ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައި ދިޔައީ ގަދަވަމުންނެވެ. ވައި ޖެހޭލެއް ބާރުކަމުން ގަސްތައް ވެސް ހީވަނީ ދެންމެ ދެންމެ ލުހިގެން ހިނގައިދާނެހެނެވެ. ނަގާ ބޯމަތިވެފައިވާ ބޯވިލާގަނޑުން ކުއްލިއަކަށް ވިއްސާރަ ވެހެންފެށީ ކުރިއަށް އޮތް ކޮޅިގަނޑުގެ އިންޒާރުތައް ދެމުންނެވެ. ދޭތެރެ ދޭތެރެއިން ވިދާލައިފާ ޖަހާަ ބާރު ގުގުރީގެ އަޑު ކަންފަތާއި ހަމަޔަށް އަންނަނީ ނާމާންކޮށެވެ. މި ތޫފާނީ ރޭގައި ކޮންމެ މީހަކު ވެސް ބޭނުންވާނީ ރަޖާގަނޑު ދަށަށް ވަދެ ނިދަން ކަން ގައިމެވެ. ނަމަވެސް ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި 15 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނުވެއެވެ.
ކަޅު ކުލައިގެ ފަން އިސްތަށިގަނޑެއް އެ ކުއްޖާ އަށް ލިބިފައި ވާ އިރު އިސްތަށިގަނޑުގެ އެއްބައި ނިއްކުރި މައްޗަށް ވެއްޓިފައި އޮތް ގޮތުން ވަރަށް ހިތްގައިމު ކަމަށް ދައްކައެވެ. އޭނާއަށް ލިބިފައިވާ ކަޅުކަންގަދަ ދެ ލޮލުން ބަލައިލި މީހަކަށް ރިހުން ފެންނާނެ ކަން ގައިމެވެ. ދޮން ހަންގަނޑަކާއި ހެޔޮ ވަރުގެ އިސްކޮޅެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެކެވެ. އޭނާގެ މޫނުމަތީގައި ހިނިތުން ވުމެއް ވާނަމަ އަދި ކިހާ ހިތްގައިމު ވެފައި ރީތި ވީސް ހެއްޔެވެ.
ކުއްލިއަކަށް ޖަހާލި ބާރު ގުގުރިއާއެކު ސިއްސައިގެން ގޮސް އޭނާ އަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. އަވަސް ހަރަކާތްތަކާއި އެކު ލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެލި ގޮތުން އޭނާ ރޮވުނުކަން އެއްވެސް މީހަކަށް އިނގެން ބޭނުން ނުވާކަން ހާމަ ވެއެވެ. އޭނާގެ ނަޒަރު ދެން ދަތުރުކުރީ އަތުން ފައިބަމުން ދިޔަ ލޭ ތަކަށެވެ. އަތުގައި މަހުގައި އަނި އަޅާހެން ތޫނު އެއްޗަކުން އަޅާފައި ވާއިރު އެކަމުން އޭނާއަށް އެއްވެސް އަސަރެއް ކުރާހެނެއް ހިޔެއް ނުވެއެވެ. އަތުގައި ހުރި ލޭތައް ފޮހެލި އިރުވެސް އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
ގައިގައި ވަރު ނެތް މީހަކު ފަދައިން ހިނގައިފައި އެނދާއި ދިމާލަށް ދިޔައިރު ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. އެނދުގައި އޮށޯ ތުމަށް ފަހު ރަޖާގަނޑު ގައިގައި އެޅި އިރު ވެސް ހީވަނީ މަޖުބޫރު ވެގެން ނިދަން އުޅޭ ހެންނެވެ. ސީލިންގައި ދިމާއަށް ބަލަހައްޓައިގެން އޭނާ އޮތީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނޭނގެއެވެ. އޭނާގެ މޫނުމަތިން އޭނާ ކަމަކާ ވަރަށް ބޮޑަށް ވިސްނާކަން އިނގެއެވެ. ފިކުރު ތަކުގައި ގެއްލިފައި އޮށްވާ އޭނާގެ ލޯ މަޑުމަޑުން މެރެން ފެށިއެވެ. އިރުކޮޅެއް ނުވެ އޭނާ ފުންނިންޖެއްގެ ތެރެއަށް ގެނބިއްޖެއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ.
އެއީ ކާކު ހެއްޔެވެ.؟
އޭނާގެ އަތުގައި އެއީ މީހަކު އޭނާއަށް ދީފައިވާ އަނިޔާއެއް ހެއްޔެވެ؟
ނޫނީ އޭނާ އަމިއްލައަށް ކުރި ކަމެއް ބާވެއެވެ؟
ކޮންމެވެސް ބޮޑު ކަމެއް ދިމާވެގެން ނޫނީ މީހަކު އަމިއްލަ ނަފްސަށް ގެއްލުމެއް ނުދޭނެއެވެ.
މި ކުއްޖާ މި ކަން ކުރަން މެދުވެރިވި ސަބަބަކީ ކޮބާބާވެއެވެ؟
މި ކުއްޖާ ތަހައްމަލް ކުރަމުން މި ދަނީ ކޮން ކަމެއް ހެއްޔެވެ؟
މި ސުވާލު ތަކުގެ ޖަވާބު ހޯދުމަށް އަޅުގަނޑުގެ ފުރަތަމަ ވާހަކަ “ނުކުރާށެ ބާކީ ކުށަކާ ނުލާ..” އަށް އިންތިޒާރު ކޮއްލައްވާ!!!
9 Comments!
Comments are closed.

Masha Allah 😍 vrh reethi
Curiously waiting for the first ep…
Ly….🥰
Tc 💓
Thanks Ghost girl 👻
I have already submitted the first part
Lym 😘
Tc
Hey guys👋
This is the trailer of my first story i write for this site
I will accept both negative and positive comments
And i have already submitted the first part
Hope i get support from y’all
Foxii I can’t see the first part I only see the trailer but you said you upload it where is it 🤍❤️
Adhi publish nuvany kanne 😊
hiii foxii sis
oh my the trailer gives me goosebumps 😬
can’t wait to see how it will go…
take care 💗
vrh loabiveyyyy vrh bodukohhh 😘😘😘
Thanks leeshaa 💗
Lym darling 😘
Varah reethi trailer eh!!
Keep it up!
You’ll get my support
Waiting for the first part
Thanks Your fav bab
Happy to hear that I’ll get ur support
Mhr first part submit kohlevifa vaani