Skip to content
އެސްފިޔަ

ނުކުރާށެބާކީ، ކުށަކާ ނުލާ 3

“ޒީޝަން އަށް އަލް އަށް ވުރެ ބޮޑަށް އެ މިޝަލް ގަނޑު މުހިންމުވީ ދޯ. އަލް އަށް ގުޅަން ހަނދާން ނުވި މީހަކު މިޝަލް މަތިން ހަނދާން ހުރި. އޭނާއަށް މެސެޖު ވެސް ކުރެވުން. ޒީޝަން އަށް މިޝަލް ތިހާ މުހިންމީއާ އޭނަ ކައިރިއަށް ދާން ވީނު. އަލް އަށް މިހާރު ޝައްކު ތި ދެމީހުން އަކީ ބެސްޓީސް ކަމާއި މެދު ވެ-” އަލްޔާގެ ވާހަކަ މެދުކެނޑުނީ ޒީޝަން އޭނާ ގެންގޮސް އެތާ ކައިރީގައި އިން ފަޅުގެއެއްގެ ފާރާއި ޒީޝަން އާއި ދެމެދު ހައްޔަރު ކޮށްލުމުންނެވެ.

***********************************

“އަލްޔާ  އަނެއްކާވެސް މަށާ ބްރޭކަޕް ވާންތަ ބޭނުންވަނީ؟ މިޝަލް އާއި އޮންނަ ގުޅުމާއި މެދު ޝައްކު ކުރާ އިރު ވެސް އަލްޔާ އަށް ހަމަ ރަނގަޅަށް އިނގޭނެ އެއީ މަ ކޮއްކޮ އެހެން ދެކޭ ކުއްޖެއްކަން. އޭނަ ވެސް މަށާ ދޭތެރޭ ދެކެނީ ދޮންބެއެއް ގޮތައް. މަށާ އެއްކޮށް އުޅެން ބޭނުން ނޫނީ އާ ވެސް ރީއްޗަށް ބުނެބަލަ ދޯ.” އެހިސާބަށް ބުނެވުނު އިރަށް ޒީޝަންގެ އަރުތެރެ ބެދޭގޮތް ވިއެވެ. ދެން އިތުރަށް ވާހަކަދައްކަން އުނދަގޫ ވުމުން ކަރުނަވީ ދެލޮލާ އެކު ޒީޝަން އަލްޔާގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ.

ޒީޝަންގެ ކަރުނަވީ ދެ ލޯ ފެނިފައި އަލްޔާގެ ރުޅިގަނޑު ދިޔަ ތަނެއްވެސް ނޭނގެއެވެ. އެހެންޏާ އަލްޔާ އާއި  ދިމާލަށް އަބަދު “އަލް” ކިޔައިގެން މުހާތަބު ކުރާ ޒީޝަން މިއަދު އަލްޔާ އޭ ކިޔުމުން ޒީޝަން އައިސްފައި ހުރި ރުޅި އާއި ވެފައި ހުރި ދެރަ އަލްޔާ އަށް އަންދާޒާ ކޮށްލެވުނެވެ. “ޒީޝް. އައިމް ސޮރީ އައި ޑިޑިންޓް މީން އިޓް. އަލް ބޭނުމެއް ނޫން ބްރޭކަޕް ވާކަށް… އައި ލަވް ޔޫ” އަލްޔާ އެންމެ ފަހުން ބުނެލިއެވެ. “ޕްރޫވް އިޓް” ޒީޝަން ވެސް މިއަދު ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ކޮންމެ ފަހަރަކު މައްސަލައެއް ޖެހޭއިރަށް އަލްޔާ ވެސް ކަންތައް ކުރާ ގޮތަކީ އެއީއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އަލްޔާ ޒީޝަންގެ އުނީފޯމު ގިރުވާނުގައި ހިފާ ކުޑަކޮށް ދަމާލަމުން ޒީޝަންގެ މަޑު ފިޔާތޮށި ކުލަ އަރާފައިވާ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ވީ ޒީޝަންގެ ލޮލުތެރޭގައި ގައިދު ވެފައިވީ ކަރުނަތައް ވެސް އޭގެ މަގާމު ދޫކޮށް ފޭބި ވަގުތަށެވެ. އަލްޔާގެ އެ އަމަލުން ހިނދުކޮޅަކަށް ދުނިޔެ ހުއްޓުނު ހެން ޒީޝަން އަށް ހީވިއެވެ. ހިތުގައި ހުރި ހުރިހާ ޝަކުވާތަކެއް މަތިން ހަނދާން ނައްތާލައިފާ ޒީޝަން ވެސް އެ ޢަމަލު ބައިވެރިވިއެވެ. އިރުކޮޅެއް ފަހުން ދެމީހުން ދުރުވި އިރު ދެމީހުންގެ ނޭވާވެސް ވަނީ ހިތުގެ ތެޅުންހާ އަވަސްވެފައެވެ.

