ސައިކޯ
ދަންވަރު ބާރަ ޖެހުމާ ގާތެވެ… މުޅި ރަށު ތެރެއަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ… ގަޑީގެ ގޮތުން މަގެއް މަތިން މީހެއްގެ ހިލަމެއް ވެސް ނެތީއެވެ… ނަމަވެސް މި ހަމަ ހިމޭން ރޭގަނޑު އަހަންނަކަށް ހިމޭނެއް ނުވިއެވެ… ވޭނީ އާހް އެއް ލައްވަމުން ބުރަކަށި ޖައްސާލެވުނީ ކައިރިގައި އިން ރުއް ގުޅިއެއްގައެވެ. މަޑުމަޑުން މޫނާ ދިމާލަށް އަތް ހިއްލާ ނިއްކުރީގެ ދިލަ ނަގާ ދިމާލުގައި އަތް ޖައްސާލީމެވެ… ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްސަ ހުރި ކަހަލަ އިހުސާސް އެއް ވިއެވެ. ކުޑަކޮށް ކައިރި ވަށައިގެންވާ މާހައުލު އަހަންނަށް ސިފަ ވާން ފެށިއެވެ. ތަންކޮޅެއް ދުރު ނޫން ހިސާބެއްގައި ދެ މީހަކު އޮށޯއްވެގެން އޮތް ކަހަލަ ގޮތަކަށް ފެނުނެވެ… ކުޑަކޮށް ލޯ މަރާލާފައި އަނެއްކާ ވެސް ބަލާލީމެވެ… ލެގިލައިގެން އިން ރުއްގުޅި ކައިރި ފެން ފުޅިއެއް ކަހަލަ އެއްޗެއް އޮތުމުން ފެން ފުޅި ނަގަން އަތް މަޑުމަޑުން ގެންދިޔައީމެވެ.. އޭރުވެސް ގައިގެ އެތަންމިތަނުން ދިލަ ނަގާ ރިއްސުމުގެ އިހުސާސް ދިޔައީ ކުރެވެމުންނެވެ… ފެންފުޅި ނަގާ މުޅި މޫނުގައި ފެން ފޮދެއް އުނގުޅާލީމެވެ.. އިރުކޮޅަކަށް ނަމަވެސް ލިބުނު އަރާމަކާއި އެކު ކުއްލިޔަކަށް ހޭނެތުނު ކަހަލައެވެ…
•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•
(މަސް ދުވަސް ކުރިން…)
ހެނދުނުގެ ދިހައެއް ޖެހި އިރެވެ.. ސިޓިން ރޫމުގައި ކޮފީ ތަށި ހިފައިގެން ޓީވީއިން ފުލުހުންގެ އިސް އޮފިސަރުން ނޫސްވެރިންނާ ބައްދަލުކޮށް ބާއްވާ ޕްރެސް ކޮންފަރެންސް ބަލަން އިނީމެވެ.. އޭގައި ދެކެވެނީ ޏ. ފުވައްމުލަކުން އެއް އުމުރެއްގެ އަންހެން ކުދިން ގެއްްލެމުންދާ ވާހަކަ އެވެ..ނޫސް ވެރިންނަށާއި އަދި ރައްޔިތުންނަށް އިތުރު މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި އެ ޕްރެސް ކޮންފަރެންސްގައި ފުލުހުން އެ މައްސަލަ ތަހްގީގް ކުރަން ހާއްސަ ޓީމް އެއް އެކުލަވާލެވި އަދި ފުވައްމުލަކުގައި އެޓީމްގެ މަސައްކަތްތައް ކުރިޔަށްދާ ވާހަކަ އެ އިދާރާއިން ދެންނެވިއެވެ..
ކުއްލިއަކަށް ފޯން ރިންގް ވާ އަޑަށް ބަލައިލީމެވެ.. ގުޅަނީ އޮފީހުގައި އަޅުގަނޑުގެ ރަހްމަތްތެރިޔާ ސިމާހް އެވެ..
” ހަލޯ؟؟! ” އަވަސް އަވަހަށް ފޯނަށް ޖަވާބު ދިނީމެވެ..
“ވަރަށް އަވަހަށް ހޮސްޕިޓަލަށް އާދެވިދާނެތަ؟!!..” ސިމާހް ވަރަށް ހާސް ވެފައި ހުރެ ބުންޏެވެ.
“އަނެއްކާ ކިހިނެތް ވީ؟؟” ހަމަ އެހާމެ ކަންބޮޑުވާ ކަހަލަ ގޮތަކަށް ބުނެލީމެވެ..
” ފޯނުން ބުނެވޭ ކަށް ނެތް..” ސިމާހް އެހެން ބުނުމަށް ފަހު ކަނޑާލިއެވެ..
