Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތި މާޒީ – 03

Devil quiin Level 1
December 2, 2021 2 Mins Read
4 Comments

މީނާ އަށް މިކަން އެގުނީ ކިހިނެއް ބާއޭ އިޒްކާން ހިތައް އެރިއެވެ. “މަ އެބަ ބަލަން ތަ އިޝް އާ ދިމާއަށް. ދެން ޝާ ވެސް ދައްކާ ވާހަކަ”.އިޒްކާން ހިތައް އައި އެންމެ ފުރަތަމަ ދޮގު ހަދާލައިފައި ދުރައް ހިނގައިގަތެވެ. ރައުޝާ ދެފަރާތައް ބޯ ހޫރާލަމުން އިޝްހާ ގާތައް ޖެހިލިއެވެ.” ކޮބައިތަ އިޒްކާން”.ފިހާރަ ތެރެއަށް ނަޒަރެއް ހިންގާލަމުން އިޝްހާ ކައިރީ ހުރި ރައުޝާ އާ ސުވާލު ކުރިއެވެ. “އޭނަ ވެއްޖެއް އެފަޅީ ގައި”. ތަން ކޮޅެއް ދުރުގައި ހުރި ހަރުގަނޑެއް ރައުޝާ އިޝްހާ އަށް ދައްކާލިއެވެ. “އެބަ އަންނަން އޭނަ ގޮވައިގެން”. އިޝްހާ ހިނގައި ގަތީ ރައުޝާ ދެއްކި ހަރުގަނޑާ ދިމާއަށެވެ. އިޝްހާ ދިޔަ ދިމާއަށް ރައުޝާ ބަލަހައްޓައިގެން ހުރީ ލާނެއް ގޮތަކަށެވެ. “އޭ. އިޒްކާން. ހިގާ ދާން”. ހަރުގަނޑު ކައިރީ ހުރެގެން އެކި ސެންޓު ފުޅިން ވަސް ބަލަމުން ދިޔަ އިޒްކާން އަށް ގޮވާލަމުން އިޝްހާ ބުނެލިއެވެ. އިޒްކާން ވެސް އެތާނގައި މަޑު ކުރަން ނަހަދާ އިޝްހާ އާ އެއްވަރު ކުރިއެވެ. ރައުޝާ އާ ހަމައަށް ދެވެން ދެން ވެސް އެދެމެދުގައި އޮތީ މަރު ފަދަ ހަމަހިމޭން ކަމެވެ. ތިން މީހުން ވެސް ފިހާރައިން ނުކުތީ ކަރު ތެމްލާނެ އެއްޗެއް ހިފައިގެންނެވެ. “ދޮންބޭ.ދޮންބެ ދާނަން ތަ ދަތުރު އަހަރުމެންނާއެކު”. އިޝްހާ ކައްކަން ދިޔުމުން ސޯފާއެއްގައި ފޯނާ ކުޅެން އިން އިޒްކާން އަށް ބަލައިލަމުން ރައުޝާ ބުނެލިއެވެ. އިޒްކާން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. “އެކަމް ވާން އައިމާ އަހަރެން ދާނީ”. އިޒްކާން ފޯނުން ނަޒަރު ވަކިކޮށް ލަމުން ބުނެލިއެވެ.

ވަގުތު ތަށް ހަލުވި ކަމާއެކު ފާއިތުވުމުން ގޮސް ރައުހާ މެން އަންނަ ވަގުތު ޖެހިއްޖެއެވެ. “ރައު. މީ ދޯ ބޮޑުދައިތަ ބުނި މީހާ”. ރައުހާ ކާން އައުމުން ރައުހާ ކައިރީ ހުރި ފިރިހެން މީހާ އަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. “އަނ. މީ އިޔާން”.ރައުހާ ފޮނި ގޮތަކަށް ބުނެލިއެވެ. އޭރު ވެސް އިޔާން ހުރީ ފާޑަކަށް އިޝްހާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ.އެ ބެލުން އިޝްހާ އަށް އެހާ ކަމު ނުދިއުމުން އިޝްހާ ކާން ބުނުމަށްފަހު ވަނީ ކޮޓަރިއަށެވެ.”އޭ.އެއީ ހާދަ ސަޅި މަންޖެއެކޭ”. އިޝްހާ ކޮޓަރި އަށް ވަނުމުން ރައުހާ ގެ ކަންފަތް ބުޑު ގަތް އިޔާން ބުނެލިއެވެ. “ސާބަސް ކަލެއަށް. މިހާރު އަނެއްކާ އޭނަ ތަ. ކަލޭ އަށް އެންމެ މީހަކުން ނުފުދޭނެ”. ރައުހާ އަށް އިޔާން ގެ ބޭނުން އިނގުމުން ބޯހޫރާލިއެވެ. އިޔާން ހިނިގަޑެއް ޖަހާލިއެވެ.

____________________________________________________________

އެއްދުވަސް ފަސް..

