Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ސައިކޯ:02ވަނަ ބައި

HeRO Level 1
January 28, 2024 2 Mins Read
0 Comments

އެނދުމަތީ ދެފަރާތަކަށް ފުރޮޅިލަ ފުރޮޅިލާ އޮވެވުނެވެ.. ހެނދުނުގެ ކަންތަކާ ވިސްނެނީއެވެ.. އޭރުއްސުރެއް ބޮލަށް އެނބުރުން އަރާފަ ހޮޑުލަވާ ކަހަލަ ގޮތެއް ވެފަ ހުންނަ ކަހަލަ އެވެ.. ލޯ މަރާލިޔަސް ފެންނަނީ ހާމިދާއަށް ދީފައި ހުރި އަނިޔާތަކެވެ… ހިތާ ހިތާ ސުވާލުކުރެވުނެވެ.. އެވަރު ކަމެއް ކުރުމުގެ ފަހަތުގައި ތިބީ ކޮންބައެއް ނޫނީ މީހަކު ބާވައެވެ؟؟ މަގްސަދަކީ ކޮބައި ބާވައެވެ؟؟..

” ވެރިޔާ…. ކޮން.. ވިސްނުމެއްގާ؟؟ ” ސިއްސައިގެން ގޮސް ބަލާލެވުނެވެ.. އަތުގައި ކޮފީ ތަށި ގަޔަށް ބަންޑުން ނުވީ ހަމަ ކިރިޔާ އެވެ. ކޮފީ ތަށި މޭޒުމަތީ ބައިންދާލާފަ ބަލާލިއިރު ސިމާހް ފާޑަކަށް ހިނި އައިއްސަ ހުއްޓެވެ.. އެއީ އަހަރެން ސިއްސުވާލެވުނީ މައެވެ..

” މާ ބޮޑު ވިސްނުމެއްގައެއް ނޫން… ”

މޭޒުމައްޗައް ސާމީ އަހަރެން ސިއްސުވާލަން ޖެހި ފައިލް ނަގާ ދިއްކޮއްލަމުން ބުނެލީމެވެ..

” ބަލަ ތިއީ ސާރ ޔާ ހަވާލުކުރަން ގެނައި އެއްޗެކޭ..” ސިމާހް އަނގަޔަށް ވައްތަރެއް ޖައްސަމުން ބުނެލިއެވެ..

” އައްޗި..! ސަރ އޭ؟؟! ” އަހަރެން ބުނެލީމެވެ..

” އާނ ދެން ސާރ ނޫން ކޯއްޗެއް؟؟ ބޮޑު މީޓިން އެއް ބާއްވާފަ ބޮޑެތި ކަންކަން ހަވާލު ކުރާނީ ވަރުގަދަ މީހުންނާއޭ.. ” ސިމާހް ބުނެލިއެވެ..

” ދެން ކަލޭ ތީ ކާކު؟.. ހެޑް ތަ؟.. ” އަހަރެންވެސް ސަމާސާ ރާގަކަށް ބުނެލީމެވެ..

އަހަރެން ފައިލް ނަގާ ހުޅުވާލާ ބަލާލީމެވެ.. އޭގައި އޮތީ ހާމިދާގެ ހަށިގަނޑު އެވަގުތު ބެލި ޑަކްޓަރުގެ ރިޕޯޓެވެ..

ހާމިދާގެ ހަށިގަނޑުގެ މޫނުމަތީ ގުނަވަންތައް ކަނޑާލާފައި ވަނީ ދިރިހުއްޓާ ކަމަށް ޑަކްޓަރުގެ ރިޕޯޓްގައި ލިޔެފައިވެެއެވެ.. އަދި ގައިގެ އެތަން މިތަނުގައި ތޫނު ވަޅިއެއް ކަހަލަ އެއްޗެެއް ބޭނުން ކޮށްގެން ކަފާލައިފައިވާ ކަހަލަ ނިޝާން އަޅާފައި ވަނީވެސް ދިރިހުއްޓައި ކަމަށް ރިޕޯޓްގައި ޑަކްޓަރު ބުނެފައި ވެއެވެ.. ފެންކަޅިވިއެވެ.. ދެރަވެސް ވިޔެވެ.. ހާމިދާ އެހީއަށް އެދި ރޯނެ ވަރު އިހްސާސް ކުރެވެނީމައެވެ.. އެފަކީރު ހަޅޭ ލަވާ މަދަދަށް އެދި ގޮވާނެ ވަރު އިހްސާސްކުރެވުނީމައެވެ..

