“ކިއަރާ، ހޭލަބަލަ. ބައްޕާ، ކިހިނެއްތަ ވީ ކިއަރާއަށް؟” އަދުހަމް ހަބަރު ހުސްވެފައި އޮތް ކިއަރާއަށް ބަަލަމުން ހަބީބް ގާތުގައި އެއްސެވެ. “އަދުހަމް، ކިއަރާއާ ދުރުވާށޭ. ސަބަބެއް އޮވެގެނެއްނު ބައްޕަ މިހެން މި ބުނަނީ؟” ހަބީބް އަދުހަމްގެ އަތުގައި ހިފާ ނެގުމަށްފަހު ކިއަރާ އޮތް ސޯފާއާއި ދުރުކުރަމުން ބުންޏެވެ. “ތިއޭ މި ދައްކާ ވާހަކައަކީ. ކޮބާހެއްޔޭ ސަބަބަކީ؟ ޖިންނިއަކަށް ވީމަތަ؟ ބައްޕާ އަހަރެން ބިރެއް ނުގަނޭ ކިއަރާއަކީ ޖިންނިއެކޭ ކިޔާފަ. އަހަރެމެން ދެމެދަށް ބައްޕަ ނުވަދޭ. އާދޭސްކޮށްފަ މިބުނަނީ” އަދުހަމް ހަބީބްގެ އަތް ފޮޅުވާލުމަށްފަހު ހިތްހަމަނުޖެހުމާއެކު އިސްޖަހާލިއެވެ. “ދަރިފުޅަށް ވެގެން އުޅޭ ގޮތް އެނގިއްޖިއްޔާ ތިހެނެއް ނުބުނާނެ. ބައްޕަ ނުކުރަން އެއްވެސް ކަމެއް ކިއަރާއަކަށް. ދެކުދިން ދެކުދިންދެކެ ވަކިނުވެވޭ ވަރަށް ލޯބި ވެދާނެތީ އެހެން ވުމުގެ ކުރިން ހަގީގަތް ކިޔައިދޭންވެގެން އުޅުނީ ކިއަރާއަށް. އެކަމަކު އޭނަގެ ގަޔަކު އެ ހުރިހާ ވާހަކަތަކެއް އަޑުއަހާނެ ހިތްވަރެއް ނެތީ. ކިއަރާ ހޭ އެރީމަ ބައްޕައަށް އަންގާލާ” މިހެން ބުނުމަށްފަހު މަޑުމަޑުން ހަބީބް އަދުހަމްގެ ކޮނޑުގައި ޖަހާލިއެވެ. “އަ.. އަދުހަމް” އަހަރެންގެ ބަލި އަޑު އަދުހަމްއަށް އިވުމާއެކު އަވަސްކަމާއެކު އޭނާ އަހަރެންގެ މަގަތުގައި އިށީނެވެ. އޭނާގެ ދެއަތް ޖޯޑުކޮށް އަހަރެންގެ މަޑު އަތްތިލަ އޭނާގެ މުށުތެރެއަށްލާ ބާރުކޮށްލިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. ބޮލުގައި އަތްއަޅާލުމަށްފަހު ތެދުވަމުން އަހަރެން އަދުހަމް ގާތު ކިހިނެއް ވީހޭ އަހާލީމެވެ. އެއަޑަށް ވަދެގެންއައި ހަބީބް ފެނިފައި އަދުހަމް އެއްޗެކޭ ބުނަން އުޅެފައި ނުބުނެ އިސްޖަހާލިއެވެ. ދެވަނަ ސިކުންތުގައި ހަބީބް އައިސް އަދުހަމްގެ އަތް […]
ދޮރު ހުޅުވާލިއިރު ކުރިމަތީގައި އިސްޖަހާލައިގެން ފުރާވަރުގެ އަންހެންކުއްޖެއް ހުއްޓެވެ. ބޯ އަރިކޮށްލާ ހަބީބް އޭނާގެ މޫނު ބަލަން މަސައްކަތް ކުރާތީވެ އޭނާ އަވަސްއަވަހަށް އެނބުރިފައި ގޭތެރެއަށް ހިނގައިގަތެވެ. މާބޮޑު ކަމަކަށް ނަހަދައި ހަބީބް ދޮރު ލައްޕާލަމުން އެތެރެއަށް ވަނެވެ. ގެ ފަރިތަކޮށް ދަސްވެފައިވުމާއެކު ހަބީބްއަށް މާ ބޮޑު އުނދަގުލަކާއި ދިމައެއްނުވިއެވެ. ސިޓިންރޫމް ތެރެއަށް ނަޒަރު ހިންގަމުން ދަނިކޮށް ބަދިގެއާއި ދިމާލުން މީހަކު ހުރަސްކެނޑިތަން ފެނި އޭނާ އެދިމާލަށް ހިނގައިގަތެވެ. “ބައްޕާ އައީތަ؟” ހަބީބް ފެނުމާއެކު އަފްރާ ފޮޅުނެވެ. […]
