“ކިއަރާ، ހޭލަބަލަ. ބައްޕާ، ކިހިނެއްތަ ވީ ކިއަރާއަށް؟” އަދުހަމް ހަބަރު ހުސްވެފައި އޮތް ކިއަރާއަށް ބަަލަމުން ހަބީބް ގާތުގައި އެއްސެވެ.
“އަދުހަމް، ކިއަރާއާ ދުރުވާށޭ. ސަބަބެއް އޮވެގެނެއްނު ބައްޕަ މިހެން މި ބުނަނީ؟” ހަބީބް އަދުހަމްގެ އަތުގައި ހިފާ ނެގުމަށްފަހު ކިއަރާ އޮތް ސޯފާއާއި ދުރުކުރަމުން ބުންޏެވެ.
“ތިއޭ މި ދައްކާ ވާހަކައަކީ. ކޮބާހެއްޔޭ ސަބަބަކީ؟ ޖިންނިއަކަށް ވީމަތަ؟ ބައްޕާ އަހަރެން ބިރެއް ނުގަނޭ ކިއަރާއަކީ ޖިންނިއެކޭ ކިޔާފަ. އަހަރެމެން ދެމެދަށް ބައްޕަ ނުވަދޭ. އާދޭސްކޮށްފަ މިބުނަނީ” އަދުހަމް ހަބީބްގެ އަތް ފޮޅުވާލުމަށްފަހު ހިތްހަމަނުޖެހުމާއެކު އިސްޖަހާލިއެވެ.
“ދަރިފުޅަށް ވެގެން އުޅޭ ގޮތް އެނގިއްޖިއްޔާ ތިހެނެއް ނުބުނާނެ. ބައްޕަ ނުކުރަން އެއްވެސް ކަމެއް ކިއަރާއަކަށް. ދެކުދިން ދެކުދިންދެކެ ވަކިނުވެވޭ ވަރަށް ލޯބި ވެދާނެތީ އެހެން ވުމުގެ ކުރިން ހަގީގަތް ކިޔައިދޭންވެގެން އުޅުނީ ކިއަރާއަށް. އެކަމަކު އޭނަގެ ގަޔަކު އެ ހުރިހާ ވާހަކަތަކެއް އަޑުއަހާނެ ހިތްވަރެއް ނެތީ. ކިއަރާ ހޭ އެރީމަ ބައްޕައަށް އަންގާލާ” މިހެން ބުނުމަށްފަހު މަޑުމަޑުން ހަބީބް އަދުހަމްގެ ކޮނޑުގައި ޖަހާލިއެވެ.
“އަ.. އަދުހަމް” އަހަރެންގެ ބަލި އަޑު އަދުހަމްއަށް އިވުމާއެކު އަވަސްކަމާއެކު އޭނާ އަހަރެންގެ މަގަތުގައި އިށީނެވެ. އޭނާގެ ދެއަތް ޖޯޑުކޮށް އަހަރެންގެ މަޑު އަތްތިލަ އޭނާގެ މުށުތެރެއަށްލާ ބާރުކޮށްލިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. ބޮލުގައި އަތްއަޅާލުމަށްފަހު ތެދުވަމުން އަހަރެން އަދުހަމް ގާތު ކިހިނެއް ވީހޭ އަހާލީމެވެ. އެއަޑަށް ވަދެގެންއައި ހަބީބް ފެނިފައި އަދުހަމް އެއްޗެކޭ ބުނަން އުޅެފައި ނުބުނެ އިސްޖަހާލިއެވެ. ދެވަނަ ސިކުންތުގައި ހަބީބް އައިސް އަދުހަމްގެ އަތް ފޮޅުވާލިއެވެ.
“ކިއަރާއަކީ އަހަރެންގެ ދަރިއެއް! އެހެންވެގެން ދުރުވާށޭ މިބުނަނީ!” ހަބީބް ބާރު އަޑަކާއެކު ބުންޏެވެ.
