ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 52
“ދޮގު! ހުސް ދޮގު! މާން އޭނަޔާ ދޭތެރޭ ދެކެނީ މުޅިން ތަފާތު ނަޒަރަކުން.” ރީމް އަޑަށް ބާރުލާފައި ބުނެލިއެވެ.
“އެހެންތަ؟ އެހެންވެއްޖެނަމަ ދެން ކީއްކުރަން ތިސުވާލުކުރަނީ ޖަވާބު އެނގޭއިރު؟” އީމަން ރުޅިގަދަވަމުން ދިޔަ ނަމަވެސް ކޮންޓްރޯލްކުރަން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ.
“މާންގެ ދުލުން ހަޤީޤަތް އަޑުއަހަން ބޭނުންވާތީ. މާން ކަންކުރާގޮތް އަހަރެންނަށް އެނގެޔޭ. އަހަރެން ހީކުރީ މާންގެ އެ އޯގާތެރިކަމާ އަޅާލުމަކީ އަހަރެންނަށް ހެޔޮހިތުންދޭ އެއްޗެއް ކަމަށް. އެކަމަކު އެހެންނެއް ނޫން. ބަލަ އަހަރެންގެވެސް ބޮލުގަ ތެތްކަން އެބަހުއްޓޭ. މާން އަހަރެންނަށް އަޅާލަނީ ހަމައެކަނި އިޔާނާ ފެންނަން ހުންނަ ތަންތަނުގަ. އޭނައަށް ދައްކަން ވެގެން. އެއަކީ މާންގެ ހިތުގަ ވާ ޝައްކު ފިލުވާލުމަށްޓަކައި. އަދިވެސް މާންއަށް ހީވަނީ އެއީ ޔާނާ ކަމަކަށްނު؟ ތިވަރަށް ޒާންގެ އަންހެނުން ޒާންގެ އަންހެނުންނޭ ކިޔައިގެން އުޅޭއިރު ތި ހިތުގައި އޮތް އެއްޗެއް ޒާންއަށް އެނގިއްޖެ ނަމަ ތިބުނާ އެކުވެރިކަމަށް ވާނެ ގޮތް އެނގޭތަ؟” ރީމް އަޑުގެ ނެތްކޮޅަށް އެވާހަކަތައް ގޮވަމުންދިޔައިރު އީމަންއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިފަދަ ގޮތަކަށް އީމަންއާ މުޚާތަބުކުރަމުން ދިޔުމުން އީމަންރުޅިގަދަވާގޮތްވިއެވެ. “މާންއަށް ޤަބޫލުނުކުރެވެނީނަމަ އަޑުއަހާ. ޔާނާ މަރުވެއްޖެ. އޭނާ ނެތް މިދުނިޔެއަކު. މިގޭގަ އެއުޅެނީ ޒާންގެ އަންހެނުން އިޔާނާ. މިހަޤީޤަތާއެކީގަ އޭނަ ހޯދަންދޭ. މާންގެ ޔާނާއެއް ދެނެއް ނާންނާނެ.”
ރީމް އަޑުގަ ނެތްތަނަށް އަޑުގަދަކުރަމުން ދިޔައެވެ. ކުއްލިއަކަށް ވާރޭ ވެހެން ފެށުމާއެކީ އީމަން ބޭރަށް ނިކުމެ ދުވެފައިގޮސް ކާރަށް އެރިއެވެ.
“މާން! ޔޫ ކާންޓް ޑޫ ދިސް ޓު މީ! އެއީ އިޔާނާ. ޔާނާ އެއްނޫން. ޔާނާ މަރުވެއްޖެ. އަހަރެން މިބުނީއެއްނު. އޭނަ މަރުވެއްޖެ.” ރީމް އަށް ރޮވުނެވެ.
އީމަން ކާރު ސްޓާޓްކޮށްލަމުން ކުރިއަށް ނައްޓާލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުން ތިކި އަތުގެ ނުފުށުން ފުހެލިއެވެ.
