Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފާޙަނާ – 1

Cheen Level 1
February 3, 2020 4 Mins Read
4 Comments

ފާޙަނާގައި ގިނައިރުވުމަކީ ނުރަނގަޅު ސިފައެކޭ މީހުން ބުނެއުޅެއެވެ. މިއީ ހަޤީޤަތެއް ނޫންކަން އަހަރެން ޤަބޫލުކުރަމެވެ. ބޮޑު ކޮޓަރިއަކާއި އަދި އެޔަށްވުރެ ތަނަވަސްކޮށް ހަދާފައި ހުރި ފާޙަނައިގެ ފުރިހަމަ ބޭނުން ނުކުރަންވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭސީގެ ފިނީގައި ނިދާލުމަށްފަހު ހެނދުނު ހޫނު ފެނުން ފެންވަރާލުމާއި އެކީ ލިބޭ އަރާމުގެ ބޮޑުކަން ހެޔޮވާނީ ނުދެއްކިއްޔާއެވެ. އެހާވެސް ސިކުނޑި ތާޒާވެގެން ދިޔައެވެ.

މަންމަ އަބަދުވެސް ބުޅެ އުޅެއެވެ. އަންހެނެއް ވެސް ފާހަނާގައި ތިހާ ގިނައިރެއް ނުވާނެއެވެ. މަންމަ އެހެން ބުނާ ކޮންމެ ފަހަރަކު ހިތަށް އެރިއެވެ. ފާހަނާގައި ހޭދަކުރަންޖެހޭ ވަގުތު ކަނޑައަޅަނީ މީހާގެ ޖިންސު ހެއްްޔެވެ؟ އަހަންނަކީ ފަރިބަލާ މީހެކެވެ. ފިރިހެނަކަސް ހަންގަނޑުގެ އެތަކެއް ކްރީމެއް އުނގުޅާ ތުނބުޅި ވީހާވެސް އެއްވަރުކޮށް ބަހައްޓަން ބޭނުންވާ މީހެކެވެ. އެއީ ރަނގަޅު އާދައެއް ނޫން ހެއްޔެވެ؟

ހަވީރުގެ ވަގުތެވެ. ކިލާސް ފެއްޓެން ދެމިނެޓަށްވެފައި އޮއްވާ އަސުރު ނަމާދުގެ ބަންގި ފަޒާގައި ގުގުމާގެން ދިޔައެވެ. ޗޮކެއް ކަނޑާލުމަށްފަހު ކިލާހަށް ވަންނަން ދިމާކުރިތަނާ ކައިރީގައި ހުރި ފަޒީލް ބޭރަށް ދާން ހިނގައިގަތެވެ.

“ކޮންތާކަށް؟”

ނުރުހުމެ ރާގަކަށް އަހަރެން އަހާލީ ފަޒީލްއާއި ނުލާ ކިލާހުގައި އިންނަ ހިތް ނުވާތީއެވެ.

“ނަމާދަށް. އަންނާން.. ފިރާޒު ދޭ.”

ބޯ ދެފަރާތަށް ހޫރުވަމުން އަހަރެން ކިލާހަށް ވަނީމެވެ. ފަޒީލްއަކީ ބަރާބަރަށް ފަސް ނަމާދުކުރާ އަޅުވެރިޔެކެވެ. އަންހެންކުދިންނާ ބޭކާރު ގުޅުންތަކެއް ނުބާއްވާ މީހެކެވެ. ވާހަކަ މަދު އަދި ކެތްތެރި މީހެކެވެ. އެޔާ ހިލާފަށް ނަމާދަކީ އަހަރެން ކުޑައިރުއްސުރެވެސް ކުރާ އެއްޗެއް ނޫނެވެ. ކުރަން އިނގޭވެސް އެއްޗެއް ނޫނެވެ. އެވާހަކަ އަހަރެން ފަޒީލް ގާތުގައި ނުބުނަމެވެ. ބުނެފިއްޔާ އޭނާ ވާހަކަ ދެއްކުންވެސް ހުއްޓާލަފާނެ ކަމުގެ ބިރު އެބަ އޮތެވެ.

