އެހާ ދެރަވެފައި ހުރި ވަގުތެއްގައި އެ ބާރު އަޑު އިވުމުން އަހަރެންގެ ނަފްސާ މެދު ހަމްދަރުދީވެ އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ކޯތާ ފަތްމަތީން ކަރުނަ އޮހިގަތެވެ. އެތަނަށް އެވަގުތު ޝާމާ އަށް އާދެވުމުން އަހަރެން އެތަނުން އަވަހަށް ނެރެދިނެވެ. އަދި މީހުން ނެތްތާކަށް ގެންގޮސް އަހަރެންގެ ގައިގާ ބައްދާލިއެވެ.
ޝާމާ: އަހަންނަށް އިނގޭ މަރީ ވަރަށް ބައިވަރު ކަމެއް ކަމެއް ސިހުރު ކުރާކަން.. އަހަރެން އެކަމު މަރީ ލައްވާ ގަދަކަމުން އެއްޗެކޭ ބުނުވާކަށް ނޫޅެނަން. މަރީ އެއްވެސް ކަމެއްގަ އެހީތެރި ކަމެއް ބޭނުންވިއްޔާ އަހަރެން ހުންނާނަން އަބަދުވެސް..
އެހެން ބުނުމަށްފަހު އެތަށް އިރެއް ވަންދެން ޝާމާ އަހަރެންގެ ގައިގާ ހިފަހައްޓައިގެން ހުއްޓެވެ. އަދި ޝާމާ އަހަރެންގެ ކޮނޑުގާ ފިރުމަމުން ދިޔަ އިރު އަހަރެންގެ ހިތަށް ކުޑަވެސް އަރާމު ކަމެއް ލިބުނެވެ. ސަބަބަކީ މިހުރިހާ ކަމަކާ ކުރިމަތި ލަމުން ދާއިރު އެހީތެރިވާން ޝާމާ ކަހަލަ ރަޙުމަތްތެރިޔެއް ހުރީމައެވެ.
އަހަރެން ރޮއެ ހުއްޓާލުމުން ޝާމާ އަހަރެން ގައިން ދޫކޮށްލާފައި ވާހަކަ ދައްކަން ފެއްޓިއެވެ.
ޝާމާ: ހިނގާ މިއަދު ލީވް އެއް ނަގަން.. އޭރަށް ކުޑަކޮށް ތި ސިކުނޑިއަށް ހަމަ ޖެހުމެއްވެސް ލިބިދާނެ އޭނުން.
މަރީ: އުހުން… އަހަރެން ނިންމަން ޖެހޭ ފައިލް ނުނިންމާ ދާކަށް ނުވާނެ އެންނު. މިހާރުވެސް ޑރ. އަޙްމަދު އެ އިނީ ވަރަށް ހިތްހަމަ ނުޖެހިފަ.
ޝާމާ: ދެން އެ އޯކޭ ވާނެ އެ އެއް އެއްދުވަސް ކަޓުވާލިޔަސް..
އަހަރެން އެންމެފަހުން ގޮތްދޫ ނުކުރުމުން އެންމެ ޝާމާ ގޮއި ދޫކުރިއެވެ.
އަހަރެން ގެއަށް އައި އިރު ނާއިފް އެނދުގާ އޮތެވެ. ނާއިފްގެ މޫނު ފެނުމުން އަހަރެންނަށް ހީވީ ގައިގާ ހުރި ހަކަތަ ދަމާ ނެރުނު ހެންނެވެ.. ހަމަ އެހާވެސް އުނދަގޫ ވިއެވެ.ނަމަވެސް ކަމެއް ވިކަންވެސް ދައްކާނުލާ އަހަރެން ފެންވަރާ ތާޒާވެލަން ދިޔައީމެވެ.
ފެންވަރައިގެން ނިކުތް އިރު ނާއިފް ބަލަހައްޓައިގެން އޮތެވެ. ކުރިން ނާއިފްގެ ނަޒަރުން ލަދުގަތަސް މިހާރު އަންނަނީ ރުޅިއެވެ. އަހަރެންނަށް ނާއިފްއެކުރަން އުޅޭ ސުވާލު ރަނގަޅަށް އިނގެއެވެ. ބޭނުން ނުވިޔަސް ފިލޭކަށް ނެތެވެ. އަހަރެން ކޮޓަރީގެ އަލިކޮޅު ފަންޑުކޮށްލުމަށްފަހު އެނދާ ދިމާއަށް ހިނގައިގަތީމެވެ.
