Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 5 ވަނަ ބައި

Shaila Level 110 Stories
April 23, 2021 6 Mins Read
0 Comments

ސްކޫލުގައި އުޅުނު އިރުވެސް ޗުއްޓީއެއް ލިބިއްޖިއްޔާ މަންމައާއި ބައްޕަ ކައިރީގައި ރޮއެގެން ވެސް އޭނާ ބޭނުންވާނީ ރަށަށް އަންނާށެވެ. ހަމްނާގެ އެދުމުގެ މަތިން ހަމްނާ އެކަނިވިޔަސް ރަށަށް ފޮނުވަނީ އެމީހުން ހަމްނާއަށް ފުރިހަމައަށް އިތުބާރު ކުރާތީއެވެ. ގޭގައި ބައެއްފަހަރު އޭނާ ނިދިޔަސް ގިނަވަގުތު އައިސް އުޅޭނީ މަހުދީމެންގޭގައެވެ.

***********************

ސްކޫލު ނިމުމަށްފަހު ވެސް، ހަމްނާ އައިސް ހުރީ ރަށުގައެވެ. ރަށު ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާގައި އުޅުމަށްފަހު މިހާރު އޭނާ ދަނީ ޑިގްރީއަށް ކިޔަވަމުންނެވެ. މީ އޭނާ ކޯހުގެ ފަހުއަހަރެވެ. މާލެއަކީ އެއްގޮތަކަށްވެސް އޭނާ އުޅޭހިތްނުވާ ތަނެއްކަމުގައި ވިޔަސް އަލުން މާލެ ބަދަލުވީ އެހެންވެއެވެ. ކޯސް ނިންމުމަށްފަހު ވެސް އޭނާ ބޭނުންވަނީ އެނބުރި ރަށަށްއައިސް ރަށަށް ޙިދުމަތް ކުރާށެވެ.

“ހަލޯ.. މަންމާ!”

ނަޒާހާ ފޯނު ކަންފަތުގައި ޖަހާލަމުން ޖޯލީގައި އިށީނެވެ. މާދަން ހެނދުނު ފެރީގައި މާލެދާން ޖެހޭތީ، އެ ހިތް ކިތަންމެ ނުތަނަސްވެފައި ވިޔަސް މަންމައަށް އެކަން ސިއްރު ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

“ދަރިފުޅު ފޮށި ތައްޔާރު ކުރީތަ؟؟”

ހިނިތުންވަމުން ޒަރީނާ ސުވާލު ކުރިއެވެ. އެއް މަސް ދުވަހަށް ފަހު މާދަމާއަކީ ހަމްނާއާ ދިމާވާނެ ދުވަސް ކަމުން ޒަރީނާ ހުރީ އުފަލުންނެވެ. ދަރިފުޅު ދެކޭ ހިތުން އެ ދެމަފިރިން ތިބީ ކެތް މަދުވެފައެވެ. އެއް މަސް ދުވަހަކީ ވެސް އެ ދަރިފުޅާ ވަކިން އެއް އަހަރުފަދައެވެ.

“ނޫނޭ މަންމާ.. އަދި ފޮއްޓަށް އެއްޗެހި ނާޅާ މިއުޅެނީ..”

މިރޭ ގެއަށް ގޮސްފައި އެކަމާ އުޅޭނީ.. ދޮންބެ ދައްތަ ބުނި ދާނަމޭ ފޮއްޓަށް އެއްޗެހި އަޅައިދޭން.. އަދި ފޮށި ހިފައިގެން މިރޭ މިގެއަށް އަންނާނީ”

މާލެދާން ޖެހޭތީ ދެރަވިޔަސް ދުވަސްކޮޅަކަށްފަހު މަންމައާއި ބައްޕައާ ދިމާވާނެތީ އޭނާ އެކަމާ އުފާވެއެވެ. ރެއަކާ ދުވާލު އެތައްފަހަރަކު މަންމައާ ބައްޕަ ހަމްނާއަށް ގުޅައި ހާލުބަލައި އޭނާ ބޭނުންވަނީ ކޮންކަމެއްތޯ އޮޅުން ފިލުވައި ބަލަމުން ގެންދެއެވެ.

