“ޒީޝަން އަށް އަލް އަށް ވުރެ ބޮޑަށް އެ މިޝަލް ގަނޑު މުހިންމުވީ ދޯ. އަލް އަށް ގުޅަން ހަނދާން ނުވި މީހަކު މިޝަލް މަތިން ހަނދާން ހުރި. އޭނާއަށް މެސެޖު ވެސް ކުރެވުން. ޒީޝަން އަށް މިޝަލް ތިހާ މުހިންމީއާ އޭނަ ކައިރިއަށް ދާން ވީނު. އަލް އަށް މިހާރު ޝައްކު ތި ދެމީހުން އަކީ ބެސްޓީސް ކަމާއި މެދު ވެ-” އަލްޔާގެ ވާހަކަ މެދުކެނޑުނީ ޒީޝަން އޭނާ ގެންގޮސް އެތާ ކައިރީގައި އިން ފަޅުގެއެއްގެ […]
ކުލާހަށް ޓީޗަރު ނާންނާތީ ފޫހި ވެގެން ހަލާކުވެފާ އިން މިޝަލް ސިއްސައިގެން ދިޔައީ މީހަކު އައިސް އޭނާ ސިއްސުވާލުމުންނެވެ. ފަހަތައް ބަލާއިރު އިރު ފަހަތުގައި ހުރީ މިޝަލް އާއި ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. ހަމަ އެ ކުއްޖާ ފެނުމާއި އެކު މިޝަލް އެކުއްޖާއަށް ލޯ އަޅައިލާފައި ތަދުނުވާނޭ ވަރަށް އަތުގައި އޮތް ފޮތުން ޖަހާލިއެވެ. ************************************* “ޢާއިޝަތު އަލްކާ!!! ކިތައް ފަހަރު ބުނާނީ ތިހެން ނުހަދާށޭ.” ދެލޯ އަޅައިގެން އިނދެ މިޝަލް އަލްކާ އާއި ދިމާލަށް […]
ފަތިސް ނަމާދު ބަންގީގެ އަޑަށް އެނދުގައި ނިދާފައި އޮތް 15 އަހަރުގެ ޒީޝަން އަށް ހޭލެވުނެވެ. ކަންނެތް ހިނގުމެއްގައި އެނދުން ފައިބައިގެން ފާހާނާ އާއި ދިމާލަށް ދިޔަ އިރުވެސް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓި އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮއްލުމަށްފަހު ސެންޓް ފުޅިން ގަޔަށް ސެންޓް ޖަހާލި އެވެ. ހިތް ފުރޭ ވަރަށް ޖެހުމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ނަފްސަށް ނަޒަރެއް ދެމުން […]
ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައި ދިޔައީ ގަދަވަމުންނެވެ. ވައި ޖެހޭލެއް ބާރުކަމުން ގަސްތައް ވެސް ހީވަނީ ދެންމެ ދެންމެ ލުހިގެން ހިނގައިދާނެހެނެވެ. ނަގާ ބޯމަތިވެފައިވާ ބޯވިލާގަނޑުން ކުއްލިއަކަށް ވިއްސާރަ ވެހެންފެށީ ކުރިއަށް އޮތް ކޮޅިގަނޑުގެ އިންޒާރުތައް ދެމުންނެވެ. ދޭތެރެ ދޭތެރެއިން ވިދާލައިފާ ޖަހާަ ބާރު ގުގުރީގެ އަޑު ކަންފަތާއި ހަމަޔަށް އަންނަނީ ނާމާންކޮށެވެ. މި ތޫފާނީ ރޭގައި ކޮންމެ މީހަކު ވެސް ބޭނުންވާނީ ރަޖާގަނޑު ދަށަށް ވަދެ ނިދަން ކަން ގައިމެވެ. ނަމަވެސް ކުޑަ ދޮރުން ބޭރަށް […]