ހަބީބްގެ އެ ބަސްތައް އަހަރެންނަށް އިވުނީ ކަންފަތަށް އެޅި ހޮނުގުގުރިއެއްހެނެވެ. ލިބުނު ކުއްލި ޝޮކަކާއެކު އަހަރެންނާއި އަދުހަމަށް ތެދުވެވުނެވެ. އަޑުއިވުނު އެއްޗަކުން ގުޑިލަން ނޭނގިފައި އަހަރެން ހުރީމެވެ. އިހުތިޔާރަކާނުލާ ލޮލުތެރޭ ކަރުނަތައް ފުނިޖެހުނެވެ.
“ތީ ކިހިނެއް ވާންވީ ކަމެއް؟ މަންމަ މަރުވި ފަހުން ބައްޕަ އިނީ ދޮންމަންމައާ. ކިއަރާ އެއީ ޖިންނިއެކޭ ތިކިޔަނީ. ކިއަރާ ބުނީ ކިއަރާގެ އާއިލާ ކިއަރާއަކަށް އަޅައެއްނުލައޭ. ކިހިނެއް ވެގެންތަ މިއުޅެނީ؟ މަގޭ ބޯ ހާސްވެއްޖެ” ފަހަތަށް އެނބުރި ފާރުގައި ގޮށް މުށްކަވާފައި އަދުހަމް ދެތިން ފަހަރު ޖެހިއެވެ. ހުރިހާ ބުރަކަމެއް އެއަށް ބާލަމުން ދިޔައިރުވެސް އަހަރެންނަށް ހުރެވުނީ ހިމޭނުންނެވެ. ހަބީބް ކަރު އެލުވާލައިގެން ހުރި ގޮތަށް ހުރީއެވެ.
“ކީއްވެގެންހޭ މިއުޅެނީ؟!” ހަބީބްއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު އަދުހަމް ބާރުބާރަށް ހަޅޭއްލަވައިގަތެވެ.
“އެއީ އަހަރުތަކެއް ކުރިން. އޭރު ބައްޕަ އިނދެގެން އުޅެނީ އަދުހަމް މެންގެ މަންމައާ. އެއީ ބައްޕަގެ އުމުރުން އަށާވީސް އަހަރުގަ. އެއްރޭ ރައްޓެއްސަކާ އެއްކޮށް އަތިރިމަތީ ހޮޅުއަށްޓެއްގަ އަނގަ ތަޅާލަން އިންދަ އެންމެ ފުރަތަމަ ކަވްޔާ ފެނުނީ. އޭނާގެވެސް ހަމަ ތިކަހަލަ ރީތި އިސްތަށިގަނޑެއް އޮވޭ. ފަންވެސް ވާނެ. ކިއަރާގެ ތިހިރި ގިނަ ސިފަތައް ހުރޭ. ވައްތަރުވެސް ވައްތަރު” ހަބީބް ކިޔައިދެމުން ދިޔައިރު އަދުހަމް ހުރީ ހިމޭނުންނެވެ. އަހަރެންވެސް އިނީ އަދުހަމް ފަދައިން ކަނުލައި އަޑުއަހާށެވެ.
“ކަވްޔާ އެރޭ ލައިގެން ހުރީ ރަތްކުލައިގެ ހެދުމެއް. އޭނާ އެ ހެދުމުގަ ވަރަށް ރީތި. އަހަރެން އަހާލިން ހަމީދު ކައިރީ އަލަށް ރަށަށް އައި މަންޖެއެއް ހެއްޔޭވެސް” ހަބީބްގެ ދުވަސްވީ އެކުވެރިއާ، ހަމީދުގެ ވާހަކަ ހަބީބް ބުންޏެވެ.
“އޭނާ ބުނި ދުވަހަކުވެސް ނުދަންނަ ކުއްޖެކޭ. ދެން އަނެއްކާވެސް އޭނާ އަހަރެމެން ކުރިން ދައްކަމުން ދިޔަ ވާހަކަ ފެށި. އަހަރެން އެހާ ބޮޑު ސަމާލުކަމެއް ނުދެން ހަމީދު ދެއްކި ވާހަކަތަކަކަށް. އަހަރެންނަށް ހަމަ ބެލުނީ ކަވްޔާއަށް. އޭނަގެ ކަންފަތާއި ދިމާލަށް ކުޑަ ހުވަނދުމަލެއްވެސް ޖަހާފަ އިން. އޭނަ ހުރީ ފައިން ރާޅު ބީއްސާ ހިސާބުގަ މޫދާއި ސަމާސާ ކުރަން” މާޒީގެ ސަފުހާތަށް އުކަމުން ހަބީބް ކިޔައިދެމުންދިޔައެވެ.
