ކުލާހަށް ޓީޗަރު ނާންނާތީ ފޫހި ވެގެން ހަލާކުވެފާ އިން މިޝަލް ސިއްސައިގެން ދިޔައީ މީހަކު އައިސް އޭނާ ސިއްސުވާލުމުންނެވެ. ފަހަތައް ބަލާއިރު އިރު ފަހަތުގައި ހުރީ މިޝަލް އާއި ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. ހަމަ އެ ކުއްޖާ ފެނުމާއި އެކު މިޝަލް އެކުއްޖާއަށް ލޯ އަޅައިލާފައި ތަދުނުވާނޭ ވަރަށް އަތުގައި އޮތް ފޮތުން ޖަހާލިއެވެ.
*************************************
“ޢާއިޝަތު އަލްކާ!!! ކިތައް ފަހަރު ބުނާނީ ތިހެން ނުހަދާށޭ.” ދެލޯ އަޅައިގެން އިނދެ މިޝަލް އަލްކާ އާއި ދިމާލަށް ބުނެލިއެވެ. “ދައިތަ ގަނޑު ވެސް މަ ގައިގަ ތެޅުން ހުއްޓާލަން ވެއްޖެ އެއްނު ދޯ. ވަރަށް ތަދަވެއްޖެ އޭ..” މިޝަލް ބުނި އެއްޗެއް އަޑު އިވޭ ކަމަށް ވެސް ނުހަދާ އަލްކާ ބުންޏެވެ.އެ ދެ މީހުންނަށް ބަލައިލި މީހަކަށް އެދެމެދުގައިވާ އެކުވެރި ކަމުގެ ވަރުގަދަ ގުޅުން ފެންނާނެއެވެ. ކުލާސް ފެށެން އަދިވެސް 10 މިނެޓް އޮތުމާއި އެކު ދެމީހުން ވަރަށް ފަހުން ނިކުތް ސީރީސް އެއްގެ ވާހަކަ ދައްކަން ފެށިއެވެ.
ހީ ހީ ފައި ވާހަކަ ދައްކަން ތިބި އަލްކާ އާއި މިޝަލް އާއި ދިމާލަށް ބަލަހައްޓައިގެން އިން އަލްޔާގެ ދެ ލޮލުން އޭނާ ހަސަދަވެރިވެފައިވީ މިންވަރު ހާމަވާން ހުއްޓެވެ. އިރު ކޮޅަކު އެ ދެ މީހުންނާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި އޭނާ މިޝަލް އާއި ދިމާލަށް ކިޔާނެ އެއްޗެއް ސިކުނޑީގައި ރާވާލިއެވެ. މިއަދު ހެނދުނު ފެނުނު މަންޒަރު އަދިވެސް ދިޔައީ އަލްޔާގެ ސިކުނޑީގައި އެނބުރެމުން ނެވެ. އެހެން އިނދެފައި އޭނާ ކުއްލިއަކަށް ތެދުވިއެވެ. ލަސް ފިޔަވަޅު ތަކެއްގައި މިޝަލް މެން ތިބި މޭޒާއި ދިމާލަށް ދިޔަ އިރު ކުރިން އޭނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރު ތަކުގެ އެއްވެސް އަސަރެއް މިހާރު ފެންނާކަށް ނެތެވެ. ފޭކު ހިނިތުން ވުމެއް ތުންފަތައް ވެރިކޮށްލައިގެން ހުރި އިރު އެތެރެއިން އޭނާ ހުރީ ރުއައިސްގެން ފަޅައިގެން ދާ ވަރު ވެފައެވެ.
“އޭ އަލް.. މިއަދު ދިން ފިލާވަޅުތައް މާދަމާ ނިންމާލައްޗޭ!! ދެން ހޮނިހިރު ދުވަހު މެންދުރު ފަހު އާދޭ އަޅުގަނޑުމެން ގެއަށް އެ ސީރީސް ބަލަން.. އޯކޭ؟”މިޝަލް އަލްކާ ކައިރި އަހާލިއެވެ. “އެކަމް މާދަމާ އެއީ ހުކުރު ދުވަހޭ…އެއީ ނިދާ ދުވަސް ވިއްޔަ. މާދަމާ ފިލާވަޅެއް ނުހެދޭނެ.” އަލްކާ ތުން ދަމާލަމުން ކުދިކިޔައިގަތެވެ.”އެހެން ވިއްޔާ މިއަދު ހަދާ. އެހެން ނޫނަސް އަންހެން ކުދިން އެހާ ގިނަ އި-” މިޝަލް ވާހަކަ ދައްކަ ދައްކާ ހުއްޓާ މެދުކަނޑައިލަން ޖެހުނީ އަލްޔާ އެތަނަށް އައުމުންނެވެ.
