Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 3

amyra Level 110 Stories
April 11, 2021 2 Mins Read
0 Comments

ހަސީނާ އާއި މާޝާ އުޅެނީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައެވެ. ކެއުން އިންސާފު ކުރަން ތިބި ޖައިލަމް، ހަސީނާ، މާޝާ އަދި މުހައްމަދުގެ ނަޒަރު ހުއްޓުނީ ގޭދޮރާއި ދިމާއަށެވެ. ޖައިލަމް ބޭއިޙްތިޔާރުގައި ކޮޅައްތެދުވިއެވެ. މި މަންޒަރު ބަލަން އިން މާޝާ ހިތުތެރޭގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ފައިހާ އަކީ ރޭނގަޑު ގަޑީގައި އެގެޔައް އައިސް އުޅޭ ކުއްޖެއް ނޫނެވެ. ޖައިލަމް ކޮޅައްތެދުވުމުން މާޝާ ކިހިނެއްވީތަ ސުވާލުކުރިއެވެ. “ކަމެއްނުވޭ” އެހެން ބުނެފައި ޖައިލަމް ކެއުމައިގެން ކުދިޔައް ދިޔައެވެ. ފައިހާ އަތުގަ ހިފައިގެން މާޝާ ގޮސް ކޮޓަރިއަށްވަނެވެ. މި މަންޒަރު ބަލަން ޖައިލަމް އިނީ ހައިރާން ވެފައެވެ. މީގެ ކުރިއަކުން ފައިހާ އާއި މާޝާ އަކީ ދެ އެކުވެރިން ކަމެއް ޖައިލަމް އަކައް އެނގިފައެއް ނެތެވެ. މާޝާ ކޮޓަރިއައް ވަދެފައި މިގަޑީ އައީ ކީއްކުރަންތޯ ސުވާލު ކުރިއެވެ. “މާޝާ! ކޮބާ އިނގިރޭ ޕްރޮޖެކްޓު. އަހަރެން އެބަޖެހޭ ކުޑަ އެއްޗެއް އެނގެން ޗޭންޖު ކޮއްލަން” ފައިހާ އެހެން ބުނުމުން މާޝާ ގޮސް ކަބަޑު ތެރެއިން ޕްރޮޖެކްޓް ހިފައިގެން އައިސް މާޝާ އަތައް ދިނެވެ. ގުރޫޕް ޕްރޮޖެކްޓް އަކައްވީމާ މާޝާ އާއި ފައިހާ ބޭނުންވީ ދެމީހުން ބަހާލައިގެން ޕްރޮޖެކްޓް ހަދާށެވެ. ފައިހާ ނުކުމެގެން ދާން އުޅުމުން ހަސީނާ ފައިހާ އައް ކަން އައުމައް ބުންޔެވެ. ނަމަވެސް މިއައީ ކައިގެން ކަމައް ބުނެ ހިނިތުންވެލަމުން ނުކުމެގެން ދިޔައެވެ.

ފައިހާ ގެއެއް ވަދެ ފޯނު ނަގައި ޖައިލަމް އައް މެސެޖު ކޮއްލިއެވެ. ” ޖައި އުޅެނީ މާޝާ ގޭގަތަ. ބުނެވެސް ނުލާ ދޯ ރަށައް ތިއައީ” ފައިހާ ދެރަވެފައި ހުރެ މެސެޖް ސެންޑު ކޮއްލާފައި ގޮސް ޕްރޮޖެކްޓް ގައި ފައިހާ އައް ކުއް ހެދިފައިވާ ތަންތަން ރަނގަޅު ކޮއްލިއެވެ. އޭރުވެސް ފައިހާގެ މެސެޖް އަކައް ޖަވާބެއް ނުލިބެއެވެ. ނިދިއައިސް ފައި ހުރުމުން ނިދާ ހެދުން ލައިގެން ފައިހާ އޮށޯތީ ނިދާށެވެ. ނަމަވެސް ނުދޭ ގޮތެއް ނުވިއެވެ. ޖައިލަމްގެ ޖަވާބެއް ނުލިބުމުން ނެވެ.
ފައިހާ އެކި ކަންތައްތަކާއި ވިސްނަން އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ.