‘އެއީ ހަމަ އަހަރެންގެ ޔާނު. އަހަރެންގެ ހިތް ދޮގެއް ނަހަދާނެ. އެކަން ޘާބިތުކޮށް ނުދެވުމަކީ އަހަރެންގެ ބަލިކަށިކަން.’ އީމަން ހިތާ ހިތާ ވާހަކަ ދައްކަމުން ދިޔައެވެ. ‘އެކަމަކު ރީމް އެބުނިގޮތަށް ޒާންއަށް މިކަން އެނގިއްޖެނަމަ ދެމީހުންގެ ދެމެދުގައިވާ ގުޅުން ކެނޑިގެންދާނެކަން ޔަޤީނެވެ. އަނެއްކޮލުން ރީމް އެބުނިގޮތަށް އިޔާނާ އެއީ ހަމަ އަސްލުގައިވެސް ޔާނު ނޫންކަމަށްވެއްޖެނަމަ……’ އީމަންއަށް ހިތުގައި ފިރުމާލެވުނެވެ. އޭނާގެ ޔާނާ ހޯދަން ވަރަށް މަސައްކަތް ކުރެވިއްޖެތާއެވެ. ނަސީބުގައި ލިބުމެއްނެތީ ހެއްޔެވެ؟
އިޔާނާއަށް ގެއާ ދިމާއަށް ދެވޭ ވަރެއް ނުވިއެވެ. ގަދަވަޔާއި ބޯވާރޭގައި ހިނގަންވެސް ވަނީ ދަތިވެފައެވެ. ވާރެ ވެހެން ފެށުމާއެކީ މަގުމަތީގައި ތިބި އެންމެން އެކިކޮޅުކޮޅަށް ދުވެ ދުއްވާ އެއްޗެއްސަށް އަރައިގެން އެކިދިމަދިމާއަށް މިސްރާބު ޖެހިއެވެ. ގަދަވަޔާ ދެކޮޅަށް ހިނގަންވުމުން އިޔާނާ ވަރުބަލިވާންހެން ހީވާންފެށިއެވެ.
ރޯޑްޝޯގެ ބައިވެރީން ނަގަން އައި ބޮޑު ބަހަކަށް އެމީހުން އެންމެން އަރައިގެން ދުއްވާލިއެވެ. އެމީހުން ބަހަށް އެރުމާއެކީ މުޅި މަގަށް ފަޅުކަން ވެރިކުރުވިއެވެ. އިޔާނާ އެދިމާއަށް ބަލަހައްޓައިގެން ހުއްޓާ ބަސް ދުއްވާލިއެވެ. އިޔާނާ ހުރި ދިމާއަށެވެ.
“ތެމެނީއެއްނު. އަރާ! އަހަރެމެން ގެންގޮސްދޭނަން.” ބަސްމަޑުކޮށްލުމާއެކީ އަންހެނެއް ބޯ ދިއްކޮށްލުމަށްފަހު ބުނެލިއެވެ.
އިޔާނާ ޖެހިލުންވާގޮތްވިއެވެ.
“ހާސްނުވޭ. އަހަރެމެން މިއީ ‘މިޝޭލް އޯރފަނޭޖް’ގެ ފަރާތުން އުޅޭ ބައެއް. އަހަރުމެން ގެންގޮސްދޭނަން. ދެން ހީނުވޭ ދުއްވާ އެއްޗެއްވެސް ލިބޭނެ ހެނެއް. މިރޭ ވަރަށް މޫސުންގޯސްވާނެ.” އެއަންހެންމީހާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ.
އިތުރުގޮތެއް ނެތްކަން އެނގުމުން އިޔާނާ ބަހަށް އެރިއެވެ. ބަސް ދުއްވާލިއެވެ. އެކިގޯޅިގޯޅިން ބަސް ދަތުރުކުރަން ފެށުމުންނާއި ވިއްސާރައިގެ ސަބަބުން މަގު ފެންނަން ދަތިވުމުން އިޔާނާއަށް މަގު އޮޅުނެވެ. ގެއަށް ދާނެ މިސްރާބު ކިޔައިދޭކަށްވެސް ނޭނގުނެވެ.