…
އަހަރެން މުޅި ރޭ އޮތީ ނުނިދާއެވެ. ނިދޭނީ ވެސް ކިހިނެއް ހެއްޔެވެ. އަހަރެން އެހާ ނަފްރަތު ކުރާ މ މީހެއްގެ މޭމަތީގައި އޮންނަ އިރު ލިބޭނީ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ. އަހަރެން އެންމެ ފަހުން ދަންވަރު އޮފީހަށް ދާން ތައްޔާރުވެގެން ނިކުތީމެވެ.
އަހަރެން އޮފީހަށް ވަތްއިރު ޑރ. އަޙްމަދުގެއަށް ނުގޮސް އޮފީސް މަސައްކަތްތައް ނިންމަމުން ދިޔައެވެ. އަހަރެން ފެނުމުން ނިތަށް ރޫތަކެއް އަރުވާލާފައި އަނބުރާ މަސައްކަތަށް ދިޔައެވެ. އަހަރެން ތަށްޓަކަށް ކޮފީ އަޅައިގެން އޮފީހަށް ވަދެ ސޯފާ މަތީ އިނދެގެން ކޮފީ ބޯން ފެށުމުން ލޮލަށނިދީގެ އަސަރުފެށުނެ ކުރަން ފެށިއެވެ. އަހަންނަށް އެތާ އޮވެގެން ނިދުނު އިރު ވެސް ނޭނގެއެވެ.
ހޭލެވުނީ އޮފީހަށް މުވައްޒަފުން އަންނަން ފެށުމުން ޑރ. އަޙްމަދު ގޮވާލުމުންނެވެ.
އަހަރެން އެތާ އޯވެގެން ނިދުމުން ލަދުގަތް ނަމަވެސް އެކަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ. އެވެސް ނަސީބެކެވެ. އަހަރެން މޫނު ދޮވެލައިގެން އަނބުރާ އޮފީހަށް އައުމުން ޑރ. އަޙްމަދު ވާހަކަ ދައްކަން ފެށިއެވެ.
ޑރ. އަޙްމަދު: ކޮފީ ތަށްޓެއް ގެނެސްދީބަ.. ހަކުރު ނާޅާ..
އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް ކޮފީ ތަށްޓެއް ހަދައިގެން ގެނެސްދިނީމެވެ. އެ ގެނެސް ދިނުމުން އޭގައި ހިފާފައި ކޯވަރެއް ބޯލުމަށްފަހު ކޮފީ ތަށި ދެމުން ބުނެލިއެވެ. “މި ކަމަކު ނުދޭ.. ހޫނެއްނޫން”.. ދެން އަނެއްކާވެސް އަހަރެން އިތުރު ކޮފީ ތައްޓެއް ހަދައިގެން ގެނެސްދިނީމެވެ…ދެން ބުނީ ހަކުރު މާގިނަ ކަމަށެވެ.. ދެން އަހަރުން އަލުން ކޮފީ ހަދައިގެން ގެންގޮސް ދިނުމުން ބުނީ މާ ބޮޑަށް ހޫނު ކަމަށެވެ…އަހަރެން ގާތަށް އެހިސާބުން ރުޅި އައެވެ. ނަނަމަވެސް ފުންނޭވާ އެއް ލުމަށްފަހު އަނެއްކާވެސް ހިނގައިގަތީ ކޮފީ ތައްޓެއް ހަދާށެވެ. އަހަރެން މިފަހަރު އެޅީ ލޮނެވެ.. އެ ގެންގޮސް ގެންގޮސް ހުއްޓާ ޝާމާ އައިސް ވާހަކަ ދައްކަން ފެށިއެވެ. ޝާމާ އާއި އެތައް ހުރެގެން ވާހަކަ ދައްކާލުމުން މީހާ ކުޑަކޮށް ހަމައަކަށް ވެސް އެޅުނެވެ. އެހިސާބުން އައިއްސަ ހުރި ރުޅީގައި މިކުރެވުނީ މޮޔަ ކަމެއް ކަން ރޭކާ ލިއެވެ. އެހެންވެ އަނެއްކާވެސް އަނބުރާ ކޮފީ ހަދަން ދިޔަ އިރު އެތާ ޑރ. އަޙްމަދު ހުއްޓެވެ. އޭނާ ވަގުތުން އައިސް ކޮފީ ތަށި އަތުލުމަށް ފަހު އެއްޗެކޭ ނުބުނެވެނީސް ކޮފީ ބޯ ތަށިބޯލިއެވެ. އަހަރެން ހިން ދިރުވާލީމެވެ… ކުރެވުނު މޮޔަ ކަމެއްގެ ސަބަބުން ގެއްލިގެން ދެން ދަނީ އަހަރެންގެ ވަޒީފާއެވެ……
ނަމަވެސް ނަސީބަކުން ލޮނު އަޅާފަ ހުރިކަން ރޭކާވެސް ނުލިއެވެ.. އަޖައިބެކެވެ. މާ ކޮފީ ބޯ ހިތްވެފައި ހުރުމުން ކަމަށް އަމިއްލަ ނަފްސަށް ވިސްނާދިނީމެވެ. ކޮފީ ހުސްކުރުމަށްފަހު އަހަރެން އަތަށް ކޮފީ ތަށި ދިނެވެ. އަދި އެއްވެސް އިތުރު އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ. އަހަރެން ދެން ހިނގައިގަތީ ލިފްޓުން ތިރިޔަށް ދާށެވެ. ތަޅުދަނޑި ހިފައިގެން ކާރަށް އަރާ އަރާ ހުއްޓާ ދެން އެ ފެނުނީ އަނގަ ތެރޭގައި ހުރި ކޮފީ ތަށް ޑރ. އަޙްމަދު އަތްދޮންނަ ތަށްޓަށް ބޭރު ކުރާތަނެވެ.
ޑރ. އަޙްމަދުގެ އޮފީސް ހުންނަނީ 3 ވަނަ ފްލޯގައި ކަމުން މާ މަތިން ނޫންކަމުން ވަރަށް ސާފުކޮށް އެމަންޒަރު ފެނުނެވެ. އަޖައިބެއް ކަހަލަ ފިރިހެނެކެވެ. އަހަރެންނަށް އެހާ އިހާނެތިކޮށް ކަންތައް ކުރާއިރު ވަޒީފާއިން ވަކިކޮށް މިފަހަރު ވަކި ނުކޮށްލާ އެދޫކޮށްލީ ކީއްވެ ބާވައެވެ.
އަހަރެން އެ ފުންވިސްނުމުގައި އިންދެ ކާރުގައިގޮސް މި ރޭ އޮންނަ ޖަލްސާއަށް ބޮސްގެ އަލަމާރިއިން ގަމީހަކާއި ފަޓުލޫނަކާއި ޓައިއަކާއި ސޫޓެއް ނަގައިގެން އިސްތިރިކޮށްގެން ކާރުގައި އަންބުރާ ދިޔުމަށް މިސްރާބު ޖެހީމެވެ. ދިޔަ މަގުމަތީ ނާއިފް އަންހެން ކުއްޖެއް ގޮވައިގެން ސައިކަލްގައި އިންމަންޒަރު ފެނުނެވެ. ނާއިފް ގޯޅި އެޅުމުން އަހަރެން ނާއިފް ފަސްފަހަތުން ބިސްމަޅި ދުއްވީމެވެ. އަހަރެން މިއަދު ދޫކޮށްލާނީ އެ އަންހެން ކުއްޖާއަކީ ކާކުކަން ބަލާފައެވެ. އެރޭ ދޫކޮށްލީ ހިތަށް އަސަރުކުރާވަރުން ހިތްވަރެއް ނެތީމައެވެ. މިއަދު ކިތަންމެ އަސަރެއް ކުރިޔަސް އެއީ ކާކުކަން ބަލަން ބޭނުމެވެ. އަހަރެން މިއީ ނާއިފްގެ އަނބި މީހާއެވެ. އަހަރެން ނާއިފް ދެކެ ވަރަށް ލޯބިވެއެވެ. އަދިވެސް ވަމެއެވެ. އެހެންކަމުން އެއީ ކާކުތޯ ބެލުމުގެ ޙައްޤެއް އަހަރެންގެ އޮންނާނެ އެއްނޫންހެއްޔެވެ.
