Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންމަޒުމޫނު

(އިންދިރާސް (ފަލަސްޠީނުގެ ދުލުން

Ishaa Level 2100 Login100 Comments
June 4, 2021 One Min Read
0 Comments

އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އަޑު އަހަރެން އަހަމެވެ. ހުދު ޤުރުއާނުގައި ވެސް އެކަން ބަޔާން ކޮށްފައި އެބަ އޮތެވެ. ދިރިއުޅުމުގައި އެތައް ގަރުނައެއް ފަހަނަ އަޅައި ގޮސްފިއެވެ. ނަމަވެސް އަދިވެސް އަހަރެން މިއޮތީ ފުންމިން ނޭނގޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އެހީތެރިކަމުގެ އަތްތައް މަދީކީއެއް ނޫނެވެ. އެއްވެސް ބަޔަކަށް އަހަރެން މިތަނުން ސަލާމަތް ކުރެވޭ ކަމަކަށް ނުވީއެވެ.

މަކަރާއި ހީލަތުން ފުރިގެންވާ (ޔަހޫދީން) ގެ ތޫނު ވަޅިތަކުގެ ގޮވައްޗަކަށް އަހަރެން ވެގެން ދާނެ ކަމަށް ފަހަރެއްގައިވެސް ހިއެއް ނުކުރަމެވެ. ރެއާއި ދުވާލު އަހަރެންގެ ދިފާއުގަ އައްޑަނައަކަށް ވެގެން ފުރާނަ އަތްމައްޗަށް ލައިގެން އެތެޅެނީ ހަމަ އަހަރެންނަށް އުފަން ދަރީންނެވެ. ނަސްރާނީންގެ ފޮތް ކަމަށްވާ ‘ބައިބަލް’ ގައި އަހަރެން މިއޮންނަނީ އެބައިމީހުންގެ ހައްޤަކަށް ހަދާފައެވެ. އަހަރުން އަހަރަށް ބަދަލުވަމުން އަންނަ ފޮތަކަށް ބިނާކޮށް އަދި ތިމާމެން ޤަބޫލުކުރާ ޤަބޫލުކުރުމަށް ބިނާކޮށް މުދަލެއް ނުވަތަ ބިމެއް ހައްޤު ވާނެތޯއެވެ؟

އަހަރެން ހިމާޔަތް ކުރުމަށްޓަކައި އިނގިރޭސި ސަރުކާރުން ދަނީ އެކިގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޣާފިލް ކަމުން ފެންވެރިފައި ތިބި ބަޔަކަށް ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް އެއީ ފޫނެއް ފަޔަށް ފެންފެރުންފަދަ ކަމެކެވެ. ކޮންމެދުވަހަކު އަހަރެންގެ އުފަން އެތައް ދަރީންގެ ލޭ އޮހޮރުވާލުމަށްފަހު އެބައި މީހުން މަޖާނަގައެވެ. މަންޒަރު ފެންނަ ކޮންމެ މީހެއްގެ ވެސް ފިތްކަނޑައިގެން ދާވަރުވެއެވެ. އެބައިމީހުންގެ ހަށިގަނޑުތެރޭގައި އެއޮންނަނީ ހިތެކޭ ކިޔާފަ ހިލަގަނޑެއް ބާވައެވެ؟

ރޭ ހަތަރުދަމު އަހަރެން ގިސްލަގިސްލާފައި ރޯ އަޑު އެމީހުނަށް އިވޭނެކަން ގައިމެވެ. ރޮއެގެން ކަރުނަ ހުސްވާނަމަ މިއަދު އަހަރެންގެ ލޮލުން ކަރުނަ ހުސްވީހެވެ. މި އަނދިރި ކިއްލާގަނޑުގެ ތެރޭގައި އޮވެމުން ގޮސް ހަޔާތް ނިމުމަކަށްވެސް އަތުވެއްޖެއެވެ. ގިލަންވެރިކަމެއްގެ ތެރޭގައި އޮންނަތާ ގަރުނުތަކެއް ފަހުގައެވެ. ދުނިޔޭގެ ޗާޓުން އަހަރެންގެ ނަން ފޮހެލެވުނަސް އަހަރެންގެ ހަނދާންތައް ފޮހެލެވޭނެ ހެއްޔެވެ؟ މަކަރުވެރީންނަށް ، އެބައިމީހުން އެކުރި ބޮޑު ފާފައިގެ އަޒާބު މާތް ﷲ ދެއްވާނެކަން ކަށަވަރެވެ. އެދުވަހަކަށް އަހަރެން އިންތިޒާރު ކުރަމެވެ. އުއްމީދުގެ ހުޅުކޮޅު އަދިވެސް އަހަރެން ނިވައެއް ނުލަމެވެ. އަދިވެސް އަހަރެން އިންތިޒާރު ކުރަމުން މިދަނީ އެއުސްގަނޑު ފެންނާނެ ދުވަހަކަށެވެ.

…ނިމުނީ….
މާތް ﷲ ފަލަސްޠީނާއި ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން ނުބައި މަކަރުވެރި މީހުންގެ ކިބައިން ސަލާމަތް ކުރައްވާ ރައްކާތެރިކުރައްވާނދޭވެ! އަދި ހީލަތުން ފުރިގެންވާ އިސްރާޢީލުގެ މީހުންނަށް ހެޔޮ ވިސްނުން ދެއްވާންދޭވެ!!
އާމީން…ޔާރައްބަލްޢާލަމީން..

Share Article

Follow Me Written By

Ishaa

Level 2100 Login100 Comments

Writing is my favorite pastime?♥...positive and negative comments are always welcomed?♥

Other Articles

Previous

ހިތްދަތި ދުވަސްތައް 1

Next

އައިނާ 3 ޓްރެއިލާ

Next
June 4, 2021

އައިނާ 3 ޓްރެއިލާ

Previews
June 4, 2021

ހިތްދަތި ދުވަސްތައް 1



All Right Reserved!