Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ހިތަށްވި ހަމްދަރުދީ 2

hawwa hawwa Level 1
June 24, 2025 5 Mins Read
0 Comments

ނާއިފްއަށް ނިދުނު އިރު ލޮލު ފިޔަ އެއްޖަހައި ނުލާ އަހަރެން ސީލިންގ މައްޗަށް ބަލަހައްޓައިގެން އޮތީމެވެ. އެހެން އޮވެ އޮވެ އެތައް ގަޑިއިރުތަކެއް ވެގެން ދިޔަ އިރުވެސް އަހަރެންގެ ލޮލަށް ނިދީގެ އަސަރެއް ނުފޯރިއެވެ. އޭގެ އަނެއް ދުވަހު ނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމާއެކުވެސް އަހަރެން ދަމު ނަމާދު ކުރަން ތެދުވީމެވެ. އަދި ﷲ ގެ ހަޟްރަތުގައި މިކަމަށް އެންމެ ރަނގަޅު ހައްލެއް ހޯދައިދެއްވުން އެދި ދޢާވެސް ކުރީމެވެ. ދެން ފަތިސް ނަމާދު ބަންގި ގޮވުމުން ނަމާދު ކޮށްލައިގެން އަހަރެން އެނދުގައި އޮށޯވެލީމެވެ. ނަމާދު ކުރުމުން ހިތަށް ލިބުނު ހަމަޖެހުމާއެކު ނިދި އަންނަން ފެށުމުންވެސް އަހަރެން ނިދި ދޫކޮށްފައި ގޭގައި ހުރި މަސައްކަތްތައް ނިންމާލަން ތެދުވީމެވެ. އަހަރެން ގޮސް ރޮށި ފިހެ ހެނދުނުގެ ސައި ތައްޔާރު ކުރުމަށްފަހު ހެނދުނުގެ ޑިއުޓީއަށް ދާން ތައްޔާރުވަމުން އަހަރުންގެ 2 ދަރިން އެ ދެ ދަރިންގެ މާމަމެން ގެއަށް ލާން ދާން ތައްޔާރު ކޮށްލީމެވެ. އަދި އުފެދިފައިވާ ނަފްރަތާއި ހިންހަމަ ނުޖެހުން އެއްފަރާތް ކޮށްލާފައި އަހަރެން ނާއިފް ނިދިން ހޭލައްވާ މަސައްކަތަށް ދާން ތައްޔާރުވާށޭ ބުނެ އެކަނި ވަޒީފާއަށް ދާން މިސްރާބު ޖެހީމެވެ. އެހެން ނޫނީ ނާއިފްއާއެކު ދިޔަ ނަމަވެސް މިއަދު އަހަރެން ދާން ބޭނުމީ އެކަނިއެވެ. އަހަރެން ނާއިފްއާއި ދުރުގައި ހުންނައިރު ކައިރީގައި ހުންނައިރު އަޅާ ވޭނަށްވުރެން ތަންކޮޅެއް ލުއި ވާތީއެވެ.

އަހަރެން ކޮމްޕިއުޓަރ ކުރިމަތީ އިނދެގެން މަސައްކަތް ކުރަމުން ދިޔަ އިރުވެސް ވިސްނެމުން ދިޔައީ ނާއިފްއާއި މެދުއެވެ. އަހަރެން ދެން ނާއިފްއާއެކު އުޅޭނީ ކިހިނެއް ހެއްޔެވެ. އަހަރެން ހިތުގައި ހާދަ ވޭނެއް އަޅައެވެ. އަހަރުންނަށް ނާއިފްއަށް މާފު ކުރެވޭނެ ކަމެއްވެސް ނޭނގެއެވެ. މާފު ކުރެވުނަސް ދެން ނާއިފްއާއި ދިމާލަށް ރުހުމުގެ ލޮލަކުން ބަލާލެވޭނެ ކަމެއް ނޭނގެއެވެ.

 

ސާމާ : ކުޑަކަމެއްގަ ތަންކޮޅެއް އަވަހަށް ގެއަށް ދާން ބޭނުން.. އެހެންވެ އެ މަސައްކަތް ނިންމާލަ ދޭން މަރިޔަމް އަށް މަޑުކޮށްލެވޭނެތަ އޮފީހުގަ؟

މަރިޔަމް: އާން އޯކޭ.. ތީ މާ ބޮޑު ކަމެއް ނޫނޭއްނު..