“މަންމަ ބްރޭކް އަށް ގެއަށް ދާން ވާއިރަށް އަލް ޖެހޭނެ ގެއަށް ދާން. ބާއި. ލަވް ޔޫ” ގަތް ލަދުން އެތާ ހުންނަން ނުކެރުމުން އެހެން ބުނެފައި  އަލްޔާ އެތަނުން ދާން ހިނގައިގަތެވެ. އަލްޔާ ދިޔަތަން ބަލަހައްޓައިގެން ހުރި ޒީޝަން ބޮޑުވައި އިނގިލިން ތުންފަތް ފޮހެލަމުން ގެއަށް ދާން މިސްރާބު ޖެހިއެވެ.

ދުވަމުން ގޮސް ގެއަށް ވައިން އަލްޔާ އަށް އެންމެ ފުރަތަމަ ވެސް ކުރިމަތި ލާން ޖެހުނީ އޭނާގެ މަންމަ އާއި އެވެ. މިއަދު މަންމަ ގެ ސުވާލު ތަކާއި ކުރިމަތިލާން ޖެހޭނެކަން އިނގުމުން އަލްޔާއަށް ހިންދިރުވާލެވުނެވެ. މޫނުމަތިން ހާސްކަން ނުދައްކާ ވޭތޯ އަލްޔާ ދިޔައީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. “ކޮންތާކު ތެޅި ތެޅިފަ ތިޔައީ؟” އަލްޔާ ގެ މަންމަ، އަލާޔާ އެންމެ ފުރަތަމަ ވެސް އެހީ އެހެންނެވެ. “މި…މި އައީ ރައްޓެއްސަކާއި ވާހަކަ ދައްކަން ހުރެފަ” އެންމެ ފުރަތަމަ ހިތަށް އެރި އެތި އަލްޔާ ބުނެލިއެވެ. “ކޮންތާކު ހުރީ؟” އަލްޔާ ގެ މޫނުން ފެންނަން ހުރި އަސަރު ތައް ދިރާސާ ކުރާ ކަހަލަ ގޮތަކަށް އަލްޔާ އާއި ދިމާލަށް ބަލައިލަމުން އަލާޔާ ބުންޏެވެ. “މަގުމަތީ ހުރީ. މަންމަ ހާދަ އަވަހަކަށް ސްކޫލުން ތި އައީ އޯ؟ މަންމަ އެހެންޏާ ބްރޭކް އަށް އަންނަނީ 1 ޖަހާއިރެއްނު.” ވާހަކަ އޮޅުވައިލަންވެގެން އަވަސް އަވަހަށް އަލްޔާ ބުންޏެވެ. “އަލްޔާ އަށް ގަޑިން ވީ ވަރު އިނގޭތަ؟ މިހާރު އެ އޮތް 1 ގަޑި ފަނަރަ ވަނީ. އަލްޔާ ކިޔަވާވެސް ނިމޭނެ 12:45. ދެން މިއޮއް ހާ އިރު ވަންދެން އަލްޔާ ހަމަ ރައްޓެއްސަކާއި ވާހަކަ ދައްކަން ހުރީ؟” މިފަހަރު އަލާޔާ ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުން ހޫމް ލައްވައި ލާފައި ފެންވަރަން ދަނީ ކަމަށް ބުނެ އަލްޔާ ކޮޓަރިއަށް ވަނެވެ.

