ނަޢީމާ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުންއިރު އުލްޔާ އަދި އައިރީން ވެސް އެހީވެދީ ހެދިއެވެ. ގޭގައި ކުޑަ ކުއްޖެ ނެތްނަމަވެސް 18 އަހަރުގެ އުލްޔާގެ މިޒާޖު ހުންނަ ގޮތުން ގޭތެރޭ ފަޅުކަން ފިލައެވެ. އައިރީން އާއި އުލްޔާއަކީ އެއްބަނޑު އެއްބަފާ ދެމީހުންކަމާ މެދުވެސް މީހުން ޝައްކު ކުރެއެވެ. ދެމީހުންގެ މިޒާޖު އެހާވެސް ތަފާތެވެ. އައިރީން ގޭގައި އުޅެމުން އުލްޔާގެ ސަކަރާތުގައި ބައިވެރި ވިއަސް އޭނާއަކީ ބޭރު މީހުން ކުރިމަތީ އަލިފެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ނަމަވެސް […]
ދެ މީހުން ހީވީ ދެންމެ ދެންމެ ގަޔަށް އަރައިގަނެފާނެ ހެންނެވެ. “ވަޓް ދަ ހެލް އާ ޔޫ ޑުއިންގް ހިއާ؟؟” ލީވާންގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ. އަނެއް ކޮޅުން އައިރީން ހުރީ ބަހެއް ވެސް ބުނަން ނުކެރިފައެވެ. ލީވާން ގެ ރުޅިގަނޑު ފެނި އޭނާވެސް ފަސް ޖެހެވެނީއެވެ. ގޮތް ހުސްވެފައި ވާ މީހަކު ފަދައިން އައިރީން އެތަނުން ނުކުތެވެ. ކިތެއްމެ ވަރަކަށް ރުޅި އަޔަސް ލީވާނަކީ އެތާ ބޮޑު މީހެއް ކަމުން ބަހުސް ކުރަން ބޭނުން […]
އައިރީން ވަރުބަލި ކަމާެއެކު ގޭގެ ދޮރުމައްޗަށް އެރި ވަގުތު ތުރުތުރުއަޅާ ބަލި އަޑަކުން ގޮވާލި އަޑު އިވުނެވެ.”ދަރިފުޅާ ފެންފޮދެއް ގެނެސްދީބަލަ” މިއީ އޭނާ މަންމަ ނަޢީމާގެ އަޑެވެ. އައިރީން އަވަސްވެގަތީ ނޢީމާއާށް ފެން ދނުމަށެވެ. އެ މަންމަ ފެނުމުން އައިރީން ހިތުގާ ރިހުމެއް އުފެދުނެވެ. ނަޢީމާ ފެންނަ ކޮންމެ ފަހަރަކު ވެސް އައިރީނަށް ވަނީ މިވަރެވެ. ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކުރީގަ ނަޢީމާގެ ރީތި ހަށިގަނޑު ވަނީ ހިކި އަނަރޫފަ ވެފައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ މައުސޫމް ދެލޯ ވަނީ ވަޅު ހެދިފައެވެ. ނަޢީމާ ހިތާމަ ކުރާތަން އެތެއް ރެއަކު އިއިރީން ގެ ލޮލަށް ވަނީ ފެނިފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އައިރީން ހިތުގައި ފިރިހެނުންނަށް ދެވިފަ އޮންނަ ނަފްރަތުގެ އޮއެވަރު ބޮޑުވެގެން ދެއެވެ. މަންމައަށް ފެންދިނުމަށް ފަހު އައިރީން ދިޔައީ ނަމާދު ކުރާށެވެ. ފިރިހެން ވަންތަ ހިނގުމެއްގައި އޮފީހަށް ވަދެގެން އައި ޒުވާނާ ފެނި އެންމެންގެ ލޯތަށްް އޭނާއަށް އަމާޒު ވިއެވެ. އެ ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑު ފެނި އެތާތިބި އަންހެން ކުދިންގެ ހިތްތައް ލެނބެމުން ދާ އިރު ފިރިހެން ކުދިން ހތުގައި ހަސަދަވެރިކަން ހިނގާނެކަން ގައިމެވެ. ރީތި ވަރަކަށް ދިގު ވެފައިވާ ފަން އިސްތަށިގަނޑާއި ހީލުމުގެ ސަބަބުން ކޮލަށް އެޅޭ އަޑިކޮޅުން އޭނާގެ ރީތިކަން އިތުރު ކޮށްދެެއެވެ. އެ މަޑު ނޫކުލައިގެ ކަޅި ފެނި އަންހެން ކުދިންގެ ހިތްތައް ފިދާވަމުން ދިޔައިރު މިއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ލީވާން ބެލީ އޭނާގެ ކެބިންއަށް ދެވޭތޯއެވެ. އޭނާ ބައްޕައަށް މިއަދު ބާއްވާ އިންޓަރވިއުއަށް ނާދެވޭނެ ވާހަކަ ބުނުމުން އޭނާ އެކަމާ ހަވާލު ވިއެވެ. އެހެން ކަމުން އެކަމަށް ބޭނުންވާ މުހިއްމު ފައިލްތައް ހިފައިން އޭނާ އަވަސްވެގަތީ މީޓިންގް ހޯލަށް ދިއުމަށެވެ. ޑްރެސިންގް ޓޭބަލް ލޯގަނޑު ކުރިމަތީ ރީތި ވާން ހުރި އަިއިރީން ހުރީ ހާސް ވެފައެވެ. “އެންމެ ފުރަތަމަ ދުވަހު ވެސް މިދެވެނީ ގަޑި ޖެހިގެން!!”އަައިރީން އަމިއްލަ ނަފްސަށް ޝަކުވާ ކުރިއެވެ. ހުދު ގަމީހަކާއި މެރޫން ކުލައިގެ ޕެންސިލް ސްކާޓް ލައިގެން ހުރިއިރު އޭނާއާ ނުހަނު ގުޅެއެވެ. މުށި ކުލލަިގެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް އައްސާ ތުންފަތުގައި މެރޫން ކުލައިގެ މެޓްް ލިޕސްޓިކެއް ޖައްސާ ލެވިފާ ވާއިރު އޭނާގެ މައުސޫމު ކަން ހާމަ ވެގެންދެއެވެ.ހިތްހަމަޖެހޭ ވަރުވުމުން އޭނާ ގެންގުޅޭ އަތް ދަބަސް ހިފަައިން ނުކުތެވެ. “މަންމާަ ރީން ދަނީ….“ދޮރުން ނުކުންނަމުން ނަޢީމާއަށް އަޑު އިވޭނެ ވަރަށް އައިރީން ގޮވާލިއެވެ. “ގުޑް ލަކް…އިރާދަކުރެއްވިއްޔާ ރީން އަށް ތި ޖޮބް ލިބޭނީ…”ހިނިތުން ވަމުން ނަޢީމާ ބުނެލިއެވެ.”ތެންކްސް މޯމް….ހަނދާންކޮށް ބޭސް ކާތި..”ނަޢީމާ މިހާ ބަލިކޮށް އުޅޭ އިރު ދާން ނުރުހުނު ނަމަވެސް ނަޢީމާ ކިޔާ ވަރުން ދާން އެއްބަސްވީ ހިތާ ދެކޮޅަށެވެ.”ޑޯންޓް ވޮރީ ދޮންތާ…އުލީ މިހުރީނުން…އުލީ މޮމްއަށް ބޭސް ދޭނަން…ބެސްޓް އޮފް ލަކް އިންޓަރވިއުއަށް..”ކޮއްކޮގެ ބަސް ތަކުން އައިރީން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށް ބޭރުގައި އޮތް ޓެކްސީއަށް އަރައި ދާން ވީ މަންޒިލް ޑްރައިވަރު ކައިރި ބުނެ ހަމަޖެހިލިއެވެ. 