Skip to content
އެސްފިޔަ

ފައިވާނެއްގެ ދުލުން

އާދުވަހަކަށް އިރުގެ ރަން އަލި ފާއްދާލީ އަހަރެންގެ އެކުވެރިންނާއިއެކީ ބޭނުމެއްނެތި ފޫހިވެފައި ހަރުގަނޑުމަތީ އޮއްވައެވެ. އަހަރެންގެ އެކުވެރިން ގިނަވެފައިވާއިރު އެންމެންގެ ހާލަކީ މިއެވެ. ސޯނާވަމުންދިޔަ ގަނޑީގެ އަޑާއިއެކު ދުވެފައި އައި އަންހެންކުއްޖާ ހުއްޓިލީ ހަރުގަނޑު ކުރިމަތީގައެވެ. ހަވީރީހެދުމެއްގައި ހުރި އަންހެންކުއްޖާގެ މޫނު ހުރިގޮތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މޫނެކޭ ފެންކުލަ ފޮއްޓެކޭ އެއްފަދައެވެ. އަވަސްއަވަހަށް އަހަންނާއި އެކުވެރިންނަށް ނަޒަރު ހިންގާލުމަށްފަހު އޭނަގެ އަތަށް އަހަރެން ނެގިއެވެ. އެއަށްފަހު އަތަށް ބާރުލައިފައި އަހަރެންގެ ގައިގައި ދެތިން ބޮޑި އެޅިއެވެ. އަހަންނަށް ނުރޮވި އިނީ ކިރިޔާއެވެ. ދުލުން ނުބުނެވުނަސް އަހަންނަށް ހާދަ ތަދުވިއެވެ. ތަންކޮޅެއް އޯގާތެރިކަމާއިއެކީ އަހަރެންގެ ގައިން ހިރަފުސްތަށް ފޮޅާނުލެވޭނެހޭ އަހާފާނަމޭ ހިތަށް އެރިއެވެ. ބިންމައްްޗަށް އަހަރެން ވައްޓާލުމަށްފަހު އޭނަގެ ފައިން އަހަރެންގެ ގައިމައްޗަށް އެރުމުން އެވީ ތަދު ބުނެދޭންވެސް ދަތިވިއެވެ. އަހަރެން ކަހަލަ ނިކަމެތި ފައިވާނަކަށް އިންސާނެއްގެ ބަރު ހިފަހައްޓައިލެވެނީ ފަހެ ކޮންފަދައަކުން ހެއްޔެވެ. އަހަރެންގެ ދުވަހުގެ ދަތުރު ފެށުނީ މަގުމަތިންނެވެ. ފެންހެދިފައިވާ މަގުތަށް ކަނޑައްތުކުރަމުންދިޔައިރު އަހަރެންގެ ގައި ތެމި މުޅިން ފޯވެއްޖެއެވެ. ޗަކަ އުނގުޅި މުޅި ހަށިގަނޑު ނުތާހިރު ވެއްޖެއެވެ. ވަރުބަލިވަމާއިއެކުވެސް ޝަކުވާއެއްނެތި އެބުރަ އުފުލުމުން ދެން އުފަުލަން ޖެހުނު ބުރަ މާބޮޑެވެ. ހިލައިގެ ތާރުގަނޑުގައި އަމިއްލަ ހަށިގަނޑު ގޭނެމުންދިޔައިރު ނުފެނުނަސް ހަށިގަނޑަށް ހާދަ ޒަހަމެއް ލިބުނެވެ. އޭރު ގަދަވަމުންއައި އަވީގެ ހޫނުކަމުން ހަށިގަނޑު ފިހޭވަރުވިއެވެ. މިވޭނުގައި އަހަރެން ކެތް ކުރަމުން ދަނިކޮށް އަހަރެންގެ އަތް ކޮނޑުހުޅުން ވަކިވެގެން ދިޔައެވެ. ވީތަދުން އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ނަމަވެސް އެއަޑު އަހާނެ މީހަކު ނެތެވެ. އަހަރެންގެ ވެރިމީހާ އަައިރުޅީގައި އެތާ ކައިރީގައި ހުރި ފިހާރައަކަށް ވަންނަމުން ކައިރީ ހުރި ޑަސްބިނަށް އަހަރެން ލިއެވެ. އަހަރެން ހަޅޭލެވީމެވެ. އެހެން ނުހެދުމަށް ބުނީމެވެ. އެހެންނަމަވެސް އެއަޑު އަހާނެ މީހަކު ނުވިއެވެ. އަހަރެންގެ ކަރުން ހަންދިޔައިރުވެއް އޮންނަންޖެހުނީ އެ ކުނިތަކުގެ ތެރޭގައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އިންސާނުންނަކީ ހަމަ އެހާ ރަހުމު ކުޑަ ބަޔަކީ ބާއެވެ.