“އިރުކޮޅެއްފަހުން ހަމީދަށް އޭނަގެ އަންހެނުން ގުޅި. ކާންވެގެނޭ ކިޔާފަ ދާން ހިނގާށޭ އޭނަ ބުނި. އަހަރެން އެރޭ މިހުރީ ކައިގެނޭ ދެނެއް ނުކާނަމޭ ބުނި ހަނދާންވެސް ވޭ. އެހެން ބުނީމަ ހަމީދު ހިނގައިގަތީ އަހަރެންނަށް އަދުހަމްމެންގެ މަންމަގެ ހެޔޮކަން ހަނދާންކޮށްދީ އެހެން އަންހެނަކާ ގާތްނުވާން ނަސޭހަތްދީފަ. އަހަރެން އެކަމު އެއަށްވެސް ދިނީ ބީރުކަންފަތެއް. އަހަރެން ކަވްޔާއާއި އަރާ ހަމަކޮށްފަ ގޮވާލީމަ ބަލާލާފަ ހީލި. އަހަރެން ތައާރަފުވެލިން. ކަވްޔާވެސް ވި. އެކަމަކު އޭނަ އަހަރެން ގާތު އޭނައަކީ ކޮން ރަށެއްގެ ކޮން ގެއެއްގެ މީހެއްކަމާ އާއިލާގެ އެއްވެސް މައުލޫމާތެއް ނުދޭ. އޭނަ ރުޅިއައިސްދާނެތީ އަހަރެންވެސް ނާހަން އިތުރަކަށް. އެރޭގެ ފަހުން ކޮންމެ ރެއަކު އަހަރެމެން ދެމީހުން ބައްދަލުވަން. އެކަން އެނގޭނީ ހަމައެކަނި ހަމީދުއަށް. އަދުހަމްގެ މަންމައަށްވެސް ނޭނގޭ. އަހަރެން އެދުނިން ހަމީދު ކައިރީ އެކަން ސިއްރުކުރަން. އޭނަ އެއްގޮތަކަށްވެސް ނުރުހޭ އަހަރެންނާ ކަވްޔާއާ ބައްދަލުކުރާކަށް. އެކަމަކުވެސް އަދުހަމްގެ މަންމަ ކައިރީ އެވާހަކަ ބުނަން އޭނައަށް ނުކެރުނީވެސް އަދުހަމް މަންމަ ދެރަވާނެވަރު ހިތަށް އަރުވާފަ” ހަބީބްގެ އަނގައިން ބޭރުވަމުން ދިޔަ ކޮންމެ ބަހެއްވެސް ދިޔައީ އަހަރެންގެ ސަމާލުކަން ދަމައިގަންނަމުންނެވެ. އަދުހަމްގެ ހާލަކީތޯއެވެ؟ އޭނާ އިނީ ބަހެއް ބުނަން ވެސް ނުކުޅެދިފައެވެ. އެހެން ގޮތަކަށް ބުނާކަމުގައި ވަނީނަމަ ވަރަށް ބޮޑު ޝޮކެއްގައެވެ.