ރަށުން މާލެ ދާން ޖެހިއްޖެނަމަ، ހަމްނާއަކީ ފޮއްޓަށް އެއްޗެހި އަޅަންވެސް ފޫހިވާ ކުއްޖެކެވެ. ނަމަވެސް، މާލޭގައި ހުރެފައި ރަށަށް އަންނައިރު ދެތިން ދުވަސް ކުރިން ދަތުރަށް ތައްޔާރު ވާނެއެވެ. އެއާ ޚިލާފަށް ރަށުން މާލެދާ ކޮންމެ ފަހަރަކުވެސް  އޭނާ ދަތުރަށް ތައްޔާރު ކޮށްދޭނީ ޒީނާއެވެ. ހަމްނާ ގޮވައިގެން މާލެ ދާނީވެސް ޒީނާއާއި މަހުދީއެވެ.

“ކޮބާ އަދިވެސް ނުވޭތަ ދުވަސްކޮޅެއް”

މަހުދީ ބަލައިލީ އާތިފަށެވެ.

މަހުދީ އެ ބުނީ ކޮން ދުވަސްކޮޅެއްގެ ވާހަކަކަން އާތިފަށް އެނގެއެވެ. ކުއްލިއަކަށް އެ ސުވާލު ކުރުމުން ދޭނެ ޖަވާބެއް އެވަގުތު އޭނާގެ ދުލަކަށް ނައެވެ. އޭނާ ހުރީ އެ ވާހަކައަށް ތައްޔާރު ވެގެން ނޫން ކަހަލައެވެ. މިހާރު އޭގެ ފަހުން ހަތަރު މަސް ވީއެވެ. މިހާދުވަސް ވީއިރު އެ ވާހަކަ ނުދައްކައި ހުރީމައި އާތިފު ހީކޮށްގެން ހުރީ އެ ވާހަކައަށް ނިމުމެއް އައީކަމަށެވެ. އަދިވެސް އޭނާ އެކަން ހަނދާނުގައި ހުރީމަ އާތިފު ކައިރިއަށް ފާޑަކަށް ހިނިއައެވެ.

“ތިބުނާ ދުވަސް ކޮޅެއް ނައެއްނު.. ހިނގާބަލަ އެހެން ކަމަކާ އުޅެން.. ވަރަށް ސީރިއަސް ކޮށޭ މި ވާހަކަ މިދައްކަނީ..” އާތިފުގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް މަހުދީ ބުނެލިއެވެ.

“ދެން އުޅެންވީދޯ ތިބުނާ ކަހަލަ ކަމަކާ ވެސް” އާތިފު ކަނދުރާގައި އަތް އުނގުޅާލިއެވެ.

“މާ ލަސްވެސް ވެއްޖެ”

އާތިފާ ޖެހިގެން އޮތް ޖޯލީގައި އޮތް މަހުދީ ފުންމައިގެން ތެދުވި ގޮތުން ހީވީ އެއްޗެއް އޭނާގަޔަށް ކަށި ޖެހުމުން ފުންމައިގަތް ހެންނެވެ.

އެ މަންޒަރު ފެނިފައި އާތިފުގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ކުރިމަތީ ގޮނޑީގައި އިން ޒީނާއަށް ވެސް ހިނިގަނޑު މަތަނުވެގެން އަނގަމަތީގައި އަތް އެޅިއެވެ.

“ޒީވެސް މަށާއޭ ދިމާކުރަނީ” މަހުދީ ޒީނާ ކޮނޑުގައި ޖަހާލިއެވެ.

“އަހަރެން ރަނގަޅު ކުއްޖަކު ހޯދައިދީފިއްޔާ ގަބޫލު ކުރާނަންތަ..؟؟”

މަހުދީ ދެ ބުމަ ކައިރި ކޮށްލީ ސުވާލުގެ ނަޒަރަކުންނެވެ.

