Skip to content
އެސްފިޔަ

ނުކުރާށެ ބާކީ، ކުށަކާ ނުލާ 1

ފަތިސް ނަމާދު ބަންގީގެ އަޑަށް  އެނދުގައި ނިދާފައި އޮތް 15 އަހަރުގެ ޒީޝަން އަށް ހޭލެވުނެވެ. ކަންނެތް ހިނގުމެއްގައި އެނދުން ފައިބައިގެން ފާހާނާ އާއި ދިމާލަށް ދިޔަ އިރުވެސް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓި އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮއްލުމަށްފަހު ސެންޓް ފުޅިން ގަޔަށް ސެންޓް ޖަހާލި އެވެ. ހިތް ފުރޭ ވަރަށް ޖެހުމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ނަފްސަށް ނަޒަރެއް ދެމުން ކޮޓަރިން ނިކުތެވެ.

ޒީޝަން ގެއިން ނިކުތް އިރު ގޭ ދޮރުމަތީގައި ޒީޝަން އަށް ވުރެ އެއް އަހަރު ބޮޑު ކުއްޖެއް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ޒީޝަން ގޮސް އޭނާއާ އަރާ ހަމަވުމުން ދެލޯ އަޅާލައިފާ އޭނާ ޒީޝަން އާއި ދިމާލަށް ފަތިވަރުތައް ގޮވައިގަތެވެ. “މިހާރު ކޮން އިރެއްތަ މަ މިތާ ހުންނަތާ.. މަނިކުފާނަށް ކޮން ދުވަހަކުންތަ ބުނާ ގަޑި އަށް ރެޑީ ވެވޭ ކަމަށް ވާނީ. މިހާރު އެޔޮއް ނަމާދު ކޮށް ނިމެނިއްޔޭ. މީނަ އާއި ހެދީ އެންމެ ދުވަހަކު ވެސް ނަމާދު ފެށުމުގެ ކުރިން ނުދެވެޔޭ.”  ޒީޝަންގެ ގާތް އެކުވެރިއެއް ކަމަށްވާ ކިޔާން އާދައިގެ މަތިން ޒީޝަން އާއި ދިމާލަށް އެއްޗެހި ގޮވައި ގަތެވެ.”ޗިލް ބުރޯ. މަ އެންމެ 15 މިނެޓޭ ލަސްވީ. ދެންވެސް ހިނގާ ބަލަ ނަމާދަށް ދެވޭތޯ ބަލަން.” ޒީޝަން އަވަހަށް އެ މައްސަލަ ހިންދާލެވޭތޯ ބެލިއެވެ. މީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ޒީޝަން އެންމެ މިނެޓެއް ލަސް ވިޔަސް ކިޔާންގެ ލެކްޗަރު އަޑު އަހަން ޖެހޭނެ އެވެ. ދެން ލަހުން ހޭލެވުމަކީ އޭނާގެ މައްސަލަ އެއް ހެއްޔެވެ. ކިޔާން އަށް އެލާމް ވާއިރަށް ހޭލެވުނަސް ދެން ހުރިހައިމެން ކިޔާން ހާ ނިދިމަޑު ނުވެދާނެއް ނޫން ހެއްޔެވެ.

ނަމާދުން ފައިބައިގެން އައި ދެ ރަހްމަތްތެރިންގެ ދެމެދުގައި ދެކެވެމުން ދިޔައީ އެމީހުންގެ ދެން އެންމެ ގާތް މިތުރު ކަމުގައިވާ މިޝަލްގެ ވާހަކައެވެ. ދެމީހުން ވެސް މިޝަލްގެ ހަބަރެއް ނުވާ ވާހަކަ ދައްކަމުން ދިޔައިރު އެމީހުން ތިބީ މިޝަލް އަށް ކަމެއް ވީ ކަމަށް ހާސް ވެފައެވެ. “ޒީޝް އަޅެ އެ ދައިތަ ގަނޑަށް މެސެޖް ކޮށްބަލަ. ކިތަންމެ ބޮޑު ކަމެއް ވިޔަސް އޭނަ ހުރެދާނެ މީހަކު ކައިރި ނުބުނެ” ކިޔާން އެންމެ ފަހުން ނުހުރެވިގެން ބުނެލިއެވެ.