އެތަށް ގޮތަކުން މަސައްކަތްކުރެވުނެވެ. ބަހުގައި ތިބި މީހުންވެސް އެތަށް ސުވާލެއްކުރިއެވެ. ނަމަވެސް ގޭ ކައިރީގައި ހުންނަ ހާއްސަ ތަނެއްވެސް ބުނެދޭކަށް ނޭނގުނެވެ. އިޔާނާއަށް ރޮވޭގޮތްވިއެވެ.
“އެންމެ ރަނގަޅު. އަހަރެން މިބުނާ ގޮތަކަށް ހަދާ. އަހަރެމެން މިދަނީ އޯރފަނޭޖަށް. އެތަނަށް ގޮސްފަ ގެއަށް ގުޅާނީ.” އެއަންހެންމީހާ އިޔާނާގާތުގައި ބުނެލިއެވެ.
ބޯވާރެ ތެރޭގައި އީމަން އެކިކޮޅުކޮޅު ބަލަމުން ދުއްވަމުން ދިޔައެވެ. އިޔާނާގެ އެއްވެސް ހިލަމެއް ނުވިއެވެ. މި ވިއްސާރައިގައި އޭނާ ދާނީ ވަކި ކޮންތަނަކަށް ކަމެއްވެސް ނުވިސްނުނެވެ.
ވަގުތުތަކެއްގެ ދުއްވުމަކަށްފަހު އިޔާނާ އިން ބަސް މަޑުކޮށްލީ ‘މިޝޭލް އޯރފަނޭޖް’ ގެ ކުރިމައްޗަށެވެ. އިޔާނާ މަޑުމަޑުން ބަހުން ފޭބިއެވެ. ބަހުން ފޭބުމަށްފަހު އޯރފަނޭޖްއަށް ދެވެން އޮތް ކުޑަ ތަންކޮޅުން ހިނގާލާފަ ދެވުނު އިރުވެސް މުޅިން ތެމިއްޖެއެވެ. އެންމެން ދުވެފަ ދިޔަ ނަމަވެސް އިޔާނާއަށް ދުއްވައިގަންނާކަށް ނުކެރުނެވެ. މަގު ޗަކަ ކަމުންނާއި އެއްވެސް ތަނެއް ސާފުކޮށް ފެންނަން ނެތުމުންނެވެ.
ތަޤްދީރުނިޔާކުރިގޮތުން އީމަން ދުއްވަމުން ދިޔައީވެސް ހަމަ އެސަރަހައްދުގައެވެ. ނަމަވެސް އެ އޯރފަނޭޖްގެ ކުރިމަތިން ދިޔައިރުވެސް އިޔާނާ ފެންނަ ގޮތެއް ނުވިއެވެ. މީހުންގަނޑު ތެރެއަށް އީމަން ބެލި ނަމަވެސް އިޔާނާ ލޮލު އަޅައެއް ނުގަތެވެ.
އެއަންހެންމީހާ އިޔާނާ ގޮވައިގެން ދިޔައީ އޯފަނޭޖްގެ ފޯނުކައިރިއަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެފޯނުގެ ހިދުމަތްވަނީ މެދުކެނޑިފައެވެ. އިޔާނާ ކަންބޮޑުވާންފެށިއެވެ. ހައްތާ މަގު ބަންދުވާ ހެން ހީވާން ފެށިއެވެ.
“މިތާ ކައިރީގަ ހުންނާނެ ފޯނު ހިދުމަތް ދޭ ތަނެއް. ހިނގާ އެތަނަށް.” އެއަންހެން މީހާ ބުނެލިއެވެ. ދެމީހުން މަގުމައްޗަށް ނިކުތްނަމަވެސް ޖެހުނީ އެނބުރި ވަންނާށެވެ. ވައިގަދަ ކަމުން ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
ފަހުން ދާނީ ކަމުގައި ބުނެ އެއަންހެންމީހާ އިޔާނާ އެތެރެއަށް ވެއްދިއެވެ. ނަމަވެސް އެތަނުގައި އިންނާކަށް ބޭނުމެއް ނުވިއެވެ. ގޭގެ މީހުން ކަންބޮޑުވާނެ ވަރު އިހުސާސް ކުރެވެނީއެވެ. އީމަން ކަންބޮޑުވާނެޔޭ ހިތް ބުނަނީއެވެ. އެމީހުންނަށް އިޔާނާގެ ހަބަރު އަންގަން ބޭނުމެވެ.