“ހެއި ގާރލްސް. ކީއް ކޮށްލަނީ؟ ” މިޝަލް މެން ކައިރި ހުއްޓި ލަމުން އަލްޔާ އެކުވެރި ގޮތަކަށް ބުނެލިއެވެ.”ވާހަކަ ދައްކަން ތިބީނު. ކާންޓް ޔޫ ސީ؟” އަލްކާ ޖަވާބު ދިން އިރު މިޝަލް އަށް ކުރެވުނު ހާ ވެސް ކަމަކީ އަލްޔާ އާއި ދިމާލަށް އެއްބުމަ އަރުވައިގެން އިނުމެވެ. މިޝަލްގެ އަނގައިން ބަހެއް ބޭރު ނުވި ނަމަވެސް އޭނާގެ ހިތުގައި އޮތް ސުވާލު އޮތީ މޫނުމަތިން ރީއްޗައް ފެންނާށެވެ. މިޝަލްގެ މޫނަށް ބަލައިލި އަލްޔާ އަށް މިޝަލްގެ ހިތުގައި އޮތް ސުވާލު ފަހުމްވިއެވެ. އެހެން ކަމުން އަވަސްއަވަހަށް އޭނާ ދޮގެއް ހެދޭތޯ ބެލިއެވެ. “މި އައީ ފޫހިވެގެން ތި މީހުނާ ވާހަކަ ދައްކާލަން ކަމައް” އަލްޔާ އެހެން ބުނުމާއި އެކު މިޝަލް ވެސް އެހެން ހޭ ބުނެ އެމީހުން ކައިރި އިށީންނަން ބުންޏެވެ. އޭރުވެސް އަލްކާ ކުނި މޫނު ހަދައިގެން އިނެވެ. އަލްޔާ ދެކެ އޭނާ ފޫހި ވަނީ ވަކި ވަރަކަށް ނޫނެވެ. އަލްޔާ ހުންނަނީ ފާޑަކަށް މިޝަލް އާއި ޖައްސާލާފަކަން ވެސް އޭނާއަށް އިނގެއެވެ. އޭނާއަށް ނޭނގެނީ ޖައްސާލާފަ ހުންނަ ސަބަބެވެ.
ކުލާހުގައި އިން ޒީޝަން އިނީ ގެއަށް ދާ ގަޑި ޖެހޭނެ އިރެއްގެ އިންތިޒާރުގައެވެ. މިއަދު އޭނާއަށް ކުލާހުގައި ކިޔައިދިން އެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއްވެސް ނުވިއެވެ. އަލްޔާ އެނާދެކެ ރުޅި އަންނާނެ ވަރު ވިސްނެނީއެވެ. އަލްޔާ ގެއްލިދާނެ ކަމުގެ ބިރު ހީވުމުން ޒީޝަން އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. މިހާރު އަލްޔާ އޭނަ އާއި ދެ ފަހަރަށް ރުޅި ވެއްޖެއެވެ. ތިން ވަނަ ފަހަރަށް ރުޅި ވެއްޖެއާއި ދެން އަލްޔާ ދޫކޮށްލަން އޭނާ ވަނީ އަމިއްލަ ނަފްސަށް ވަޢުދު ވެފައެވެ. ކޮންމެ ފަހަރަކުވެސް މައްސަލައެއް ޖެހޭއިރަށް އަލްޔާ އަންނަ ރުޅީގައި މައްސަލަ ހައްލު ކުރަން މަސައްކަތް ވެސް ނުކޮށް ރުޅި ވަނީ އެވެ. އެހެންކަމުން ބައެއް ފަހަރު އަލްޔާ އޭނަ ދެކެ ލޯބި ނުވަނީ އޭ ހީވާ ފަހަރު ވެސް އާދެއެވެ. އެއިން ކޮންމެ ފަހަރަކު ޒީޝަން އަށް ޝަކުވާ ކުރެވެނީ މިޝަލް ކައިރިއެވެ. ކޮންމެ ފަހަރަކު ވެސް އެއީ އަލްޔާ ރުޅި އައީމަ ޒީޝަން އަށް ހީވާގޮތް ކަމުގައި ބުނެ މިޝަލް އޭނާ ހިތްހަމަ ޖައްސަދޭނެއެވެ. ކިޔާން އަށްވުރެ ބަޮޑަށް ޒީޝަން އަށް މިޝަލް ކައިރި އެ ވާހަކަތައް ދައްކަން ފަސޭހައެވެ. ކިތަންމެ ގިނަ އިރެއް ވިޔަސް މިޝަލް އޭނާގެ ޝަކުވާތައް އަޑު އަހާނެއެވެ. އޭނާ ބޭނުން ކޮންމެ ގަޑި އަކު މިޝަލް އޭނާގެ ވާހަކަތައް އަޑު އަހަން ވަގުތު ހުސްކުރެއެވެ. އެހެންކަމުން އޭނާ މިޝަލް ދެެކެނީ އޭނާގެ އަމިއްލަ ކޮއްކޮ ގޮތަށެވެ.
