް އަހަރެން ކަންތައް ކޮށްދިނީމެވެ. ފަހަރުގައި ވެސް އެއީ އަހަރެން ބޭނުންވި ގޮތެއްނޫނެވެ. ދުވަހެއްގެ ކޮޅުންވެސް އުންމީދު ކުރި ކަމެއް ނޫނެވެ. ނަމަވެސް ދުވާ މަހެއްގެ ނަގުލުގައި ނުހިފެހެއްޓޭނެ ވާހަކަ އަހަރެންގެ މަންމަ ތަކުރާރުކޮށް ބުނަމުން ދެއެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރު އެކީގައި އުޅުމަށްފަހު ނަޒާ އަހަންނާ ވަކިވެގެން ދިޔުމުން އަހަރެންގެ ދިރިއުޅުން ފަށާނެ ހިސާބެއް ވެސް އަހަރެންނަކަށް ނޭނގުނެވެ. ހިތަށް ލިބިފައިވާ ބަޔާންކުރަން ދަތި ހިތްދަތިކަމުން އަރައިގަނެވޭނީ ކިހިނެއްކަމެއް ވެސް އަހަރެންނަކަށް ނުވިސްނުނެވެ. […]