ހާސްލާފައި ކަރުނަ ދިޔައީ އަންނަމުންނެވެ. އަހަރެން ރޯ ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަހަރެން ހިތުގައި ސިއްރު ކޮށްގެން މިއުޅޭ ލޯބި އިނގޭނީ ވަރަށް މަދު ބަޔަކަށެވެ. ސަބަބަކީ އަހަރެންނަކީ ކުޑައިރުއްސުރެން ވެސް އެހެން މީހުންނާ އެހާ ކަން ހިއްސާ ކޮށް އުޅޭ މީހެއް ނޫނެވެ.
އަހަރެން ބޮޑުވަމުން އައި އިރު އަހަރެން އަމިއްލަ ބައްޕަ އަހަރެން ރޯތަން ފެނުމުން އެއްވެސް ކުލުނުވެރި ކަމެއް ނުދައްކައެވެ. އަހަރެން އެމީހުން ގާތުގައި ކަމެއް ވުމުން އެވާހަކައެއް ނުބުނަމެވެ. ކްލާސް ކުދިން ބުލީ ކުރާ ވާހަކަ ބުނުމުން މަންމަ އެއަށް ދިނީ ބޭރު ކަންފަތެކެވެ. މަންމަ ނިކުތީ އަހަންނާ ދެކޮޅަށެވެ. އެހެން ކަމުން އަހަރެން މަންމަ އަކާ މާ ކަންކަމެއް ހިއްސާ އެއް ނުކުރަމެވެ. މަންމަ ކައިރި ވާހަކައެއް ހިއްސާ ކުރުމުން އެ މައްސަލަ ބޮޑުކޮށްލާތީއެވެ.
އެއްކައުވަންތަ ކަލާނގެގެ ރަޙް މަތް ފު ޅުން އަހަންނަށް ގްރޭޑް 9 ގައި ލިބުނު ރަޙްމަތްތެރިޔާ ވީ އަހަރެންގެ ހަޔާތް ސަލާމަތް ކޮށްދިން މީހަކަށެވެ. އަހަރުންނަށް ނަޖާ ކަހަލަ ރަޙްމަތްތެރިޔެއް ދެއްވީތީ ހާހުން ﷲއަށް ޝުކުރު ކުރަމެވެ. ނަޖާ އަށް އަހަރެން ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހިއްސާ ކުރަމެވެ. އަހަރެން ނަޖާ އާއި އެވާހަކަ ހިއްސާ ކުރީ އެ ލޯބަށް އެއް އަހަރު ވެފައި ވަނިކޮށެވެ. ނަޖާ ހުރީ ގަބޫލު ކުރަންވެސް ދަތި ވެފައެވެ. ސަބަބަކީ އަހަރެންގެ ގައި ވެފައި ވެފައި އޮއި ހިތުގައި މީހަކު ރަސްކަން ކުރަމުން ދާކަށް އިނގުމުންނެވެ. އަހަރުންނަށް އެންމެ ފުރަތަމަ މީހަކު ދެކެ ލޯބި ވެވުނީ ގްރޭޑް 9 ގައި އުޅެމުން ދިޔަ އިރުއެވެ. އޭނާއަށް ލޯބިވެ އަހަރެން މިކިޔަނީ ވާއިލް ގޮސް ހުރިހާ ސިފައެއް އަހަރެންނަށް ފެނުމުން ވެސް އަހަރެން އޭނާ ދުލެއް ނުކޮށްލަމެވެ. އޭނާ ސިގަރެޓް ބޯ މަސްތުވާ ތަކެތި ބޭނުން ކުރާ ކަން އިނގުމުން ހިތަށް ވަރަށް ތަދުވިއެވެ. ނަމަވެސް އަހަރެމުން ދެމެދުގައި ވާ ގޮތް އަހަރެން އިތުރަށް ވާ ގޮތަކީ އަހަރެން އިތުރަށް ބާރުކުރަން މަސައްކަތް ކުރީއެވެ. އަހަރެން މަސައްކަތް ކުރީ އޭނާ ބަދަލު ކުރެވޭތޯއެވެ. އެހާ ވަރަށް އޭނާއަށް އަޅާލެވުނީ އޭނާ އަހަރެން ކުޑައިރު ހަނގާ ކުރި ކުދިން ކައިރިން ސަލާމަތް ކުރިމާ ކަންނޭނގެއެވެ. އަހަރެން ފަލަވުމުން ވަރަށް ގިނަ ކުދިން މަލާމާތްކޮށް އެކަނި ކޮށްލިއެވެ. އޭނާ ގްރޭޑް 1 ގައި އުޅުނު އިރު އަދިވެސް ބުނި ވާހަކަ ހަނދާން އެބަހުއްޓެވެ. “ރާޔާއަށް ވުރެން އަސްލު އެކުދިން ފަލަ”.. އޭރު އަހަންނަކީ ކިޔެވުމުގައި ވަރަށް ދަށް ދަރިވަރެއް ވެސް މެއެވެ. އޭނާ ފިލާ ވަޅު ހެދުމުގައި ވަރަށް އެހީތެރިވެސް ވެދިނެވެ. އެހުރިހާ ކަމެއްގައި ހިފަހައްޓައިގެން ކުޑައިރު ދިމާވި ލޯބި ހަގީގަތަކަށް ހެދުމުގެ ހުވަފެނުގައި އެތައް ގުރުބާނީތަކެއް އޭނާއަށް ވީމެވެ.
