.ނަފީސާއަށް ފޯނެއް އަންނަންފެށުމުން ފޯނު ކަންފަތުގަ ޖަހަމުންއެއްފަރާތްވެލިއެވެ. އޭރުވެސް ރައިން ރޯވަރުން ރޮނީއެވެ މަންމާ “އަޔާޒް ނަފީސާއަށް ގޮވާލުމުންވެސް ނަފީސާއަކައް އަޑެއް ނީވުނެވެ. ނަފީސާ ދެފަހަރަކު ހަލޯއޭ ގޮވާލުމައްފަހު އަޑެއްނީވުމުން ފޯނު ކެނޑުނީކަމައް ކަންފަތުން ފޯނު ދުރުކޮއްލުމައްފަހު ގޮސް ރައިން މަސަލަސް ކުރެވޭތޯ އުޅުނެވެ. މާމަ ދަރިފުޅު ކޮންކުއްޖެއް ރޮއްވާލީ”ނަފީސާ އެހެންބުނެލުމާއެކު ޝީންވެސް ރައިން ހުއްޓުވާލަން އެއްޗެއް ބުނެލިއެވެ. ކަނޑާނުލާ ފޯން ހުރުމުން ނަފީސާއާއި ޝީން ދެއްކި ހުރިހާ ވާހަކައެއްވެސް އަޔާޒްގެ ކަންފަތައް އިވެމުން ދިޔައެވެ……. ކަންފަތް […]
ރައިން އަށް ހަތަރުމަސް ވުމާއެކު ޝީން އެއޮފީހައް ނިކުންނަންފެށީ ޝީން ބޭނުންވެގެންނެވެ. އެދެމައިންގެ ހަރަދުތައް ފުއްދުމައްޓަކައެވެ. ނަފީސާއާއި އާޔަން ކިތަންމެ ރަގަޅަސް ޝީން ބޭނުންވީ އޮފީހައް ނިކުންނާށެވެ. އެއީ ޝިން ބޭނުންވާ ގޮތްކަމައް ވާތީ ނަފީސާ އެއަށް ގޮތެއްކިޔަން ބޭނުން ނުވީއެވެ. ޝީން އޮފީފހައްދިޔަޔަސް ރައިންގެ އެއްވެސްކަމަކައް ފަރުވާކުޑައެއްނުކުރެއެވެ ދެމީހުންގެ ކަންތައްތައްކުރަން ނަފީސާއަށް އެކަނި އުދަގޫވާނެތީ އާޔަންގެ އެހީއާއި އެކު ގޭތެރޭގެ ކަންތައްތައް ކޮއްލަން ބޭރު ކުއްޖެއްގެނައެވެ. އެހެންކަމުން ޝީންއަށްވެސް ހުރިހާކަމަކައްވެސް ފަސޭހަވެގެން ދިޔައެވެ. މއަދުވެސް ޝީން […]
ޝީން އަށް އެދަރިފުޅު ފެނުމުން ލޮލުން ކަރުނައައެވެ. ނަރުސްކުއްޖާ ނަފީސާ އަތައް އެދަރިފުޅު ލާދިނެވެ،ނަފީސާގެލޮލުންވެސް ކަރުނަ އައެވެ.ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ނަފީސާ އެދަރިފުޅު މޫނާއި މޫނުކައިރިކޮއްލިވަގުތު ފެނުނު މަންޒަރުން ނަފީސާގެ ބަސް ހުއްޓުނެވެ. ހައިރާންވެފައި އެކުއްޖާގެ މޭމައްޗައް ނަފީސާއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ. ކަޅިޖަހާލަންވެސް ނޭގިބެލެމުންދިޔައީ އެދަރިފުޅުގެ މޭމަތީގައި އިން ކަޅުކަންގަދަ ބޮޑުލަފަށެވެ. މީހަމަ އަޔާޒްގެ މޭމަތީ އިންނަލައްގޮތައް އިން ލަފެއް އެއްވެސްތަފާތެއްނެއް ” ނަފީސާ ލޯކުޑަކޮއްލަމުން އެލަފައް ބަލައިލިއެވެ.” ދެމައިންގެ ހާލްވެސް […]
ދައްތާ އަހަރެން ބަނޑު ބޮނޑު “ޝީން އަގައިން ނިކުތް ޖުމްލައިން ނަފީސާއަށް ބުނާނެއެއްޗެއްނޭގި ހުއްޓުން އެރިއެވެ. ދެމީހުން އެގޮތުގައި ތިއްބައި ނަފީސާގެ ފޯން ރިންގް ވާން ފެށިއެވެ. ފޯންނަގާ ބަލާލިއިރު ގުޅަނީ ރާއްޖޭން ބޭރު ނަމްބަރަކުންނެވެ. ފޯން ސްކްރީނައް އަރާފައިވާ ނަމްބަރުފެނުމުން ޝީންއަށް އަޔާޒްގެ ނަން ކިޔާލެވުނެވެ.. ދައްތާ!! ޕްލީޒް އަޔާޒްއަށް އަހަރެން މިގޭގަ އުޅޭކަން ސިއްރު ކޮއްދީ އަހަރެންގެ އެއްވެސް ވާހަކައެއް އަޔާއަށް ކިޔައި ނުދޭތި ” ޝީންނަފީސާގެ ދެއަތުގައި ހިފާލަމުން އާދޭސް ކުރާގޮތައް ރުމުން […]