އާ ދުވަހަކަށް އިރު އެރީ މިޝަލް އާއި އަލްކާ ފާލަން މަތީ  އިރު އަރާ މަންޒަރު ބަލަން ތިއްބައެވެ. މިޝަލް އެކި ކަހަލަ ވާހަކަ ދައްކަމުން ދިޔަ އިރު އަލްކާ ހީވަނީ ދެންމެ ދެންމެ ނިދިގެން ވެއްޓި ދާނެ ހެންނެވެ. އިރު ކޮޅު ކޮޅަކާއި އޭނާ މިޝަލް އާއި ދިމާލަށް ކުދި ކިޔައެވެ. ދެން އަޅެ މީހަކު ކުދި ނުކިޔާ ވަރު ހެއްޔެވެ. އެހާ އަރާމުކޮށް ނިދާފަ އޮށްވާ ސަންރައިސް ބަލަންށޭ ކިޔާފަ މިޝަލް އޭނާ ހޭލައްވަލާލައިފިއެވެ.  އޭނާ ނުހޭލައިފިއްޔާ މިޝަލް އެކަނި ވެސް ދާނެ ކަން އިނގޭތީ މިޝަލް އެކަނިން ނުފޮނުވަން އޭނާ އައީއެވެ. އޭނާ ހުރީ މިޝަލް އެކަނި އަނދިރީގައި އޭނަގެ ގެއަށް އައުމުން ވެސް ހައިރާން ވެފައެވެ. މި އަންހެނާގެ ބިރޭ ކިޔާ އިހުސާސް އެއް ނުހުންނަނީ ހެއްޔެވެ. އިރު އަރާ ނިމުމުން އަލްކާ މިޝަލްގެ އަތުގައި ހިފާ ދަމަމުން ގެއަށް ދާން މިސްރާބު ޖެހިއެވެ. އޭރުވެސް މިޝަލް ދިޔައީ އަދި އިރުކޮޅަކު މަޑުކޮށް ބަލާށޭ ކިޔާފައި އާދޭސް ކުރަމުންނެވެ. ނިދި އައިސްފައި ހުރިލެއް ބޮޑު ކަމުން މިޝަލް ދައްކާ ވާހަކަ އަޑު އިވޭ ކަމަށް ވެސް ނުހަދާ އަލްކާ އޭނާ ދަމަމުން ގެއަށް ގެންދިޔައެވެ. މިޝަލް ގެއަށް ލުމަށްފަހު ދެން އޭނާ އަށް ދުއްތުރާ ނުކުރަން ބުނެފައި އަލްކާ ގެއަށް ދިޔައެވެ.