އަހަރުންގެ ޅަ ސިކުނޑިއަށް ނުވިސްނޭތީ އަހަރުން އޭނާ ޖެހި ކޮންމެ ދަންމަޅިއެއްގައި ޖެހެމުން ދިޔައީމެވެ. އޭރު ދީނަކީ އަހަންނަށް އެހާ މުހިންމު އެއްޗެއް ނޫނެވެ. އަހަންނަށް ކަމުދިޔައީ ރަޙުމަތްތެރިން އުޅޭ ގޮތެވެ. އަހަރުން ބޭނުންވީ އެމީހުން އުޅޭ ގޮތަށް އުޅުނަށެވެ. އެހެންވެ އަހަރުން އަލަށް ފިރިހެން ކުއްޖާ ކާއެކޮށް ރޭގަނޑު ބޭރަށް ދިޔައީމެވެ. އަލަށް ފިރިހެން ކުއްޖޭގެ އަތުގައި ހިފެހެއްޓީމެވެ. އަލަށް ފިރިހެން ކުއްޖޭގެ ގައިގާ ބައްދާލީމެވެ. އޭނާ އެދުނު ނަމަވެސް އެއަށް ވުރެން ދުރަކަށް އަހަރެން ނުދަމެވެ. އަހަރުން ދީންވެރި ނޫން ނަމަވެސް އަހަރުން ބޭނުންވީ ހުރިހާ ކަމެއްވެސް ކައިވެނި ކުރުމަށް ފަހު ކުރާށެވެ. ނަމަވެސް ކަންތައް ދިޔައީ އަހަރުން އުންމީދު ކުރި ގޮތަކަށް ނޫނެވެ. ވާހަކަ ދައްކަން ފެށިތާ 3 މަސްވެސް ނުވަނީސް އޭނާ އަހަރުން އެއްލާލީއެވެ.. އަހަރުން އޭނާ ގާތު ކުރި އާދޭސްތައް މިއަދުވެސް މިހިތުގައި ހަނދާން އެބަހުއްޓެވެ. ”ވައިލް އެވެ.. އަހަރުން ދޫކޮށް ނުދާށެވެ. އަހަންނަށް ތިބާއެން ނުހަދ. އަހަންނަށް ތިޔަހެން ނުހަދާ ޝެވެ. އަހަރުން ވާއިލް ދެކެ ވަރަށް ލޯބިވެއެވެ.
ވަރަށް ލޯބިވެއެވެ. އަހަރުން އެ މެސެޖުތައް ކުރި އިރު ރުޅިކަން ވާއިލްއަކަށް ނޭނގޭނެއެވެ. އަހަރުން ހާދަ ވަރަކަށް ރޮއެ ލީމެވެ. އަހަރުން ވާއިލް ބެހެއްޓުމަށް ހާދަ މަސައްކަތެއް ކުރީމެވެ. ވާއިލްއާއި އެކޮށް ދިރިއުޅޭނެ ގޮތާ މެދު އަހަރުން ހާދަ ހުވަފެނެއް ދުށީމެވެ. ވާއިލްއާއި އަހަންނަ ބައްދަލު ކުރެވުނީ ހަމަ އެންމެ ރެއަކުއެވެ. އެރޭ ވާއިލް އަހަރުން ދުވަހަކުވެސް ދޫކޮށްފަ ނުދާނެ ކަމަށް ހުވާ ކުރިއެވެ. އެކަމު ވާއިލްއަށް އެ އެއްވެސް އެއްޗަކަށް ނުވިއެވެ. މީގެ ކުރިން އަހަރުން މިގޮތަށް ވާހަކަ އެއްވެސް މީހަކާ ނުދައްކަމެވެ. ވާއިލްއަކަށް އެ ވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. ކިތަންމެ އާދޭހެއް ކޮށް ރުއަސް ވާއިލްގެ ހިތަށް މިއިން އެއްވެސް އެއްޗެއް ނުވަންނާނެއެވެ. ވާއިލްއަށް ހަމަ އެކަނި އަހަރުން ފެނުނީ ވަގުތީ ގޮތުން ފޫހި ފިލުވާލަން ބޭނުން ކުރާނެ މީހެއް ގޮތުގައެވެ. އަހަންނަށް އޭރު އެކަން އެނގުނު ނަމަ އޭނަ ހުންނަ ދިމާލަށް ނަޒަރެއްވެސް ނުލީމުހެވެ.
ގަބޫލު ކުރެވެއެވެ. އަހަންނަ ވާއިލްއާއި ދޭތެރޭ ކަންތައް ކުރެވުނީ މާ ރަނގަޅަކަށް ނޫނެވެ. އެކަމު އެއީ އަހަރުންގެ މައްސަލައެއް ނޫނެވެ. އަހަރުން މަންމައާއި ބައްޕަ ލޯބިން އުޅޭ މަންޒަރެއް އަހަންނަކަށް ދުވަހަކު ނުފެނެއެވެ. އަހަންނަށް ފެންނަނީ އެދެމީހުން 2 އެނދުގައި ވަކިން ކޮޓަރިއެއްގައި ނިދާ މަންޒަރެވެ. އެމީހުން މުޅިން ވެސް ކުރާ ކަމަކީ ހަޅޭއް ލެވުމެވެ. އެތަން ބަލައިގެން އަހަންނަ ވާއިލްއަށް ވަރަށް ގިނައިން ލެކްޗަރ އެޅުނެވެ. ނަމަވެސް އަހަރުން އެކަން ކުރީ ވާއިލް ދެރަ ކޮށްލާކަށް ނޫނެވެ. ވާއިލްއަށް ހެޔޮ ވިސްނާ ދެއްޝެވެ. ވާއިލް ދެކެ ލޯބިވާތީއެވެ. ނަމަވެސް ވާއިލް އެހުރިހާ ކަމެއް ނެގީ މާ ނުބައިކޮށެވެ. ވާއިލްއަށް އަހަރުން ލޯބިވާގޮއި އޭނާއަށް ދެނެގަންނަން ނޭނގުނީ ކަންނޭނގެއެވެ.