ކިލާހަށް ވަދެގެން ދިޔައިރު ސާރާ އެންމެ ކުރީ ސަފުގައި ޒިޔާންގެ ގާތުގައި އިނެވެ. އަހަރެން ފެނުމާއި އެއްކޮށް ކުޑަ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ. އަހަރެންނާއި ސާރާގެ ގުޅުމަކީ އެހެން މީހުނަށް ސިއްރުވެގެންވާ ގުޅުމެކެވެ. ފަޒީލަށް ވެސް އެވާހަކަޔެއް ނޭނގޭނެއެވެ. ސާރާއަކީ ޒިޔާންގެ ލޯބިވެރިޔާއެވެ. ކޮލެޖުގައި ނަންމަޝްހޫރު ދެ ލޯބިވެރިންނެވެ. ކުޑައިރުއްސުރެވެސް ރައްޓެހިވެގެން އުޅޭ ދެމީހުނެވެ. މިދެމީހުންގެ ދޭތެރެޔަށް އަހަރެންް ވަނީ ވަންނަ ހިތަކުން ނޫނެވެ. އެނޫން ގޮތެއް ނެތިގެންނެވެ. ސާރާއަށް ރަނގަޅަށެވެ. އޭނާޔަށް ކެތް ނުވެގެނެވެ.

ކޮލެޖު ނިންމާފައި ޢާންމުކޮށް ސާރާޔާއި ބައްދަލުކުރާ ކޮޓަރިން ބައްދަލު ކުރީމެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ސާރާ ކެތްމަދުވެފައި އިންހެން ހީވިއެވެ. އަހަރެންގެ ގޮމީހުގެ ގޮށްތައް ނައްޓަމުން ދިޔައިރު އޭނާގެ އަނގައިން ބޭރުވީ އެންމެ ނަމެކެވެ.

“ޒިޔާން!”

ކިތަންމެ ދެރަވިޔަސް ނުރުހުންވިޔަސް އެއީ ހަޤީޤަތެވެ. ސާރާގެ އެދުން ފުއްދުމަށްވުރެ ޒިޔާން މާ ސޯލިހެވެ. ސާރާ އަމިއްލަ އަނގައިން ބުނި ވާހަކަ އަހަރެންގެ ސިކުނޑީގައި އަދިވެސް ބިންވަޅުނެގިފައި ހުރެއެވެ. ޒިޔާން އެއްވެސް “ފިޒިކަލް” ގުޅުމެއް އޭނަޔާއި ނުބާއްވާ ކަމެވެ. ޒިޔާން މަޑުކޮށްގެން އެހުރީ ކައިވެންޏަށް ކަމެވެ. މިއީ މީހަކު ޤަބޫލުކުރާ ކަހަލަ ވާހަކައެއް ނޫނެވެ. އަހަންނަށް ހީކުރެވުނީ އަހަރެންނާއި ގާތްވުމަށް ދައްކާ ބަހަނާއެއް ކަމުގައެވެ. އެހެން ނަމަވެސް ކަން އޮތީ އެގޮތަކަށް ނޫނެވެ. ފުރަތަމަ ފަހަރަށް ސާރާ އަހަރެންނާއި ގާތްވީ ކިލާސް ދަތުރަކުންނެވެ. އެދަތުރުގައި ޒިޔާންއަށް ބައިވެރިނުވެވުނީ ބަލިވެގެންނެވެ. އެދުވަހު ވަރަށް ގިނައިރު ވާހަކަ ދައްކަން ހުރެފައި އޭނާގެ ޒާތީ ވާހަކަތައް ހިއްސާކުރަން ފަށައިފިއެވެ.

“ޒިޔާން ވަރަށް ސޯލިހު ވާނެ. ހީ ޑަޒަންޓު ނޯ މައި ފީލިންގްސް. އަދި މެރީ ކުރެވޭނީ ކޮންއިރަކުން.. އަދި ކިރިޔާ ޑިގްރީ މިފެށުނީ.”

ސާރާގެ ވާހަކަތަކުން އަހަރެންގެ ނިއްކުރިއަށް އެރި ރޫތައް ގިނަވިއެވެ. ސާރާ ބޭނުންވަނީ ހަމައެކަން ބާއޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އަންހެން ކުދިންނަކީ މިހާ އެދުންވެރި ބައެއްކަމަކަށް ނުދެނަހުރީމެވެ. އެހެން ނޫނަސް މިގުޅުމުން އަހަރެންނަށް ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ކޮލެޖުގެ އެންމެ ފުރަތަމަ ދުވަހު ރީތިވި ކުއްޖާ މިހާރު ވަނީ އަހަރެންގެ އަތު ތެރޭގައެވެ. ހޫނު ނޭވާވެސް އިހްސާސްވާހާ ކައިރީގައެވެ. މަދީ ކޯއްޗެއް ހެއްޔެވެ؟ ލޯތްބެވެ. ސާރާ އަހަރެންދެކެ ލޯތްބެއް ނުވެއެވެ. އޭނާޔަށް އަހަރެންނަކީ ތުން ފުހޭ ޓިޝޫކޮޅެކެވެ. ގަންނަހާ ގަނޑެއް ގަނެފައި އެންމެ ފަހުން ޒިޔާން ލިބެނިކޮށް އޭނާޔަށް ހެވެއެވެ.