ނަމާދުކޮށް ނިންމާފައި ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި މިޝަލް އަށް ފޯނަށް ބަލައިލެވުނީ ނޯޓިފިކޭޝަން އެއް އައި އަޑަށްށެވެ.އެނާ އަށް  ދެ ބުމަ ކައިރި ކޮށްލެވުނީ މިހާ ފަތިހާ މީހަކު އޭނައަށް މެސެޖު ކުރުމުންނެވެ. ދެން މިޔޮށް ފަދަ ގަޑީގައި ދެ ލޮލަށް ނިދި ނާރައިގެން މިއުޅެނީ ކާކު ހެއްޔެވެ.ފޯނު ބަލައިލި އިރު އޮތީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ،ޒީޝަންގެ މެސެޖެކެވެ. ޒީޝަން ފޮނުވާފައި އޮތް މެސެޖު ގައި އޮތީ ކިޔާން މިޝަލް ގެ ހަބަރެއް ނުވެގެން މޮޔަވެގެން އުޅޭ ވާހަކައެވެ. ވަގުތުން މިޝަލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދެން މީހަކު އަޅެ ނުހޭ ވަރުހެއްޔެވެ. މުހައްމަދު ކިޔާން އަކީ މިޝަލްއަށް ޖެއްސުން ކުރުމުގައި އެންމެ ކުރީގައި އަތުކުރި އޮޅައިލައިގެން ހުންނަ މީހެކެވެ. ޒީޝަން އަށް ވުރެ ވެސް ކިޔާން މާ މިޝަލް ރުޅިއަރުވާ ހިތްވާނެއެވެ. އެކަމަކު މިޝަލްގެ ހަބަރެއް އެންމެ ދުވަހަކަށް ނުވުމުންވެސް ކިޔާން ހާސްވާން ވެއްޖެ ވިއްޔާއެވެ.

މިޝަލްއަށް ހަބަރެއް ނުވެވުނީ ވައިފައި ކަނޑާލާފައި އިނުމުން ކަމަށް ލިޔެފައި އޭނާ މެސެޖު ފޮނުވާލިއެވެ. އިރުކޮޅެއް ވަންދެން ޒީޝަން އަށް މެސެޖް ކުރަން އިނދެފައި 5:30  ވުމުން މިޝަލް ދިޔައީ އޭނާގެ މަންމައަށް ސައި ހެދުމަށް އެހީވާށެވެ. ބަދި ގެއަށް ދިޔައިރު މިޝަލްގެ މަންމަ، މިޝެލިން ރޮށި ފިހަން އުޅެއެވެ. ދިޔަގޮތައް ގޮސް މަންމަ އަތުން ދޭފަތް އަތުލުމަށްފަހު މިޝަލް ރޮށި ފިހަން ފެށިއެވެ. މިޝެލިން ވެސް ހިނިތުން ވެލަމުން ދެފަރާތަށް ބޯ ހޫރުވާލައިފައި އެހެން މަސައްކަތްތަކުގައި މަސްއޫލުވިއެވެ. 6 އެއް ޖަހަންދެން މަންމަ އަށް އެހީވާން އުޅެފައި މިޝަލް ދިޔައީ 7 ޖަހާއިރު ސްކޫލަށް ދާން ޖެހޭތީ ތައްޔާރު ވާށެވެ.

ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި އަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރު ތަކެވެ. މަޑު ނޫކުލައިގެ ގަމީސް ކަނޑު ނޫ ކުލައިގެ ސްކާޓްގެ ދަށަށް ބެގީ ކޮށްފައިވާ އިރު ލައިފައި ވަނީ ވެސް ހަމަ އެކުލައިގެ ހަރުވާޅެކެވެ. ޕްރިފެކްޓް ޓައި އެއް އަޅައިފައި ވާއިރު އޭނާ ދިޔައީ ހިތްހަމަ ޖެހޭ ގޮތަށް އަތުގައި އޮތް ކަނޑު ނޫ ކުލައިގެ ބުރުގާ ނޭޅިގެން ރުޅިގަދަވަމުންނެވެ. މިއަދު ފަތިހު އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އަށް ގުޅުމުން ފޯނު ނުނެގީމައި އޭނާ ދިޔައީ އޭގެ ރުޅި އަތުގައި އޮތް ބުރުގަލަށް ބާލަމުންނެވެ. އެހެން ހުއްޓާ އޭނާގެ ދޮންތަ ގޮވާ އަޑަށް ކޮޓަރި ދޮރާ ދިމާލަށް ބަލައިލެވުނެވެ. “އަލްޔާ. މިހާރު އެޔޮށް ސްކޫލަށް ދާ ގަޑިޖެހެނިއްޔޭ.މިއަދު ގަޑި ޖެހެންވާއިރަށް ސައިން އިން ނުވެވިއްޖެޔާ މިސް ރުޅިއަންނާނެ.” އަލްޔާގެ ދޮންތަ، އިލްޔާ ކޮޓަރި ދޮރު ހުޅުވާލާފައި އެހެން ބުނި އަޑަށް އަލްޔާއަށް ފޯނުން ގަޑި ބަލައިލެވުނެވެ. ވަގުތުން އަލްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަޑިން 6:45  ވިއްޔެވެ. ޕިރިފެކްޓުން ސްކޫލު ގަޑި ޖެހުމުގެ ދިހަ މިނެޓު ކުރިން ދާންޖެހޭނެއެވެ.”އަލްޔާ ދެންވެސް އަވަސް ކޮށްގެން ދާން އާދެބަލަ. އެހެން ނޫނީ ދޮންތަ މިދަނީ” އިލްޔާ އެހެން ބުނެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. “އަލް މިދަނީ އޭ…” ބުރުގާ ހަދަމުން ހަދަމުން ނިކުން ނަމުން އަލްޔާ ގޮވާލިއެވެ.

އަވަސް ހިނގުމެއްގައި ސްކޫލް އާއި ދިމާލަށް ދިޔަ އަލްޔާގެ ހިނގުން މަޑުވެލީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އޭނާ އެންމެ ރުޅިއަންނަ އަންހެން ކުއްޖާ އާއި ވާހަކަ ދައްކަން އެހެރީ އޭނާ ރައްޓެހިވެގެން އުޅޭ ޒީޝަން ނޫން ދެވަނަ މީހެއް ނޫނެވެ.  އެ ދެ މީހުން ހީ ހީ ފައި ވާހަކަ ދައްކަން ކަމުން ދިޔަ ގޮތުން އަލްޔާގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. ސްކޫލް ގަޑި ޖެހެން ކައިރި ވެފައި ހުރުމާއި އެކު ފަހުން ޒީޝަން އާއި ވާހަކަ ދައްކަން ނިންމަމުން އަލްޔާ ސްކޫލް އާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ކިޔާން ނިކުންނަންދެން ކިޔާންގެ ގޭ ކައިރީ ގައި މިޝަލް އާއި އެއްކޮށް މަޑުކޮށްގެން ހުރި ޒީޝަންގެ ލޮލުގައި އެމީހުނަށް ފުރަގަސް ދީފައި ދިޔަ އަލްޔާ އަޅައިގަތެވެ. ހަމަ ޔަގީން ނުން ވެސް އަލްޔާ އަށް ޒީޝަން މެން ފެންނާނެ އެވެ. ދެން މިއަދު ދުވަސް މި ދިޔައީ އޭ ހިތަށް އަރާފައި ޒީޝަން ގެ ބޮލުގައި ރިއްސައިގަތެވެ. މިއަދު ފަތިހު އަލްޔާ ގުޅުމުން ވެސް މިސްކިތުގައި ހުރުމުން ޒީޝަން އަކަށް ފޯނުނެގޭ ގޮތެއް ނުވިއެވެ. ފަހުން ގުޅަން ވެސް ހަނދާން ނުވީ މިޝަލް އަާއި ވާހަކަ ދައްކަން އިނުމުންނެވެ. ދެން އަދި މިޝަލް އާއި ދެމީހުން އެކަނި ތިއްބާ ފެނުމުން އަލްޔާ ކިހާ ރުޅިއެއް އަންނާނެ ހެއްޔެވެ. އެހެން ހުއްޓައި ކިޔާން އައުމުން ތިން އެކުވެރިން މިސްރާބު ޖެހީ ސްކޫލް އާއި ދިމާލަށެވެ.

 

ސްކޫލަށް ދިޔަ މަގުމަތީގައި ވެސް ކިޔާން އާއި މިޝަލް ޒުވާބު ކުރުން ނޫން ކަމެއް ނުކުރެއެވެ. ޒީޝަން ވެސް އެމީހުން ގެ ކޯޅުން ގަނޑު ފެނިފައި ހީލަހީލާ ހުއްޓެވެ. އެ ދެ މީހުންގެ މަޖާ ކޯޅުން ގަނޑު ފެނިފައި ޒީޝަންގެ ސިކުނޑިން އަލްޔާގެ ހިޔާލުތައް  ހިނދުކޮޅަކަށް ކައްސާލައިގެން ދިޔައެވެ. ތިން އެކުވެރިން ބެލް ޖެހުމާއި އެކު ސްކޫލްގެ ތެރެއަށް ވަދެފައި  އެކުއްޖެއްގެ ކްލާހާއި ދިމާލަށް މިސްރާބު ޖެހިއެވެ. މިޝަލް ގުރޭޑް 8 ގައި ކިޔަވަމުން ދިޔަ އިރު ޒީޝަން ކިޔަވަމުން ދިޔައީ ގުރޭޑް 9 އެއް ގައެވެ. މި އަހަރަކީ ކިޔާންގެ އެންމެ ފަހު އަހަރުކަމުން ކިޔާން ކިޔަވަމުން ދިޔައީ ގުރޭޑް 10 އެއް ގައެވެ.