އެހެން ބުނުމަށްފަހު ޝަމާ ގެއަށް ދާން ހިނގައިގަތެވެ. އަހަރެން ޝަމާ އަށް އެހީތެރިވެދިނުމަށްޓަކައި އޮފީހުގައި މަޑުކުރީމެވެ. އަހަރެން އޮފީހުގައި މަސައްކަތްކުރަން އިންދާ ކަރަންޓް ދިޔައެވެ. ކަރަންޓް ދިޔުމުންވެސް އެތައް އިރެއް ވަންދެން ކަރަންޓް އަންނަންދެން މަޑުކުރުމަށްފަހު އެންމެ ފަހުން މާޔޫސް ހިތަކާއެކު އަހަރެން ގެއަށް ދާން ހިނގައި ގަތީމެވެ.

އަހަރުން ގޮސް ގެޔަށް ވަން އިރު ގެ ހުރީ ހުޅުވާފައެވެ. މާބޮޑު ކަމަކަށް ނުހަދާ އަހަރެން ގޮސް އައިސްލާމާރީން ފެންފުޅި އެއް ނަގާ ބޯން ފެށީމެވެ. އެހެން ހުއްޓާ އަހަންނަށް ކޮޓަރިޔާ ދިމާލުން އަންހެން ކުއްޖެއްގެ ހުނުމުގެ އަޑު އިވުނެވެ. އަހަރެން ފެންފުޅި ބެހެއްޓުމަށް ފަހު ކޮޓަރިޔާ ދިމާލަށް ހިނގައި ގަތީމެވެ.

އަހަންނަށް ފެނުނު މަންޒަރުން ހިތްނުހުއްޓުނީ ކިރިޔާއެވެ. ނާއިފް އޮތީ އަހަރެމެން ދެމަފިރިން ނިދާ އެނދުގައި އެހެން އަންހެނެއްގެ ގައި މަތީގައެވެ. ނާއިފް އަހަންނަށް ފެނިދާނެތީ ބިރެއް ގަންނަނީ އެއްވެސް ނޫނެވެ. އަހަރެންގެ ހިތް ފަޅަ ފަޅައިގެން ދިޔައެވެ. ވަގުތުން އަހަރެން ގައިގައި ހުރި ބާރެއް ލާފައި ގެއިން ނިކުންނަން ހިނގައި ގަތީމެވެ. އަހަރެން ސައިކަލްގައި އެކަނި ގޮސް އަތިރިމަތީ ހުރި ބެންޗެއްގައި އިށީނީމެވެ. އޭރު އަހަރެން ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. އައިއްސަ ހުރި ރުޅިސައިކަލްގެ އިންޖީނަށް ނުބެލުނީ ކިރިޔާއެވެ. އަހަރެން އެންމެ ގާތް ރަޙުމަތްތެރިޔާ ޝަމާ ކައިރީ މިވާހަކަ ބުނަން ބޭނުމެވެ. އަހަރެން ހިތަށް ލުޔެއް ލިބޭތޯއެވެ. ނަމަވެސް ބުނެގެން ވާނެ

ވަކި ފައިދާއެއް ނެތެވެ.

 

އަހަރެން ހިތަށް އެރިއެވެ. ނާއިފް އަކީ ކުރީގައި އަހަރެންގެ ހުރިހާވެސް އެއްޗެކެވެ. މިހާރު ނާއިފް އަހަރުން ދުރުކޮށްލުމުން ގޮސް ވަންނާނެ ތަނެއްވެސް ނެތެވެ. އަހަރެން ބޮލުގައި ފިރުމާލާފައި ހުރިހާ ކަމެއް އަދި ރަނގަޅު ވާނެއޭ ބުނާނެ މީހަކުވެސް ނެތެވެ. އަހަރެން ދެން ހަނދާންވީ އަހަރެންގެ 2 ދަރިން ތިބޭ ކަމެވެ. އެ ދަރިންނަށް ހޭލެވިއްޖެއްޔާ ވަރަށް އެކަނި ވެރިކަން އިހްސާސް ވާނެއެވެ. އަހަރެން ހިތަށް ކިތަންމެ އަސަރެއް ކުރިޔަސް އެދަރިން މިގަޑިއަކު ދޫކޮށްލެވޭކަށް ނެތެވެ. އެހެންވެ އަހަރެން ނާއިފްއަށް ގުޅާ ގެއަށް އަންނަކަން އެންގުމަށްފަހު 2 ދަރިންގެ މާމަގެއިން ގޮވައިގެން ގެއަށް ދާން ހިނގައިގަތީމެވެ.

