މަންމަ ގާތު ޒައިންއާއެކުގައި ބޭރަށް ދަނިއޭ ބުނެފައި ނިކުތެވެ. ޒީޝާ ފެނުމުން ޒައިން އަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ ބަލާށެވެ. އެއީ ހަމަ ޒީޝާބާއެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކުރު ހެދުމެއްގައި ޒައިން އަށް ޒީޝާ ފެނިފައެއް ނުވެއެވެ. ޒީޝާވެސް ޒައިންއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އެހިސާބުގައި ހުރި ޓްރެފިކް ލައިޓްތަކުގެ ރަތް އަލީގެ ތެރޭގައި ޒައިން ފުނުނުގޮތް ޒީޝާއަށް ނުހަނު ހިތް ގައިމުވިއެވެ. މުށި ކުލައިގެ ޖިންސަކާއި ކަޅުކުލައިގެ އަތްދިގު ގަމީހުގައި ޒައިން ފެންނަނީ […]
އަދިވެސް ޒައިން ހުރީ ޒީޝާގެ އަތުގައި ހިފައްޓައިލަގެންނެވެ. ޒައިން ޒީޝާގެ އަތުން ދޫކޮށްލީ ދެވަނަ ފަހަރަށް ދޫކޮށްލާށޭ ޒީޝާ ބުނުމުންނެވެ. އޭރު ޒީޝާގެ މޫނުމަތިން ނުރުހުންވެފައި ހުރިކަން އެނގެއެވެ. “ސޮރީ ޒީ.. އަސްލު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ޒީ ގާތު..” އިސްޖައިހާލައިގެން ހުރެ ޒައިން ވާހަކަ ދެއްކިއެވެ. ޒީޝާ އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުރީއެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޒައިން އޭނާގެ ކުރިމަތިން ދިއުމަށެވެ. “ޒީ އަޅެ އެއްޗެކޭ ބުނެބަލަ” […]
“ދަރިފުޅާ ޒީޝާ ދޭބަލަ ފިހާހަރައަށް ގޮސް ހަވާދު ޕެކެޓެއް ގަނެގެން އަންނަން” ޒީޝާ ސިހުނީ ނާހިދާ ވާހަކަ ދެއްކުމުންނެވެ. އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު ޒީޝާ ފިހާރައަށް ދިޔައެވެ. “އޭ ޒީޝާ” ފިހާރަތެރެއަށް ވަންނަ އުޅުނު ޒީޝާ މަޑު ކޮށްލީ މީހަކު ގޮވާލުމުންނެވެ. އޭރު އޭނަ ހުރި ދިމާލަށް މީހަކު އަންނަތަން ފެނެއެވެ. “ޒައިން… ކޮންއިރަކު މާލެ އައިސްގެން ތިއުޅެނީ.. ހާދަ ތަފާާތޭ މިހާރު” ޒައިން އައިސް ޒީޝާގެ ކުރިމައްޗަށް ހުއްޓުމުން ހައިރާންވެފައިހުރެ ޒީޝާ ބުންޏެވެ. “ތަފާތުވާނުން. ދެއަހަރު […]
އަރާމު ނިދީގައި އޮތް ޒިޝާއަށް ހޭލެވުނީ ފޯން އެލާމްވި އަޑަށެވެ. ލޯއުނގުޅާލުމަށްފަހު، އެލާމް ނިއްވާލިއެވެ. އެވަގުތު ކޮޓަރިއަށް އައިސްވަނީ ޒީޝާގެ މަންމަ ނާހިދާއެވެ. “ދަރިފުޅާ ޒީޝާ ދެން ދޭބަލަ އަވަހަށް ފާހަނައަށް. ކޮލެޖްއަށްދާ ގަޑި ޖެހެނީނުން” ކުޑަދޮރު ފޮތިގަނޑު ކާހަލަމުންނާހިދާ ބުންޏެވެ. ޒީޝާ އަވަހަށް ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. މިއީ ކޮންމެ ދުވަހެއްގައިވެސް ޒީޝާގެ އާދައެވެ. ނާހިދާ އައިސް ގޮވުމުން ނޫނީ ފާހަނައަށް ވަންނާކަށް ޒީޝާއަކަށް ނޭނގޭނެއެވެ. ޒީޝާ ގޮސް ފާހަނައަށް ވަނުމުން ނާހިދާ ކޮޓަރިން […]