މިޝަލް ގެއަށް ވައިން ތަން ބަލަން ހުރި ކިޔާންގެ ތުންފަތް މަތީ ވަނީ މައުނަވީ ހިނިތުން ވުމެކެވެ. މިއަދު އޭނާ ނަމާދުން ފައިބައިގެން ފާލަން ކައިރީ ހުއްޓާ މިޝަލް މެން އަންނަ ތަން ފެނުމުން އެމީހުން އެތަނަށް އައީ ކީއްކުރަން ތޯ ބަލަން، އެތާ ކައިރި އިން ގުނދަނެއް ކަހަލަ ތަނަކަށް ފިލީއެވެ. ކިތަންމެ މިޝަލް އަށް ޖެއްސުން ކޮށްލަން ދާ ހިތްވިޔަސް އަލްކާ ހުރުމުން ކިޔާން އަކަށް ދާކަށް ނުކެރުނެވެ. އެހެން ކަމުން މިޝަލް މެނަށް ހިލަމެއް ނުވާނެ ހެން ކިޔާން މިޝަލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރީއެވެ. މިޝަލް މެން ގެއަށް ދިޔަ އިރު ވެސް ކިޔާން އަށް އެމީހުން ފަހަތުން ދެވުނީ އިޙްތިޔާރުން ބޭރުގައެވެ. ޚުދު ކިޔާން އަކަށް ވެސް މިހާރު އޭނާއަށް ވަމުންދާ ގޮތެއް ނޭނގެއެވެ. އެ ހިތް އަބަދު އެދެނީ މިޝަލްއާ ވާހަކަ ދައްކާށެވެ. މިޝަލް ނުފެނިއްޖެ ނަމަ އޭނާގެ ދުވަސްވެސް ފުރިހަމަ ނުވެއެވެ. އެންމެ ދުވަހަކު މިޝަލް ނުފެނުނަސް މިޝަލް އަށް ކަމެއް ވީ ކަމަށް އޭނާ ހާސްވެއެވެ. ކިތަންމެ  ގަބޫލު ކުރަން ބޭނުން ނުވިޔަސް ކިޔާން އަށް މިހާރު މިޝަލް އައި މެދު ތަފާތު ނަޒަރުން ދެކެވޭކަން އޭނާއަށް އިނގެއެވެ. އެކަމަކު ވެސް އޭނާއަށް ހިތުގެ ހާލު މިޝަލް ގާތު ބުނަން ފަސްޖެހެވެނީ މިޝަލް އޭނާއަށް ނޫނެކޭ ބުނެފާނެތީއެވެ. އޭނަ އާއި ޒީޝަން އާއި ބިޓެއް ނުގެންގުޅެންހޭ އަހާއިރަށް މިޝަލް އަބަދުވެސް އެއީ އޭނަ ކުރާހިތްވާ ކަމެއް ނޫންކަމަށް ބުނާނެއެވެ. މި ކަހަލަ ސަބަބު ތަކާއި ހުރެ ކިޔާން އަށް ވަނީ އޭނާގެ ހިތުގެ ހާލު ފޮރުވަން މަޖުބޫރު ވެފައެވެ.

(ނުނިމޭ)

 

 

Comments (10)

  1. naura

    vrh reethi mi part vx Masha Allah ❤️
    keep it up darl ❤️
    lyssssssssm

    1. Foxii
      naura

      Thankss naura
      Lym😘

  2. Nayerr

    Mi part ves vrh reethi when’s next part curiously waiting for the next part lysm foxii ❤️

    1. Foxii
      Nayerr

      Thank u Nayerr
      Next part IA Tuesday ga up kohleveytho balaanan
      Lym 💗

  3. Vihyaa

    Why haadha kurey …
    Kiyavaa kuhjeh thr??
    I man rashuga ulheyne girl kuhjeh zeeshan kiyaa…🤣
    Anyways mi part vx varah varah reethi..

    1. Foxii
      Vihyaa

      Thankssss Vihyaa
      I’m sick..so i couldn’t write it
      But next part dhigukoh liyeveytho balaanan IA
      Yes I’m a student
      Ly💗

  4. naberr

    heyy mi part ves vrh reethi inge dhnmme hama hurihaa episode eh kiyaaly mi so i thought hurihaa episoe eh kiyaalaafae ehkoh comment eh dheynihyyey
    vrh curious next part ahh when is next part
    good luck ingge my gurl
    love you

    1. Foxii
      naberr

      Thank u soo much naberr
      Vrh ufaa vehje comment kohleema😊
      I’m not feeling well but I’ll try my best to upload it quickly
      Lym💗

  5. Alkko32

    Wow Masha Allah Varah reethi
    Hama Kiyaa Konme part akun interesting vamun dhany
    Luv u gurlly💝

    1. Foxii
      Alkko32

      Thanks Alkko32
      Lym😊

Comments are closed.