“ޓޮއް ޓޮއް.” ކޮޓަރީގައި ޓަކި ދިންތާ ފަސް ވަރަކަށް މިނިޓު ތެރޭ ދޮރުހުޅުވިއެވެ. ޒައިބާގެ ލޯ ވަނީ ރޮއެރޮއެ ރަތް ވެފައެވެ. އަސްމާ ފެނުމުން ރުޅިވެރިކަން އިސްކުރި އެއްކަމަކު، ޒައިބާ ރޮއެފައި ހުރިކަން އަސްމާ އަކައް ސިއްރެއް ނުވިއެވެ. “އަ.. އާދޭ ކ.. ކާން” ޒައިބާގެ ލޯ ރަތްވެފަ ހުރިތަން ފެނިފައި ކުރި އަސަރެއްގެ ބޮޑު ކަމުން އަސްމާގެ އަޑު ނުކުތީ ކެނޑިކެނޑި ގެންނެވެ. “ހުމް..މް.. މިދަނީ..” ބަނޑުހައި ވެފައި ހުރުމުގެ ސަބަބުން ޒައިބާ ވަރަށް ފަސޭހައިން […]
“ޒައިބާ ކޮބާ؟” ލޮލުން ކަރުންތައް ފުހެލަމުން އަސްމާ ސުވާލުކުރިއެވެ. “ޒައިބާ އަހަރެން ގޭގަ.. މިވަގުތު އޮތީ ނިދިފައި” ********* “ޒައިބާ ހޭލީމަ މިގެއަށް ގެންނާތި” އަސްމާ ޒައިބާ ރަނގަޅަށް ތަރުބިއްޔަތު ކުރަން ޢަޒުމް ކަނޑައެޅިއެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް، މަސްތަކަށް އަހަރުތަކަށް ބަދަލުވެގެންގޮސް ޒައިބާއަށް ހައަހަރު ފުރިއްޖެވެ. ޒައިބާ މިހާރު އޭނާގެ ބައްޕަ އާއި ބެހޭގޮތުން ސުވާލުކުރަން ފަށައިފިއެވެ. “މަންމާ.. އަޅުގަނޑު ބައްޕަ ކޮބާތަ؟” އެއީ ޒައިބާ އެސުވާލު އޭނާގެ މަންމައާ ކުރި ދިހަވަނަ ފަހަރެވެ. […]
ހަވީރުގެ ވަގުތުގައި ހިރިމަރަދޫގެ ގޮނޑު ދޮށަށް ދިޔައީ ފިނި ވައިރޯޅި ޖެހެމުންނެވެ. އެ ހިތްގައިމު ވަގުތުކޮޅުގެ ފޮނިމީރުކަން ހާސިލް ކުރުމައްޓަކައި ކުދި ބޮޑު އެތައް ބަޔަކު ގޮނޑު ދޮށުގެ އެކި ހިސާބުތަކުގައި ތިއްބެވެ. ގަހެއްގެ ހިޔާގަނޑު ދަށުގައި އިށީނދެ ލައިގެން އެ އިނީ އަސްމާއެވެ. އަސްމާގެ ކަޅި ހުއްޓިފައި ހުރީ އެތާ އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުޅެމުން ދިޔަ ކުޑަ ކުދިންނަށެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. އޭނާ ދެން އަތް ޖައްސާލީ […]
އަސްމާ އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. ވިހެ އުމުގެ ގަދަ ވޭނަށްފަހު އަސްމާ ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ޒައިބާގެ އުމުރުން ދެ އަހަރުގައި އޭނާގެ ބައްޕަ ވަނީ މި ކެހިވެރި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އަސްމާ ދިޔައީ ހިތްވަރާއެކު ޒައިބާގެ ކަންތައްތައް ކޮށްދެމުންނެވެ . އޭނާ ގެންދިޔައީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅަށް ރަނގަޅަށް ތަރުބިއްޔަތު ދެމުންނެވެ. ނަމަވެސް………………………….. އިންޝާ ﷲ ވަރަށް އަވަހަށް މި ވާހަކަ ގެނެސްދޭން ފަށާނަން… އިންތިޒާރު […]
އުޑުމަތި ސާފު ދުވަހެކެވެ. ހަވީރު ވަގުތުކަމުން ފިނި ވައިރޯޅިތައް ދިޔައީ ޖެހެމުންނެވެ. އާދައިގެ މަތިން އަފާޒް އިނީ ގޭމު ކުޅޭށެވެ. ގޭތެރޭގައި ގުގުމާފައި ހުރީ އަފާޒް ކުޅެން އިން ގޭމުގެ އަޑެވެ. އުމުރުން ސާދަ އަހަރުގެ އަފާޒް އަކީ އޭނާގެ މައިންބަފައިން ބުނާ ބަސްނާހާ ހިތުހުރި ގޮތަކަށް އުޅެމުން އަންނަ ކުއްޖެކެވެ. ނަމާދު ކުރުމަކީ އޭނާ އެއްގޮތަކަށް ވެސް ކޮށްއުޅޭ ކަމެއްނޫނެވެ. އާދައިގެ މަތިން މިރޭވެސް އޭނާގެ ބައްޕަ އަރްޒާން އައިސް އޭނާއަށް ނަޞޭޙަތް ދޭން ފެށިއެވެ. […]