“ދުވަސްކޮޅެއް ފަހުން އަހަރެންނާ ކަވްޔާ ހައްދުފަހަނައަޅާދިޔައީ. އެހެން ކިތަންމެ ދުވަހެއް ވީފަހުން އެއްރެއަކު މަހުދީއާ ދިމާވީ. އެއީ އެހެންޏާވެސް ދާހެން ކަވްޔާއާއި ބައްދަލުކުރަން އަތިރިމައްޗާ ދިމާލަށް ދަނިކޮށް. މަހުދީ އަހަރެންނާއި ސަލާންކުރަން އަތްލާފަ ތެޅިގަނެފަ ދުރަށް ޖެހުނު. އޭނަ ބުނި އަހަރެންގެ އަތްތިލަ ވަރަށް ހޫނޭ. އެކަމަކު އަހަރެންނަކަށް އިހުސާސެއް ނުވޭ. އެރޭ މަހުދީއަށް ކުރުގޮތަކަށް ކިޔައިދިނިން ވެގެން އުޅޭ ގޮތް. މަހުދީ ބުނިގޮތަށް ކަންތައް ކުރަން އެރޭ އަހަރެން އެތަނަަށް ދިޔައީ. ކަވްޔާ އެންމެ ފުރަތަމަ ފެނުނީމަވެސް އަހަރެން ފޯނުން ކެމެރާއަށް ވަދެފަ ކަވްޔާއާއި ދިމާލަށް ދިއްކޮށްލިން. އޭރު އޭނަ ހުރީ ފުރަގަސް ޖަހައިގެން. އޭނަ އެއްގޮތަކަށްވެސް ކެމެރާ އަކަށް ނާރާ. އަހަރެން ބިރުން ރޫރޫއަޅައިގަތް. ކަވްޔާ އެނބުރުނު އިރު އަހަރެން ހުރި ގޮތް ފެނުނީމަ އޭނާއަށް ޔަގީންވީ އަހަރެންނަށް ހުރިހާ ކަމެއް އެނގުނީކަން. ދެން އިންޒާރެއް ދިނީ. ބުނި އޭނާވެސް އުޅެނީ ކައިވެނިކޮށްގެނޭ. އަދި އަހަރެންގެ ދަރިއަކަށް ބަލިވެ އިން ވާހަކައާއި އޭނާ އެ ކުއްޖާ އުފަންކުރާނެ ވާހަކަވެސް ބުނި. ދެން ބުނި އޭނާ އިނދެގެން އުޅޭ އެތި އަންނާނެއޭ އަހަރެންގެ ކިބައިން ބަދަލު ހިފަން. އެހުރިހާކަމަކާހެދި އަހަރެން މަހުދީ ކައިރީ އެދިގެން އުޅުނީ ކިއަރާ މަރާލަން. އެކަމަކު ކިއަރާ ސަލާމަތްކުރަން އުޅުމުގެ ތެރޭ އޭނާ ބައްޕަ ކަމަށް ހީކުރާ ޖިންނި މަރުވެ ދިޔައީ. ތުންތުންމަތިން ކިއަރާއަށް އެނގިފައި އޮތީ ވާހަކައިގެ އެއްބައި. ކިއަރާއަކީ މަގޭ ދަރިއެއް. އޭނާއަށް އެންމެ ގިނައިން ވާރުތަކޮށްފައި ހުރީ އަހަރެންގެ ސިފަތައް. ކަވްޔާގެ ސިފަތަކުގެ ތެރޭން ވާރުތަކޮށްފައިވަނީ ވަރަށްވެސް މަދު ސިފައެއް. ގާތްނުވާށޭ މިބުނަނީ އެހެންވެ. ކިއަރާއަކީ މަގޭ ދަރިއަކަށްވެފަ އަދުހަމްއާ ކިއަރާގެ ގުޅުން ހުއްދަ ނޫންވީމަ” ހަބީބް ވާހަކަ ނިންމާލުމުން އަދުހަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަހަރަކަށްވުރެ ފަހަރެއް އަހަރެންގެ ގިސްލުން ދިޔައީ ގަދަވަމުންނެވެ. އަހަރެން ހިތާމަކުރާ މަންޒަރު ދެކެފައި އަދުހަމް އަހަރެން މަސަލަސް ކުރުމަށްޓަކައި ފެންކަޅިވެ ހުރެ ގާތްވިއެވެ. އިތުރަށް ކަރުނަތައް ނުހިފޭއްޓި ފައިބައިގަތުމާއެކު ހިތާ ދެކޮޅަށްވެސް އަހަރެން އަދުހަމް ގަޔާ ދުރަށް ކޮއްޕާލީމެވެ.