“ހެ ހެ ހެ އާން.. ”

އާތިފު ކައިރިއަށް ހިނި އައެވެ. އާތިފު އެކަމާ އެހާ ސީރިއަސް ވީ ހެނެއް ހިއެއް ނުވެއެވެ.

“މާދަން ޑިއުޓީ ނިންމާފައި ބުނާނަން ކާކުކަން”

މަހުދީގެ އަޑުގައިވަނީ އިންތިހާ އުފާވެރިކަމެވެ.

އާތިފު ނިދަން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ.  ބުނަން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރެވެނީއެވެ. ފާޑެއްގެ އުނދަގުލެއް ވަނީއެވެ. އެނދުން ތެދުވެ ޓީޝާޓެއް ގަޔަށް މަހާލަމުން ބޭރަށް ނިކުތެވެ. ރީތި ހަނދުވަރު ދޭ ރެއެކެވެ. މުޅިތަނަށް ވެރިވެފައިވަނީ މަރުފަދަ ހަމަ ހިމޭންކަމެވެ. ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިއްޖެކަމުގެ އިހްސާސް ކުރެވުނެވެ. ބޭރަށް ނިކުމެ ޖޯލީގައި އޮށޯވެލިއެވެ. އެ މޫނުގައި ބީހެމުން ދިޔަ އަރާމު ވައިރޯޅިން މުޅި މީހާގެ ހިތަށާއި ޖިސްމަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް އުފާވެރިކަން ގެނުވިއެވެ. ދެ ލޯ މަރާލައިގެން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކުއްލިއަކަށް ހަނދާނަށް އައީ މަހުދީ މިރޭ ދެއްކި ވާހަކައެވެ. އަވަސް އަވަހަށް ދެލޯ ހުޅުވާލިއެވެ.

“ކާކުގެ ވާހަކައެއްބާ އެ ދައްކަނީ؟”

ފުރަތަމަ ފަހަރަށް މަހުދީ އެ ދެއްކި ވާހަކަތަކާ މެދު އާތިފަށް ވިސްނާލެވުނެވެ. ނަޒާހާ ނޫން އަންހެން ކުއްޖަކާމެދު އޭނާ ވިސްނަން ބޭނުން ނުވިޔަސް މިހާރު ކައިވެންޏަކާ ދޭތެރޭގައި އޭނާއަށް ވިސްނެއެވެ. އަބަދު އެގޮތަށް ނުހުރެވޭނެކަން ވިސްނެއެވެ.

މަންމަ މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އެހީތެރިކަމެއް ފޯރު ކޮށްދިނުމުގެ ބަދަލުގައި ދަރިފުޅު ބެލުމުގެ ބުރަވެސް މަންމައާ ހަވާލު ކުރެވުނީއެވެ. ކުރާނީ ކީއްހެއްޔެވެ. މީ މިއަދު އޭނާގެ ހާލެވެ. ތަރުތީބެއްނެތް ބޮލުގެ އިސްތަށިގަނޑުގައި އަތް އުނގުޅާލެވުނެވެ. މިފަދަ ކަމަކާ ވިސްނާލެވުނު މީ ފުރަތަމަ ފަހަރެވެ. އާތިފު އުންމީދު ކުރީ ނަޒާހާއަށް ވިސްނިގެން އާތިފު ކައިރިއަށް އަދި އަންނާނެ ކަމަށެވެ. އެކަމަކު މިހާރު ނަޒާހާ ދިޔަ ފަހުން ހަތަރު އަހަރު ވަނީއެވެ. ދެން އޭނާ ނާންނާނެއޭ އާތިފުގެ ހިތް ބުނަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. ދެލޯ ފުސްވަމުން ގޮސް ކުރިމަތިން ފެންނަމުން ދިޔަ ރީތި މަންޒަރުތައް ފުސްވަމުން ދިޔައެވެ.

