އަރާމު ނިންޖަކުން ނިދާފަ އޮތް އައިރީން އަށް ހޭލެވުނީ އިރުގެ ރަން ދޯދިތައް އައިސް އެ މޫނަށް އެޅެން ފެށުމުންނެވެ. އެސްފިޔަތަށް ތަޅުވާލަމުން މަޑު މަޑުން ލޯ ހުޅުވާލުމަށް ފަހު ގަޑި ބަލާލުމާއިއެކު އައިރީން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އޯހް މައި ގޯޑް .. އެގާރަ ޖެހީ .. އެންޑް އެއްވެސް މީހަކު ރީން ހޭވެސް ލައްވަން ނައި .. އެކަމަކު އެހެން ދުވަސް ދުވަހު ހީވާނެ އެހެން ފަދަ ކަމެއް ހެން ނުހޭލައިގެން […]
އޭރު ވަރުގެ ކޮޅަށް ނަލަހެދިލައިގެން ހުރި ނީޝަމް ފެނުމުން ހިނވެސް އައެވެ. އައިރީން ދެ ބުމަ އަރުވާލަމުން ކޮންތާކަށް ދާން ހޭ ނީޝަމް ގާތުގައި އަހާލިއެވެ. ” އޮހް ހޯ .. ދޮންތައާ އެއްކޮށް ދާންވެގެންނެއްނު.. ” ” ހޫމް ހެވޭ .. ދެން ތިހާ ރީތި ނުވިޔަކަސް ވެދާނެ ކަންނޭނގެ .. މިދަނީ ޕާޓީ އަކަށް ދާކަށް ނޫން ވިއްޔަ .. އަނެއްކާ……” “ދެން ދޮންތާ .. ” އައިރީން އެހެން ބުނުމުން ނީޝަމް އައިރީން […]
ނަޖުމާ އެހެން ބުނުމުން ނީޝަމް އައިރީން އާއި ދިމާލަށް ބަލާލުމަށްފަހު ދޫ ނެރެލިއެވެ. ނީޝަމް ދޫ ނެރެލުމުން އައިރީން ވެސް ނީޝަމް އާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ. ******************************* ކޮޓަރި ތެރެ އެއްކޮށް ވަނީ އަދިރިކޮއްލެވިފައެވެ. ފަންކާ ވެސް ހުރީ ނުޖައްސައެވެ. އެ އަނދިރީގެ ތެރޭގައި އޮތް އީނާލް އޮތީ ހުން އައިސްގެން ގޮސް ރަތްވެފައެވެ. ރަނގަޅަކަށް ލޯ ވެސް ހުޅުވާ ނުލެވެއެވެ. އީނާލް އަށް ބޮލުގަ ރިއްސާވަރުން ބޯ ހިއްލާލަން ވެސް ނުކެރެއެވެ. ކުއްލިއަކަށް ކޮޓަރި […]
އައިލީން ގެ ވަކިވެ ދިޔުމުގެ ހިތައިމައިގާ ނަޖުމާ އެތަށް ދުވަހެއް އެ ދަރިފުޅު ގެ ހަނދާނުގައި ކަރުނަ އޮއްސިއެވެ. އަދިވެސް ނަޖުމާ އެކަނި ވުމުން އެދަރިފުޅު މަތިން ހަނދާން ކޮއްކޮއްފައި ރޯތަން ފެނުމުން ފިރިހެނަކަށް ވިޔަސް ހަސަނުގެ ހިތަށްވެސް ފުން އަސަރު ތަކެއް ކުރެއެވެ. ނަޖުމާ އެހެން ރޯތަން ދެކޭކަށް އެއީ އޭނައަށް ކުޅަދާނަ ވާވަރުގެ ކަމެއް ނޫނެވެ. އޭނައަށް ވާނަމަ އެ މިހުން ނާ ވަކިވެގެން ދިޔަ ދަރިފުޅު އަނބުރާ ގެނައީ ހެއެވެ.. ނަމަވެސް މިއީ […]
އުޑުމަތި ވަނީ ކަޅުވިލާ ތަކުން ފުރާލާފައެވެ . ބޯކޮށް ވާރޭ ވެހެމުން ދިޔައިރު އެ ވާރޭ ތެރޭގައި އުމުރުން 12 އަހަރުގެ ނީޝަމް އާއިއެކު ހަޅޭއްލަވަމުން ދުވަމުން ސަކަރާތް ޖަހަމުން ދިޔަ އައިރީން ފެނުނު މީހަކު އެއީ އުމުރުން 18 އަހަރުގެ އަންހެންކުއްޖެކޭ ނުބުނާނެއެވެ. ވާނީވެސް އެހެން ތާއެވެ. އުޅެނީ ކުޑަ ކުއްޖެއް އުޅޭ ގޮތަށްށެވެ . ” ދަރިފުޅާ .. ދެން މިހާރު ތެމެވިއްޖެއެއްނު .. ކޮއްކޮ ގޮވައިގެން އާދޭ އެތެރެއަށް .. އެހާ ގިނައިރު […]