ހިތި މާޒީ – 04
“އި. އިޔާން. ކީއްވީ”.އިޔާން އޭނަ އާ ދިމާއަށް އަންނަން ހެދުމުން އިޝްހާ ޖެހިލުންވެ ފައި އަހާލިއެވެ.” އޭ”. ފަހަތުން އިވުނީ ރައުޝާ ގެ އަޑެވެ. ސިއްސައިގެން ގޮސް އިޔާން ވެސް ފަހަތް ބަލާލި އެވެ. އިޔާން ރައުޝާ އަށް ލޯ އަޅާލުމަށް ފަހު އެތަނުން ނިކުމެގެން ދިޔައެވެ. “ނަސީބެއް ނުން އަހަންނަށް އާދެވުނު ކަން ވެސް. އެހެންނޫންނަމަ ނޭންގޭ އިޝް އަށް ވާނެ ގޮތެއްވެސް”. ބިރުން ވިރި ވިރި ހުރި އިޝްހާ ކައިރި އަށް ދަމުން ރައުޝާ ބުނެލިއެވެ.
________________________________________
އިޒްކާން އަދި އީވާން ހަވީރު ފިންޏަށް ސައިކަލު ބުރު ޖަހާލަން ރަށު ތެރޭގައި ދުއްވާލަން ނިކުތެވެ. ރަށުގެ އެކި ތަން ތަނަށް ގޮސް ދެމީހުން ވެސް މަޑުކޮށްލީ އަތިރިމަތީގައެވެ. އަތިރި މަތީ ގައި އެކި އެކި އުމުރުގެ މީހުން އުޅެއެވެ. ކުޑަކުދިންނާ ބޮޑެތި މީހުންނެވެ. ރައްޓެހި ކުދިންނާ އެކު މަޖާނަގަން ގުރޫޕް ހަދައިގެން އުޅޭ ޒުވާނުން ނެވެ. މުސްކުޅި މީހުންނާ މާފޮޅުވަމުން ދާ ޒުވާނުންނެވެ. ވަކި ހަމަ އަކަށް ދެވުމުން އެތާ ހުރި ޖޯއްޔެއްގައި ދެމީހުން ޖައްސާލިއެވެ. އެކި އެކި ވާހަކަ ދައްކަމުން ދިޔަ ދެމީހުން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލުމުންނެވެ. އިޒްކާން އަދި އީވާން ވެސް އެއްފަހަރާ ފަހަތް ބަލައިލި އިރު އެތާ ހުރި ރައުޝާ އާ އިޝްހާ ފެނި އިޒްކާން އަށް ހިނިތުންވެލެވުނެވެ. އީވާން އިނީ ވާނުވާގައެވެ. “އޭ ރައުޝާ ކައިރީ އެހެރީ ކައެ ބިޓު ތަ؟؟”.ވިސްނަން އިނދެފައި އީވާން ގެ ހިތައް އެރި އެތި ބުނެލިއެވެ. އިޝްހާ ލަދުން އިސްޖަހާލިއެވެ. ރައުޝާ ޕަކަ ޕަކަ އަޅާފައި ހޭންފެށި އެވެ .” ތިހެން ވެއްޖިއްޔާ ކިތަންމެ ހާވެސް ރަނގަޅު “. ހުނު މުގެ ތެރެއިން ރައުޝާ ބުނެލިއެވެ. އިޝްހާ ރައުޝާ ގައިގާ ބޮޑި އެއް އަަޅާލިއެވެ.” ކަލޭނޭ. އެއީ މަގޭ ބިޓެއް ނޫނެވެ. އެއީ ޝާ ގެ ބެސްޓީ “. އިޒްކާން ބުނެލިއެވެ.” އެހެން ދޯ. ދުވަސް ކޮޅަކުން ފެންނާނީ އެ މަންޖެ އާ ކަލެއާ “. އެގަޑި އެއްކޮށް ދިޔައީ ރައުޝާ އަދި އީވާން ގެ ދިމާ ކުރުން ތައް އިޒްކާން އަދި އިޝްހާ އަށް އަންނަމުންނެވެ. ބައެއް ފަހަރު އިޒްކާން އަދި އިޝްހާ ބިން ފަޅާ އަޑި އަށް ދާން ވީ އޭ ވެސް ހިތަށް އަރައެވެ.” ދެން ހިނގާ ދާން ގެއަށް. މިހާރު އިރު އޮށްސެނީ “. އޮށްސެމުން ދިޔަ އިރައް ބަލައިލަމުން އިޝްހާ ބުނެލިއެވެ. އެންމެން ވެސް ތެދުވީ ގެއަށް ދާންށެވެ.