“އޭ ޝާ. ހިނގާބަލަ ދޮންބެ އާ އެކީ ވާން ބަލައި ދާން. މިހާރު އޭނަ އަންނަ ގަޑި ޖެހެނީ. ދެން ނުޖެހޭނެ ދޮންބެ ފޫހި ގެން އުޅޭކަށް”.ފޯނާ ކުޅެން އޮތް ރައުޝާ ގެ އަތުގާ ހިފާ ނަގަމުން އިޒްކާން ބުނެލިއެވެ. ރައުޝާ ވެސް އެއްވެސް ދެކޮޅުހެދުމެއް ނެތި އިޒްކާން ފަހަތުން  ވެސް ދިޔައީ ފޫހި ވެފައި ހުރުމުންނެވެ. ފަސް ވަރަކަށް މިނެޓު ހިނގާލުމުން ދެމީހުންނަށް ވެސް ޖެޓީއާ ހަމަ އަށް ފޯރިއެވެ. ދެމީހުން ވެސް އެތާ ހުރި ޖޯއްޔެއްގައި ޖައްސާލީ އަދި ލޯންޗު ނާންނާތީއެވެ. “ދޮންބޭ. ވާހަކަ އެއް އަހާލަންތަ”. ރައުޝާ ވަރަށް ސީރިއަސް ވެލާފައި އިޒްކާން ގެ މޫނަށް ބަލައިލިއެވެ. “ހޫމް.އަހާބަލަ ތި އަހަން އުޅޭ އެއްޗެއް”. އިޒްކާން ރައުޝާ އާ ދިމާއަށް ބަލައިލަމުން ބުނެލިއެވެ. “ދޮންބޭ. ދޮންބެ ލޯބިވާ ކުއްޖެއް ހުރޭތަ. ނޫނީ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ތަ”. ރައުޝާ މި ކުރި ސުވާލަކުން އިޒްކާން ސިއްސައިގެން ދިޔައެވެ. ރައުޝާ އިނީ އިޒްކާން ގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރު ތައް ބަލާށެވެ. “ހެހޭ. އަދި ތިކަހަލަ ކަމެއް ނެތް”. އިޒްކާން ވަރަށް ނޫންކަމަށް ހެދިލަމުން ބުނެލިއެވެ. ރައުޝާ އިތުރަށް އިޒްކާން އަކާ އެ ސުވާލެއް ނުކުރެއެވެ. “ޝާ. އެއޮށް އައީ ވާން އަންނަ ލޯންޗު . ހިނގާ އެކޮޅަށް ދެން”. ބަނދަރަށް ވަދެގެން އައި ލޯންޗް ފެނިގެން އިޒްކާން ބުނެލިއެވެ. ރައުޝާ ވެސް އެދި މާ އަށް މިސްރާބު ޖެހިއެވެ. ލޯންޗު އިން މީހުން ތައް ފައިބަން ފެށި އެވެ. ތަންކޮޅެއް ފަހުން ފޭބި ޒުވާނާ އައިސް މަޑު ކޮށްލީ އިޒްކާން ގާތުގަ އެވެ. “ޝާ މީ އީވާން”. ކައިރި ހުރި އީވާން ގެ ކޮޑު ގައި ޖަހާލަމުން ބުނެލިއެވެ. “މީ ދޯ ކައެ ގެ ކޮއްކޮ”. އިޒްކާން ގެ ކޮޑަށް އަތް ވައްޓާލަމުން އީވާން ބުނެލިއެވެ. އީވާން ފެނިފައި ރައުޝާ އަށް އެހެން ކަހަލަ އިހުސާސް އެއް ކުރެވުނެވެ.

____________________________________________________________

އިޝްހާ ކޮޓްރިން ނުކުންނާނެ އިރަކަށް ބަލަ ބަލާ އިން އިޔާން އިޝްހާ ކޮޓަރި ދޮރު ހުޅުވުނު އަޑަށް އެދިމާއަށް ބަލައިލިއެވެ. އިޝްހާ ކޮޓަރިން ނިކުއިން އިރު އެތާ އިން އިޔާން ފެނި އިޝްހާ ކުޑަކޮށް ޖެހިލުންވިއެވެ.އިޝްހާ އައިސް ބަދި ގެއަށް ވަނުމުން އިޔާން ވެސް އިޝްހާ ފަހަތުން އައެވެ.

 

= ނުނިމޭ =

Share Article

Follow Me Written By

Devil quiin

Level 1

Other Articles

Previous

ހޮޓެލްގެ ސިއްރު 6

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ނުވަވަނަ ބައި)

Next
December 2, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ނުވަވަނަ ބައި)

Previews
December 2, 2021

ހޮޓެލްގެ ސިއްރު 6

4 Comments!

  1. Devil quiin says:
    December 3, 2021 at 7:34 pm

    In Reply to ayaa
    Thanks ayaa. Arn dhw Dhn ehaa reethi aa evaru vs vaanun ixkaan ah?. Vrh ufaa vehjjeh ayaa ah kamudhiyaima mi stry ❤️❤️❤️❤️

  2. Devil quiin says:
    December 3, 2021 at 7:37 pm

    In Reply to aimineen
    Thanks aimineen❤️❤️
    Tc

  3. Devil quiin says:
    December 3, 2021 at 7:42 pm

    In Reply to eevss
    Thanks eevss❤️. I ‘ll try my best ?
    Tc
    Sh
    Ss

  4. Devil quiin says:
    December 3, 2021 at 7:44 pm

    In Reply to rausherrr
    Thanks rausherrr ❤️❤️

Comments are closed.



All Right Reserved!