Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިތަށްވި ހަމްދަރުދީ

hawwa hawwa Level 1
June 22, 2025 3 Mins Read
0 Comments

 

 

އަހަރެން ގިސްލާ ކުރުނަ އޮއްސަމުން ދިޔައިރު ކަންފަތުގައި ގުގުމާލެވިފައިވަނީ އޭނާގެ އެ ބަސްތަކެވެ. “އަހަރެންނަށް މާފުކުރޭ މަރީ.. އަހަންނަށް އެހެން އަންހެނެއް ދެކެ ލޯބިވެވިއްޖެވިއްޖެ.. ކުރި ހުރިހާ ކަމެއް މަރީއަށް ސިއްރު ކުރެވުނީތީ އަހަރެން މަޢާފަށް އެދެން”.. އެއީ ނިހާދު އަހަރެން ފައިބުޑަށް ވެއްޓިގަނެ އޮވެގެން ބުނަމުން ދިޔަ ބަސްތަކެވެ. ދެން އަހަރުން ހިޔާލު ދަތުރު ކޮށްގެން ދިޔައީ މާޒީއަށެވެ. އެއީ މީގެ 8 އަހަރު ކުރިއެވެ. އަހަރުން ސްކޫލަށް ގޮސް ގޮނޑީގައި އިށީނުމާއެކު އެ އާހިލް އައިސް އުނދަގޫ ކުރަން ފެށިއެވެ.

 

“އަހަރެން ބުނެފީމެހްނު ރީތިކޮށް ވާއިލް އަކާ ގުޅޭކަށް ބޭނުމެއް ނޫނޭ” އަހަރެން ބުނީމެވެ. އޭގެ ރައްދުގައި އާހިލް ބުންޏެވެ. “ޖަލާއިލްގެ ކަމަކު އެު އެއް ނޫނޭ. ޖެހިގެން އުޅޭ ގްރޭޑްގައި އުޅޭ ނާއިފް ބުނީ ނާއިފްއަށް މަރީ ވަރަށް ކަމުދެއޭ.. އަދި ޖަވާބަކަށް އިންތިޒާރު ކުރާނަމޭ” އެހެން ބުނުމަށްފަހު އާހިލް

އެތަނުން ދިޔައެވެ.

އާހިލް އެބުނި ވާހަކައިން އަހަރެންނަށް ވަރަށް ބޮޑަށް ސިހުން ލިބުނެވެ. އަހަރެން ވަރަށް ކުޑައިރުއްސުރެން އަހަރެންގެ ހިތް ވަނީ ނާއިފްއަށް ކިޔާފައެވެ. ނަމަވެސް އަހަރެން އުޅުނީ ކިޔެވުމައިގެންނެވެ. ނާއިފްގެ ހިތްވެސް އަހަރެންނަށް ކިޔާކަން އިނގުމުން ބަޔާންކޮށްދެން އުނދަގޫ އުފަލެއް އަހަރެންގެ ހިތަށް ވެރިވިއެވެ.

ދެން ކުއްލިއަކަށް މާޒީގެ ހަނދާންތަކުން ދުރަށް ދެވުނީ އަހަރެންގެ އެންމެ ކުޑަ ދަރިފުޅު ނީމް އައިސް ގައިގާ ބައްދައިގަތުމުންނެވެ. އަހަރެން ވަގުތުން ނީމްގެ ގައިގާ ބައްދައިގެންފައި ރޮއެގަތީމެވެ. މިއަދު އެ ލޯތްބަށްޓަކާ އަހަރުން ޤުރުބާންވި އެ ލޯބި މިއަދު އެވަނީ އަހަރެންގެ ހިތް ކުދިކުދި ކޮށްފައެވެ. އަހަރެން ނާއިފް ދެކެ ވީ ހަގީގީ ލޯތްބެވެ. ނާއިފްއަށް ފައިސާ ނުހޯދުނު ނަމަވެސް އަހަރެން އަހަރެންނަށް ވީ ވަރަކުން 2 ދަރިން ބަލަމުން ފައިސާ ހޯދަމުން ދިޔައީމެވެ.