ކެތްތެރިކަމާއެކީގައި އެތަށް އިރަކު އިނުމަށްފަހު އެންމެފަހުން ތެދުވިއެވެ. އަދި އެކަނި މަޑުމަޑުން ބޭރަށް ނިކުތެވެ. އެއަންހެންމީހާ ކުރިންއިޝާރާތްކުރި ދިމާއަށް ހިނގައިގަތެވެ. ގަދަވަޔާއި ބޯ ވާރޭގައި އެއްވެސް ތަނެއް ފެންނަވަރެއް ނުވިއެވެ. ދެތިން ފިޔަވަޅު އެޅުނު އިރު އިޔާނާ ހުރީ މުޅިން ތެމުފައެވެ. ވަޔާއެކު އުދުހިގެން އައިސް މޫނުގައި ޖެހެމުން ދިޔަ ވެލިފުއް ތަކުގެ ސަބަބުން ލޯހުޅުވާލަން އުނދަގޫވަމުން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްފައި ކުރިއަށް ދެވޭތޯ މަސައްކަތްކުރަން ފެށިއެވެ.
ބޯ ސަތަރިގަނޑަކުން އިޔާނާ ހިޔާވެގެން ދިޔުމާއެކު ކައިރީގައި އައިސް ހުއްޓުނު މީހާއަށް ބަލައިލެވުނެވެ.
“ސާބަސް. ބުނެވެސް ނުލާ.” ބަހުގައި އެހީތެރިވި އަންހެންމީހާ އޭނާ އަޅައިގެން އައި ސަތަރިގަނޑުން އިޔާނާ ހިޔާކޮށްދެމުން ވާހަކަ ދެއްކިއެވެ. އިޔަނާ ބޭރަށް ނިކުތްތަން ފެނިގެން އެއަންހެންމީހާ ފަހަތުންއައީއެވެ. ދެމީހުން އެކީގައި މިސްރާބު ޖެހީ ފޯނުގެ ހިދުމަތް ދޭ ތަނަށެވެ.
އިޔާނާ ގޭގެ ނަމްބަރަށް ޑަޔަލްކޮށްލިނަމަވެސް ރިންގެއް ނުވިއެވެ. ދެތިން ހަތަރު ފަހަރަކު މަތިން މަސައްކަތް ކޮށްލިއެވެ.
“ވިއްސާރަކަމުން ވަރަށް ސިގްނަލް ވީކް. ތަންކޮޅެއް ދުރުގަ ހުރި ގެއެއްކަންނޭނގެ. ސިގްނަލް ލިބެމުންދަނީ ހަމައެކަނި ކައިރި ސަރަހައްދުތަކަށް.” އެތަނުގައި އިން ފިރހެންމީހާ ބުނެލިއެވެ.
“އެހެން ނަމްބަރަކަށް ގުޅަންވީނު. ފިރިމީހާގެ ނަމްބަރަށް ގުޅާބަލަ.” އެ އަންހެންމީހާ ހިޔާލު ދިނެވެ.
އިޔާނާއަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. އޭނާއަށް ވިސްނައިދޭނީ ކިހިނެތް ހެއްޔެވެ؟ އެހެންނޫނަސް ޒާންއަށް ގުޅުމުން އޭނާ ކަންބޮޑުވުން ނޫން އިތުރު އެއްވެސް ކަމެއް ނުވާނެއެވެ. އަމުދުން މިހާ ސިގްނަލް ދަށްއިރު ރާއްޖެއަށް ސިގްނަލް ލިބޭނެކަމުގެ އެއްވެސް އުންމިދެއް ނެތެވެ.
އިޔާނާއަށް ގޭގައި މޯބައިލް ފޯނު ބާއްވާފައި އާދެވުނު ހަނދާން ވުމާއެކީގައި އޭނާގެ ފޯނަށް ގުޅުމުގެ ހިޔާލުއައެވެ. އަވަސްއަވަހަށް ނަމްބަރަށް ގުޅާލިއެވެ. ނަމަވެސް ސިގްނަލް ލިބިދާނެކަމުގެ އެއްވެސް އުންމީދެއް ހިތުގައި އޮވެގެނެއް ނޫނެވެ. ނޭވާ ހިފަހައްޓާލައިގެން ހުއްޓާ ރިންގުވާނެ ފެށިއަޑު އިވުނެވެ. އުފަލުން ހިނިތުންވެލެވުނެވެ.
