Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ސައިކޯ 04 ވަނަ ބައި

HeRO Level 1
June 16, 2024 2 Mins Read
1 Comment

ތަހްޤީޤަށް ލިބުނީ ހީކުރި ވަރަށް ތުރެއް ވެސް ބޮޑު ކާމިޔާބީ އެކެވެ. މުޖުރިމު އަތުލައި ގަނެވުނީ އެންމެ އެކަށޭނަ ވަރަކަށް ހެކިތަކާއި އެކުގައެވެ. ލިބުނު ހުރިހާ ހެކިތަކުގެ އަލީގައި އަހްމަދު އެއީ ހާމިދާ އަދި އެ ރަށުން ގެއްލުނު އިތުރު ކުދިންގެ ޤާތިލުކަން ސާބިތުކުރެވޭނެއެެވެ. އެއީ އިތުރަށް އަހްމަދު ފެނުނުތަން ބަލާ ފާސް ކުރުމުގެ ތެރެއިން ހާމިދާޔާއި ގުޅުން ހުރި ތަކެތި ފެނުނު ކަމަށް ތަހްޤީޤްް ޓީމް އަދި ފޮރެންސިކްސް އިން ވެސް އެއްބަސް ވެއެވެ. ނަމަވެސް އެންމެ ބޮޑު ސުވާލަކީ އަހްމަދާއި ހާމިދާޔާއި މައްސަލައެއް ޖެހެން މެދުވެރިވީ ކޮން ސަބަބަކާހުރެ ނޫނީ ކޮން ކަމަކާއި ބާވަ އެވެ. އިތުރަށް މަސައްކަތަށް ލިބުނު ކުރިއެރުމަކީ އަހްމަދުގެ އެއްބަސްވުުމެވެ. އޭނާ އިއުތިރާފްވި ގޮތުގައި އެރަށުން ގެއްލުނު ހުރިހާ ކުދިން ރަހީނު ކޮށްގެން އޭނާ ދިރިއުޅޭ ގެއަަށް ގެންގޮސް އެކުދިން ދިރި ހުއްޓައި އެތަށް އަނިޔާއެއް ކޮށް، ނޭވާ ހާސްކޮށްލުމަށް ފަހު މަރާލައި އެކުދިންގެ ހަށިގަނޑު ރޮލާ ކައި ކަމަށެވެ.

އަހްމަދަކީ އޭނާގެ ދިރިއުޅުމަށް ބަލައިފިއްޔާ މާ ބޮޑަށް ރަށު ރައްޔިތުންނާއި ގުޅުން ބަދަހި ކޮށް، ނޫނީ ރަށުތެރެއަށް ގިނަވެގެން އުޅޭ މީހެއް ނޫންކަން ރަށުގެ ރައްޔިތުންގެ ކިބައިން އެނގިފައި ވެއެވެ. ނަމަވެސް ރޭގަނޑު ދަންވަރު ރަށު ތެރޭއެކި އެކި ހިސާބުތަކުން ފެންނަ ކަމަށް ބައެއް މީހުން ބުނެއެވެ. އަހްމަދަކީ ކުރީގައި ބޯޓު ދަތުރު ކޮށް އުޅުނު މީހެއް ކަމުން ވަރަށް ބައިވަރު ޤައުމު ތަކަށް ދަތުރުވަރީގައި ގޮސް ހުރި މީހެއް ކަމަށް އޭނާ ބަޔާނުގައި ބުނެފައި ވެެއެވެ. އެހެން އެއްފަހަރު ދަތުރެއްގައި އިންޑިއާގެ އުތުރު ހިސާބު ވަރަނާސި ސިޓީ އޮންނަ އަގޯރީންނޭ ކިޔާ ޤަބީލާ އަކާއި ދިމާވެ، ދުވަސްތަކެއް ހޭދަ ކުރި ކަމަށް އަހްމަދު ކިޔައި ދިނެވެ. އަގޯރީންނަކީ އިންސާނުންގެ މަސް ކައިގެން ދިރިއުޅޭ ބައެކެވެ. އަހްމަދު ވެސް އެމީހުނާ އެކު އުޅެ އެމީހުންގެ އާދަކާދަޔާ އެއްގޮތަށް ހޭނެމުން ދިރިއުޅުން ކުރިޔަށް ގެންދިޔައެވެ. އެނބުރި ރާއްޖެ އައިސް ރަށުގައި އަހްމަދު ދިރިއުޅެން ފެށި ހިސާބުން އުޅުނީ މީހުން ނޫޅޭ ސަރަހައްދު ޖަންގަލީގައެވެ. އެހިސާބުން އަހްމަދު ޝިކާރަ ފެއްޓިގެން މިއަދާ ހަމަޔަށް ރަށުގައި ގެއްލިފައި ތިބި ކުދިންނަށް ހެދި ގޮތް ބަޔާނުގައި އަމިއްލަޔަށް އިއުތިރާފް ވިއެވެ.

ކޯޓަށް ހާޒިރުކޮށް އަހްމަދުގެ މައްސަލަ ނިމި، ހާމިދާ އަދި ރަށުން ގެއްލުނު އިތުރު ކުދިންގެ ޤާތިލަކީ އަހްމަދު ކަމަށް ނިންމައި އުމުރަށް ޖަލަށް ލާން ހުކުމް ކުރެވިގެން ދިޔައެވެ.

