
ލޯބި…..ނުވަވަނަބައި
މަންމަ ދިނީ އަހަރެން ވަރަށް އުފާވި ހަބަރެކެވެ. އެއީ އެރަށު ތުނޑިއަށް ދަތުރު ދާން އުޅޭ ހަބަރެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހރެން އަނބިމީހާ ގައިގައި ވަރަށް ބައްދާލީމެވެ. އަދި މަންމަ ގައިގައި ވެސް ބައްދާލީމެވެ. މަންމަ އަހަރުމެން ދެމީހުން ގާތު ދަތުރު ދާން ރެޑީވާން ދިއުމަށް ބުނުމުން އަހަރެން އަނބިމީހާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދުނީމެވެ. އަދި ކޮޓަރި އަށް ވަދެ އަހރެން އަނބިމީހާ އުފުއްލާލީމެވެ. އަނބިމީހާ އަހަރެން ގާތު ބަހައްޓާށޭ ކިޔާ ހަޅޭއް ލެވުމުންވެސް އަހަރެން އަޅައެއް ނުލަމެވެ. ދެން އަނބިމީހާ ކޮށްލި ކަމަކުން އަހަރެން ނުވެއްޓުނީ ކިރިޔާއެވެ. އަނބިމީހާ އަހަރެންގެ ގައިގައި ޖެހީއެވެ. އަހަރެން އަވަހަށް ފާޚާނާއަށް ވަދެފައި ފްރެޝް ވެލައިގެން ނިކުމެ ދަތުރު ދިއުމަށް ދަބަހަށް އެއްޗެހި އަޅަން ފެށީމެވެ. އަންހެނުންވެސް އަހަރެން ފާޚަނާ އިން ނުކުތުމުން ފާޚަނާ އަށް ވަދެ ފްރެޝް ވެލައިގެން ނިކުމެ ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. އަހަރުމެން ދެމީހުން ދަބަހަށް އެއްޗެހި އަޅައި ނިމުމަށްފަހު އަހަރެން ކޮނޑުގައި ދަބަސް އަޅުވާލައިގެން އަންހެނުންގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތްއިރު އެންމެން ރެޑީވެގެން ތިއްބެވެ. އޭރު ބަގީވެސް އައިސް އޮތެވެ. އަހަރެން އަވަސް އަވަހަށް އަންހެނުން ގޮވައިގެން ބަގީ އަށް އެރީމެވެ.
ދަތުރު ދާން ހަމަޖެހިފައިވަނީ ކޮންތާކަށް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެހެންކަމުން އަހަރެން މަންމަ ގާތު އެހީމެވެ. ޖަވާބުގައި މަންމަ ބުނީ ތުނޑިއަށް ކަމެވެ. އެހެން ބުނުމުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. އަދި އަންހެނުން ގާތު އެވާހަކަ ބުނުމުން އަންހެނުން އަހަރެން ގައިގައި ބައްދާލިއެވެ. އަންހެނުންވެސް އިނީ އެކަމާ ވަރަށް އުފަލުންނެވެ. ސަބަބަކީ ތުނޑިއަކީ އަހަރެންގެ އެންމެ ލޯބިވާ އަނބިމީހާ ދާހިތްވާ ތަނެވެ. އެކަން އަހަރެންނަށް އެނގުނީ މިއަދު ހެނދުނު ތުނޑިއަށް ދިޔައިރު އަންހެނުން ބުނީމައެވެ. މިއަދު ހެނދުނު ތުނޑިއަށް ގޮސް އަންހެނުންގެ ވަރަށް ގިނަ ވާހަކަ ކިޔައިދިނެވެ. އޭނާ ތުނޑި ކަހަލަ ތަންތަނަށް ވަރަށް ލޯބިކުރާ ކަމާ އަދި ވަރަށް މޫދަށް އެރޭ ހިތްވާ ވާހަކަވެސް ބުންޏެވެ. އަހަރެންގެ ހިތުގައި އުފެދެނުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. އެއީ އަހަރެމެން މިއަދު ހެނދުނު ތުނޑީގައި އިނދެފައި އަންހެނުން ތުނޑިއަށް އެއްދުވަހަކުން އަންނަންވާނެ ބުންޏެވެ. އަދި އަހަރެންވެސް އެކަމަށް އެއްބަސް ވީމެވެ. ސުވާލަކީ އެކަން މަންމެންނަށް އެނގުނީ ކިހިނަކުން ބާވައެވެ. އަހަރެން އެ ސުވާލު އަހަރެންގެ އަންހެނުން ކޮށްލީމެވެ. އަންހެނުންވެސް