
ހިތެއްގެ ދުލުން

ހިތަށް އަނިޔާ ވަރަށް ލިބިދޭ ނުވިސްނާ ބުނެލެވޭ ބަހަކުން
ނިތަށް ރޫ ގިނަވެދޭ ހިތުގައި ހިނގާ ހަލަބޮލި ޚިޔާލުތަކުން
ތިމާބޭނުން ކަމެއް ނުވުމުން ވަނީ ކުށްވެރި އެހެންމީހުން
ނަމާގަދަރާ ނަގާއެއްލާ ލޭވޭ ކުރެވޭ އެ ކުޑަ ކަމަކުން
ކުށެއް ނުކުރާ އެކަކު ނެތްއިރު އަރައިގަނެވޭ ކުށަށް ވިސްނާ
މަށަށް މާފެއް ލިބޭނޭބާ ހިތަށް އަރަނީ ކިހާ ވަރަކުން
މަގޭ މިނިވަންކަމުގެ އިމަކީ ކޮބައިކަން ނޭގި ‘ހޫރޭ’ ނަމަ
ނެގޭ ކަތި ފިޔަވަޅުން އަނެކާ ‘މަރައިލެވެނީ’ ނުބައި މަރަކުން
އެހެންމީހުންގެ ފައިވާނަށް އަރާ ނުބަލާ, ހިތަށް އެރުމުން
“އެހެން އަހަރެން ނުހުންނާނަން” ބުނާނީ ހާދަ މޮޔަ ދުލަކުން
Comments (1)
Comments are closed.
Reethi filaavalheh.
Ninmunthah varah kamudhey.