ކާމިޔާބު4
ލޯތްބާއި އޯގާތެރިކަމާއެކު އަހަރެން އެކުދިންނަށް ކިޔަވައިދިނުމުގައި ދުވަސްތައްހޭދަކުރީމެވެ.ގަނޑިއަށް ފަރުވާތެރިވުމާއި ކިޔަވައިދޭ ގޮތުގެ ފުރިހަމަކަމުން ތަނުގެ އިސްވެރިޔާ އަހަންނާމެދު ވަރަށް ހިތްހަމަ ޖެހެއެވެ.
އެއްދުވަހެއްގެ މެންދުރެއްގެ ވަގުތެވެ.އަހަރެން އާދައިގެމަތިން ބްރޭކަށް ގެއަށްއައި މަގުމަތީ އެއްކުލާހެއްގައި އުޅުނު ކުއްޖަކާދިމާވިއެވެ.ވިމްލާ އަކީ ސުކޫލުގައި އުޅުނުއިރު އަހަރެންނަށް ވަރަށް އުދަނގޫކުރި ކުއްޖެކެވެ.އަހަންނަށް މަލާމާތްކުރުމު ގައްޔާއި އަހަރެން ދިން ހެޔޮނަސޭހަތްތަކަށް ބީރުކަންފަތްދިން ކުދިންގެތެރޭ އެއްވަނައިގައި ހިމެނުނު ޒުވާނެކެވެ.
ވިމްލާއަށް ބަލާލުމަށްފަހު އަހަރެން ލޯ މަރާލީ އޭނާ ލައިގެންހުރި ހެދުމުގެ ސަބަބުން ލަދުން ލޯ ހުޅުވާލަން ނުކެރިގެނެވެ.ހެދުމެއް ލައިފައި ހުރީ ނަމެއްގައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.ލައިފާ ހުރި ގަޔަށްބާރު ކުރު މެޑީކޮޅުން ހަށިގަނޑުގެ ވަނާތައް ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.އަރައިގެން ހުރި ހައިހީލްސްއާއެކު ފައިގެ ފަލަމަސްގަނޑު އެއްކޮށް ފެންނަންހުއްޓެވެ.
ވިމްލާއަށް އަހަރެން ފާހަގަކުރަން އެނގުނެވެ.އަނބުރާލާފައި ދާން ހިނގައިގަންނަން އުޅެފަވެސް އަހަރެން މަޑުކޮށްލީ އޭނާ ދެވަނަ ފަހަރަށް އަހަަރެންގެ ނަމުން ގޮވާލީމައެވެ.”ސްކޫލްގަ ވެފަހުރިކަންތަކުން އަދިވެސް އަހަރެންދެކެ ހިތްހަމަނުޖެހިފަދޯ؟”އަހަންނާ ކައިރިވެލުމަށްފަހު ވިމްލާ ބުނެލިއެވެ.”ކަމޯން އެއީ މާކުރީގެ ކަމެއްނު ދެން އެކަންތައް ހަނދާންނައްތާލަބަލަ އެމް ސޮރީ” އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ވިމްލާ އިތުރު ކޮށްލިއެެވެ.
4 Comments!
Comments are closed.

Haadha kurey
Haadha kurey mi part vs ,ekam v v reethi ummeedhu kuran kuriah oii part dhigukoh genes dheyne kamah
Masha Allah varah reethi….waiting for next part ?
Haadha haadha ey kury. Alhe ehen meehun liyefa huri vaahaka thah balaabala..