އަހަރެން ޓީމް ބައްދަލުވުމެއް ބާއްވައި އަވަސް ކޮށް ތަހްޤީޤް ބައި ކުރިޔަށް ގެންދަން ޓީމް އަށް ލަފާ ދިނީމެވެ.. އަދި އެކަހަލަ ދެވަނަ ހިތާމަވެރި ހާދިސާއެއް ހިނގުނަ ނުދިނުމަށްޓަކައި އަޅަން ހުރި ފިޔަވަޅުތަކާއި މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ބައްދަލު ވުމުގައި ނިންމީމެވެ…

•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•

ރަށުގެ އެހާ މީހުން ނޫޅޭ ސަރަހައްދު ވަށައިލެވިފައިވަނީ ހުސް ބިޔަ ގަހުންނެވެ.. ޖަންގައްޔެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ… މީހަކުގެ ހިލަމެއް ނެތް ތަނެއްގައި ވީރާނާ ވެފައި ހުރި ގެއެއް ހުއްޓެވެ.. އެންމެ ކުރީޒަމާނުގެ އަށިމައްޗެއް ކަހަލަ ތަނެއްގައި މީހަކު އޮށޯވެލައިގެން އޮތެވެ.. ބަލާބެލުމަށް ފުދޭ ވަރަކަށް ދުވަސް ވެފައި ހުރި ވައްތަރު ޖަހައެވެ.. ލައިގެން ހުރި އަންނައުނު ވެސް ބަލެވެ.. އެކި ދިމަދިމާލުން ލޯވަޅު އެޅިފައި ހުއްޓެވެ.. އޮތް ގޮތުން ހީވަނީ ނިދިފައި އޮތް ހެނެވެ..

” އޭތް!!؟ ”

މީހަކު ގޮވާލިއަޑަށް ސިހިގެންފައި ކަހަލަ ގޮތަކަށް ތެދުވިއެވެ.. މީހާގެ ދެލޯ ރަތެވެ.. ނުރަބޮލުގެ އިސްތަށިގަނޑުވެސް ކޮޑާއި ހަމަޔަށް ދިގުކޮށްފައި ހުއްޓެވެ.. އަޑު އައި ދިމާލަށް އޭނާ ބަލަން ހުއްޓެވެ.…

•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•

ތަހްގީގަށް އިތުރު ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތްތައް ފެއްޓިގެން ދިޔައެވެ.. އެގޮތުން ހާމިދާމެން ގެޔަށް ބަޔާން ނަގަން ދިޔައީމެވެ.. މީގެ ހަފްތާއެއް ކުރިންވެސް ހަމަ މި ކަމުގައި މިގެއަށް އައީމެވެ.. ނަމަވެސް ބަޔާން ދެވޭ ވަރަށް ތުރެއް ހާމިދާގެ އާއިލާގެ ހާލު ދަށެވެ.. ވާނީވެސް އެހެންނެވެ.. ހާމިދާ އަކީ ހާމިދާ ބައްފަ އަދި މަންމަގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ.. ބަޔާނުގައި ހާމިދާގެ ބައްޕަ ބުނި ގޮތުގައި ހާމިދަާ ގެއްްލުނު ދުވަހަކީ ރަށުގެ ތުނޑިމަތި ރެސްޓޯރެންޓް ގައި އޮތް ކައިވެނި ހަފްލާޔަކަށް ހާމިދާ ދިޔަ ދުވަހެވެ… އެންމެ ފަހުން  ހާމިދާ ބައްޕަޔާއި ދިމާވީ ހަފްލާ ފެއްޓެން ވާއިރަށް ރެސްޓޯރެންޓަށް ލާފައި ގެއަށް ދާން ދިޔަ ގަޑިކަމަށެވެ.. ރޮވިފައި ހުރި ކަހަލަ ގޮތަކަށް ހުރެ ހާމިދާ ބައްޕަ ކިޔައި ދިނެވެ..

ހާމިދާ ބައްޕަގެ ބަޔާނުގައި ވާގޮތުން ކައިވެނި ހަފްލާ ހިނގި ސަރަހައްދު ޗެކް ކުރަން ޓީމެއް ފޮނުވައި ހަފްލާގައި ބައިވެރިވި އެންމެންގެ ބަޔާން ނަގައި އަދި އެ ހަފްލާގައި ހާމިދާ އެންމެ ގާތް ކޮށް އުޅުނު މީހުން ދެނެގަނެ އެމީހުންގެ ވާހަކަ ތައް ވަކިވަކިން ރިކޯޑު ކުރީމެވެ…

–ނުނިމޭ–

Share Article

Follow Me Written By

HeRO

Level 1

Other Articles

Previous

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 5

Next

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 3

Next
January 28, 2024

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 3

Previews
January 28, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 5



All Right Reserved!