އަޒާން މަޑު ހިނގުމެއްގައި ގެއައް ދިޔައެވެ. ހައިރާންކަމެއް ވެރިވީ ގޭގެ ދޮރު ތަޅު ނުލައި ހުރީމަ އެވެ. އޭނައަށް ތަލުނުލައި ދެވުނީކަމަށް ހީކޮއް އަޅާނުލައި ދަބަސް ސޯފާމައްޗައް އެއްލާލައިފައި ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ކޮޓަރިއައް ވަދެ ބޮކި ދިއްލާލި ވަގުތު އަޒާން އަށް ހީވީ އަދިވެސް ނިދައި ހުރެވުނުކަމަށެވެ. އަޒާންއަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެ ހުދިތަނުން ފައިތިލަ ހިތަލާލަން ހަނދާން ނެތިފައި އަޒާންއަށް ހުރެވުނެވެ. ********************* ހަސީނާ ސިޓިންރޫމުގައި ޓީވީ ބަލަން އިންދާ ފޯނައް މާޝާގެ […]
މާޝާ ގެއައް ލައިފައި އަޒާން ދިޔައީ އަޒާން އުޅޭ ގެއާއި ދިމާއަށެވެ. ވަކި ހިސާބަކަށް ގޮސް އަޒާން ފަސް އެނބުރި ބަލާލިއެވެ. އަޒާން އައް ގޮއްމުއް ކަވާލެވުނީ އެވަގުތުއެވެ. ******************* ފައިހާ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަރާއޮށޯތީ ނިދަންށެވެ. ނަމަވެސް ޖައިލަމްގެ ފޯނެއް އައިމާ އެ ހިޔާލު އޭނާ ދޫކޮއްލިއެވެ. ޖައިލަމްގެ ފޯނައް ޖަވާބު ދީފައި ފައިހާ ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. އެއިރުވެސް ޖައިލަމް ވާހަކަ ދައްކަމުން ދިޔައެވެ. “ފައީ. ކައިފިންތަ؟ […]
ހަސީނާ ބޯޖަހާލާފައިގޮސް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. ދޮރު ހުޅުވާ ބެލިއިރު މާޝާ ފެންނާކައް ނެތެވެ. ހަސީނާ ގޮސް ފާހަނގަ ދޮރު ހުޅުވާލިއެވެ. ހަސީނާ އައް ހީވީ ފައިދަށުން ބިންގަނޑުގަ ދެމިގެން ދިޔަހެހެހެންނެވެ. ******************* ހަސީނާ ވެއްޓެން ދާތަން ފެނުމުން ޖައިލަމް ދުވެފައި ގޮސް ހަސީނާ ހިފެހެއްޓިއެވެ. ޖައިލަމް ހަސީނާ ގެންގޮސް އެނދުމަތީގައި ބައިންދާފައި ގޮސް ފާހަނައައް ބޯދިއްކޮއްލިއެވެ. ޖައިލަމްއައް ދެތިން މިނެޓު ބަލަން ހުރެފައި ގޮސް ވެއްޓިފައި އޮތް މާޝާ މޫނުމަތީގައި މަޑުމަޑުން ޖަހާ […]
ހަސީނާ އާއި މާޝާ އުޅެނީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައެވެ. ކެއުން އިންސާފު ކުރަން ތިބި ޖައިލަމް، ހަސީނާ، މާޝާ އަދި މުހައްމަދުގެ ނަޒަރު ހުއްޓުނީ ގޭދޮރާއި ދިމާއަށެވެ. ޖައިލަމް ބޭއިޙްތިޔާރުގައި ކޮޅައްތެދުވިއެވެ. މި މަންޒަރު ބަލަން އިން މާޝާ ހިތުތެރޭގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ފައިހާ އަކީ ރޭނގަޑު ގަޑީގައި އެގެޔައް އައިސް އުޅޭ ކުއްޖެއް ނޫނެވެ. ޖައިލަމް ކޮޅައްތެދުވުމުން މާޝާ ކިހިނެއްވީތަ ސުވާލުކުރިއެވެ. “ކަމެއްނުވޭ” އެހެން ބުނެފައި […]
މާޝާ ހުރިތަނަށް ގަނޑުވިއެވެ. ރަތް ޓީޝާޓަކާއި ކަޅު ސޯޓެއްގައި ހުރީ މާޝާގެ ކުރީގެ ލޯބި ވެރިޔާ ޖައިލަމް އެވެ. ޖައިލަމް ފެނުމުން މާޝާއަށް މާޒީ ހަނދާން ވި ކަމުގައި ވީނަމަވެސް މެހެމާންދާރީ އަދާކުރިއެވެ. ޖައިލަމްގެ އުޅުން ހުރި ގޮތުން މާޝާއަށް ޖައިލަމްގެ ދިރިއުޅުމައިގެން ކުރިއަށް ދިޔަކަން އެނގުނެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލިއެވެ. އިޝާނަމާދަށް ބަންގި ގޮވައި ނިމުމުން ފައިހާ ދިޔައީ ވުޟޫކޮށްލައިގެން ނަމާދުކުރާށެވެ. ނަމާދު ކޮށް ނިމިގެން ފައިހާ ފޯނުނަގައި މާޝާއަށް ގުޅާލިއެވެ. […]
އާދައިގެ މަތިން މާޝާ އިނީ ކޮލެޖުގައެވމެ. ނަ މަވެސް ކްލާސްތެރެ އަށްވަނީ ހަ މަ ހި މޭންކަން ވެރިވެފައެވެ. ކްލާސް ލެކްޗަރަރ ކްލާސްއަށް ވަނު މަށް ފަހު އަޑުއަހަނީ އެދުނެވެ. ލެކްޗަރަރ ގެ އިމާރާތަކުން ކްލާސް ތެރެއަށް ވަދެގެން އަންނަ މޫނަ ކަޅިޖަހާ ނުލާ ބަލަންތިބި ކުދިން މަދެއް ނޫނެވެ. ވާނީވެސް އެހެންތާ އެވެ. ދޮން މޫނަކާއި މަޑު މުށި ކުލައިގެ ކަޅު ފެނި އާޝޯހުނުވާ އަންހެން ކުއްޖަކު ނުހުންނާނެ ކަން ޔަގީންނެވެ. ނޫކުލައިގެ ގަ މީސް […]