ބެލް ޖެހުމާއި އެކު އެންމެ ފުރަތަމަ ވެސް ކުލާހުން ނިކުތީ ޒީޝަން އެވެ. އެހެން ކުދިންނަށް ވުރެ އަވަހަށް ސްކޫލުން ނިކުމެގެން ގޮސް އަލްޔާ އާއި އޭނަ އާއި ކޮންމެ ދުވަހަކު ސްކޫލް ނިމިގެން ބައްދަލު ކުރާ މަގުމަތީގައި މަޑުކޮށްލިއެވެ. އެ މަގަކީ މީހުން އެހާ ހިނގާ އުޅޭ މަގަކަށް ނުވެފައި، އެ މަގުގައި ހުންނަ އިރު އެހެން މަގު ތަކުން ދާ މީހުންނަށް ނުފެންނާތީ ކޮންމެ ދުވަހަކު އެމަގުން އަލްޔާ ގެއަށް ލާން އޭނާ ދެއެވެ. އިރުކޮޅެއް ފަހުން އަލްޔާ އެމަގުން އަންނަތަން ފެނުނެނެވެ. ޒީޝަންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހިތް ނުތަނަވަސް ވެފައި ވާ ހާލު ޒީޝަން އަލްޔާ އޭނަ އާއި އަރާ ހަމަ ވަންދެން މަޑު ކޮށްލިއެވެ. އަލްޔާ އޭނާ ކައިރި އައިސް ހުއްޓުނު އިރު މޫނުމަތިން ފެންނަން ހުރި ނުރުހުމުގެ ކުލަވަރު ތަކުން ޒީޝަންގެ ހިތް އިތުރަށް ނުތަނަވަސް ވިއެވެ.
“ކީއްވެ މިއަދު ފަތިހު ގުޅީމަ ފޯނު ނުނެގީ” ޒީޝަންގެ މޫނަށް ފުން ނަޒަރެއް ދެމުން އަލްޔާ އަހާލިއެވެ. އެންމެ ފުރަތަމަ ވެސް އެ ސުވާލު ކުރިމަތި ވާނެ ކަން ޒީޝަން އަށް އިނގެއެވެ. އެހެންކަމުން އޭނާ ހުރީ އެކަމަށް ތައްޔާރު ވެގެންނެވެ. “މިސްކިތުގަ އެގަޑީ ހުރީމަ. މިސްކިތަށް ދަމުން ފޯނު ސައިލެންޓަށް ލާފަ ދިޔައީ.” އެއްވެސް ދޮގެއް ހެދުމެއް ނެތި ޒީޝަން ބުނެލިއެވެ.”މިސްކިތުން ފައިބާފަ ފޯނެއް ނުބަލަންތަ؟”އަލްޔާ އަނެއްކާވެސް އަހާލިއެވެ. ޒީޝަން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަލްޔާ ހީވަނީ ޒީޝަން ބޮޑު ކުށެއް ކޮށްގެން ތަހުގީގު ކުރާ ހެންނެވެ.”ދެން ފޯނާ ކުޅުން އިރުވެސް އަލް އެވަރަށް ގުޅާފަ އޮތްތަން ޒީޝަން އަށް ހަމަ ނުފެނޭ..” އަލްޔާގެ އަޑު މިފަހަރު ކުރިއަށްވުރެ ބާރެވެ. މިފަހަރު ވެސް އެއްޗެކޭ ބުނާނެ ހިތްވަރު ނެތިގެން ޒީޝަން މަޑުމަޑުން ބޯހުރުވާލިއެވެ. “ދެން؟ޒީޝަން ވާހަކަ ދައްކަން ބޭނުން ނުވީތަ؟” ވީގޮތް އެނގި ހުރެ އަލްޔާ އަހާލިއެވެ.”ނޫން. މިސްކިތުން ފައިބާފަ އަލް އަށް ގުޅަންށޭ އުޅުނީ އެކަމް..” ޒީޝަން އެ ވާހަކަ ބުނަން ފަސްޖެހުނެވެ. “އެކަމް؟” އަލްޔާ އެއްބުމަ އަރުވާލަމުން ޒީޝަން އަށް ބަލައިލިއެވެ. ފުން ނޭވާއެއް ލާފައި ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަކަށް ޒީޝަން ކިޔައިދޭން ނިންމިއެވެ.