 

 

އަހަރެންނަށް ވާއިލް ކަހަލަ މުއްސަންޖަކާ ގުޅެން އޮއްވާ އަހަރުން ނާއިފް ހިޔާރުކުރީ ނާއިފް ދެކެ ލޯބިވެވުނީ މައެވެ. މިއަދު މިހެން ވާނެކަން އިނގުނު ނަމަ ލޯބި ނުވިނަމަވެސް އަހަރެން އިޚްތިޔާރު ކުރީހީ ވާއިލްއެވެ. އެއީ އެންމެ ކުޑަމިނުން ލޯބީގެ ލޯޔަލްޓީ ނުލިބުނު ނަމަވެސް އޭނާ ފަރާތުން އަހަންނަށް ފައިސާ ލިބޭނެތީއެވެ. ދެން އަހަރެންގެ ދަރި ނިދާވަގުތު ޖެހިފައިވާތީ ހަލާކުވެފައި އޮތް ހިތަކާއެކު އެދަރިފުޅު ފެންވަރުވަން ދިޔައީމެވެ. އެދަރިފުޅު ފެންވެރުވި އިރުވެސް އަހަރެންގެ ސިކުނޑި ބައްދާލައިފައިވަނީ ނާއިފް އަހަންނާ މެދު ކަންތައް ކުރި ގޮތާ މެދުއެވެ. އޭނާ ހާދަހާ ގޯހެވެ. ނާއިފްއަށް ޔަމާނީ ފެނުނު އިރު އެއްވެސް ވަރަކަށް އަހަރެންގެ މަތިން ހަނދާން ނެތީ ބާވައެވެ. އޭނާ އަހަރެން ކައިރި ކުރި އާދޭސްތަކާ ވަޢުދު ހަނދާން ނެތުނީ ބާވައެވެ. އަހަރެން އޭނާ ދެކެވި ހަގީގީ ލޯބި އޭނާ ހެދީ ޖޯކްއަކަށެވެ. ކުރި ވަޢުދާ ހުވާ އެކަށްޗަކަށްވެސް ނުވިއެވެ. ހިތް ކަތިލާފަ ނަމަވެސް ރީތިކޮށް ކަމެއް ނުކޮށް ބުނިނަމަ ނާއިފްއަށް 2 އައިންބަށް އިންނަން އަހަރެން ހުއްދަ ދިނީމުހެވެ. ނަމަވެސް ނާއިފް ހިޔާރުކުރީ ހުރިހާ ކަމެއް ސިއްރު ކުރާށެވެ. ނާއިފް ހީކުރީ އަހަންނަކަށް ފަޅައެއް ނާރާނެ ކަމަށެވެ. ހާދަހާ ގޮތް ކުޑައެވެ. އެހާ ރޭވުންތެރި ކަމާއެކު އެހުރިހާ ކަމެއް ކޮށްފާ އަހަންނަށް ފޅާއެރުމުން އަހަރެން ގާތު މަޢާފަށް އެދެން އައިއްސިއެވެ.

މިހުރިހާ ކަމެއް ވަމުން ދާއިރު އަހަރެން މެއަށް ކިތަންމެ ތަދުވިޔަސް އަހަރެންގެ ދަރިންނަށް ޓަކާ އަހަރެން ޖެހޭނީ ދިރި އުޅޭށެވެ. އަހަރެން ވަކި އެހީއަށް އެދި ގޮވަނީ ކާކަށް ހެއްޔެވެ. މިއަދު މިވަނީ އަހަރެން މުޅިން އެކަނި ވެރިވެފައެވެ. މަންމަ ދުނިޔޭގައި ހުރި އިރު މަންމަގެ ބަސް އެހުނު ނަމައޭ ހިތަށް އަރައެވެ.

 

 