ކާރައްއަރާ ސްޓާޓް ކޮއްލުމާއެކު ޝީންގެ ބޮލައް އެބުރުން އަރަން ފެށިއެވެ. ދެން ވީގޮތެއް ޝީންއަކައް ނޭގުނެވެ. ހޭވެރިކަންވީ އިރު ޝީން އޮތީ އޭޑިކޭ ހޮސްޕިޓަލްގައެވެ. އޮވެވުންތަން އެގުމުން ޝީން ފުންމައިގެން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކައިރީ ހުރި އާޔަން ޝީން ހިފެހެއްޓިއެވެ.” ކީއްވެ ” އަހަރެން މިތާ!! ޝީންއަތައް ގުޅާފައިވާ އައިވީ އަށް ބަލައިލަމުން ބުނެލިއެވެ. ކާރުގަ އިންދަ ޝީން އަބުރައިގަނެގެން ވެއްޓުނީމަ އަހަރެން ގެނައީ” އާޔަން ޝީންއަށް ވީ ގޮތް ކިޔައިދިނެވެ. އިރުކޮޅަކުން ދޫކޮއްލާނަމޭ […]
ގަރުދިޔަ ކެކޭ ވަސް ދުވަން ފެށުމާއެކު ޝީން އަށް އޯކާދެމޭގޮތް ވާން ފެށިއެވެ. އުދުން ކައިރީ ހުއްޓިލައިގެންހުރި ނަފީސާ ޝިން އަށް ބަލައިލީ ވާނުވާނޭގިއެވެ. ގަރުދިޔައަކީ އަބަދުވެސް ޝީން އަށް ވަރައް މީރު އެއްޗެކެވެ. ނަމަވެސް މިއަދު އެހެން ވާންވީ ސަބަބެއްނޭގުނެވެ. އަނގަ މަތީ އަތް އަޅަމުން ޝީން ދުއްވައި ގަތީ ކޮޓަރިއާއި ދިމާލަށެވެ. ޝީން ދިއުމުން ނަފީސާ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމައްފަހު ހިގައިގަތެވެ. ނަފީސާއައިސް އެކޮޓަރިއަށް ވަތްއިރުވެސް ޝިން ފާހާނާ ތެރޭ ހޮޑުލާއަޑު އިވެއެވެ. ކިހިނެއްވީ […]
އަނެއްކަ އަލޫކް ޝީން އަށް އަނިޔާ ކުރަނީތަ؟ ނޫން ނޫން …. އެރޭގެ ހާދިސާއަށްފަހު ފެންނަ ހުވަފެނެއް އެއީ ” އަހަރެން ޝީންގެ ދިރިއުޅުން ހަލާކް ކޮއްލާފަ މިއައީ ” އަޔާޒް ބޮލު އިސްތަށިގަނޑުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ’ އަޔާޒް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތުތެރޭން ޝީން ގެ ހަދާންތައް ފޮހެލާނެ ގޮތަކާދޭތެރޭއެވެ. ******************************************** ޝީން ކައިވެންޏައް މަސް ދުވަސް ވާން ގާތްވީއިރުވެސް އަލޫކް އެއްވެސް ހަބަރެއް ނުވެއެވެ. އަލޫކްގެ ބައްޕަގެ ފަރާތުން ޝިން އަށް […]
އޭނަކަހަލަ މީހަކައް ޝިންކަހަލަ ރަގަޅު ކުއްޖަކު ލިބުންއެއީ ނަސީބެވެ. މިރެއިން ފެށިގެން އެނުބައިކަންތަކުން ދުރުވާން މަސައްކަތް ކުރާނެއެވެ. ރޫމައްވަންގޮތައް ގަބުވެފައި ހުރި ޝިން އަލޫކްގެ އަތް މައްޗައް ނެގުމައްފަހު އެދުގައި ބާއްވާލިއެވެ.އެވަގުތު ވަރައްބާރައް ދުރުގައި ތަޅައިގައްއަޑު އިވުނެވެ. ޗުސް ކަނޑާލަމުން އަލޫކް ރުޅިވެރި މޫނަކާއެކު ގޮސް ދޮރު ހުޅޫވާލުމާއެކު ދެލޯ ބޮޑުވިއެވެ. އެވަގުތު ހީވީ ބިރެއްފެނިގެން މީހަކު އުޅެން ފެށީހެންނެވެ. ދޮރުމަތީގައި ހުއްޓިލައިގެން ތިބި ދެ ޕޮލިހުން ފެނުމާއެކު އަލޫކްއަށް ތެޅިގަނެވުނެވެ. ވާން އުޅޭގޮތް އެގުމުން އަލޫކްގެ […]
އެވަގުތު އަޔާޒް ޝީންގެ ކޯތާފަތް މަތީ ފިރުމަމުން ދިޔަ އިސްތަށިތައް އެއްފަރާތް ކޮއްލަދިނެވެ. ހަމުގައި އެއިގިލިތައް ބީހުމާއެކު ޝީންގެ ދެލޯ ލޯމަރާލެވުނެވެ. އެމަންޒަރު ފެނުމުން އަޔާޒްގެ ހިތް ކޮންޓްރޯލުން ނެއްޓިކަހަލައެވެ. ޝީންވެސް އަޔާޒްގެ ބީހުމައް އެދި ގޮވާކަހަލައެވެ. ދެހަށިގަނޑު އެއްހަށިގަނޑަކައްވެގެން ދިޔައިރު ދެމީހުންކުރެ އެކަކައްވެސް ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭކަހަލައެވެ. ދެމީހުންވެސް ހީވަނީ އެތައްދުވަހަކައްފަހު ކަރުހިއްކުން ފިލުވާލަން ލިބިގެން އުޅޭހެންނެވެ. ޝީން ދެލޯމަރާލަމުން އެފޮނިމީރު ކަމުގެ ތެރެއަށް ނަފްސް ގެއްލިގެން ދާން ދޫކޮއްލިއެވެ. ވެފަ ހުރި ވަރުބަލީގައި […]