މާވަށިގަނޑު ވެއްޓި ތެޅުނު އަޑުން މުޅި މާހައުލު ގުގުމާގެން ދިޔައެވެ…………… ކޮފީ ޖަގު މޭޒުމަތީ ބެހެއްޓުމަށްފަހު ސިޓިންރޫމަށް ދުއްވާގަނެވުނުއިރު ފަހަތުން ނައީމްވެސް ބާރުބާރަށް އާދެއެވެ. މަޑުވިލްކުލައިގެ ބިއްލޫރިވާސް ތެޅި މުޅިތަނަށް ބިއްލޫރި ފެތުރިފައިވާއިރު މުޅިތަނުން ދަޅައަޅައެވެ. ކުލަކުލައިގެ ތާޒާ މަލުގެ ފިޔަތައް އެކިދިމަދިމާލުގައި ވިހުރިފައިވާއިރު، ސާއިރާމެން ދެމަފިރިންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ހަމަހިމޭންކަމާއެކު ދެމީހުން ބަލަންހުރުމަށްފަހު ސިޓިންރޫމް ސާފުކުރުމާއިގެން ސާއިރާ އަވަސް ވެލިއެވެ. ސާފުކުރަން ހުރިއިރުވެސް ވިސްނެމުން ދިޔައީ ވާސްތެޅުނު ގޮތާއިމެދުއެވެ. “އައްދެ ހާދަ ހެވިލާފަ!… ކާކުތަ […]
އަންހެން ކުދިންދެކެ އިންތިހާއަށް ނަފްރަތުކުރާއިރު ތަޤުދީރު ކުރާ ސަމާސާ ނިކަން ދެކިބަލާށެވެ………………………………………………………………………………….. ރީތި ދިގު އިސްކޮޅެއް ލިބިފައިވާއިރު، ކޮނޑައްވުރެ ތިރިއަށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި ވަނީ މަޑު މުށިކުލައެކެވެ. ” އޯހް….ކަމް އޯން ނީޝް…..ގެޓް ވެބަ…މިކިޔާއެއްޗެއް…! ޒޯގެ ހިތް އަތުލެވޭވަރުގެ ބޯއީ އެއް މިރާއްޖޭގަ ކީއްކުރަން މިދުނިޔޭގަވެސް ނޫޅޭނެ! މިނޫނަސް ކިތައް ޑޮކްޓަރުންނަށްތަ ކައްކާފަ ކާންދޭނީ.. ހިތް ރޫޖެހިޖެހިފަ މަޑު ކަފަކޮޅަކަށް ނުވެޔޭ! ނީޝްއަށް އެނގޭނެ ބޯއީސް ދެކެ ޒޯ އަންނަ ރުޅި! ދޮންމަންމައަށް ފަސޭހަކޮށްދޭން ބައެއްފަހަރު މިހެން […]
ވަށައިގެންވާ މާހައުލުން ފެންނަނީ ހަލަބޮލިކަމެވެ. ދުވަހަކީ އިރުވައި މޫސުމުގެ ހިތްގައިމު ދުވަހެއްކަން އުޑުމަތި ބަލާލުމުން ސާފުވެގެންދެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން، އެތައްބަޔެއްގެ ތެރެއިން ނުކުމެގެން އަންނަ ފުރިހަމަ، ރީތި ފިރެހެންވަންތަ ހިނގުމެއްގައި ގޮސް ލޯންޗަށް އެރީ، ހދ.ކުރިނބީ ހެލްތު ސެންޓަރަށް ހަމަޖެހިފައިވާ ޑޮކްޓަރ މުހައްމަދު ޒެފަން އެވެ. ދިގު އިސްކޮޅެއް ލިބިފައިވާ މިޒުވާނާގެ ބޮލުގެ އިސްތަށިގަނޑުވަނީ ހެޔޮވަރު ވަރަކަށް ކޮށާލެވިފައެވެ. ހަމުގެ ކުލަ ދޮންކަމުން ބަލާލާ ކޮންމެމީހަކަށް މިއީ ބޭރު ޑޮކްޓަރ އެއްކަން ފާހަގަނުވެއެއް ނުދާނެކަން ގައިމެވެ. […]