10 ވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު އައިރީން ހުރީ ބްލެކްޕާލް ކޮންޕަނީ ކުރިމަތީއެވެ. ހަޔާތުގަވެސް މިކަހަލަ އިންޓަރވިއު އަކަށް އައި ފުރަތަމަ ފަހަރު ކަމުން އޭނާގެ ހިތް ތެޅެނީ އެއެއް މިއެއް ބަލާފަ އެއްނޫނެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އެތެރެއަށް ދާން ހިނގައިގަތެވެ. އައިރީން ގޮސް ރިސެޕްޝަންގައި ހުރި ކުއްޖާ ކައިރިން އިންޓަރވިއު އޮތް ތަނެއް އޮޅުން ފިލުވާ އެ ދިމާލަށް މިސްރާބު ޖެހިއެވެ. ލަސް ފިޔަވަޅުތަކެއްގައި މީޓިންގް ހޯލާ ދިމާލަށް އައިރީން ހިނގައިފަ ދިޔއިރު އަދިވެސް އޭނާ ހިތް ހަމަ އަކަށް ނޭޅެއެވެ. އެހެންނަމަވެސް ހިތްވަރު ކޮއްފައި ދޮރު ހުޅުވާފައި އެތެރެައަށް ވަނެވެ. މީޓިންގް ހޯލް ދޮރު ހުޅުވުނު އަޑަށް ލީވާން ފޯނު ބާއްވާ ފަސް އެނބުރި ދޮރާއި ދިމާލަށް ބަލައިލި ވަގުތު ދެ ބުމަ ގޮށް ޖެހުނެވެ. ކުރިމަތީ ހުރީ ދުވަހެއްގެ ކޮޅުން ވެސް އޭނާ ދެން ފެންނާނެ ކަމަށް އެންމެ ހީ ނުކުރާ ސޫރައެވެ. އައިރީނަށްވެސް ވީ އެވަރެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލަން ނޭގިފައިން އައިރީންގެ ނަޒަރު ވަނީ ކުރިމަތީހުރި ގޮނޑީގައި އިށީނދެގެން ހުރި ލީވާނަށެވެ.”ޔޫ!!” ދެ މީހުންނަށް އެއްފަހަރާ އެހެން ބުނެވުނެވެ. އޭރު ދެ މީހުން މޫނުން ވެސް ފެންނަނީ ރުޅިވެރި ކަމެވެ. ހީވަނީ ދެންމެ ދެންމެ ގަޔަށް އަރައިގަނެފާނެހެންނެވެ.. -ނުނިމޭ-
އައިރީން ވަރުބަލި ކަމާއެކު ގޭގެ ދޮރު މައްޗަށް އެރި ވަގުތު ތުރުތުރުއަޅާ ބަލި އަޑަކުން ގޮވާލި އަޑު އިވުނެވެ. “ދަރިފުޅާ ފެންފޮދެއް ގެނެސްދީބަލަ” މިއީ އޭނާ މަންމަ ނަޢީމާގެ އަޑެވެ. އައިރީން އަވަސްވެގަތީ އޭނާ މަންމައަށް ފެންދޭށެވެ. އެ މަންމަ ފެނުމުން އައިރީން ހިތުގައި ރިހުމެއް އުފެދުނެވެ. މިއީ ނަޢީމާ ފެނުމުން ކޮންމެ ފަހަރަކު ވެސް އައިރީނަށް ވާވަރެވެ. ކުރީގަ ނަޢީމާގެ ރީތި ހަށިގަނޑު މިހާރު ވަނީ ހިކި އަނަރޫފަ ވެފައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ ދެލޯ ކައިރި ވަނީ ވަޅު ހެދިފައެވެ. ނަޢީމާ ހިތާމަ ކުރާތަން އެތަށް ރެއަކު އައިރީން ގެ ލޮލުން ވަނީ ފެނިފައެވެ. އެއިން ކޮންމެ ފަހަރަކު ވެސް އައިރީން ހިތުގަ ފިރިހެނުންނަށް އޮންނަ ނަފްރަތު ދަނީ ބޮޑު ވަމުންނެވެ……. *********************************************************************