އިޔާނާ ހޯދަން އިތުރަށް ބަލާނެ ތަނެއް ނެތިގެން އާއިޒު ގެއާ ދިމާއަށް މިސްރާބު ޖަހަން އުޅުނު ވަގުތު ފޯނު ރިންގްވާން ފެށިއަޑު އިވުނެވެ. އިޔާނާގެ ފޯނެވެ. އެއީ ސޭވްކޮށްފައިވާ ނަމްބަރެއްނޫންކަމުގައިވިޔަސް އެއީ މެލޭޝީޔާގެ ނަމްބަރެއްކަން އީމަންއަށް އެނގުނެވެ.
އަވަސްއަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ.
“ހަލޯ!…. އީމަން!” އިޔާނާއަށް ބުނެލެވުނެވެ. އެކޮޅުން އީމަންއަށްވެސް އިޔާނާގެ އަޑު އިވުނު ހިނދު ހިތް ބާރުބާރަށް ތެޅިގަތެވެ.
“ހަލޯ! އިޔާނާ ކޮންތަނެއްގައިތަ ތިހުރީ؟؟ ހާދަވަރަކަށް ހޯދައިފީމޭ؟” އީމަން ކެތްތެރިކަން ކޮޅުންލާފައިވާ އަޑަކުން ސުވާލުކޮށްލިއެވެ.
އީމަންގެ އޯގާތެރި އަޑު އިވި އިޔާނާއަށް ރޮވުނެވެ. އުންމީދު ގެއްލިފައިވަނިކޮށް މަގުފެނުމުންނެވެ. އަދި ހަމަ އެހެންމެ އީމަން ކަންބޮޑުވެފައިވާވަރު އިހުސާސްވުމުންވެސް މެއެވެ.
އީޔާނާ އޭނާ ހުރިތަން ކިޔައިދިނެވެ. އެއަންހެންމީހާގެ އެހީގައެވެ.
އިޔާނާ ފޯނު ބޭއްވިއެވެ. މޫނުމަތީގައި ހިނިތުންވުމެއް ހުއްޓެވެ.
“ހިތްހަމަ ޖެހިއްޖެދޯ ފިރިމީހާއާ ވާހަކަ ދައްކާލެވުނީމަ؟” އެއަންހެންމީހާ ބުނެލިއެވެ.
ކައުންޓަރުގައި އިންމީހާ ފޯނަށް އެރިވަރު ބުނެލިއެވެ. އިޔާނާ ކަންބޮޑުވިއެވެ. އޭނާ އަތަކު ރުފިޔައެއް ނެތެވެ.
“‘ޕޭ’ކޮށްފަ ހިނގާ އަވަހަށް ދަމާ. މިހާރު އަހަރެންނަށް ލަސްވެގެން އުޅޭނެ.” އެއަންހެންމީހާ ބުނެލިއެވެ.
“އަހަރެން އަތަކު މިވަގުތު ނެތް ރުފިޔައެއް.” އިޔާނާ ދެރަވެފައި ބުނެލިއެވެ.
“އެކަމަކު ރުފިޔާ ނުދީ މިތަނަކުން ނުނިކުމެވޭނެ. ދެން ކިހިނެތް ހަދާނީ؟” އެއަންހެން މީހާ ކަންބޮޑުވިއެވެ. އަދި ކުޑަކޮށް ވިސްނާލުމަށްފަހު ގޮތެއް ބުނެލިއެވެ. “މިހެން ހަދަންވީނު. އަހަރެން އެކޮޅަށް ގޮސް އެބަ މަޑުކުރަން. ފިރިމީހާ އައީމަ ބުނާނަން މިތަނުގައޭ ހުރީ. އިނގޭ! މިތާ މަޑުކޮށްލާ. މިހާ ވިއްސާރައިގައި އަނެއްކާ އެކޮޅަށް ދާން އުޅޭނެ ކަމެއްނެތް. އޭނަ އައިމަ މިތަނަށް ފޮނުވަ ދޭނަން.”