ޖައިލަމް ކޮޓަރިއައް ވަދެ ޗާޖަރައް ޖަހާފައި އޮތް ފޯނު ނަގައި ބަލާލިއެވެ. ފައިހާ ގެ މެސެޖެއް އިނުމުން އަވަހައް ފޯނު ހުޅުވާ މެސެޖް ކިޔާލީމެވެ. ފައިހާގެ މެސެޖައް ޖަވާބު ފޮނުވިއެވެ. ” އަހަރެން ކުއްލިގޮތަކައް އަންނަން ޖެހުނީ ކުރީގަވެސް މާޝާ މެންގޭވަ ހުރީމަ އެގެ އެންމެ ފަސޭހައިން ކުއްޔައް ދޭގެއަކައް ހުރިކަން އިނގެނީ އެހެންވެ އެގޭގަ މަޑު ކުރީ ތިން ހަފްތާ ފަހުން ގުދަން މިއުޅެނީ” ފައިހާ އައް ހޭލެވުނީ ފޯނު ރިންގުވީ އަޑައްށެވެ. ޖައިލަމް ގުޅާތީ އަވަހައް ތެދުވެ ފޯނުނަގައި ވާހަކަ ދައްކަން ފެށީމެވެ. “ކަމެއްވިތަ މިހާ ދަންގަޑި އަކު ތިގުޅި” ” ކަމެއް ނުވޭ. މިކޮޅަށް އައި ފަހުން އަދި ފައި އާ ޓޯކުވެސް ކޮއްނުލެވޭ. އެހެންވެ ގުޅާލީ. ބޭބީ ނިދާފަ އޮއްވަދޯ މި ގުޅުނީ. ސޮރީ” ޖައިލަމް ވާހަކަ ދެއްކީ ހެމުންނެވެ. ފައިހާ އައްވެސް ވެވުނެވެ. ޖައިލަމް އައް ނިދުނި ފައިހާ އައް ގުޅައިގެން އޮއްވައެވެ. ފައިހާއައް ޖައިލަމް ނިދީ ގުޅައިގެން އޮވެކަން ނޭނގުނީ ފައިހާއައްވެސް ނިދުނީ ޖައިލަމްއާ ވާހަކަދައްކަން އޮއްވާ ކަމުންނެވެ.

ހަސީނާ ތެދުވެ ސައި ހަދާ ޖައިލަމް ސައި ބޮއެގެން ދިއުމުން މާޝާ ކޮޓަރިއާ ދީމާއައް ބަލާލިއެވެ. 8 ގަޑި ބައި ވީ އިރު ވެސް މާޝާ ކޮޓަރިން ނުނިކުތީމައެވެ. އަދިވެސް މާޝާ ނިދަނީކަމައް ހީކޮއް އަޅާނުލާ ހުރީއެވެ. ކުއްލިއަކައް އިވުނީ މާޝާ ކޮޓަރި ތެރެއިން އެއްޗެއް ވެއްޓުނު އަޑެވެ. ސޯފާގައި ޓީވީ ބަލަން އިން ޖައިލަމް އައްވެސް ބޭއިޚްތިޔާރުގައި މާޝާގެ ކޮޓަރިއާ ދިމާއަށް ދުއްވައި ގަނެވުނެވެ. ހަސީނާ ވެސް ތެޅި ތެޅި އޮތް ގޮތަކާއި އެކީ މާޝާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ހަސީނާ ދާންވާއިރައް ޖައިލަމް ހުރީ މާޝާ ކޮޓަރި ދޮރުމަތީގައެވެ. ޓަކި ޖަހާ ޖަހާވެސް ނުހުޅުވިއެވެ. ގޮވާ ގޮވާ އަނގައިންނެއް ނުބުންޔެވެ. “ދައްތާ! މާޝާ ކޮޓަރީގެ ޑަބަލް ކީ އޮތިއްޔާ ގެނެސްދީބަލަ” ޖައިލަމް ވެސް ހާސް ވެފައިހުރެ ހަސީނާ ކައިރީ ފެންނަންއޮތް އެންމެ ރަނގަޅު ގޮތް ބުންޔެވެ. ހަސީނާ ބޯޖަހާލާފައިގިސް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. ދޮރު ހުޅުވާ ބެލިއިރު މާޝާ ފެންނާކައް ނެތެވެ. ހަސީނާ ގޮސް ފާހަނގަ ދޮރު ހުޅުވާލިއެވެ. ހަސީނާ އައް ހީވީ ފައިދަށުންަަަަަަަަަަަަަަަަަަަަަަަަަަަަަަަ ބިންގަނޑު ދެމިގެން ދިޔަހެނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

amyra

Level 110 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 32

Next

ލޯބިވާ ކޮއްކޮ

Next
April 11, 2021

ލޯބިވާ ކޮއްކޮ

Previews
April 11, 2021

އަންނަންދެން ހުންނާނަން ލޯބިން 32



All Right Reserved!