ގެއަށް ދިޔައިރު ގޭގައި ކަމެއް ހިނގި ކަމުގެ ކަންފުޅެއްވެސް ނެތެވެ. އަހަރެން ބޭނުންވީވެސް އެގޮތެވެ. އަހަރެން ގޭގައި އެވަމުން ދާކަންކަން އަހަރެންގެ 2 ދަރިންނަށް ފެންނާކަށް ނޭދެމެވެ.

ގެއަށް އާދެވުނު އިރު ނާއިފް ފެންވަރަން އުޅޭތީ އަހަރެން އޭގެ ބޭނުން ހިފައިގެން ދެ ދަރިން ނިންދަވާ ލުމަށްފަހު ނިދާކަމަށް ހެދިގެން އޮތީމެވެ. އެއީ އަހަރެން ނާއިފްއާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އެހެން އެތައް އިރަކު އޮތުމަށްފަހު އަހަރެން އެދުވަހު ފަތިހު ފަތިހާ ހުރިހާ ކަމެއް ކޮށްގެން ވަޒީފާއަށް ދިޔައީމެވެ. އެއީ ވީހާވެސް ގިނަ ވަގުތެއް ނާއިފްއާއި ދުރުގައި ހޭދަ ކުރުމަށެވެ.

ޝަމާ: އޭ މަރީ… ހިނގާ މިއަދު ކޮފީއަކަށް ދާން ދޯ

އަހަރެން: އާން އޯކޭ…

އަހަރެމެން ދެމީހުން ދެން ބްރޭކް ވަގުތުގައި ކައިރީގައި ހުރި ލެމަން ގްރާސްއަށް މިސްރާބު ޖެހީމެވެ. ލެމަން ގްރާސްއަކީ މިހާރު އެތަން ހިންގާތާ 25 އަހަރުވެފައިވާ ތަނެކެވެ. އަހަންނަ ނާއިފް ފުރަތަމަ ބައްދަލު ކުރަން އައީ ލެމަންގްރާސްއަށެވެ. އަހަރެން ލޮލުގައި ދެން އަޅައިގަތީ އެތާ ހުރި ފްރޭމްއެވެ. އެފްރޭމްއަކީ ނާއިފްއަށް ވަރަށް ކަމުދިޔަ ފްރޭމްއެކެވެ.

އަހަންނަށް ބަލާލެވޭ ކޮންމެ ދިމާލަކުންވެސް ހަނދާންވަނީ ނާއިފްގެ މަތިންނެވެ. ނާއިފްއާއި ދުރުގައި ހޭދަކުރާވަގުތަކުންވެސް ވަކިވީ ފައިދާއެއް ނެތެވެ.

އަހަންނަ ދެން ހޭވެރިކަންވީ ޝަމާ ގޮވާލުމުންނެވެ.

ޝަމާ: ތިހިރަ ކޮފީ ތަށި ހިފޫ ވަނީ.. ދެން ބުނެބަލަ ދޯ ތިވަރަށް ތިވިސްނަނީ ކޮންކަމަކާ ކަން.

މާރީ: އެއީ ދެން އަމިއްލަ ކަމެއް. އެވާހަކަ ދެން ދައްކާނެ ކަމެއް ނެތެއްނު

ޝަމާ: އަނެއްކާވެސް ފިރިމީހާއާއި ފައިޓް ކުރީ ދޯ

މާރީ: ދެން ޝަމާ އަހަރެން އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއޭ.

ޝަމާ: އޯކޭ އޯކޭ ދެން… ވަރަށް އުފާވެރި އަދި ދެރަ ޚަބަރެއް އެބައޮއި މާރީއަށް ދޭންވެފަ. ކޮން ޚަބަރެއް ފުރަތަމަ ދޭންވީ؟

މާރީ: އުފާވެރި ޚަބަރު ދީބަ

ޝަމާ: މާރީ ނިއު ސީއީއޯގެ ސެކްރެޓަރީކަމުގެ ވަޒީފާއަށް ޕްރޮމޯޓް ވެއްޖެ.. އެކަމު ނިއު ސީއީއޯގެ ގޮތެއް ނޭނގެ… އަޑުއެހިން އެއީ ވަރަށް ރުޅި ގަދަ މީހެކޭ.. އެކަމު ހަމަ ވެދާނެ ދޮގަކަށްވެސް…