މިޝަލް ކުލާހަށް ވަން އިރުގައި މިޝަލް އާއި ދިމާލަށް ލޯ އަޅައިގެން އަލްޔާ އިނެވެ. އަލްޔާ ރުޅިއައިސްފައި އިން ސަބަބު ނޭނގޭ މިޝަލް ހީކުރީ އެހެން އަންހެން ކުދިން ހެން އަލްޔާ ވެސް މިޝަލްގެ ރީތި ކަމާހުރެ ހަސަދަވެރި ވެގެން ލޯ އަޅަން އިނީ ކަމަށެވެ. އެހެންކަމުން މިޝަލް އަޅާނުލާ ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. މިޝަލް އަކީ އާދަޔާ ޚިލާފު ރީތި ކަމެއް ލިބިފައިވާ ކުއްޖެކެވެ. އޭނާގެ ދޮން ހަންގަނޑާއި މަޑު މުށި ކުލައިގެ ދެލޮލަކީ އެންމެން ވެސް އެންމެ އަޅައިގަންނަ އެކައްޗެވެ. ކޮންމެ އަންހެން ކުއްޖެއްގެ ވެސް”ޑްރީމް ބޮޑީ” މިޝަލް އަށް ލިބިފައި ވާ އިރު މިޝަލް މޮޑެލް އަކަށް ދޫނުކުރެއެވެ. މި ސިފަތައް މިޝަލް އަށް ލިބިފައި ވާތީ މީހުންގެ ހަސަދަވެރި ލޮލަކީ މިޝަލް އަށް އާ ކަމެއް ނޫނެވެ. އެހެން ކަމުން އެހެން ފަހަރު ތަކެކޭ ވެސް އެއް ގޮތަށް މިފަހަރު ވެސް މިޝަލް އަޅާ ނުލާ އިނީއެވެ.

ކުލާހަށް ޓީޗަރު ނާންނާތީ ފޫހި ވެގެން ހަލާކުވާން ކައިރި ވެފައި އިން މިޝަލް ސިއްސައިގެން ދިޔައީ މީހަކު އައިސް އޭނާ ސިއްސުވާލުމުންނެވެ. ފަހަތައް ބަލާއިރު އިރު ފަހަތުގައި ހުރީ މިޝަލް އާއި ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. ހަމަ އެ ކުއްޖާ ފެނުމާއި އެކު މިޝަލް އެކުއްޖާއަށް ލޯ އަޅައިލާފައި ތަދުނުވާނޭ ވަރަށް އަތުގައި އޮތް ފޮތުން ޖަހާލިއެވެ.

Comments (12)

  1. GIIRRLL

    Wow varah reethi mashallah
    Ummeedhu kuran kuriyah oiy thanuga vx mi vhk kiyaalan libeyne kamah
    Patiently waiting ❤️

    1. Foxii
      GIIRRLL

      Thanks GIIRRLL
      IA Friday or Saturday ga next part kiyaalan libeyne☺️

  2. leeshaa

    foxii sis
    mi part vx vrh reethi Masha Allah 💗💗💗
    keep it up darl lysssm 😘😘😘

    1. Foxii
      leeshaa

      Thankssss leeshaa💗
      Next part Friday or Saturday ga IA
      Lym😘

  3. Ghost girl 👻

    Masha Allah vrh reethi curiously waiting for the next part keep the good work
    Vrh curious vejje when’s next?????

    1. Foxii
      Ghost girl 👻

      Thank u Ghost girl 👻
      Next part Friday or Saturday ga

  4. Nayerr

    Masha Allah mi part vrh reethi curiously waiting for the next part I appreciate your hard work Keep it up when’s next part 🤍
    Vrh loabivey bodukoh❤️😘

    1. Foxii
      Nayerr

      Thank u Nayerr
      IA next part Friday or Saturday ga
      Lym😘

  5. Blackyyyyy

    Masha Allah vrhh reethi👍
    Aneh baige inthizaaruga hehe
    I wonder alya aa mishal aa dhemedhuga anehkaa Kameh vefa othybaa ey I mean Emme rulhi Anna kujjaa ey inyma… Well.. I’m waiting and waiting 😁
    Keep it up ❤️ LYSM ❤️

  6. noya

    yo foxii eyneenu cover ga mishal ge name in pic eh is it raahjje kuhjjeh??
    vrh fenunu pic akaa vahtharu v ma ahaalee

    1. Foxii
      noya

      Yh i found her on tiktok her id is masaa_lath
      I adore her a lot so inuse

    2. Foxii
      noya

      Yh i found her on tiktok masaa_lath is her id
      I adore her a lot so i used her pic

Comments are closed.