“އިޓްސް ޓައިމް ޓު މޫވް އޮން” އެ ދެލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޖޯލިން ތެދުވިއެވެ.

***********************

ނަޒާހާއާ ޝިފާންގެ ސިއްރު ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. ނަޒާހާ ބޭނުންވާ ގޮތަށް ޝިފާން ވެސް އޭނަޔާ ގަޔާވާކަން އެނގުމުން ނަޒާހާއަށް ލިބުނީ ބަޔާން ކުރަން ދަތި އުފާތަކެކެވެ.  ދެ މީހުން އެކަކު އަނެކަކުގެ ފުށުން އުފާ ހޯދަމުން ދިޔައީ ހެއްދެވި ފަރާތަށްވެސް ބިރުވެތި ނުވާ ހާލުގައެވެ. ޝިފާންއާ ކައިވެނި ކުރެވޭނެ ނަމައޭ އަބަދުވެސް ހިތަށް އަރައެވެ. އެފަދަ ދުވަހަކަށް އުންމީދު ވެސް ކުރެވެއެވެ. އެހެން ނަމަވެސް، ޝިފާން އޭނާގެ އަންހެނުން ދޫކޮށްލާފައި ނަޒާހާއާ ކައިވެނި ކޮށްފާނެހެން ނަޒާހާއަށް ޤަބޫލެއް ނުކުރެވެއެވެ. އަނެއްކާ އަނެއްކޮޅުން ޒަހީނަކީ ޝިފާންގެ ގާތް ރަޙުމަތްތެރިއެކެވެ.

“ނޭނގޭ އަހަންނަކަށް އެ ބެއްޔާ ދަރިއެއް ހޯދަން ބޭނުންނުވަނީ ކީއްވެކަމެއް..”

ނަޒާހާ ގާތަށް އައި ރުޅި ކޮންޓްރޯލް ނުކުރެވިގެން ބޭރުކޮށްލިއެވެ. ދަރިއަކު ހޯދަން ދެއްކުނު ހުރިހާ ވާހަކަތަކަކަށް ޒަހީން ދިނީ ބީރު ކަންފަތެކެވެ. ނަޒާހާ މިހާރު ބޭނުން ވަނީ ދަރިއެއް ހޯދުމަށްފަހު ޒަހީން ކައިރިން ވަރިވާށެވެ. އޭނާ ޤަބޫލު ކުރާގޮތުގައި އޭރުން ޒަހީން އޭނާއަށް ޚަރަދު ކުރާނެއެވެ.  ޒަހީންއާ ވަކިންވެސް އޭރުން އޭނާއަށް މުއްސަނދި ދިރިއުޅުމެއް ލިބިދާނެއެވެ.

“ދެން ކީއްކުރާނީ” ޝިފާން ދެ އަތުން ނަޒާހާގެ އުނަގަނޑުގައި ހިފައި ކައިރި ކޮށްލިއެވެ.

“ނޭނގެ.. ވަރަށް ފޫހިވޭ” ނަޒާހާ ތުންކޮޅު އޫ ކޮށްލިއެވެ.

“ބޭބީއެއް ނުހޯދިޔަސް ނަޒާ ބޭނުމިއްޔާ ޑިވޯސް ވެވިދާނެއެއްނު.. އަނެއްކާ ބޭބީއެއް ލިބޭތަނުން ޑިވޯސް ވާން ބޭނުން ނުވެދާނެއެއްނު..”