އަހަރެންނާއި އަދުހަމްގެ ދެމެދުގައި އޮތް ގުޅުން ދެމީހުން ކިތަންމެ ނުރުހުނު ކަމުގައި ވިޔަސް ހާލަތު އޮތް ގޮތް އެނގުމުން އެކީ އެކަށް ކަނޑާލީމެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔައިހެން އަދުހަމްގެ ހިތުގައި އަހަރެންނަށްޓަކައި އޮތް ހުރިހާ އިހުސާސެއް ފިލަމުން ދިޔައެވެ. ނަމަވެސް ކޮންމެ ދުވަހަކު އޮއްސޭ އިރާއެކު އަހަރެންގެ ހިތުގައި އަދުހަމްއަށް ދީފައިވާ މަގާމު ދިޔައީ ބޮޑުވަމުންނެވެ. ކިތަންމެ ބޭނުން ނުވިޔަސްހެވެ. ވަފާމެންވެސް އަހަރެންނާއި ދުރުން އުޅެންފެށިއެވެ. ހަބީބް އަހަރެންނާއި ހަވާލުވީ އަހަރެންނަށް ދަރިއެއްގެ މަގާމު ދީފައިކަމަށް ވައުދުވެ ބުންޏެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެން ބޮލުގައި ހަނގުރާމަކުރަމުންދާ ހިތާމައަށް ހޭނެމުން ދިޔައެވެ. ކުރިއާއި ޚިލާފަށް އަހަރެންގެ އަރުން ބަހެއް ނެރުމަކީވެސް ނާދިރު ކަމަކަށްވިއެވެ.
ގޯތިތެރޭ އިން އުނދޯއްޔެއްގައި އަހަރެން އިނީ އަދުހަމް ތަންކޮޅެއް ދުރުގައި ހުރި ގަސްތަކަކަށް ފެންދޭ މަންޒަރު ބަލާށެވެ. ބެލް އެޅި އަޑު އިވުމާއެކު އަހަރެން މޫނު އަނބުރާލިއިރު ޒުވާން އުމުރުފުރައިގެ އަންހެން ކުއްޖެއް ގޭގެ އޮޅިގަނޑު ގިރާކުރަނީއެވެ. އަދުހަމްއަށް އެ އަންހެންކުއްޖާ ގޮވާލާ އޭނާގެ ސަމާލުކަން ހޯދިއެވެ. އަދުހަމްއަށް އޭނާ ފެނުމާއެކު ދުވެފައި ގޮސް ބައްދާލިގޮތުން އަހަރެންނަށް ޝައްކެއްވިއެވެ. ޝައްކު ޔަގީނާ ގާތްވެ އިތުރަށް ހިތްދަތިވީ އަދުހަމް އެ އަންހެންކުއްޖާގެ ކޯތާފަތާއި ކުޅެލަމުން ބުނި ޖުމުލައަކުންނެވެ.
19 Comments!
Comments are closed.

V reethi ????? ???????? but please don’t do this to her????????????????????????????????? what will happen next can’t wait ????????????????????????????
???Masha Allah varah reethi ??
♥️♥️Waiting for the next ♥️♥️♥️
Sis you are from rasdhoo nice hey sis can we be friends just asking anything you want
Ofc.. where are you from?
Hey did your tests start
Not yet.. about to start
I’m kind of from madaveli
Sis koba next part filee that?
Do you now you’re bigger than me
And this comment is also for my cousin
So can you sometimes help me with studys sis ??? don’t mind just asking
Shit sorry I was talking to my cousin and I just saw this comment sorry?
hehe Also for your information lee ge real name akee leem I’m
telling it because you are on of my friend now
Sis reply the comments faster because it takes you two or 3 day for you to reply that’s why I’m sad??????????????????????????
Sis are you angry sorry if I said something wrong
?????????????????????????????????????
Did your tests start is that why you are not replying
Hey can I give u a idea I think this will help you get more readers I think you should change the pic hey don’t mind im just telling you because I this this could help you and this could be my last comment but I will still try to comment you because the tests are starting
But don’t think I forgot you my support is always with you