“މީ އެންމެ ފަހު ފަހަރު ފިރާ އަށް ބައްދަލުވާ… ވީ އާރ ގެޓިން މެރީޑް ސޫން.”

ސާރާގެ އެންމެ ފަހު ޖުމުލައިން އަހަރެންގެ ހަރަކާތްތައް ހުއްޓުނެވެ. އަޅުވަމުން ދިޔަ ބެލްޓު ހަނދާންނެތިފައި އަތުގައި ވާފަށެއްހެން އޮތެވެ. ވަގުތު ހުއްޓުނު ކަހަލައެވެ. ސާރާގެ ދިގު ފަން އިސްތަށިގަނޑު ވިހުރޭ މަންޒަރު އަހަންނަށް ފެނުނީ ސުލޯ މޯޝަންގައެވެ.

“ސާރާ އެއްނު ބުނީ ނޭނގެޔޭ ކައިވެނި ކުރާ ދުވަހެއް!”

ރުޅިއައިސް އަހަރެންގެ އަނގައިން ބޭރުވި ބަސްތައް އަނބުރާ ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ؟ އެހެން ނޫނީ ސާރާ ބުނި ވިހަގަދަ ބަސްތައް އަޑުނީވުނީހެވެ. ކުރާނީ ކީއް ހެއްޔެވެ؟ ނަސީބު ވެސް ދެރައީއެވެ.

“ޑޯންޓް ޓެލްމީ ޔު ލަވް މީ ނައު.. ސާރާ އޭރުވެސް ބުނިން މި ގުޅުމަކީ ހަމައެކަނި ފިޒިކަލް ގުޅުމެކޭ.. ޔު ނޯ ދެޓް. އެހެން ނޫނަސް.. ސާރާއަށް ދުވަހަކުވެސް ފިރާ ދެކެ ލޯތްބެއް ނުވެވޭނެ.. އައި ކާންޓް ޓޭކް ޔޫ ސީރިއަސްލީ.. އިނގޭ ދޯ ކޮލެޖު އެންމެން ފިރާއޭ ކިޔާފަ ކިޔާ އެއްޗެހި.. ޔުނޯ ..އަބައުޓް ޔުއަރ ޑޭޑް؟”

އެހިސާބުން އަހަރެންގެ ހަރަކާތްތައް އަވަސްވިއެވެ. ސާރާގެ މޫނަށް ވެސް ބަލާނުލާ ނިކުމެގެން ދިޔައީ ހަމައެކަނި އެ ކޮޓަރިންނެއް ނޫނެވެ. އޭނާގެ ހަޔާތުންވެސް މެއެވެ. މީހުން ކިޔާ އެއްޗެހި އަޑުއިވުނީ މިޔަދެއް ނޫނެވެ. ސާރާއަށް ނޭނގޭކަމީ އެއީ އަހަރެން އާދަވެފައި ހުންނަ ކަމެއް ކަމެވެ. އެއްފަހަރު ދެފަހަރު ވާކަމެއް ނޫނެވެ. އަބަދުވެސް އިވޭ އަޑެކެވެ.

ގެޔަށް އާދެވުނުއިރު ކަނެއްގައި ބިއްޖެހިފައި މަންމަ އިނެވެ. މަންމަގެ ގާތުގައި އަބަދުވެސް އުޅޭ ނަރުސް ކުއްޖާ ބަތްޕެން ފޮދެއް މަންމައަށް ލަވަން ވަރަށް މަސައްކަތްކުރިއެވެ. އަނގަޔަށްލާހާ އެއްޗެއް އަނބުރާ ތައްޓަށް ވެރެމުންދިޔައެވެ. އެ މަންޒަރު ބަލަން ހުރެފައި އަމިއްލަ ނަފްސުދެކެ ގަތް ފަކުރަކުން އަހަރެންވަނީ ފާހަނަޔަށެވެ.

ފާހަނާގައި ހަމަޖެހިލައިގެން ބިލިގާ ތެރެއަށް އެރިގެން އޮތީ ދެލޯ މަރައިލައިގެނެވެ. ވީ އަރާމެއްގެ ބޮޑުކަމުން ލޮލަށް ނިދި ސަވާރު ވެއްޖެއެވެ. ހޭލެވުނުއިރު ވަށައިގެންވީ އަނދިރިކަމެވެ. ބޮކި އެދީ ތޯއްޗެވެ. ގޭގައި މަންމަޔާއި ނަރުސް ކުއްޖާ ފިޔަވައި އިތުރު މީހަކު ނޫޅެނެއެވެ. މަދަދަށް ގޮވާނެ މީހެއް ވެސް ނެތެވެ. އަނދިރީގައި އަތް ކާއްތަމުން ގޮސް ދޮރުގެ ތަޅުގައި ހިފާލުމާއި އެކީ ކުކުރުމެއްގެ އަޑު އިވިގެން ދިޔައެވެ. އަހަރެންގެ އިސްތަށިތައް ކޮޅަށް ޖެހުނެއެވެ. ތަޅުން ދޫކޮށްލަމުން ވަށައިގެންވި އަނދިރިގަނޑަށް ނަޒަރު ހިންގާލީމެވެ.

