އަހަރެންވެސް އަހަރެންގެ އަންހެނުން ގޮވައިގެން އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަނުމަށްފަހު އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާއި ހަދާލީމެވެ. ފާޚަނާއިން ނުކުން އިރު އަންހެނުން ފާޚަނާ އަށް ވަންނަން ރެޑީވެގެން ހުއްޓެވެ. ދެން އަހަރެން އަވަސްވެގަތީ އަޞުރު ނަމާދު ކިރާށެވެ. ނަމާދު ކޮށް ނިމުން އިރު އަންހެނުންވެސް ނަމާދު ކުރުމަށް ތައްޔާރު ވަނީއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަހަރެން ލައިގެން ހުރީ ޓީޝާޓް ބޭލުމަށްފަހު އެނދުގައި ޖައްސާލީމެވެ. އަންހެނުންވެސް ނަމާދުކޮށް ނިމިގެން އައިސް އަހަރެން ކައިރީގައި […]
މެންދުރު ކެއުމަށް ހަދާފައި ހުރީ ބަތާއި، ރިހާކުރާ، ތެއްލި މިރުހާ، ވަޅޯ މަހާ، އަދި މިނޫންވެސް އެތައް ބައިވަރު އެއްޗެއްސެވެ. އަހަރެން ވަރަށް ރަނގަޅަށް ކެއީމެވެ. އަހަރެމެން ކެއުން ނިމުމަށްފަހު ކުޑަކޮށް ވާހަކަ ދައްކާލަން އެތާ ހުރީ ގަހެއްގެ ހިޔަލުގައި ތިބީމެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ އަހަރެންނާ އަހަރެން އަންހެނުން ތުނޑި އަށް ދަތުރު އަންނަން ބޭނުންވާކަން މަންމަ އަށް އިނގުނު ސަބަބެވެ. އެ ސުވާލު އަހަރެންގެ ހިތުގައި އޮތީތީ އަހަރެން މަންމަ އެ ސުވާލު […]
މަންމަ ދިނީ އަހަރެން ވަރަށް އުފާވި ހަބަރެކެވެ. އެއީ އެރަށު ތުނޑިއަށް ދަތުރު ދާން އުޅޭ ހަބަރެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހރެން އަނބިމީހާ ގައިގައި ވަރަށް ބައްދާލީމެވެ. އަދި މަންމަ ގައިގައި ވެސް ބައްދާލީމެވެ. މަންމަ އަހަރުމެން ދެމީހުން ގާތު ދަތުރު ދާން ރެޑީވާން ދިއުމަށް ބުނުމުން އަހަރެން އަނބިމީހާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދުނީމެވެ. އަދި ކޮޓަރި އަށް ވަދެ އަހރެން އަނބިމީހާ އުފުއްލާލީމެވެ. އަނބިމީހާ އަހަރެން ގާތު ބަހައްޓާށޭ ކިޔާ ހަޅޭއް ލެވުމުންވެސް […]
އަހަރެން ނަމާދުކޮށްލައިގެން އަނބިމީހާ އާއެކު ދިޔައީ ކުޑަކޮށް ރަށުތެރެ ބަލާލުމަށް ޓަކައެވެ. ރަށުތެރެ ގައި ހިނގަމުން ދިޔައިރު ވަރަށް ގިނައިން ބަނބުކެޔޮ ގަސް ފެނެއެވެ. ބަނބުކެޔޮލަކީ އަހަރެންނަށް އަހަރެންގެ އާއިލާ އަށް ވަރަށް މީރު އެއްޗެކެވެ. އަހަރެންގެ ކެންދޫ އަށް ދިޔަފަހުން ބަނބުކެޔޮލަށް ކުރަނީ ކެންދޫ ބަނބުކެޔޮލެވެ. އެއީ ކެންދޫގައި ގިނައީ ބަނބުކެޔޮ ގަސް ކަމަށްވާތީއެވެ. ހަމައެކަނި ކެންދޫ އެއް ނޫނެވެ. އެހެން ރަށެއްގައި ވެސް ބަނބުކެޔޮ ގަސް ގިނަ ނަމަ ކިޔާނީ އެރަށެއްގެ ނަމާއެކު ބަނބުކެޔޮލެވެ. […]