“މިއަދު މެންދުރު ތިކޮޅަށް ދާން ކަމަށް މިއުޅެނީ. ހުރިހާ ކުދިން ރަނގަޅުތަ؟” ސިޓިންރޫމް ތެރެއިން އިވެމުން ދިޔައީ ހަބީބް އަރާޔާއާއި ވާހަކަދައްކާ އަޑެވެ. “އެހެންތޯ؟ އަޅުގަނޑުމެން ވަރަށް އުފާވާނެ ތިގޮތަށް ކަންކުރައްވައިފިއްޔާ. ހުރިހާ ކުދިންވެސް ރަނގަޅު” އަރާޔާ ބެލްކަނިން ބޭރު ބަލަން ހުރެ ހަބީބްއަށް ރައްދު ދެމުން ދިޔައެވެ. “މިހާރު ދޮންބެ ކޮބާތަ؟ ގުޅާފަ އިންތަން ފެނިގެން ގުޅާ ގުޅާ ފޯނެއްވެސް ނެގީއެއް ނޫން” ހަބީބް ކުރިއަށް ޖެހިލުމަށްފަހު ކަޅު ކޮފީތަށި ނަގަމުން އަހާލިއެވެ. “ދޮންބެ ނުބުނޭތަ؟ […]
“ބޮނޑި!” ތާސް ނަގާ މޭޒުމައްޗަށް ޖެހުމަށްފަހު އަފްރާ ޖޯޝާއެކު ހަޅޭއްލަވައިގަތެވެ. އަރީންގެ އަތްބައި ބެލުމަށްފަހު އޭނާ އަތްބައި ހަމަކުރަން ހޯދި ދެތިން ތާސް ހިފަހައްޓައިގެން އިނުމުން އަރާޔާ ތުން ދަމާލިތަން ފެނިފައި ވަފާ ހީގަތެވެ. “ދޮންބެ ކޮބާ؟ އެ ނިކުތް ގޮތަށް އަދިވެސް ނާދޭ” ވަފާ އަރީންގެ ފަހަތުގައި އިން ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. އެހެން ބުނިތާ ލަހެއްނުވެ ދޮރު ހުޅުވާލާފައި އަދުހަމް ވަނެވެ. އެއްފަރާތަށް ޖެހިލުމަށްފަހު އޭނާ ކޮށްލި އިޝާރާތަށް ތަބާވެ އެތެރެއަށް […]
އެތަކެއް ތެތް ރޯޅިތަކެކެވެ. އަހަރެންގެ ފަން އިސްތަށިތަކަށް ހަމަލާދެނީއެވެ. ގަސްގަހުގެ އެތަކެއް ގޮފިތަކެއްގެ ޝިކާރައަކަށްވެ އަހަރެންގެ މޫނާއި ދެއަތް ޒަހަމްވެފައިވެއެވެ. އަހަރެންގެ ހަލުވި ފިޔަވަޅުތަކުގެ ދަށުވެ ހިކިފަތްތައް މުގުރިގެންދާ އަޑު ވެހެމުންދިޔަ ވާރޭތެރޭން ފަޒާގައި މެދުނުކެނޑި ގުގުމަމުން ދިޔައެވެ. ކުރިމަތިވަމުން އައިހާ ހުރަހަކުން ރެކެމުން އަހަރެން ދުވީމެވެ. ނުހަނު ބާރަށެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ދުވީމެވެ. ގައިން ވަރު ދޫވާން ފެށިއެވެ. ދުވެދުވެ ހުއްޓާ މޫގަނޑެއްގައި އަޅައިގަނެ އަހަރެން އަނގަވަތަށް ވެއްޓުނެވެ. ނެތް ހިތްވަރެއް ނެރުމަށް […]