ޝަމާ އަހަންނަށް އެދިނީ ހާދަ އުފާވެރު ޚަބަރެކެވެ. އަހަރުން މިހާރު ޕްރޮމޯޓް ވޭތޯ މަސައްކަތް ކުރާތާ އެތައް ގިނަ އަހަރެއް ވެއްޖެއެވެ. ނަމަވެސް އަހަރެންނަކަށް މިކަމަކުން ހިތަށް އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. އަހަރެންގެ ރައްދެއް ނުލިބުމުން ޝަމާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

ޝަމާ: މާރީ ޖެހޭނެ މާދަން ނިއު ސީއީއޯ އެއަރޕޯޓުން އަންނާތީ ބަލައި ދާން.. ދެން ޖޮބްގެ އިތުރު ރިކުއަޔަރމަންޓްސް މިރޭ ފޮނުވާލާނަން.

އެހެން ބުނުމަށްފަހު ދެމީހުން މާދަން ކުރާނެ ކަންތައްތަކާ މެދު ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ދެން ދިޔައީ ގެއަށެވެ. އޭރު ގަޑިން ވަނީ 8 ޖަހާފައެވެ. ބަނޑުހައިކަން އިހުސާސް ވިނަމަވެސް އަހަރެން ކާހިތެއް ނުވިއެވެ. ކާން އުޅުމުންވެސް ކެވެނިއްޔެއް ނޫނެވެ.

 

 

އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް އަހަރެން ނާއިފް އައުމުގެ ކުރިން ނިދާ ކަމަށް ހެދިގެން އޮތީއެވެ. އެހެން އޮތް އިރު ކުއްލިއަކަށް ވާއިލް މަތިން ހަނދާން ވިއެވެ. އަދި މާޒީއަށް ގެންބިގެން ދިޔައެވެ.

“މިއޮތީ ކުއްޖަކު މަރީއަށް ދިން ސިޓީއެއް.. ކިޔާލާފައި ޖަވާބެއް ދެއްޗޭ” އެހެން ބުނުމަށްފަހު އާހިލް ކްލާހުން ނިކުމެ ދިޔައެވެ. ދެން އަހަރެން ފޫހިކަމާއެކު އެ ސިޓީ ފޮނުވި ފަރާތް އެނގި ހުރެ ކިޔަން ފެށީމެވެ.. އެ ސިޓީގައި އޮތީ އާހިލް އަހަރެން ދެކެ ވަރަށް ލޯބިވާ ކަމާއި އޭނާގެ ސުވާލަށް ޖަވާބެއް ދިނުމަށް އެދިފައެވެ. އަދި މިއަދު ހަވީރު ޖަވާބެއް ދިނުމަށް އަތިރިމަތީ ނިކަގަސް ކައިރިއަށް އައުމަށް އެދިފައި އޮތެވެ. އަހަރެން ވާއިލް ދެކެ ވަނީ އަމަށަކު ފޫއްސެއްނޫނެވެ. އަހަރެން ކޮންމެހެން ދާން ޖެހޭ ހެއްޔެވެ.. ބޭނުން ނުވި ނަމަވެސް އަހަރެން އެދުވަހު ދިޔައިރު އިންތިޒާރުގައި ވާއިލް ހުއްޓެވެ. އަދި އަހަރެން އައުމުން ވާހަކަ ދައްކަން ފެށިއެވެ.

ވާއިލް: “އަހަރެންގެ ހިތްވަނީ އެއްކޮށް މަރީއަށް ދެވިފައި. އަހަރެން ވަރަށް މަސައްކައި ކޮށްފިން އަހަރެން މިހިތުގައި ވާ ލޯބި ވަންހަނާ ކޮށް ނިމުމެއް ގެންނަން. އެކަމު ކުރި މަސައްކައި ވީ ބޭކާރު. މަރީ އަހަރެންގެ ސުވާލަށް އާއެކޭ ބުނެފިއްޔާ އަހަރެން މަރީ ވަރަށް ލޯބިން ގެންގުޅޭނަން.. ދުވަހަކުވެސް މަރީ ރޮއްވައެއް ނުލާނަން..”

