ފެށުނީއްސުރެ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަކީ ނާޒިލްގެ އާދައެކެވެ. އޭނާ އެކަން ކުރަނީ ވަކި މޫސުމަކާ ގުޅުވައިގެނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އެއްބައެވެ. އާދައިގެމަތިން ފަތިސް ނަމާދަށްފަހު، ދުވަން ތައްޔާރުވެގެން ނާޒިލް ނިކުތީ މާލެ ވަށައިގެން ބުރެއް ޖަހާލުމަށެވެ. ދުވަމުން ގޮސް ދަރުބާރުގެއާ އަރާ ހަމަވިތަނާ މީހަކު ގޮވާހެން ހީވެގެން ފަހަތް ބަލާލިއެވެ. “އަނހަ.. އެޑަމް.. ހާދަ ދުވަހެއް ކޮށްފައޭ މިދިމާވީ ދޯ..” ދުވެފައި އައިސް ނާޒިލްއާ އަރާ ހަމަކުރި އެޑަމްއަށް ނާޒިލް ޖަވާބުދިނެވެ. އެޑަމްއަކީ ނާޒިލްގެ ޒަމާންވީ […]
“އެ ޝީޒާ އަދި ރީތި ބޮނޑިއެއް ބޯނެއޭ.. އާތީ އޭނައާ ގަދަކަމުން ބެހެން އުޅުނިއްޔޯ.. މައި ފުޓް.. މީހަކު އެނައާ ބެހެން ޖެހޭތަ ގަދަކަމުން.. ފިރިހެނަކު ފެންނައިރަށް އޭނަ ހުންނަނީ ސޭލް އަޅުވައިގެން..” މަހުދީ ހިތަށް އައިހާ އެއްޗެއް ޝީޒާއާ ދިމާލަށް ކިޔަމުން ދިޔައެވެ. އާތިފު ކައިރިއަށް ހިނި އަންނަގޮތްވިއެވެ. ********** “ފޯނު ނަގާބަލަ.. ނަގާބަލަ..” ނަޒާހާ އަށް މަޑުމަޑުން ކިޔާލެވުނެވެ. އޭނާ ދެތިން ފަހަރު ގުޅުމުންވެސް ޝިފާން ފޯނު ބިޒީކުރަން ފެށުމުން ދެރަވެ ލޮލުން ކަރުނަ […]
“ނޫނޭ.. ކުއްވެރިޔަކީ އަހަރެން.. އަހަންނަށް ވަނީ ވަރަށް ބޮޑު ކަމެއް ނަޒާއަށް ސިއްރު ކުރެވިފަ..” ޒަހީން އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. ” ޕްރޮމިސް މީ.. އަހަރެން ދޫކޮށް ނުލާނެކަމަށް، މި ވާހަކަތައް އެނގުނީމަ..” ޒަހީން ނަޒާހާގެ ދެ އަތްތިލައިގައި ހިފައި ބާރު ކޮށްލިއެވެ. ބުނަންވީ ކީކޭ ކަމެއް ނޭނގޭ ހާލުގައި ވާން މިއުޅެނީ ކިހިނެއްބާއޭ ހިތަށް އެރުމުން ނަޒާހާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. “ބުނެބަ.. އަޑުއަހާށޭ މި އިނީ..” ޒަހީންގެ އަތުގައި ހިފައި ބާރުކޮށްލަމުން […]
އަހަރެންގެ ނަމަކީ މަލްހާއެވެ. އުމުރަކީ ސަތާރަ އަހަރެވެ. ނިސްބަތްވަނީ މެދު ރާއްޖެތެރޭގެ އާދައިގެ މީސްކޮޅު މަދު، ވަސީލަތްތައް އެހާމެ މަދު ރަށަކަށެވެ. މަންމައާއި ބައްޕައަށް ލިބުނު ތިން ކުދިންގެ ތެރެއިން ދެވަނަ ކުއްޖާއެވެ. އެހެން ނަމަވެސް، އެންމެ ދޮށީ އަންހެން ދަރިވެސް މެއެވެ. ހަގަށް ހުންނަނީ ވެސް، އަންހެން ކުއްޖެކެވެ. އެއީ އަހަރެންގެ މަލްކޮއެވެ. މަލްކޮއަކީ އަހަރެން ލޯބިން ދިން ނަމެކެވެ. ހަތް ދުވަސް ކޮށްފައި އޭނާއަށް ބައްޕަ ދިން ނަމަކީ ފާތިމަތު މަލްސާއެވެ. އެންމެ ދޮށްޓަށް […]