އަނބިމީހާގެ ކޯތާފަތަށް ވަގުތުން ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. އަދި އަހަރެން ހުރުމުން ބާލަން ނުކެރޭނެ ކަމަށް ބުނެ ފާޚަނާ އަށް ވަދުނެވެ. އަހަރެން ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު އެނދުގައި ޖައްސާލީމެވެ. މާ ގިނައިރެއް ނުވެ އަނބިމީހާ ފާޚަނާއިން ނުކުތެވެ. އަހަރެންނަށް ހިނިތުން ވެވުނެވެ. އަދި އެނދުގައި އޮށޯންނަން އައުމަށް އަހަރެން ބުނުމުން އަނބިމީހާ އައިސް އެނދުގައި އޮށޯތެވެ. އަހރެން އަނބިމީހާ ގައިގައި ބައްދާލައިގެން އޮވެ ނިދީމެވެ. އަނބިމީހާ ވެސް އަހަރެންގެ ގައިގައި ބައްދާލައިގެން އޮވެ ނިދިއެވެ. […]
“ލޯބި” މި ވާހަކައިގެ ކިޔުންތެރިންގެ ސަމާލުކަމަށް! އަޅުގަނޑު މި ދުވަސްކޮޅު ވަރަށް ބިޒީކޮށް އުޅެން ޖެހުމުގެ ސަބަބުން ޤަވާއިދުން ވާހަކައިގެ ޕާރޓް ތައް ނުގެނެސް ދެވިދާނެއެވެ. އެކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި އަޅުގަނޑަށް ވަގުތު ވީ ވަރަކުން ކޮންމެ ހަފްތާ އަކު މަދުވެގެން 1 އެޕިސޯޑް ގެނެސްދެވޭތޯ ބަލާނަމެވެ. އިންޝާ ﷲ. އިންތިޒާރު ކޮށްލައްވާ……. ޝުކުރިއްޔާ!
ގަޑިން ރޭގަނޑު އަށެއް ޖަހައިފިއެވެ. އަހަރެން ލޯގަނޑު ކުރިމަތީގައި ހުރެ ކައިވެންޏަށް ތައްޔާރު ވަމުން ދިޔައީމެވެ. އަހަރެންގެ ބޭރުފުށުން އަހަރެން ކިތަންމެ ހިތްހަމަޖެހޭ ކަން ދެއްކިޔަސް އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އަހަރެން ރީތިވެ ބުނުމަށްފަހު އެނދުގައި އިށީނީމެވެ. އަހަރެން ހިތް ނުތަނަވަސް ވަނީއެވެ. އެކި ކަހަލަ އެއްޗެހި ހިތަށް އަރަނީއެވެ. އެކި ކަން ކަމާމެދު ވިސްނާ ފިކުރު ކުރެވެނީއެވެ. އަހަރެންނަށް އެ ޚިޔާލު ތަކުން ބޭރު ވެވުނީ ކޮޓަރިއަށް ވަދެގެން އައި އަހަރެންގެ މަންމަ […]
ލޯބިވެރިޔާގެ މަންމަ އަހަރެން ކައިރިއަށް ޖެހުނެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. އަދި ވަރަށް ބޮޑަށް ދާ ހިއްލަން ފެށިއެވެ. އެކަމަކު ކަންތައް ވީ އަހަރެން ހީކުރި ގޮތާ ޚިލާފަށެވެ. ލޯބިވެރިޔާގެ މަންމަ އަހަރެންނާާ ދިމާލަށް ކިޔުނު އެއްޗިއްސަށާއި ލެވުނު ހަޅޭކަށް މަޢާފަށް އެދެމޭ ވަރަށް ދެރަވެ ހުރެ ބުންޏެވެ. އެވަގުތު އަހަރެންގެ ހިތަށް ހިތްހަމަޖެހިފައި ހުރެ އެއީ އެވަރު ކަމެއް ނޫން ކަމަށް ބުނެ ވަރަށް ބާރަށް މަންމަ ގައިގައި ބައްދާލިމެވެ. ލޯބިވެރިޔާ […]
އަހަރެން ލޯބިވެރިޔާ އަށް ބޮސް ދިނުމުގެ ފުރުސަތު ނުލިބުނީ އެކަން ހުއްޓުވީމައެވެ. އެކަން ހުއްޓުވުމުން އަހަރެން އެކަން ކުރުމަށް ފަސް ޖެހެވުނެވެ. އަހަރެންނަކަށް އެކަން ކުރާކަށް ނުކެރުނެވެ. ސަބަބަކީ ކުރިމަތީގައި ރުޅި އައިސް ރަތް ވެފައި އެހުރީ ލޯބިވެރިޔާގެ މަންމަ ނޫން ދެވަނަ މީހެއް ނޫނެވެ. އަހަރެން ހުރީ ބިރުން ތުރުތުރު އަޅަ އަޅައެވެ. ލޯބިވެރިޔާގެ މަންމަ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިހުރެ ލޯބިވެރިޔާ އަކީ ކިޔަވާ ކުއްޖެއް ކަމާ، ލޯބިވެރިޔާ އަށް މީގެ ފަހުން ވައިވެސް […]