އިޔާނާ އެއްބަސްވިއެވެ. އެއަންހެންމީހާ ސަތަރިގަނޑު ބޯމަތީގައި އަޅައިގެން ދުއްވައިގަތެވެ. ބޯވާރެ ތެރެއަށް ގެއްލެންދެން އިޔާނާހުރީ އެމީހާއަށް ބަލައިގެންނެވެ. ވަށައިގެން ބިއްލޫރި ހުރި އެކުޑަކުޑަ ތަންކޮޅުގައި ހުރި ގޮނޑިއެއްގައި އިޔާނާ އިށީނދެލިއެވެ. އީމަންގެ އިންތިޒާރުގައެވެ.
އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތެވެ. އާއިޒު އިނީ ލިންކްރޯޑްކައިރީގައި ހުރި ރެސްޓޯރެންޓެއްގައެވެ.
“އޭނަ އައީ އައްޑުއަށް. އެއީ ހަމަ ޔަޤީންކަމެއް.” ކޮފީތަށިން އެތިފޮދެއް ބޯލަމުން އާއިޒު ވާހަކަ ދެއްކީ ކުރިމަތީގައި އިން އޭނާގެ ރަޙްމަތްތެރި ހުމަޔޫންއާއެވެ. ހުމަޔޫންއަކީ ހިތަދޫ މީހެކެވެ.
“އަހަރެން ވަރަށް ބަލައިފިން. އެކަމަކު އަދި އެއްވެސް މަޢުލޫމާތެއް ނުލިބޭ. މާލޭގައި އުޅެމުންއައި މީހެއްކަމުން އުނދަގޫވެގެން މިއުޅެނީ.” ހުމަޔޫން ޖަވާބުގައި ބުނެލިއެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ ހުމާމާއި ބެހޭ ގޮތުންނެވެ. އާއިޒުގެ އެދުމަށް ހުމަޔޫން ކުރަމުން އަންނަ ހުމާމު ހޯދުމުގެ މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތެއް ނުވެފައެވެ.
“އެ އަންހެން ކުއްޖާގެ ފޯނަށް ގުޅާބަލަ.” ހުމަޔޫން ލަފައެއް ދިނެވެ.
“ހުމަޔޫންއަށް ހީވޭތަ އަހަރެން ތިކަން ނުކޮށްހެން މިއުޅެނީ. ފޯނު އޮންނަނީ ނިއްވާލާފަ. ނޭނގެ ޖާހަތު އުޅެނީ ކޮންހާލެއްގައި ކަމެއްވެސް.” އާއިޒު ކަންބޮޑުވުން ފާޅުކުރިއެވެ.
“އަހަރެންގެ ހިތް ބުނަނީ އާއިޒު އަހަރެން ހޯދަން މަސައްކަތް ކުރާނެޔޭ. އެކަމަކު ނަފްސަށް އެކަން ޔަޤީންކޮށްދޭނެ ގޮތެއް ނޭނގޭ.” އެނދުމަތީގައި އުއްޑުން އޮށޯވެލައިގެން އޮތް ޖާހަތު ދިޔައީ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުންނެވެ. “މިއަދު އެ ފެނުނީ އާއިޒު ކަމަށްވެސް ވެދާނެ. ހަމަ އަހަރެންނަށް މިހީވާ ގޮތަށް އޭނަ އަހަރެން ހޯދަން އުޅެނީ ކަމުގައިވެސް ވެދާނެ.” ހިތަށް އައި ހިޔާލަކުން ޖާހަތުގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއީ ޖާހަތު ބޭނުންވާ ގޮތްކަމުގައި ވީތީއެވެ. އާއިޒު އޭނާ ހޯދަން އައުމަށް ޖާހަތު އެދެއެވެ. ހުމާމުގެ ކިބައިން ސަލާމަތް ކޮށްދިނުމަށް ޖާހަތު އެދެއެވެ. އޭނާ ބޭނުންނަމަ މިހާރުވެސް އާއިޒަށް ގުޅައިގެން ހުރިހާ ކަމެއް އަންގާލެވިދާނެއެވެ. އެކަމަކު ހިތް ގޮތްދޫނުކުރަނީއެވެ. ޖާހަތުގެ ހިތުގައި އާއިޒަށްޓަކައި ފޮރުވިފައިވާ ސިއްރުލޯބި އޭނާ ގޮތްދޫނުކުރަން މަޖުބޫރުކުރަނީއެވެ. ބޭނުންވަނީ އާއިޒު އޭނާ ކައިރިއަށް އައުމެވެ. ހިތްބުނެލިއެވެ. އާއިޒެވެ. ލޯބިވާ ކަމުގެ އެންމެ އިޝާރާތެއް ދޭށެވެ. ދުވެފައި ގޮސް ތި އަތުތެރެއަށް ވަންނާނެމެވެ. އާއިޒު އަހަރެން ބޭނުންކަމުގެ އެންމެ ސިގްނަލެއް ދޭށެވެ. ދުވަހަކުވެސް އާއިޒުއާ ވަކިނުވާނެކަމުގެ ޔަޤީންކަން ދޭނަމެވެ. އާއިޒުގެ ހިތުގައިވާ އިހްސާސްތައް ދެނެގަންނަން ބޭނުމެވެ. އެއީ މިހިތުގައި ވާ އިހްސާސްތަކާ އެއްގޮތްތޯ ބެލުމަށެވެ. ދެމީހުންގެ ހިތުގައި ސިއްރުސިއްރުން މިޖަހަނީ އެއް ވިންދެއްތޯ ޔަޤީންކުރުމަށެވެ. އަހަރެންނަށް އާއިޒު ކައިރިއަށް ދެވިދާނެ ކިތަންމެ މަގެއް މިހާރުވެސް ފެންނަން އެބަ އޮތެވެ. އެކަމަކު އާއިޒުގެ ހިތުގައި އޮތް އެއްޗެއް ނޭނގި ދާން ކެރޭނީ ކިހިނެތް ހެއްޔެވެ؟ އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ އިންތިޒާރުގައި ހުރިކަން އެނގިއްޖެނަމަ އުދުހިލާފައި ދާނަމެވެ. މިހުރީ އިންތިޒާރުގައެވެ. އާއިޒުގެ ހަބަރެއް ވަންދެން އަހަރެންގެ މަޤްސަދަކީ ހަމަ އެންމެ ކަމެކެވެ. ހުމާމުގެ ކިބައިން ބަދަލު ހިފުމެވެ.
ޖާހަތުގެ ހިތުގައި ހުމާމަށް ރަނގަޅު ފިލާވަޅެއް ދިނުމަށް އަޒުމު ކަނޑައެޅިއެވެ. ހުމާމު ބުނި ގޮތަކަށް ހެދިގެން އައްޑުއަށް އައީ ޖާހަތުއަށް ކޮންމެހެން އެހެންގޮތެއް ނެތިގެނެއް ނޫނެވެ. “ހުމާމު! ހިނގަހިނގާ ހުރެފައި ކުރިއަށް ފުންމައިގަންނަން ބޭނުން ވެއްޖެ ނަމަ، ދެތިން ފިޔަވަޅު ފަހަތަށް އަޅަނީ ކޮންމެހެން ކުރިއަށް ދާން ނުކެރިގެނެއް ނޫން. ތައްޔާރު ވެލައިގެން ޔަޤީންކަމާއެކީ ފުންމާލުމަށްޓަކައި. ބަލަންހުރޭ ކަންތައް ދެންވާނެގޮތް..” ޖާހަތު އެނދުން ތެދުވެލަމުން ބުނެލިއެވެ.
އީމަންގެ އިންތިޒާރުގައި އިޔާނާ ހުރި އިރު ސިކުނޑިގައި ހިނގަމުން ދިޔައީ އޭނާއަށް ސިފަވަމުން ދިޔަ ހިޔާލުތަކެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އެއް ހިއްސާކަން ހަމަ ޔަޤީނެވެ.
ހިޔާލުތަކުގައި ހުރެގެން މަޑުމަޑުން ކުރިއަށް ހިނގައިގަނެވުނެވެ.