ނާއިފް ގޮސް ހުއްޓުނީ ރެސްޓޯރަންޓެއް ކައިރީގައެވެ. ދެން އެ އަންހެން ކުއްޖާ ގޮވައިގެން ހިނގައިގަތީ އެތަނަށް ވަތުމަށެވެ. އަހަރެން އެމީހުން ފަސްފަހަތުން ގޮސް ވަތީމެވެ. އެމީހުން ގޮސް މޭޒެއް ހިފައިގެން އެތާ އިށީނެވެ. މޫނާއި މޫނާއި ދިމާވާގޮތަށް ނާއިފް އިންއިރު އަހަރެން ދެންމެ ނޫސްޕޭޕަރު މޫނުގައި ނޭޅުނުނަމަ ނާއިފްއަށް އަހަރެންގެ މޫނު ފެނުނީހެވެ. އެދެމީހުން ވާހަކަ ދައްކަން ތިބިއިރު ނާއިފްގެ އަޑު ފަންޑުފަންޑުކޮށް އިވެމުން ދިޔައެވެ.. “މަޑުކުރޭ އަދި ކުޑަ ދުވަސްކޮޅެއ.ވަންދެން… އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް މަރިޔަމަށް ލިބޭގޮތް ވާކަށް.. ކޮންމެ ގޮތެއް ހަދާފައިވެސް
މި ލިޔުން ދިވެހި ބަހަށް ތަރުޖަމާކޮށްދީފައި މިވަނީއެވެ:
ޑރ. އަޙްމަދުގެ އޮފީސް ހުންނަނީ 3 ވަނަ ފްލޯގައި ކަމުން މާ މަތިން ނޫންކަމުން ވަރަށް ސާފުކޮށް އެމަންޒަރު ފެނުނެވެ… އަޖައިބެއް ކަހަލަ ފިރިހެނެކެވެ. އަހަރެންނަށް އެހާ އިހާނެތިކޮށް ކަންތައް ކުރާއިރު ވަޒީފާއިން ވަކިކޮށް މިފަހަރު ވަކި ނުކޮށްލާ އ އެދޫކޮށްލީ ކީއްވެ ބާވައެވެ.
އަހަރެން އެ ފުންވިސްނުމުގައި އިންދާ ގޮސް މިރޭ އޮންނަ ޖަލްސާއަށް ބޮސްގެ އަލަމާރިއިން ގަމީހަކާއި ފަޓުލޫނަކާއި ޓައިއަކާއި ސޫޓެއް ނަގައިގެން އިސްތިރިކޮށްގެން ކާރުގައި އަންބުރާ ދިޔުމަށް މިސްރާބު ޖެހީމެވެ. ދިޔަ މަގުމަތީ ނާއިފް އަންހެން ކުއްޖެއް ގޮވައިގެން ސައިކަލްގައި އިންމަންޒަރު ފެނުނެވެ. ނާއިފް ގޯޅި އެޅުމުން އަހަރެން ނާއިފް ފަސްފަހަތުން ބިސްމިﷲ ދުއްވީމެވެ. އަހަރެން މިއަދު ދޫކޮށްލާނީ އެ އަންހެން ކުއްޖާއަކީ ކާކުކަން ބަލާފައެވެ. އެރޭ ދޫކޮށްލީ ހިތަށް އަސަރުކުރާވަރުން ހިތްވަރެއް ނެތީމައެވެ. މިއަދު ކިތަންމެ އަސަރެއް ކުރިޔަސް އެއީ ކާކުކަން ބަލަން ބޭނުމެވެ. އަހަރެން މިއީ ނާއިފްގެ އަނބި މީހާއެވެ. އަހަރެން ނާއިފް ދެކެ ވަރަށް ލޯބިވެއެވެ. އަދިވެސް ވާމެއެވެ. އެހެންކަމުން އެއީ ކާކުތޯ ބެލުމުގެ ޙައްޤެއް އަހަރެންގެ އޮންނާނެ އެއްނޫންހެއްޔެވެ.
ނާއިފް ގޮސް ހުއްޓީ ރެސްޓޯރަންޓެއް ކައިރީގައެވެ. ދެން އެ އަންހެން ކުއްޖާ ގޮވައިގެން ހިނގައިގަތީ އެތަނަށް ވަތުމަށެވެ. އަހަރެން އެމީހުން ފަސްފަހަތުން ގޮސް ވަތީމެވެ. އެމީހުން ގޮސް މޭޒެއް ހިފައިގެން އެތާ އިށީނެވެ. މޫނާއި މޫނާއި ދިމާވާގޮތަށް ނާއިފް އިންއިރު އަހަރެން ދެންމެ ނޫސްޕޭޕަރު މޫނުގައި ނޭޅުނުނަމަ ނާއިފްއަށް އަހަރެންގެ މޫނު ފެނުނީހެވެ. އެދެމީހުން ވާހަކަ ދައްކަން ތިބިއިރު ނާއިފްގެ އަޑު ފަންޑުފަންޑުކޮށް އިވެމުން ދިޔައެވެ.. “މަޑުކުރޭ އަދި ކުޑަ ދުވަސްކޮޅަކަށް އަދި.. އަހަރެން ބޭނުމެއް ނޫން އެއްވެސް މުދަލެއް މަރީއަށް ލިބޭކަށް….