Comments (34)

  1. Noor✓

    Very interesting..
    .

    1. saraahu
      Noor✓

      thnkxx

  2. Twinkle?

    Yay me first

    1. saraahu
      Twinkle?

      thnkx

    2. saraahu
      Twinkle?

      thnkx…

  3. Twinkle?

    V ufehdhuntheri… masha allah…

    1. saraahu
      Twinkle?

      thnkx

  4. secret girl

    V salhi mi vaahaka

    1. saraahu
      secret girl

      thnkx

    2. saraahu
      secret girl

      thnkx…

  5. Raifa

    My varah majaa kaeh dho dear… ☺I ves 3 buru liyunin mubaaraathakah ufehdhun theri liyun.☺☺ But furathama 2 buru libuny 1st place enmme fahu bunr nulibey ?? varah reethi mi liyun ves. I am a kid

    1. saraahu
      Raifa

      dnt loos ur hope. try hard….. thnkxx

  6. Meee

    Nice story v like vey thikahala ehchei Kian hope adhi ehen ehcheh kiaalan libeyne kamah mikahala ???

    1. saraahu
      Meee

      thnkx…hoping to write a story.. but test kurimathee otheema adhi madukohlaigen mihuree

  7. Neera

    Good work sis..

    1. saraahu
      Neera

      thnkx… nee ge support aa nulaa mikameh nuvaane. thnkx for supporting me my best sis

  8. Yalvy

    Wow…great….masha allah..???

    1. saraahu
      Yalvy

      thnkx…

  9. Nunnu

    V reethi
    Ekam dhen faivaan Kahala ehchessah dhaan dhen shakuvaa kuranyaa koba salaamatheh
    Aslu ehen hunna veli v undhagoovaane reethikoh athun folhaalan
    Ekam dhen mee hiyaalee vaahaka ennu dho
    Hama vv reethi
    Keep it up

    1. saraahu
      Nunnu

      thnkxx

  10. No one

    Woww… Very funny nd awesome story.♥️♥️. Hope to see more stories from u

    1. saraahu
      No one

      thnkxx

  11. Zidhan Mohamed

    R.I.P faivaan ???
    Dhiraashathu mi vaahaka hama obi noave! ??

    1. dhiraa wish
      Zidhan Mohamed

      thnks

  12. Roxy

    Vvv creative gud wrk buddy ???

    1. saraahu
      Roxy

      thnkx

  13. kitty

    wow. v creative.. looking forward for new stories.. n best of luck for ur exams…

    1. saraahu
      kitty

      thnkxx.

  14. Sheen

    Mifadha molhu liyuntha gina ginain mi site inkiyan libeynekama ummeedh kuran. V salhi

    1. saraahu
      Sheen

      thnkxx.

  15. Lau

    V salhi❤

    1. saraahu
      Lau

      thnkxx.

  16. Leema

    Handhaan vanee schoolgaulhun iru liun mikahala storyeh. Kalhuhan

    1. dhiraa wish
      Leema

      hehehehe

Comments are closed.