“މެޑަމް! ޕޭމަންޓް” ބޭރަށް ނިކުމެ ނިކުމެ ހުރި އިޔާނާއަށް ކައުންޓަރުގައި އިން މީހާ ބުނެލިއެވެ. އަތުގައި ރުފިޔާއެއް ނެތެވެ. އީމަންގެ ހަބަރެއްވެސް އަދި ނުވެއެވެ. ބުރުގާއަށް އަރުވާފައި އިން ރިހި އަނގޮޓި ނަގައި ކައުންޓަރުމަތީގައި ބޭއްވުމަށްފަހު އެތަނުން މަޑުމަޑުން ނިކުތެވެ.
ރުޅިވެރިކަމާއެކީ ޖެހެމުން ދިޔަ ބާރު ވައިރޯޅިތައް ތެމިފައިވާ ހަށިގަނޑު އިތުރަށް ފިނިކުރަން ފެށުމުން މަޑުމަޑު ތުރުތުރެއް ހަށިގަނޑުގައި އަޅަން ފެށިއެވެ. އިޔާނާ ދެއަތް ދެއަތާ ކާއްތަން ފެށިއެވެ. ހޫނުކަން އިހުސާސް ކުރުމަށެވެ. ގަދަ ފިނީގައިވެސް ދެލޯ މަރައިލިއެވެ. އަދި އެއްފަހަރު އެ ތަސްވީރުތައް ސިފަ ކުރުމަށެވެ. އެއީ ހަޔާތާއި ގުޅިފައިވާ ތަސްވީރުތަކެއް ކަމަށް ޤަބުލުކުރެވޭތީއެވެ. އެތަސްވީރުތަކުން ފެންނަ އަންހެން ކުއްޖާއަކީ ޚުދު އިޔާނާކަމުގައި ހިތް ބުނަނީއެވެ. ނަމަވެސް އެއީ ކޮން ފިރިހެނެއް ހެއްޔެވެ؟ އެއީ ޒާން އެއް ނޫނެވެ.
ދެލޯ މަރާލުމާއެކީ އިޔާނާއަށް އެ މަންޒަރުތައް ސިފަވާންފެށިއެވެ. ފަޅުގޭތެރެއަށް އެޅިފައި ހުރި އޮރެންޖް އަލީގައި ފެންނަމުން ދިޔަ ހިޔަންޏެވެ. އިޔާނާފިލައިހުރެ އެ ހިޔަންޏަށް ބަލަމުން ދިޔައެވެ. އެމީހެއް މަޑުމަޑުން ކުރިއަށް އައެވެ. އެއަނދިރިކަމުގެ ތެރެއިން އިޔާނާއަށް ފެނުނީ އީމަންގެ މޫނެވެ.
13 Comments
Comments are closed.
Mivaahaka Dhen ninman vejjehnu haadha foossey
Mee alhe garunaku eh faharu genesdhey vaahaka ehtha…
Mee mahaku en faharu up vaa vaahaka en foohi foohi vaa haka en
Thankkolheh avahah up kohdheyn veenu… v kiyaa hithun kiyan feshi vaahaka eh mee
Vaahaka reethi bt up vaaleh lahy plx avahah up kohdheeba. V Kiyaa hiyyvey.
Dhen oeh part varah kiyaa bihvey…..pls up kohllaba avahah…………kiyaa hithun kehmadhuvefa……..
Dhen oeh part varah kiyaa hihvey…..pls up kohllaba avahah…………kiyaa hithun kehmadhuvefa……..
Keehvetha ehaa laskuranee please avaskohdheeba
Mi vahaka ala centuryko ganasda nama hithatha thia ulani ?
Pls dhen up kohdheeba……meege part 53……pls pls pls…….varah kiyaa hiyvey…….nukiyaa meehun baithibbaaa…….
Mivaahaka kiyan feshy v kiyaahithun.. Bt mihaaru v foohi ..Haadha lahey up kuraaleh.. Up kuraaleh lasvaa reason eh vx bunan vehjehnu.. Any ways RAMADAN MUBAARIC
Side libidhaanethr mi vaahakaige 1st fese ge kiyaalah
ސަޅި.. ހަމަ އޮބިނެސް 🙂