Skip to content
އެސްފިޔަ

ލޯބި

ލޯއްބޭ ކިޔާ ޖަޒްބާތަކީ މި ހިތަށް މުޅިން އާ “ގޭމެ”ކޭ
ލޯއްބަށްޓަކައި މަޖްނޫނު ވީ ގުރުބާނަކީ ވެސް ސިހުމެކޭ

ހިތަކާ ހިތެއްގެ ދެމެދު އެޅޭ ދިގުފާލަމެއް ގުޅުވާލުމަށް
އަތަކަށް ނުޖެހި ސީދާ ވެދާ ދެލޮލާ ދެލޯ އޭ ފެށުމެކޭ

ފުރަތަމަނަޒަރުގައި ހުރިއަސަރު، އެ ނަޒަރު އެ ފޮނުވާހާ މެސެޖް
ހުރިހާ އަކުރު އޭގައި އެހުރި ހިތު ދަސްވުމީ އިލްހާމެކޭ

ތިލޮލުން ކުރާގޯނާ ތަކާ ތުންފަތް ކުރާ އެ ސަމާސައިން
އޮލަނބަށް މަގޭ އޮތް ހިތް ނަގާ އަނބުރާލި ގަދަ ފަދަ ހެލުމެކޭ

ކޯޅުންހިތާ އަދި ސިކުނޑިޔަށް މަޖްބޫރުވީ ސަބަބެއް ނުއެގި
ނޫޅެން އުޅޭ ހިތުގައި އުފެދި މޫލައި ހެދޭ މާތް ގުޅުމެކޭ

ވިސްނާ ބަލާ ހޯދާލުމުން އެގުނޭ މަށަށް މޮޅު އެއްކަމެއް
އަސްތާ އެ އިޝްގުގެ ބައްޔަކީ ދެހިތުގެ ދެމެދު ވާ އެދުމެކޭ

Comments (1)

  1. Anonymous

    Reethi.
    Chaalu sifakurun thakeh…

Comments are closed.