ޒަހީން ގޮސް ސޯފާއަށް ވެއްޓިގަތެވެ. އަދި އެ ދެއަތުގެ ތެރެއަށް އަންނާށޭ ބުނާ ކަހަލަ ގޮތަކަށް ދެ އަތުން އިޝާރާތް ކޮށްލިއެވެ. ނަޒާހާ ތުން އަނބުރާލުމަށް ފަހު ގޮސް ވަނީ ޝިފާންގެ ކޮޓަރިއަށެވެ. ޑްރެސިންގ ޓޭބަލް ކައިރީގައި ހުރި ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން އަމިއްލަ ސޫރައަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ލޯގަނޑުން ފެނުނީ ދޮރު ހުޅުވާލާފައި ޝިފާން ވަދެގެން އައިތަނެވެ. އޭނާ އެ ދިޔަގޮތަށް ގޮސް އެނދުގައި އިށީނުމުން ނަޒާހާ ގޮސް ޝިފާން ކައިރީގައި އިށީނދެ އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ. “ނަޒާ ބޭނުމިއްޔާ ޑިވޯސް ވާންވީ ހަމަ.. އައި ކެން ހެލްޕް ޔޫ އޯލްވޭސް.. އެކަމަކު އަހަރެން ބުނެގެންނޭ ކިޔާފައި ވަރި ނުވާތި.. ތި ދެމީހުން އެކީގައި އުޅުނަސް އަހަންނަށް ހަމަ އޯކޭ.. ނަޒާ ތިހާ ބޯރިން ލައިފެއް އުޅޭތީ މިހެން މިބުނީ”

ޝިފާން ނަޒާހާއާ ދިމާލަށް ބަލައިލުމެއް ވެސް ނެތި އެހެން ބުނުމުން ނަޒާހާ ދެރަވިއެވެ.

“ފުރަތަމަ ބޭނުންވަނީ ބޭބީއެއް.. އޭރުން ޒަހީނަށް ބައި ބައި ކިޔާލާނީ”

ނަޒާހާ ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ. އެ އަޑުގައި ވޭނީ ރިހުމެއް އެކުލެވިފައި ވާކަހަލައެވެ.

“ޒަހީން ގޯހެއް ނޫނެއްނު..”

ޝިފާންގެ އެއް އަތް ގެނެސް ނަޒާހާގެ އުނަގަނޑުގައި އަޅުވާލުމަށްފަހު ގަޔާ ކައިރި ކޮށްލިއެވެ.

“އާން..  ބޭނުންވާ ވަރަށްވުރެ އިތުރަށް ވެސް ސްޕެންޑް ކުރޭ.. ހަމައެކަނި ދަރިއެއްގެ ވާހަކަ ދައްކާ އިރަށް އުޒުރަކަށް ނުވާ އުޒުރުތަކެއް ދައްކަނީ”  ނަޒާހާގެ އަޑު މިފަހަރު އައީ  ކުރިއަށްވުރެ ވެސް ތަންކޮޅެއް މަޑުންނެވެ.

ފޯނެއް އައުމުން ޝިފާން ތެދުވިއެވެ. އަދި ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ސިޓިން ރޫމަށް ނިކުތެވެ. ނަޒާހާގެ ހިތުގެ ތެރޭގައި ޒާތެއްގެ ރުޅިވެރިކަމެއް އުފެދުނެވެ. އަދި ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އެނދުން ތެދުވެގެން ޝިފާން ކައިރިއަށް ދާން ހިނގައި ގަތެވެ. ޝިފާނަށް ގުޅައިގެން އުޅެނީ އޭނާގެ އަންހެނުންކަން ނަޒާހާއަށް އިނގެއެވެ. އެހެންވެ ގޮސް ކައިރީގައި އިށީނދެ ކޮނޑުގައި ބޯ އަޅާލުމަށްފަހު ޝިފާންގެ ގައިގައި ބައްދާލިއެވެ. ނަޒާހާ ބޭނުންވީ އެ ފޯނު މެދުކަނޑާލާށެވެ. އެވަރުންވެސް ޝިފާން އެ ފޯނު ބާއްވާކަށް ނޫޅުނެވެ. ނަޒާހާގެ ކުދިކުދި ސަމާސާތަކަށް ޝިފާން އަޅާނުލުމުން ރުޅިގަދަވިއެވެ. މަޑުމަޑުން ޝިފާންގެ ޓީޝާޓްގެ ތެރެއަށް ނަޒާހާގެ އަތްލުމަށްފަހު ޝިފާންގެ ހަށިގަނޑުގައި އޭނާގެ އަތް މަޑުމަޑުން ހިންގާލިއެވެ. ޝިފާނަށް މާ ގިނައިރަކު ކެތެއްނުވިއެވެ. އޭނާގެ ޖިސްމު ނަޒާހާގެ ބީހުންތަކަށް އިތުރަށް ބޭނުންވިއެވެ. އަންހެނުން ކައިރީގައި މިހާރު ބިޒީކަމަށްބުނެ ފޯން ބޭއްވުމުން ނަޒާހާގެ އަތް ޓީޝާޓް ތެރެއިން ނެގުމަށްފަހު ޝިފާންގެ ކަންފަތުގައި މަޑުމަޑުން ދަތްއަޅާލިއެވެ. ލިބެމުން ދިޔަ ލައްޒަތުގެ ފޮނި މީރުކަމުން ޝިފާނަށް ދެ ލޯވެސް ހުޅުވައިލެވެނީ ވެސް ގަދަކަމުން ކަހަލަ ގޮތަކަށެވެ.

