ބޭނުމެއް ނެތުމުން ކަލާ، ޒާޚަމާއެކީ ހިތުގައި މި ލީ، ވޭނުގައި ނިމުނަސް ހަޔާތް، ދޫކޮށް ތިބާ އެކަހެރި ވެލީ ފެނުނު ތިޔަ ފޮނި ހުވަފެނުން، ހޭލަން މިހިތް ބޭނުން ނެތަސް ގުނުމުގައި ނޭވާ މިހެން އޮއްވާ މަގޭ ނިދި ވެސް ފިލީ ފޮޅިލެވޭނޭ ވަގުތަކަށް ވިސްނާ ބަލަން އިން ހިތުގެ މާ ފޮޅިލުމަށް ފުރުސަތު ނުލިބި ވި ޚަރީފުގައި މޯޅިވެ މިލީ ތިޔަ ޝިފާ މި ރިހޭ ހިތަށް ލިބިދޭ ދަވާއެއް ކަމުވިޔަސް، ފިޔަ ކޮށާ އުއްމީދުތައް […]
ފިރުމާލުމަށް އެދެމޭ ހިތުގައި ނިކަން ރަކި ފާޑަކަށް ވިންދެއް ޖަހައިފިޔެ ހަރު އަޑުން، އަތުގައި ހިމޭން ފިނި ތުރުތުރެއް އުފެދިއްޖެޔޭ މާ މަޑުމަޑުން ނުވެޔޭ ދިމާ ދެލޮލާ ދެލޯ، މަސްތުގެ ކަނޑަށް ގެނބުމުން ދެ ހިތް ހެވެމުން އެ ސަކަ ވައިރޯޅިތައް، ނާނާ ކިޔާލީ ވައި އަޑުން ނުފޮޅޭ މަލާމެލި ފޮޅުވަމުން، ވައުދާ ހުވާ މަންމަން ބަހުން، ހަފޮޅުން އެތެރެވީ ހަނދުވަރަށް ސިއްރުންކުރީ މުޅި ހަށިގަނޑުން ފެނުމުން އެވާ ގޮތް ނުބުނެދޭން ދުށުމަށް ދެލޯ އެދުނަސް ހިތަށް […]
ލޯއްބޭ ކިޔާ ޖަޒްބާތަކީ މި ހިތަށް މުޅިން އާ “ގޭމެ”ކޭ ލޯއްބަށްޓަކައި މަޖްނޫނު ވީ ގުރުބާނަކީ ވެސް ސިހުމެކޭ ހިތަކާ ހިތެއްގެ ދެމެދު އެޅޭ ދިގުފާލަމެއް ގުޅުވާލުމަށް އަތަކަށް ނުޖެހި ސީދާ ވެދާ ދެލޮލާ ދެލޯ އޭ ފެށުމެކޭ ފުރަތަމަނަޒަރުގައި ހުރިއަސަރު، އެ ނަޒަރު އެ ފޮނުވާހާ މެސެޖް ހުރިހާ އަކުރު އޭގައި އެހުރި ހިތު ދަސްވުމީ އިލްހާމެކޭ ތިލޮލުން ކުރާގޯނާ ތަކާ ތުންފަތް ކުރާ އެ ސަމާސައިން އޮލަނބަށް މަގޭ އޮތް ހިތް ނަގާ އަނބުރާލި […]
ހިތަށް އަނިޔާ ވަރަށް ލިބިދޭ ނުވިސްނާ ބުނެލެވޭ ބަހަކުން ނިތަށް ރޫ ގިނަވެދޭ ހިތުގައި ހިނގާ ހަލަބޮލި ޚިޔާލުތަކުން ތިމާބޭނުން ކަމެއް ނުވުމުން ވަނީ ކުށްވެރި އެހެންމީހުން ނަމާގަދަރާ ނަގާއެއްލާ ލޭވޭ ކުރެވޭ އެ ކުޑަ ކަމަކުން ކުށެއް ނުކުރާ އެކަކު ނެތްއިރު އަރައިގަނެވޭ ކުށަށް ވިސްނާ މަށަށް މާފެއް ލިބޭނޭބާ ހިތަށް އަރަނީ ކިހާ ވަރަކުން މަގޭ މިނިވަންކަމުގެ އިމަކީ ކޮބައިކަން ނޭގި ‘ހޫރޭ’ ނަމަ ނެގޭ ކަތި ފިޔަވަޅުން އަނެކާ ‘މަރައިލެވެނީ’ ނުބައި މަރަކުން […]