ބުރާންތިވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މޫނުދޮންނަ ތަށީގައި ހިފަހައްޓާލެވުމާއި އެކު އޭނާއަށް މަޑުމަޑުން ގިސްލެވެން ފެށިއެވެ. ކަރުނަތިކިތަކުން އޭނާގެ މޫނު ތެމިއްޖެއެވެ. އެތައް އިރެއް ވުމައްފަހު މޫނު ދޮވެލުމަށް ފަހު ފާހާނައިން ނިކުންނަން ދޮރު ހުޅުވާލިއެވެ. ލިބިފައިވާ ހިތާމައާއި އެކު ކުއްލިއަކަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ހުރީ ސްމައިލީއެވެ. ބޭކަރީގެ މުވައްޒަފުންގެ ބްރޭކް ގަޑިއަށް ވުމުން އެހެން އިތުރު އެކަކުވެސް ނޫޅެއެވެ. ޝައިހާއަށް ޔަގީންވީ ހުރިހައި މަންޒަރެއް ސްމައިލީއަށް ފެންނާނެކަމަށެވެ. އަދި އެމަންޒަރުތައް ރައްކާ ކުރެވޭނެ ކަމެވެ. […]
ފިޔަވަޅު ލޯބިވާ މައިންބަފައިންނާއި އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށް މާލެ ބަދަލުވީ ނަރސިން ދާއިރާއިން ލިބުނު ކޯހެއް ހެދުމަށެވެ. ކުރިމަގަށްޓަކައި ކުރެވުނު ފޮނިފޮނި ހުވަފެން ތަކެއްގައި ކުލަ ޖެއްސުމުގެ ހެޔޮ އަޒުމުގައެވެ. އަދި ހަތަރު އަހަރުގެ ޑިގްރީ ކޯސް ނިންމުމަށް ފަހު އަވަހަށް ގޮސް ރަށުގެ މީހުންނަށް ހިދުމަތް ކުރުމުގެ އުއްމީދުގައެވެ. ބޮޑު ގެއެއްގައި ތަނަވަސް ކޮޓަރިއެއް ދޫކޮށް ދެތިންހަތަރު ކުދިންނާއި އެކު ރޫމްއެއް ޝެއަރ ކޮއްގެން އުޅެވޭނެ ކަމުގެ ޔަގީން ކަމާއި އެކުއެވެ. ކޯހުގެ ފުރަތަމަ […]