“ހިނގާ އަހަރުން ދެމީހުން ބޭބީއެއް ހޯދަން.. އޭރުން އަހަންނަށް ބުނެވޭނެ ދޯ ޒަހީންގެ ބޭބީއެކޭ.. ބައެއްފަހަރު ގަސްދުގައި ނޫނަސް ކިތަންމެ ބަޔަކު ޕްރެގްވެއެއްނު..”

ޝިފާންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކަށް ފާރަވެރި ވަމުންދިޔަ ނަޒާހާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

“އޯކޭ ލެޓްސް ޑޫ.. މައި ޖާން”

ޝިފާންގެ އެ މަސްތީ އަޑު ނަޒާހާގެ ކަންފަތުގައި ޖެހުމުން އޭނާއަށް ވެސް ކެތެއްނުވިއެވެ. މި ވަގުތަކީ ނަގާލައިގެން ވާނެ ވަގުތެއް ނޫންކަން ނަޒާހާއަށް ވިސްނި އޭނާ އަވަސްވީ އޭނާ ބޭނުންވި ގޮތަށް ކަންތައް ކުރެވޭތޯއެވެ.

ދާދިއަވަހަށް ނަޒާހާ އޭނާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކޮށް ނިންމާލިއެވެ. އަދި ބޮޑު ކާމިޔާބެއް ލިބުމުން ހިނިތުންވެފައި ވާ ފަދައިން އޭނާ ހިނިތުންވިއެވެ. އެ ދެލޮލުގެ ތެރެއިން ފެންނަނީ އުފާވެރިކަމެވެ. މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. އެތައް ދުވަހެއްގެ އުންމީދު ފުރިހަމަ ވާން އުޅޭ ކަމުގެ ފޮނި އިޙްސާސް މިހާ އަވަހަށް ކުރެވެން ފަށައިފިއެވެ.

“ވަޓް؟” ޝިފާން ކުއްލިއަކަށް ފުންމައިގެން ތެދުވެ ތުވާލި އަނދެލަމުން ނަޒާހާއާ ދިމާއަށް ބަލައިލިއެވެ. އެ ލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެވެ. ގޮތް ހުސްވެފައި ވާ މީހެއް ފަދައިން ޝިފާން ކޮޓަރި ތެރޭގައި ދެ ކޮޅަށް ހިނގަންފެށީ އަވަސް ހިގުމެއްގައެވެ.

“ކިހިނެއްތަވީ.. ޝިފާން އެއްބަސްވީމަދޯ ޕިލް ނުކެއީ.. ޝިފާން ބުނީނު އޯކޭ އޭ” ނަޒާހާ ގައިމަތީގައި އަޅާފައި އޮތް ބެޑްޝީޓްމަތިން އޭނާގެ ބަނޑުގައި އަތް އުނގުޅާލަމުން ނުލަފާ ޒާތަކަށް ހިނިތުންވެލިއެވެ. ނަޒާހާ އޭނާ އަތްދަބަހުގައި އަބަދުވެސް ދޭތެރެ ދުރުކުރަން ކާން ގެންގުޅޭ ބޭސް ގެންގުޅެއެވެ.

