ދޫކޮށް ތިބާ އެކަހެރި ވެލީ…
ބޭނުމެއް ނެތުމުން ކަލާ، ޒާޚަމާއެކީ ހިތުގައި މި ލީ،
ވޭނުގައި ނިމުނަސް ހަޔާތް، ދޫކޮށް ތިބާ އެކަހެރި ވެލީ
ފެނުނު ތިޔަ ފޮނި ހުވަފެނުން، ހޭލަން މިހިތް ބޭނުން ނެތަސް
ގުނުމުގައި ނޭވާ މިހެން އޮއްވާ މަގޭ ނިދި ވެސް ފިލީ
ފޮޅިލެވޭނޭ ވަގުތަކަށް ވިސްނާ ބަލަން އިން ހިތުގެ މާ
ފޮޅިލުމަށް ފުރުސަތު ނުލިބި ވި ޚަރީފުގައި މޯޅިވެ މިލީ
ތިޔަ ޝިފާ މި ރިހޭ ހިތަށް ލިބިދޭ ދަވާއެއް ކަމުވިޔަސް،
ފިޔަ ކޮށާ އުއްމީދުތައް ވެލި ދާނުގައި ފޮރުވާ ތިލީ
ވީ ކަމެއް ވެ ނިމިއްޖެޔޭ އެ ދުވަސް އަލުން ނާންނާނެޔޭ
އާ ކަމެއް ނޫނަސް ހިތުން ތިހަނދާން ތަކޭ ފޮރުވާ މިލީ
4 Comments!
Comments are closed.


Varah reethi.
Heevanee ….
Muhinmmu ninmmumeh.
Lhen varah reethi.
Varah reeti 😀
Wow! Obiness to the max.