އަހަރެންނަކީ ޕްރެސް ކޮންފަރެންސް ގައި ދެންނެވި ހާއްސަ ޓީމްގެ ލީޑް ކުރާ ފަރާތެވެ.. ވެގެން އުޅޭ ގޮތެއް ސިމާހް ނުބުންޏަސް ކަންތައް ވަރަށް ގޯސް ވެއްޖެ ކަން ދެނެގަނެވިއްޖެެއެވެ. އެހެން ކަމުން އަވަސް އަވަހަށް ފޯން ޖީބަށް ލުމަށް ފަހު ތެޅި ފޮޅިގަންނަ ކަހަލަ ގޮތަކަށް ތައްޔާރު ވެލައިގެން ހޮސްޕިޓަލާ ދިމާލަށް މިސްރާބު ޖެހީމެވެ..ބާރު ސްޕީޑުގައި ދުއްވާފައި އައުމުން މާ ގިނައިރު ތަކެއް ނުވެ ހޮސްޕިޓާ ސަރަހައްދަށް އާދެވުނެވެ.. މުޅި ސަރަހައްދުގައި ރަށުގެ އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ..ބަލާބެލުމަށް ހީވަނީ ވާނުވާ ނޭނގި ކަންބޮޑުވެގެން އެކަމާ ހިތްހަމަ ނުޖެހިފަ ތިބިހެނެވެ. އިތުރަށް ހޮސްޕިޓާ އެމަރޖެންސީ ކޮޓަރިއާ ދިމާލަށް ވަންނަ ވަރަކަށް ރޮއެ ހަދާ އަޑުވެސް އިވެއެވެ..
” އަޔާ.. ” ސިމާހް ގޮވާލި އަޑު އިވުނެވެ.
ބަލާލިއިރު ސިމާހް ހޮސްޕިޓަލްގެ އެމަރޖެންސީ ކޮޓަރިއަށް އައުމަށް އިޝާރާތް ކުރުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ. ވަރަށް ބިރުން ހުރެ ވަދެލީމެވެ.. ފެނުނު މަންޒަރުން މެއަށް ބޮޑުވެ ހޮޑުލަވާ ކަހަލަ ގޮތެއް ވިއެވެ.. ކުރިމަތީގައި އޮތް އެނދު މަތީގައި އެއޮތީ މީގެ ހަފްތާއެއް ކުރިން މިރަށުން ގެއްލުނު ހާމިދާއެވެ.. އޭނާގެ އެއްބައި ގުނަވަންތައް މަދެވެ.. މޫނު މަތިން ދެލޮލެއް ނެތެވެ… ނޭފަތްވެސް މޫނާއި އެއްވަރަށް ހުރީ ކަނޑާލާފައެވެ.. އަނގަވެސް ހުރީ ވަރަށް ބޮޑަށް ދެފަޅިންވެސް ކަފާލާފައެވެ.. މޫނު މަތީގައި އެކި ދިމަ ދިމާލުން ތޫނު އެއްޗަކުން ކޮށްޕާ ލޯވަޅު އަޅާފައި ހުރިނިޝާނެވެ..ގައިގެ އެތަން މިތަނުގައި ޅީ އަޅާފައި ކަހަލަ ނިޝާން ތައް ފެންނަން ހުއްޓެވެ.. އަނިޔާވެރިއެވެ….. ރަހުމްކުޑައެވެ……
•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•-•
ރޭގަނޑުގެ ވަގުތެކެވެ.. ރަށުގެ އެންމެ ނާމާން އަދި ފަޅު ހިސާބެވެ.. ގަސް ބޯ ޖަންގައްޔެއް ތެރެއިން ވަރަށް އަވަސް އަރުވާފަ ދާ ކަހަލަ ގޮތަކަށް މީހަކު ބޮޑު ގޯންޏެއް ވަރަށް އުނދަގުލުން ދަމަމުން ކަހަލަ ގޮތަކަށް ރަށުގެ ކުޅި އާއި ދިމާލަށް ގެންދެއެވެ… ބަލާބެލުމަށް ހީވަނީ ކަމެއް ފޮރުވަންވެގެން އުޅޭ ހެނެވެ.. ކުޅި ކައިރިއަށް ދެވުމާއި އެކު ގެންދިޔަ ގޯނި ވަރަށް އުނދަގުލުން ނަގާ އެއްލާލި އެވެ.. އެއަށްފަހު އެ ގޯނި ރަނގަޅަށް އަޑިއަށް ފެތެންދެން ބަލަން ސިގިރެޓެއް ކަހަލަ އެއްޗެއް ބޯލަން އެތާންގައި ހަމަ ޖެހިލައިގެން ހުރިއެވެ…
—ނުނިމޭ—
ނޯޓް: މި ވާހަކަ އަކީ އަޅުގަނޑު ލިޔާ އެންމެ ފުރަތަމަ ވާހަކަ ވާހަކަ ކަމުން، އެހާ އެހާ ނުވެދާނެއެވެ.. އެކަމު ވެސް ކިޔުންތެރިން އެންޖޯއި ކުރާނެ ކަމަށް އުއްމީދުކުރަމެވެ.. އަދި ފުރަތަމަ ވާހަކަ ކަމުން ބަސްތައް ލިޔެފަ ހުރި ގޮތާއި އިބާރާތް ކުރުމުގެ މައްސަލަ އުޅެދާނެއެވެ..
One Comment
Comments are closed.

So sad no one comments you but I’m here
Very nice bravo