“އެކަމު ކިހިނެތް ތިކަހަލަ ކަމެއް އަހަރެން ކުރާނީ.. ޒަހީނަކީ އަހަރެންގެ ފްރެންޑެކޭ.. އަނެއްކާ.. އަނެއަކާ..  އަހަރެންގެ ދަރިއެއް ނަޒާގެ ބަނޑުން އުފަންކުރާނީ ކިހިނެއް؟؟”

ޝިފާނަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. އަރުތެރޭގައި އަޑު ތާށިވާ ކަހަލަ ގޮތެއްވަނީއެވެ. ދެ އަތުން ބޮލުގައި ހިފާލީ ހަދާނެ ގޮތް ހުސްވެފައި ވާ މީހެއް ފަދައިންނެވެ. ބޯމަތީގައި ބަރު ހިލަގަނޑެއް ބާއްވައި ފިއްތާލެވިފައި ވާ ކަހަލަ އިހްސާސެއް ކުރެވެން ފަށައިފިއެވެ. ކުރާނެ ކަމެއް ނެތެވެ. ނަޒާހާ އެއިން ގޮތަށް އިނދެ ބަލިވެ އިނދެއްޖެ ނަމަ، ދެން ނިކުމެދާނެ ނަތީޖާއަކާ ދޭތެރޭގައި ވިސްނެން ފެށުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ވޭނީ ރިހުމެއް މުޅި ބޮލުތެރޭގައި ދައުރުވާން ފެށިއެވެ. ލޯ މައްޗަށް އަނދިރިވާ ކަހަލަ ގޮތެއްވުމުން އެނދުގައި އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ.

“ހާސް ނުވޭ.. ޝިފާންއާ އަހަންނާ އެއްވެސް ގުޅުމެއް ނެތެއްނު.. އަހަންނަކީ ޝިފާންގެ ފްރެންޑެއްގެ ވައިފް.. މިވާނީ ޒަހީންގެ ދަރިއަކަށްނު..

އަޅާނުލާބަލަ އަހަރުމެން ހަމަ މިހާރުވެސް މިއުޅޭހެން ހަމަޖެހިލައިގެން އުޅުނީމަ ހުންނާނީ ރަނގަޅަށޭ.. އަހަންނަކަށް ނުވިސްނުނު ޝިފާން މިކަމާ ކޮންސާން ކުރަން ޖެހޭނެ ކަމަކަށް”

ނަޒާހާގެ އަޑުގައިވަނީ އުފާވެރިކަމެވެ. އެކަމުގެ ސަބަބުން ފަހުން ނިކުމެދާނެ ނަތީޖާއަކަށް ނަޒާހާ ވިސްނައެއްނުލައެވެ. ކުރިމަތިވާން އުޅެނީ ކިހާވަރެއްގެ ބޮޑު ކޮޅިގަނޑެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

މާދަމާ ބުނާނަމޭ ބުނެފައި ދެ ހަފްތާވީ އިރުވެސް އެއީ ކާކުކަން ބުނާކަށް މަހުދީ ނޫޅެއެވެ. މަހުދީ އެ ވާހަކަ ނުދައްކާ ތާނގައި އާތިފުވެސް އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރާކަށް ނޫޅެއެވެ. މަހުދީއަށް ވިސްނިފައި އޮތީ އާތިފު އެވާހަކަ ނުދެއްކުމުގެ މާނަޔަކީ އާތިފު އަދިވެސް ކައިވެންޏެއް ކުރަން ބޭނުން ނުވަނީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

އެކުއްޖާ 2 – 28

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (23)

Next
April 23, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (23)

Previews
April 22, 2021

އެކުއްޖާ 2 – 28



All Right Reserved!