ހެނދުނުގެ ވަގުތެވެ. ގަޑިން ހަގަޑި ބައިވަނީއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރި ޒުމްރާ ތައްޔާރުވަމުން އެދަނީ ޑިއުޓީއަށް ދާށެވެ. އަތް މަތި އަވަސްކޮށްލާފައި ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅައި ނިންމައިލިއެވެ. ޒުމްރާ އަކީ ހަނގަނޑު ދޮން ކަސްރަތީ ހަށިގަނޑެއްގެ ވެރި ބުރުސޫރަ ރީތި ކުއްޖެކެވެ. ބަލައިބެލުމަށް ފަންސަވީސް އަހަރުވެދާނެއެވެ. މޫނުގައި ފުއްކޮޅެއް ޖަހާލަމުން އޭނަގެ މަޑު ތުންފަތުގައި ފިޔާތޮށިކުލައިގެ ލިޕްސްޓިކް ފަވާލަމުން ފަސް އެނބުރި ބަލައިލިއެވެ. ފަސް އަހަރަށް ދާ އޭނަގެ އަންހެން ދަރިފުޅު ހިޝްމާ އިނީ […]
ނޯޓް:- މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް މީގެ ފަސްވަރަކަށް އަހަރު ކުރިން އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ މުޅިންވެސް ޚިޔާލީ ނަންތަކެވެ. މި ވާހަކަ ހާއްސަކުރެވިފައިވަނީ އުމުރުން 18+ (އަށާރަ) އަހަރުން މަތީގެ ބޭފުޅުންނަށެވެ.) *** ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ތޭރަ ވިލޭރޭގެ ހަނދު އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައެވެ. ބަބުޅަމުންދާ ތަރިތަށް އުޑުގައި ފިޔަޖަހަމުންދިޔައީ އެއްވެސް ކަހަލަ ޚިޔާލެއް ފިކުރެއްނެތިއެވެ. ކައިނާތުގެ ކުޅަދުންވަންތަކަމުގެ މަންޒަރުތަކަކީ އަހަރެމެން އިންސާނުންނަށް […]