“ކާކު؟”

ވަށައިގެން ދެފަރާތަށް އަތް ހޫރުވަމުން އަހަރެން ގޮވާލީމެވެ. ކުއްލިއަކަށް ފާހަނައިގެ ސީލިންގުގެ ބޮކި ދިއްލިގެން ދިޔައެވެ.

“ސަރ؟”

ފާހަނަ ތެރޭގައި ހުރި ނަރުސް ކުއްޖާ ފެނުމުން އަވަސް އަވަހަށް އެލުވާފައި އޮތް ތުވާލި އުނަގަނޑުގައި އޮޅާލީމެވެ.

“ކިހިނެތް އެތެރެޔަށް ވަނީ؟ ދޮރު އެހެރީ ތަޅުލާފައެއްނު؟”

އެކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންގެ ފޫޅުން ތިރިއަށެވެ. ތުންފަތުގައި ދޫ ކާއްތާލަމުން އޭނާ ނަޒަރު ބިމަށް އަމާޒުކޮށްލިއެވެ.

“މާ ގިނަ އިރުވުމުން ބަލާލަން އައީ.. ދޮރު ހުޅުވުނުއިރު އަނދިރިކޮށް އޮތީ ދެން އަތެއް އައިސް އަހަރެންގެ….”

ނަރުސް ކުއްޖާ ބުނި އެއްޗަކާއި މެދު އަހަންނަށް ވިސްނާލެވުނެއެވެ. މީނަ މިދައްކަނީ ކޮން އަތެއްގެ ވާހަކައެއް ހެއްޔެވެ؟

“އެނީވޭސް.. ސޮރީ.. ދެން ދަނީ.”

ނަރުސް ކުއްޖާ އައި ދިމާލަށް ދަމުން ދިޔައީ އަހަންނާއި ދިމާލަށް އަނެއްކާވެސް ރަނގަޅަށް ބަލާލާފައެވެ.

“ކޮން ނަމެއް ކިޔަނީ؟”

އެ ސުވާލު އެހުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެ އަންހެން ކުއްޖާގެ ހަރަކާތްތައް ހުރި ގޮތާއި އޭނާގެ އެސްފިޔަތުގެ ދިގުކަން އަހަންނަށް ކަމުދިޔައެވެ. އަމިއްލަ މުވައްޒަފެއް ކަމަކު ނަން އަހާލުމުން ގޯހެއް ނެތްތާއެވެ.

“ނައިރާ…..”

ތުންފަތުގައި ދަތް އަޅާލަމުން ނައިރާ އެހެން ބުނެލި ހިނދު އޭނާގެ ދޮން ކޯތާފަތް ރަތްވެގެން ދިޔައެވެ. ނައިރާގެ ކޮންމެ ހަރަކާތެއް ވެސް އެހާމެ އަންހެންވަންތައެވެ. ކޮޓަރިން ބޭރަށް ގޮސް އޭނާ ލޯމަތިން ގެއްލުނު އިރުވެސް ހުރިތަނަށް ގުޑާލަން ވެސް ނޭނގި އަހަންނަށް ހުރެވުނެއެވެ.

Share Article

Follow Me Written By

Cheen

Level 1

Other Articles

Previous

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން-2

Next

ރާސްތާ2 (32)

Next
February 3, 2020

ރާސްތާ2 (32)

Previews
February 3, 2020

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން-2

4 Comments!

  1. Esherr says:
    February 3, 2020 at 6:55 am

    New writer eh dhw…anyway story is fabulous…look forward for the next part…nd best of luck with it??❤

  2. ?aayis says:
    February 3, 2020 at 2:18 pm

    Whn next part??

  3. Yan♥️ says:
    February 5, 2020 at 2:25 pm

    When is next part ?

    1. Cheen says:
      February 5, 2020 at 3:39 pm

      ވަރަށް އަވަހަށް ދެން އޮތްބައި ވެސް ނިކުންނާނެ. ޝުކުރިއްޔާ ކޮށްދެއްވި ކޮމެންޓަށް.

Comments are closed.


All Right Reserved!