“މިޝަލްގެ ހަބަރެއް ނުވާތީ ކިޔާން އޭނާއަށް މެސެޖު ކުރަން ކިޔާވަރުން މިޝަލް އަށް މެސެޖު ކުރަން އިނީ. ދެން ފަހުން އަލް އަށް ގުޅަން ހަނދާން ނުވީ.. އަލް ސްކޫލަށް ދަނިކޮށް ފެނުނީމަ ހަނދާން ވީ ވެސް.” ޒީޝަން ތެދު ތެދަށް ވީ ގޮތް ކިޔައިދިނެވެ. “ކާކާ އެއްކޮށް ސްކޫލަށް ދިޔައީ؟” މިފަހަރު އަލްޔާ ކުރި ސުވާލުން އަލްޔާއަށް މިޝަލް އާއި އެއްކޮށް އޭނާ ހުއްޓާ ފެނުންކަން ޒީޝަން އަށް ޔަޤީން ވިއެވެ.”ކިޔާން އާ… މިޝް..މިޝަލް އާއި އެއްކޮށް” މިޝަލްގެ ނަން ބުނަން ކުޑަކޮށް ފަސް ޖެހިފައި ހުރެ ޒީޝަން ބުންޏެވެ. ޒީޝަން ތެދު ހެދުމުން އަލްޔާ އުފާވިނަމަވެސް މިއަދު ފަތިހު އޭނާ އަށް ނުގުޅީ މިޝަލް އާއި ވާހަކަ ދައްކަން އިނުމުން ކަމަށް ބުނުމުން އަލްޔާ ހިތަހަމް ނުޖެހުނެވެ.”ޒީޝަން އަށް އަލް އަށް ވުރެ ބޮޑަށް އެ މިޝަލް ގަނޑު މުހިންމުވީ ދޯ. އަލް އަށް ގުޅަން ހަނދާން ނުވި މީހަކު މިޝަލް މަތިން ހަނދާން ހުރި. އޭނާއަށް މެސެޖު ވެސް ކުރެވުން. ޒީޝަން އަށް މިޝަލް ތިހާ މުހިންމީއާ އޭނަ ކައިރިއަށް ދާން ވީނު. އަލް އަށް މިހާރު ޝައްކު ތި ދެމީހުން އަކީ ބެސްޓީސް ކަމާއި މެދު ވެ-” އަލްޔާގެ ވާހަކަ މެދުކެނޑުނީ ޒީޝަން އޭނާ ގެންގޮސް އެތާ ކައިރީގައި ހުރި ފަޅުގެއެއްގެ ފާރާއި ޒީޝަން އާއި ދެމެދު އަލްޔާ ހައްޔަރު ކޮށްލުމުންނެވެ.
(ނުނިމޭ )
11 Comments!
Comments are closed.

So here’s part 2
I thought i couldn’t finish it by now
So i said Friday or Saturday ga eyy
But i got some free time so i wrote the second part
I hope y’all like it
Lysm guys 💗
This is soo soo good Foxii
When next?
Patiently waiting ❤️
Thankssss GIIRRLL
Next part IA Saturday ga
Mi part ves vrh reethi curiously waiting for the next part love you foxii ❤️
Thankss Nayerr
IA next part Sunday ga kiyaalan libeyne
Lym💗
very curious right now
when next part??
IA Sunday ga
damn these 8th and 9th graders needs to chill i feel like alya is being too jealous and possesive too and zeeshan ge ves first priority is probably not her cuz if he noticed her calls he could have texted at least
Yh i agree
Let’s see what happens next dhw
It’s based on a true story..
Wow this part is also very interesting can’t wait to read the upcoming parts. Luv u gurlly💝
Thanks Alkko32
Next part IA Sunday ga
Lym darling 💗