އަހަންނަށް ކުއްލިއަކަށް ފޯނު އެލާމް ވާ އަޑު އިވުނެވެ. ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އެތައް ދުވަސްތަކަކަށް ފަހު އަހަންނަށް ހަމަ ނިދި ކޮޅެއް މިލިބުނީ ކިރިޔާވެ.. އަހަރެން އަވަހަށް ތައްޔާރުވެލައިގެން އެއަރޕޯޓާއި ދިމާލަށް މިސްރާބު ޖެހީމެވެ. އެއަރޕޯޓްގައި ހުންނަތާ 15 ވަރަކަށް މިނިޓް ނުވަނީސް ސީއީއޯ އައިސް ކައިރީގައި ހުއްޓިލިއެވެ. އަދި ދެމީހުން ކުޑަ ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ދެމީހުން އެކުގައި އޮފީހަށް މިސްރާބު ޖެހީމެވެ.

 

ކާރުގައި އިންއިރު އަހަރެންގެ ސިކުނޑި ދިޔައީ އެކިދިމާލަށް މިސްރާބު ޖަހަމުންނެވެ. އަމިއްލަ ނަފްސު ކިތަންމެ ހަމަޖެހިފައިވާ ކަމަށް ދެއްކި ނަމަވެސް އަހަރެން ހިތުގައި ހިނގަމުންދާ ނުތަނަވަސްކަން އިނގޭނީ ހަމަ އަހަންނަށެވެ. ކާރުން ފައިބައިގެން ދެމީހުން އޮފީހަށް ވަދެ އޮފީސް މީޓިންގ އަށް ތައްޔާރުވެލީމެވެ. މީޓިންގ ފެށިގެން ކުރިއަށް ދިޔަ އިރުވެސް އަހަރެން އިނީ އަމިއްލަ ހިޔާލުތަކަކަށް ގެއްލިފައެވެ. މީޓިންގ ނިމުމުން އަހަރެން އަވަސް އަވަހަށް ފާޚާނާއަށް ދިޔައީމެވެ. ކުރެވޭ ހިޔާލުތަކުގެ ސަބަބުން ލޯލުން އަންނަމުން ދިޔަ ކަރުނަތައް ހިފަހައްޓާނުލެވޭ ހިސާބަށް ދިޔައީމައެވެ. އަހަރެން ފާޚާނާ ތަށި މަތީ އިނދެގެން އެތައް ގަޑިއިރުތަކެއް ވަންދެން ގިސްލާ ރުއީމެވެ. އެހެން އިން އިރު އަހަރެން ވިސްނަމުން ދިޔައީ ނާއިފް އާއި މެދުގައެވެ. ނާއިފް އަހަންނަށް އެހެން ހެދީ ކީއްވެ ބާވައެވެ. ކޮންކުށެއް ކުރެވިގެން ބާވައެވެ. ނާއިފް އަށް އަހަރެންގެ ފަރާތުން ނުލިބުނީ ކޯއްޗެއް ބާވައެވެ. އެ އަންހެން ކުއްޖާއީ ކާކު ބާވައެވެ.

އަހަރެން އެހެން ރޯތާ އެތައް އިރެއް ފަހުން ޝަމާ އައިސް ފާޚާނާ ދޮރުގައި ޓަކި ޖަހާލިއެވެ.

ޝަމާ: ” ޑރ. އަޙްމަދު އިލް އެބަ ހޯދާ މަރީ..”

ޝަމާ އެހެން ބުނުމުން އަހަރެން ޝަމާ ކައިރި ދާން ބުނެފާ މޫނުން ކަރުނަ ފޮހެލީމެވެ. އަދި އެއްވެސް މީހަކު ފާޚާނާގައި ނެތް ބ ގަޑިަލާ ބަލާފައި މޫނު ރަނގަޅަށް ދޮވެލާ ސާފު ކޮށްލައިގެން އޮފީހަށް ދިޔައީމެވެ. އޮފީހަށް ވަދެވުމުން އަހަންނާ ބައްދަލު ކުރީ ޑރ. އަޙްމަދު އިލްގެ އެއްވެސް އަސަރެއް ނެތް ހިންހަމަ ނުޖެހިފައިވާ މޫނެވެ. “ހާދަ ޒިންމާދާރު ކަން ކުޑައޭ މަރިޔަމް. ހަނދާން ނެތުނީތަ މިއަދަށް ސަބްމިޓް ކުރަންޖެހޭ ފައިލް އަދިވެސް ނުނިމޭކަން.”

 

Share Article

Follow Me Written By

hawwa hawwa

Level 1

Other Articles

Previous

ދަތުރު-4

Next

އޭލިއަން ސިލްސިލާ: ހިރާސް – 1

Next
June 24, 2025

އޭލިއަން ސިލްސިލާ: ހިރާސް – 1

Previews
June 24, 2025

ދަތުރު-4



All Right Reserved!