މަންމަ އަހަރެން ކައިރީ އޭނާއާއި ނީންނާށޭ ބުނުމުން ވެސް މަންމަގެ ނުޤަބޫލުގައި އަހަރެން އޭނާއާއި އިނީއެވެ. އަނެއްކޮޅުން މިހުރިހާ ކަމެއް ވީއިރު ބައްޕަ މިއޮތީ ބަލިއެނދުގައެވެ. ބައްޕަ ކައިރީ މި ވާހަކަ ބުނެގެން ބައްޕަގެ ހާލަތު އިތުރަށް ގޯސްވާކަށް އަހަރެން ނޭދެމެވެ. އާއިލާ މީހުންގެ ކައިރީވެސް ވަކި ބުނާނީ ކީކޭ ހެއްޔެވެ. ބުނެގެން ވާނެ ފައިދާއެއް އޮންނާނެ ބާއެވެ. އެމީހުންނަށް ވަކި ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ވަރިވިޔަސް އަހަރެން ގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ. އަހަރެންގެ ދަރިން ބޮޑުކުރުމުގައި ބޮޑު އެހީތެރިކަމެއް ލިބުނީ ނާއިފްގެ އާއިލާ ފަރާތުންނެވެ. ފައިސާ ލިބުނު ނަމަވެސް ވަރިކޮށްފިއްޔާ އެދަރިން އެކަނިވެ ފައިސާ ހޯދަމުން ނުގެންގުޅެވޭނެއެވެ. އެކަމު އަހަރެންގެ ހިތުގައި މިއަޅަނީ ހާދަހާ ވޭނެކެވެ. ނާއިފް ފެނުމުން ހިތަށް ހާދަ އަސަރެއް ކުރެއެވެ. ދެއަތްތުރު ތުރު އެޅިނަމަވެސް އަހަރެން ނާއިފް ކައިރިން ދުރަށް ދިއުމަށް ވަކި ވަންނާނެ ތަނެއް ނޯންނާނެއެވެ. އަނެއްކޮޅުން އޭނާ އަނބި މީހާގެ ހައިސިއްޔަތުން އަހަރެން ބޭނުން ނުވިޔަސް ޖެހޭނީ ނާއިފް ބުނާ ގޮތަށް އުޅޭށެވެ. ހިތުގައި އެޅިފައިވާ ލަކުނާ ބެހޭގޮތުން ވަކި ނާއިފް ކައިރީ ބުނާކަށް ބޭނުމެއް ނޫނެވެ. އަހަރެން އެވަރަށް އިތުބާރު ކޮށްފައި ވަނިކޮށް އެހެން ހެދުމުން ދެން އަހަންނަށް ވާގޮތްބުނުމުން އޭނާ ފަށާނީ ހޭން ކަންނޭނގެއެވެ. އަހަރެން ބަނދެވިފައި މިވަނީ ކޮންކަހަލަ ކަމެއްގައި ހެއްޔެވެ. އެއްވެސް ކޮޅަކުން ހަމަޖެހުމެއް ނެތެވެ.

އަހަރެން ދެން ދަރިފުޅު ފެންވަރުވާ ލުމަށްފަހު ނިންދަވައިފައި އެނދުމައްޗަށް ލީމެވެ. އޭގެ އިރުކޮޅެއް ފަހުން އަހަރެންވެސް ނިދަން ދަރިފުޅު ކައިރީ ޖައްސާލީމެވެ. އެގޮތަށް ހަނދާން ތަކުގައި އޮވެ ދެން ކައިރި އައިސް ނާއިފް އޮށޯތެވެ. ނާއިފް އައިސް އޮށުވަލައިގެން އޮއި އިރު ޖަހާފައި ހުރި އަނހެން ސެންޓް ވަސް

އަހަންނަށް ދުވަމދުވަމުން ދިޔައެވެ. ނާއިފް އަހަރެން ކައިރީ މާފަށް އެދި އާދޭސްކުރުމަށް ފަހު ވެސް އެ ގޮސް ހަމަ އެވަނީ އޭނަ ކައިރީ އަށެވެ. އޭނަ ކައިރިއަށް ވަދެފައި ހަމަ އަހަރެން ކައިރިއަށް ވެސް އައިއްސި އެވެ. އަދި ނޭނގޭ ކަމަށް ހެދިގެން ހުއްޓެވެ. ހާދަ ހާ ވާ ގޯހެވެ. އަހަރެންގެ ހިތުގައި ވާ ލޯބިގާ ނަފްރަތުގެ ހުޅުކޮޅު ރޯވެގަތެވެ.

Share Article

Follow Me Written By

hawwa hawwa

Level 1

Other Articles

އައިރީން
Previous

އައިރީން 3

Next

ހިތް އެދެ ޔާރާ ތިއޭ – 18

Next
June 22, 2025

ހިތް އެދެ ޔާރާ ތިއޭ – 18

Previews
June 22, 2025

އައިރީން 3

އައިރީން


All Right Reserved!