އަނެއް ދުވަހެވެ..
އެންމެން ވެގެން ތައްޔާރު ވަމުން ދިޔައީ ދަތުރު ދާންށެވެ. އިޝްހާ އާ އެކު ރައުހާ އަދި އިޔާން ވެސް ދަތުރުދެއެވެ. އެންމެން ޖެޓީއާ ދިމާއަށް ދިޔަ އިރު އެތާނގައި ޑިންގީ އައިސް އޮތެވެ. އެންމެން ޑިންގީ އަށް އެރުމުން ޑިންގީ ދުއްވާލިއެވެ. ބާރު ސުޕީޑް ގައި ލޮނުގަނޑު ކަފަމުން ޑިންގީ މަންޒިލް އާ ހަމަ އަށް ވާސިލްވިއެވެ. އެންމެން ވެސް ގެނައި އެއްޗެހި ހިފައިގެން ރަށު ތެރެއަށް ހިނގައިގަތެވެ. ރައުހާ ސެލްފީ ނަގަމުން ނަގަމުން ގޮސް އިޒްކާން ގައިގާ ޖެހުނު އިރު ވެސް ނޭނގެއެވެ. “ސޮރީ”. ހީލަމުން ރައުހާ ބުނެލިއެވެ.” އިޓްސް އޯކޭ” އިޒްކާން އޯކޭ އޭ ބުނުމަށްފަހު ގޮސް އީވާން އާ ހަމަ ކޮށްލިއެވެ.
“އޭ. ހިނގާބަލަ އެންމެން މޫދަށް ދާން “. ކައި ގެން ރަށު ތެރޭގައި ހިނގާލުމަށް ފަހު އައިސް ރައުހާ ބުނެލިއެވެ.” އާނ ހިނގާ “. އިޔާން ބުނެލިއެވެ. އެންމެން ވެސް މޫދަށް އެރުނީ އެމީހުން ގެނައި ބޯޅަ ހިފައިގެންނެވެ. އަންހެން ފިރިހެން ވަކިން އެންމެން ފެށީ ބޯޅަ ކުޅޭށެވެ. އިޝްހާ އަށް ރައުޝާ އެއްލި ބޯޅަ ހޯދަން ވެގެން އިޒްކާން އިޝްހާ އާ ދިމާއަށް ދިޔަ ވަގުތު މޫދު ގައި އިން ގާގަޑެއްގައި އަޅައިގަނެފައި އިޝްހާ އާ އެކީ މޫދު އަޑި އަށް ދިޔައެވެ. އެންމެންގެ ހިނި ގަޑު ފަޅައިގެން ދިޔައެވެ. ނަމަވެސް އިޔާން ހުރީ ރުޅި އައިސް ރަތް ވެފައެވެ. އެހެންނުވާނީ ކީއްވެ ހެއްޔެވެ. އިޔާން ދެކޭގޮތުގައި އިޝްހާ ގައިގާ އަތް ޖައްސާލުމުގެ ހައްގު ވެސް އޮންނަނީ އޭނައަށެވެ.އިޔާން ދެކެނީ އިޝްހާ އަކީ އޭ ނަގެ މީހެއް ކަމަށެވެ. އިޔާން އަށް ނޭންގޭ ކަމަކީ ތަގުދީރުގައި ނެތް ކަމެއް ނުވާނެކަމެވެ. އިޝްހާ އަޑި އަށް ދިޔަ ވަގުތު ލޮނު ބޮވިގެން ކޮށި އެރިއެވެ. އިޒްކާން ބެލީ އިޝްހާ އަވަހަށް ނެގޭތޯއެވެ.
= ނުނިމޭ =
މި ވާހަކަ ލަހުން އަޕް ވާތީވެ ކިޔުންތެރިން ކިބައިން ނިހާޔަތަށް މައާފް އަށް އެދެން.ވަރަށް އަވަހަށް “ހިތި މާޒީ” ގެ އަނެއްބައި ކިޔުން ތެރިންނަށް ކިޔާލަން ލިބޭނެ?❤️
5 Comments!
Comments are closed.

Sorry for the late part. Here is the 4 part. Hope u love this part too
❤️
wow mi part ves vrh reethi.. waiting for the next part?❤️❤️
Thanks rausherrr
Keep waiting ?
Thanks rausherrr ??
Keep waiting ?☺️☺️❤️