އެކި އެކި ފަރާތްތަކުން ތަރުހީބުގެ މެސްޖްތަކާއި ތައުރީފްގެ ބަސް ލިބެމުން ދިޔައެވެ. އަދި ހާމިދާމެންގެ އާއިލާއިންނާއި ރަށުގެ އެހެނިހެން ރައްޔިތުންގެ ފަރާތުންވެސް ތަރުހީބާއި ތައުރީފު ލިބިގެން ދިޔައެވެ. އަދި އޮފީހުން އަޅުގަނޑުމެން ޓީމް އިން ކުރި މަސައްކަތް ފާހަގަ ކޮށް ކޭސް ކްލޯޒް ކޮށްލުމަށްވެސް އެންގިއެވެ.

ލިބުނު  ހިތް ހަމަޖެހުމުގައި ގޭތެރޭ ސިޓިންގް ރޫމް މޭޒް ކައިރީ ޖައްސާލީ ކޭސް ނިންމަން އެންމެ ފަހުގެ މަސައްކަތާއިގެން ކުރިޔަށްދާށެވެ. ނަމަވެސް ކޭސް ބަންދު ކުރުމުގެ ކުރިން އަދި އެއްފަހަރަށް ނަމަވެސް ކޭސްގެ ތަހްޤީޤް ބަލައި ރިކޯޑިންގް ތަކާއި ބަޔާންތައް ބެލުމަކީ އަބަދުވެސް އަހަރެންގެ އާދައެކެވެ. އެގޮތުން ރިކޯޑިންގް ތައް އަޑު އަހަމުން ގޮސް ރެސްޓޯރެންޓް ވެއިޓަރު ދިން ބަޔާން އަޑުއެހުމަށް ފަހު ރިކޯޑިންގް ހުއްޓާލީމެވެ. ” އެދުވަހު ހަފްލާ ނިމެން ކައިރި ވެފައި ހުއްޓާ ހާމިދާ ވަރަށް އަވަސް އަރުވާލާފައި ދާ ކަހަލަ ގޮތަކަށް ރެސްޓޯރެންޓުން ނިކުމެގެން މީހުން ނޫޅޭ ގަސްބޯ ޖަންގައްޔާ ދިމާލަށް ދިޔައެވެ…އަދި އެވަގުތު ހާމިދާއާއި އެކު ޒުވާން ފުރައިގެ ފިރިހެނަކު ހުއްޓައި ދުށިން… ” ވެއިޓަރުގެ ރިކޯޑިންގް އެހިސާބުން ހުއްޓައި ލީމެވެ. އަދި ވިސްނަން އިނދެ އެތަކެއް ސުވާލެއް ބޯމަތި ކުރީމެވެ. ވެއިޓަރު އެބުނާ ފިރިހެނަކާއި އަހްމަދަކާއި ނުގުޅެއެވެ. އަހްމަދަކީ މުސްކުޅިއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ވަންޏާ އެއީ ކާކު ބާވައެވެ؟.. އިތުރަށް އެންމެ ސިކުންތެއް މަޑުނުކޮށް އަހްމަދުގެ ބަޔާންގެ ރިކޯޑިންގް އަޑު އަހަން ފެށީމެވެ. ބަޔާނުގައި އަހްމަދު ކުރެއް ހާމިދާގެ ވާހަކަ އެހި ހިސާބުން އަހްމަދު ފުރަތަމަ އެއްވެސް ވަރަކަށް އޭނާ މަރާލި ކަމަކަށް އެއްބަހެއް ނުވެއެވެ. ތިން ހަތަރު ފަހަރު ސުވާލު ކުރާ އަޑުވެސް އިވެއެވެ. ނަމަވެސް އަހްމަދު އެކަމާ ދެކޮޅު ހެދި އެވެ. އޭގެ ފަހުން ވަރަށް ބާރު އަޑެއް އިވިގެން ދިޔައެވެ. ހީވަނީ މީހަކު ކަންފަތް މަތީ ބަަރަކަށް ޖެހި ހެނެވެ. އަދި އަހްމަދުގެ ހަޅޭކުގެ އަޑުވެސް ރިކޯޑިންގެ އިން އިވެއެވެ. އެއަށްފަހު ހަމަ އެއް ސުވާލެއް ތަކުރާރު ކުރި އަޑު އިވުނެވެ. ހާމިދާޔާއި ބެހޭ ގޮތުންނެވެ. މި ފަހަރު އަހްމަދު އޭނާ މަރައިލި ކަމަށް އިއުތިރާފް ވިއެވެ.. ރިކޯޑިންގް އެހިސާބުން މަޑު ކުރުމަށްފަހު ވަގުތުން ފޯނު ނަގައި ސިމާހް އަދި ޓީމް ހުރިހާ މެންބަރުންނަށް ގުޅައި ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވަން ނިންމައި ފޯނު ބޭއްވީމެވެ.

Share Article

Follow Me Written By

HeRO

Level 1

Other Articles

Previous

ކުށަކީ ކޮބާ؟ 31&32

Next

ޭއެ ރީތި ހީލުމުގެ ފަހަތުގައި( ފުރަތަމަ ބައި)

Next
June 16, 2024

ޭއެ ރީތި ހީލުމުގެ ފަހަތުގައި( ފުރަތަމަ ބައި)

Previews
June 16, 2024

ކުށަކީ ކޮބާ؟ 31&32

One Comment

  1. Riwa torguta says:
    July 30, 2024 at 3:17 pm

    When are you going to post the next chapter: )

Comments are closed.



All Right Reserved!