އަހަރެން އިށީދެލައިގެން އިނީ ކުޑަ ގޮޅިއެއްފަދަ ކޮޓަރީގެ އެއްކަނެއްގައެވެ. ކުރިމަތީގައި ހުނދުކުލައިގެ ބެޑް ޝީޓެއް އަޅައިފައިވާ އެނދެއް ހުއްޓެވެ. އެއީ ބަލިމީހުން ބާއްވާ އެނދެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެނދުގެ މަތީގައި އަތްޖެހޭ ހިސާބުގައި ދެ ސުވިޗެއް ހުއްޓެވެ. އެއް ސުވިޗުގައި ފާޚާނާ ތައްޓެއް ކުރަހައިފައި ހުރިއިރު އެނެއް ސުވިޗުގައި ރަނގަބީލެއްގެ ނިޝާން ހުއްޓެވެ. މަތީފަންގިފިލައިން ކަނޑައިނަގައިގެން ހަރުކޮށްފައި ހުރި ވައިފިނިކުރާ މެޝިންވަނީ ދަނގަޑުޖަހައި ހިމާޔަތްކޮށްފައެވެ. ފިލަން އުޅޭ މީހަކަށް ނުފިލޭނޭހާވެސް ރަނގަޅަށެވެ. އަހަރެންގެ ފަން އިސްތަށިގަނޑުވަނީ […]
ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ކެމެރާގެ ވީޑިއޯގެ ހަނދާނެވެ. ފުލުހުންނަށް ދިން ބަޔާނާއެކު އެވީޑިއޯ އަހަރެންނަށް ދެވިދާނެއެވެ. އަވަހަށް ކެމެރާ ނަގައި ބަލައިލީމެވެ. އެކަމަކު ކެމެރާގެ ބެޓެރިވަނީ މުޅިން ހުލިވެފައެވެ. އަވަހަށް ކެމެރާ ތާރޖަށްޖަހައި ކެމެރާގެ ކާރޑްގައި ހުރި އެއްޗެހިތައް އަހަރެން ލެޕްޓޮޕަށް އަޅައިލީމެވެ. އަހަރެން އެ ވީޑިއޯ ހުޅުވާލީމެވެ. ފަހަރަކު ވީޑިއޯއެއް ވަރަށް ފަރުވާތެރިކަމާއެކު ލަސްލަހުން އަހަރެން ބަލަން ފެށީމެވެ. ފާހަގަކުރެވޭ ބައެއް މުހިއްމު އެއްޗެއް ލިޔަމުން ދިޔައީމެވެ. “ދަރިފުޅާ!” އަހަރެންނަށް ހޭލެވުނީ މަންމަ ގޮވުމުންނެވެ. […]
އަހަރެންގެ ހަންގަނޑަށް ވަނީ އަލިކަން ލިބިފައެވެ. އޮމާންވެފައެވެ. އެކަމަކު އަމިއްލަ ރަށް ނޭކުރަންދޫއަށް އާދެވޭ ކޮންމެ ފަހަރަކީ ރަޙުމަތްތެރިންނާއެކު އެ ހިތްގައިމު ކުޅިޔަށް އަރަންޖެހޭނެ ފަހަރެކެވެ. ޓީވީ.އެމް.ގައި މަސައްކަތްކުރުމަކީ ފަސޭހަކަމެކެވެ. އެހެންނަމަވެސް ޚަބަރުތައް ހޯދަން ދުއްވަންޖެހޭ ދުއްވުންތަކާ، އޮހަރަންޖެހޭ ދަލުގެ ޢަދަދަކީ، ޢަދަދު ކުރެވޭނެ އެއްޗެއް ނޫނެވެ. އަހަރެން އެމަސައްކަތްކުރަނީ ކުރާނެނުކުރާނެ ކަމެއް ނެތިގެންނެއް ނޫނެވެ. އެކަމަށް ހިތްޖެހިފަ ހުންނަލެއް ބޮޑުކަމުންނެވެ. މާ ކުރާހިތްވާ ކަމަކަށް ވާތީއެވެ. “މާހިރު! ތި ކެމެރާ ބާއްވައިފައި އާދެބަ މި ފިނި […]
މަޑު މަޑު ފިނި ވައިރޯޅި ބީހިލުމާއިއެކު އަހަރެންގެ ލޯ މަރާލީމެވެ. އަހަރެން އިށީދެގެން އިނީ ގޭ ކުރިމަތީގައި އިން ޖޯޔެއްގައެވެ. ދުރުގައި ހުރި ރަތްފިނިފެންމާގަހުގައި ރީނދޫ ކުލައިގެ ކޮކާލެއް ޖައްސަމުން އެބަދެއެވެ. އެ ކޮކާ ފަހަރަކު މަލެއްގައި އިށީންނަމުން، މަލުގެ ފޮނިބޮމުން ގެންދާ މަންޒަރު ދެކެން އަހަރެންނަށް އިދެވުނީ ފުން ޚިޔާލެއްގެ ތެރެއަށް ލޯ ހުޅުވައިގެންނެވެ. އެ ލުއިލުއި ހިނިތުންވެލުމެވެ. އެ ޗޮކްލެޓްކުލައިގެ ބޮޑު ކަޅި އެވެ. އެ ބޮޑެތި ރާޅު ނަގައިފައިވާ އިސްތަށިގަނޑެވެ. […]
ޒީޝާ ފޮތަކަށްފަހު ފޮތެއް ދަބަހަށް އަޅަމުންގެންދިޔައީ ފަރިތަކަމާއެކު، އަވަސް އަވަހަށެވެ. އިސްކޫލައް ދާގަޑި ކައިރިވަމުންދާތީވެސް މެއެވެ. ހޫނުކޮށް ހުރި ކޮފީތަށީގެ މަތީފަށުގައި ދެތިން ފަހަރަކު އެ ފިޔާތޮށި ކުލައިގެ ތުންފަތް ޖައްސާލުމަށްފަހު، އެއް އަތުން ނޫކުލައިގެ ދެފޮތް ބަނޑާލައި ހެޔޮވަރު ކޮށްލިއެވެ. އެނެއް އަތުން ކަޅުކުލައިގެ ގޯޏެއްފަދަ ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ހިނގައިގަތެވެ. ހެނދުނު ހެނދުނާ އެހާ ކުރިން ޒީޝާ ގެއިން ނުކުތީ އިސްކޫލަށް ދާންޖެހޭ ފުރަތަމަ ދުވަސްކަމަށް ވުމުންނެއް ނޫނެވެ. ޒީޝާގެ ގޭ […]