” ނަޒާ.. އާދެބަލަ.. އަހަރެން އެބައޮތޭ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ.. ކިހާ ދުވަހެއް މިވާހަކަ ދައްކަން އުޅޭތާ..” މިފަހަރު ޒަހީންގެ އަޑުގައި ހުރީ ޒާތެއްގެ ރުޅިވެރިކަމެކެވެ. ނަޒާހާއަށް އިތުރަށް ކުރިއަށްދާކަށް ނުކެރުނެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ. ” އެބަ އަންނަން.. ފާހާނާއަށް ވަދެފައި.. ” ނަޒާހާ ދެއްކީ ގަބޫލުކުރެވޭވަރުގެ އުޒުރެކެވެ. ޒަހީން ދައްކަން އުޅެނީ ކޮންމެ ވާހަކައެއްކަމުގައިވިޔަސް ނަޒާއަށް ފަރުވާލެއްނެތެވެ. ޒަހީންއަށް ބަލާލުމެއްވެސް ނެތި ހަލުވި ހިނގުމެއްގައި ކޮޓަރިއަށްވަދެ ދޮރުލެއްޕުމަށްފަހު އަތްދަބަސް އަތުކޮޅަށް ހޫރާލިއެވެ. ދޮރުގައި […]
މިއަދަކީ ސްކޫލުތަކުގެ އަހަރުގެ ފަހު އިމްތިހާނު ނިމި އެ ކުއްޖަކު ކުރި މަސައްކަތުގެ ފޮނި މީރުކަން ލިބުނު ދުވަހެވެ. މައިންބަފައިންނާއި ދަރިވަރުން އެ ދުވަހަކަށްޓަކައި އިންތިޒާރު ކުރަމުން އައި އެއް ދުވަސް މެއެވެ. ސްކޫލުގެ ގޭޓުން ރިޕޯޓު ފޮތް ހިފައިގެން ކުދިންތައް ހޭލަމޭލައަށް އުޅެއެވެ. ބައެއް ކުދިން ގުރޫޕް ހަދާފައި ސަކަރާތް ޖަހަމުން މަޖާ ނަގަމުން ދެއެވެ. އަނެއްބައި ކުދިން އެ ކުދިންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ޖެހި އެކަން އެހެން ކުދިންނާ […]
“ތެދެ.. ކީއްކުރާށޯ މިރޭ މިގެއަށް މިއައީ..؟ މަހުދީ ކައިރީގައި އަހާއަހާ ވެސް ނުބުނެގެން މިއުޅެނީ..” އާތިފު އެ ސުވާލު ޒީނާއާ ކުރީ، ފަހަރުގައި ވެސް ހިނގަން އުޅެނީ ކިހާ ވަރެއްގެ ކަމެއް ކަން އޭނައަށް އެއްވެސް ވަރަކަށް އެނގިގެނެއް ނޫނެވެ. ********************************** “މިއުޅެނީ އާތީ އާ ބައްދަލު ކުރާހިތުން ކުއްޖަކު އުޅޭތީ.. އެބަ އާދޭ އިރު ކޮޅަކުން..” ޒީނާ ބޭނުންވީ ސީދާ ޕޮއިންޓަށް ދާށެވެ. “އެހެންތަ؟؟ އިންތިޒާރުގައި މި އިނީ..” އާތިފު ކަންބޮޑުވެ ހާސްވި ނަމަވެސް އެކަން […]
ހާސްވެފައި ވާ މީހެއް ފަދައިން ސިޓިންގ ރޫމު ތެރޭގައި ދެކޮޅަށް ހިނގަން ފެށީ ހަލުވި ފިޔަވަޅު ތަކެއްގައެވެ. ފޯނު ނެގުމަށްފަހު، ނަޒާހާއަށް ގުޅަން މަސައްކަތް ކޮށްލިއެވެ. ނަޒާހާގެ ފޯނަށް ގުޅޭތޯ ދެތިން ފަހަރު މަސައްކަތް ކުރުމުން ވެސް، ފޯނު ބިޒީވެފައި ހުރުމުގެ ސަބަބުން ގުޅޭ ގޮތެއް ނުވިއެވެ. ************************************** ސިޓިންގ ރޫމުގެ ސޯފާގައި އޮށޯވެލައިގެން ހިޔާލަކަށް ގެއްލިފައި އޮތް ޝިފާން ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އެ އެޕާޓްމަންޓުގެ ބެލް ޖެހި އަޑަށެވެ. އިރުކޮޅަކު ދޮރާ ދިމާލަށް […]
މަހުދީ އެހާ ފޯރީގައި އެ ވާހަކަ ދައްކާފައި ފަހުން އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަނީ ކީއްވެބާއޭ އާތިފުގެ ހިތަށް ތަކުރާރުކޮށް އަރަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ އެވަރުގެ ބޮޑު ސަމާސާއެއް ކޮށްފާނެބާއޭ އާތިފުގެ ހިތަށް އެރިއެވެ. އެއީ ސަމާސާއެއް ވިޔަސް އަދި ހަގީގަތެއް ކަމުގައި ވިޔަސް އިސްވެ އެ ވާހަކަ ނުދައްކަން ހިތާ ހިތުން އަޒުމް ކަނޑައެޅިއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އާތިފުގެ ހިތަށް ނުތަނަވަސްކަން ވެރިވެއެވެ. ކާކުކަންވެސް ނޭނގޭ އެ މީހަކާ މެދުގައި […]