އެހާ ދެރަވެފައި ހުރި ވަގުތެއްގައި އެ ބާރު އަޑު އިވުމުން އަހަރެންގެ ނަފްސާ މެދު ހަމްދަރުދީވެ އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ކޯތާ ފަތްމަތީން ކަރުނަ އޮހިގަތެވެ. އެތަނަށް އެވަގުތު ޝާމާ އަށް އާދެވުމުން އަހަރެން އެތަނުން އަވަހަށް ނެރެދިނެވެ. އަދި މީހުން ނެތްތާކަށް ގެންގޮސް އަހަރެންގެ ގައިގާ ބައްދާލިއެވެ. ޝާމާ: އަހަންނަށް އިނގޭ މަރީ ވަރަށް ބައިވަރު ކަމެއް ކަމެއް ސިހުރު ކުރާކަން.. އަހަރެން އެކަމު މަރީ ލައްވާ ގަދަކަމުން އެއްޗެކޭ ބުނުވާކަށް ނޫޅެނަން. މަރީ އެއްވެސް […]
ނާއިފްއަށް ނިދުނު އިރު ލޮލު ފިޔަ އެއްޖަހައި ނުލާ އަހަރެން ސީލިންގ މައްޗަށް ބަލަހައްޓައިގެން އޮތީމެވެ. އެހެން އޮވެ އޮވެ އެތައް ގަޑިއިރުތަކެއް ވެގެން ދިޔަ އިރުވެސް އަހަރެންގެ ލޮލަށް ނިދީގެ އަސަރެއް ނުފޯރިއެވެ. އޭގެ އަނެއް ދުވަހު ނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމާއެކުވެސް އަހަރެން ދަމު ނަމާދު ކުރަން ތެދުވީމެވެ. އަދި ﷲ ގެ ހަޟްރަތުގައި މިކަމަށް އެންމެ ރަނގަޅު ހައްލެއް ހޯދައިދެއްވުން އެދި ދޢާވެސް ކުރީމެވެ. ދެން ފަތިސް ނަމާދު ބަންގި […]
އަހަރެން ގިސްލާ ކުރުނަ އޮއްސަމުން ދިޔައިރު ކަންފަތުގައި ގުގުމާލެވިފައިވަނީ އޭނާގެ އެ ބަސްތަކެވެ. “އަހަރެންނަށް މާފުކުރޭ މަރީ.. އަހަންނަށް އެހެން އަންހެނެއް ދެކެ ލޯބިވެވިއްޖެވިއްޖެ.. ކުރި ހުރިހާ ކަމެއް މަރީއަށް ސިއްރު ކުރެވުނީތީ އަހަރެން މަޢާފަށް އެދެން”.. އެއީ ނިހާދު އަހަރެން ފައިބުޑަށް ވެއްޓިގަނެ އޮވެގެން ބުނަމުން ދިޔަ ބަސްތަކެވެ. ދެން އަހަރުން ހިޔާލު ދަތުރު ކޮށްގެން ދިޔައީ މާޒީއަށެވެ. އެއީ މީގެ 8 އަހަރު ކުރިއެވެ. އަހަރުން ސްކޫލަށް ގޮސް ގޮނޑީގައި އިށީނުމާއެކު […]
ހާސްލާފައި ކަރުނަ ދިޔައީ އަންނަމުންނެވެ. އަހަރެން ރޯ ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަހަރެން ހިތުގައި ސިއްރު ކޮށްގެން މިއުޅޭ ލޯބި އިނގޭނީ ވަރަށް މަދު ބަޔަކަށެވެ. ސަބަބަކީ އަހަރެންނަކީ ކުޑައިރުއްސުރެން ވެސް އެހެން މީހުންނާ އެހާ ކަން ހިއްސާ ކޮށް އުޅޭ މީހެއް ނޫނެވެ. އަހަރެން ބޮޑުވަމުން އައި އިރު އަހަރެން އަމިއްލަ ބައްޕަ އަހަރެން ރޯތަން ފެނުމުން އެއްވެސް ކުލުނުވެރި ކަމެއް ނުދައްކައެވެ. އަހަރެން އެމީހުން ގާތުގައި ކަމެއް ވުމުން އެވާހަކައެއް ނުބުނަމެވެ. […]