އެ ސުވާލާ މެދު ވަރަށް ފުންކޮށް ވިސްނިއެވެ. އަހަރެމެން ދެމީހުންނަށް ހޭވެރިކަންވީ އަހުމަދުބެ އަހަރެމެން ދެމީހުން ގާތު މިއޮށް އާދެވުނިއްޔޭ ބުނުމުންނެވެ. އަހަރެން އަވަސް އަވަހަށް އަންހެނުން އަތުގައި ހިފައިގެން ބަގީ އިން ފޭބީމެވެ. ބަގީ ފޭބުމާއެކު އަހަރެން އަހުމަދުބެ އަށް އެއްޗެހި ބޭލުމުގައި އެހީ ވެދިނީމެވެ. އެއްޗެހި ބާލައި ނިމުމުން އަހަރެން ތުނޑިއަށް ނަޒަރު ހިންގާލީމެވެ. މާ ދުރު ނޫން ހިސާބެއްގައި އަހަރެންގެ އަންހެނުން ވެލި ގަނޑު މަތީގައި އިށީނދެލައިގެން އިނެވެ. އަހަރެން ގޮސް އަންހެނުން ސިއްސުވާލީމެވެ. އަންހެނުން މިފަހަރުވެސް އަހަރެންގެ ގައިގައި ޖެހިއެވެ. އަހަރެން ވަގުތުން އަންހެނުން ކޮޅަށް ނަގާ ޖެހި ކީއްވެތޯ ސުވާލުކުރީމެވެ. އެ ސުވާލު ކުރިއިރުވެސް އަހަރެންނަށް ހެވެވެއެވެ. ނަމަވެސް އަހަރެން އެ ހިނިގަނޑު މަތަ ކުރެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ޖަވާބުގައި އަންހެނުން އަހަރެން އޭނާ ސިއްސުވާލީމާ ކަމަށް ބުންޏެވެ. އަހަރެން ވަގުތުން ސިއްސުވާލީމާ ޖަހަން ޖެހޭހޭ ކިޔައި ސުވާލު ކުރީމެވެ. ޖަވާބުގައި އަންހެނުން އާއެކޭ ބުނެފައި ދުއްވައިގަތެވެ. އަހަރެންވެސް އަންހެނުން ފަހަތުން ދުއްވައިގަތީމެވެ. އަދި އަންހެނުން އަތުވުމުން އަންހެނުން އުފުއްލާއިލައިގެން ގެންގޮސް މަންމަ ކުރިމަތީގައި ބެހެއްޓީމެވެ. އަދި ކުޑަކުއްޖެއްހެން އަންހެނުން އަހަރެން ގައިގައި ޖެހި ވާހަކަ ބުނީމެވެ. ވަގުތުން އަންހެނުން އަންހެނުން ހެން ފެށިއެވެ. އަހަރެން އެކަމާ އަޅާ ނުލީ އަންހެނުން އެ ހެވެނީ އަހަރެން ކުޑަކުއްޖެއްހެން ބުނީމަކަން އެނގޭތީއެވެ.
އަހަރެމެން ހެނދުނު ސައި ބޯން ފެށީ ހެނދުނު 10 ވެސް ޖެހި ފަހުންނެވެ. މިއަދުގެ ހެނދުނު ސަޔަށް ހުރީ ރޮށްޓާ، ފަތްމަސްހުންޏާ، ކަޅު ސައެވެ. އަހަރެން އަހަރެންގެ އަންހެނުންނާއެކު ސައި ބޯން ފެށީމެވެ. ސައި ބޮއެ ނިމުމަށްފަހު އަހަރެމެން ނިންމީ ފުޓްބޯޅަ ކުޅުމަށެވެ. އަހަރެމެން ވަރަށް ފޯރީގައި، ރޯ އަވީގައި ފުޓްބޯޅަ ކުޅުން ފެށީމެވެ. އަހަރެން ފުޓްބޯޅަ ކުޅެ ނިންމާލި އިރު ގަޑިން މެނދުރު ނަމާދު ބަންގި ގޮވާފިއެވެ. ފުޓްބޯޅަ ކުޅެގެން މޮޅުވީ އަހަރެމެން ޓީމެވެ. އަހަރެމެން މޫނު ދޮވެލައިގެން ވުޟޫ ކޮށްލައިގެން ޖަމާޢަތުގައި މެންދުރު ނަމާދު ކުރީމެވެ. އިމާމަކަށް ވީ އަހުމަދުބެ އެވެ. އެއަށްފަހު ފެން އޮތީ މެންދުރުގެ ކެއުމެވެ.
ނުނިމޭ….
ލިޔުންތެރިޔާގެ ބަސް: މިއީ މި ވާހަކައިގެ ނުވަވަނަބައެވެ. މިބައި ވެސް ރީތި ވާނެ ކަމަށް އުއްމީދުކުރަމެވެ. މި ބައި ގެނެސްދެވުއްލެއް މަސް ކަމުން އެ ކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އަނެއް ބައި ގެނެސްދެވޭތޯ ބަލާނަމެވެ. އިންޝާ ﷲ. ހުރިހާ ކިޔުންތެރިނވެސް އަޅުގަނޑުގެ ވާހަކަ އަށް ކެތްތެރިކަމާއެކު އިންތިޒާރު ކޮށްލާށެވެ.