Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 5

amyra Level 110 Stories
April 17, 2021 3 Mins Read
0 Comments

މާޝާ ގެއައް ލައިފައި އަޒާން ދިޔައީ އަޒާން އުޅޭ ގެއާއި ދިމާއަށެވެ. ވަކި ހިސާބަކަށް ގޮސް އަޒާން ފަސް އެނބުރި ބަލާލިއެވެ. އަޒާން އައް ގޮއްމުއް ކަވާލެވުނީ އެވަގުތުއެވެ.

*******************

ފައިހާ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަރާއޮށޯތީ ނިދަންށެވެ. ނަމަވެސް ޖައިލަމްގެ ފޯނެއް އައިމާ އެ ހިޔާލު އޭނާ ދޫކޮއްލިއެވެ. ޖައިލަމްގެ ފޯނައް ޖަވާބު ދީފައި ފައިހާ ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. އެއިރުވެސް ޖައިލަމް ވާހަކަ ދައްކަމުން ދިޔައެވެ. “ފައީ. ކައިފިންތަ؟ ނޫނީ އެއްޗެއް ބޮއެފިންތަ؟” ފައިހާ ޖަވާބެއް ނުދިނުމުން ދެންވެސް ވާހަކަ ދެއްކީ ޖައިލަމް އެވެ. ” ފައީ. ދެން ސޮރީއޭ. އަހަރެންނަކަށްވެސް ނޭނގެ އެގަޑީ އަހަރެން ކީއްވެ ކަމެއް މާޝް އަތައް ބޮސް ދިނީކީއެއް. އަހަރެން މާޝް ގެ ނިތައް ބޮސް ދެވުނީ ބޭއިޚްތިޔާރުގައި. ފައީ ޕްލީޒް މަޢާފް ކޮއްބަ” ޖައިލަމް ވާހަކަ ދެއްކީ ދެރަވެ ހުރެއެވެ. ދެމީހުންގެ މެދުގައި ދެން ހޭދަވެގެން ދިޔައީ ހަމަހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. ޖައިލަމް އައް ފައިހާގެ ފަރާތުން ޖަވާބެއް ނުލިބުމުން ފޯނު ބޭއްވީ ނުކާނަމަ ކައިގެން ނިދާށޭ ބުނެއެެވެ.

އަޒާންގެ ރުޅިގަނޑު ފަޅައިގެން ގޮސް ގޮއްމުއް ކެވުނު އަތް އަވަހައް ޖީބައް ލިއީ އަޒާންގެ ކުރިމަތީ ފޯނުން ވާހަކަ ދައްކަން ހުދު ޖައިލަމް ދެއްކި ވާހަކަ ތަކުގެ އަޑު އިވުމުންނެވެ. އަޒާން މަޑު ހިނގުމެއްގައި ގޮސް ޖައިލަމްގެ ކުރިމަތީގައި ހުއްޓުނެވެ. ” ތިއީދޯ ޖައިލަމް އަކީ؟ ” އާއެކޭ ބުނުމުގެ ގޮތުން ޖައިލަމް ބޯ ޖަހާލިއެވެ. ” ކަލޭ މަގޭ މާޝާގެ ކައިރި ހިޔަނިވެސް ނޭޅޭތި. މާޝާ އަށް ކަލޭގެ އުނދަގޫ ޖެހޭކަން އެނގިއްޖެއްޔާ މަށައް ވުރެ ނުބައި މީހަކު ނުހުންނާނެ.” އަޒާން ވާހަކަ ދެއްކީ ދެބުމަ ގޮއްޖަހައިގެން ހުރެވެ. އޭރުވެސް އަޒާންގެ ރުޅިގަނޑު ފޮނުވާ ގޮތެއް ނުވިއެވެ.

މާޝާ ފުން ވިސްނުމެއްގައި އޮވެފައި ފޯނައް ބަލާލީ ލޮލައް ނިދިނައިސްގެންނެވެ. އެވަގުތުވީ މާޝާ ނުދަންނަ ނަންބަރަކުން މާޝާއައް ގުޅިވަގުތެވެ. މާޝާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. “މާޝް” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. އަޑުން ދަންނަ އާއެކޭ ހިތާއި ހިތުން މާޝާއަށް ބުނެލެވުނެވެ. “ކާކު؟ ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ؟” މާޝާ ވާހަކަ ދެއްކީ ހިންހަމަ ނުޖެހި ހުރެއެވެ. ” މި އަޒާން އޭ ނޭނގުނުތަ؟ ނަންބަރު ދިނީ ހަސީނާއްތަ. މާޝް އަހަންނަށް މަޢާފް ކޮއްބަ. ހެޔޮނުވާނެ. މާޝް ކައިރިން މަޢާފަން އެދެން ކެތްމަދު ވެފައި ހުރިތާ ބަރާބަރު ފަސް އަހަރު ފަހުން މާޝް އާ ދިމާމިވީ. ނޭނގޭ މާދަމާ ނޫންކަމެއް އަހަރެން ފުރައިގެން ލަންކާއަށް ދާންޖެހޭނީއެއް.” އަޒާން ވާހަކަ ދެއްކީ މާޔޫސްވެ ހުރެއެވެ. އެ ހިތް އެދި ގޮވަމުން ދަނީ މާޝާ އަޒާންގެ ލޯބި ގަބޫލު ކުރާނޭ ދުވަހަކަށް ށެވެ. “އަޒާން. ތި ވާހަކަ ދައްކަން މިނޫން ގަޑިއަކު ގުޅާ އަހަރެން މިހާރުވެސް މިއުޅެނީ ބޯގޮވައިގެން” މާޝާ ވާހަކަ ދެއްކީ ނޭފަތް އެތެރެއަށް ދަމާލަމުންނެވެ. ” މާޝް ރޮނީތަ. ސޮރީ އަހަރެން މާޝްގެ ޖަވާބަކަށް އިންތިޒާރު ކުރާނަން ދެން ނިދާލާ.” އަޒާން ވާހަކަ ދެއްކީ އޯގާތެރިކަމާ އެކުގައެވެ.

މާޝާއަށް ނިދުނީ އަޒާން އާއި ދޭތެރޭ ވިސްނަން އޮއްވައެވެ. މާޝާއައް ހޭލެވުނީ ހަސީނާ އައިސް ކޮޓަރި ދޮރުގައި ޓަކި ދޭ އަޑައްށެވެ. ލޮލައް ނިދި ސަވާރުވެ ފައި ހުއްޓެއްކަމަކު ދުވެފައިގޮސް ދޮރު ހުޅުވާލިއެވެ. ދޮރު މަތީގައި ހުދު ހަސީނާ ހަޅޭ ލަވައިގަތީ ކޮލެޖައްދާ ގަޑި ޖެހެނީކަމައް ބުނެއެވެ. މާޝާއައް ދެލޯ ބޮޑުކޮއް ލެވުނީ ދެނެވެ. ތެޅެމުން ފޮޅެމުން ގޮސް ފާހަނައަށް ވަދެގެން ދިޔަތަން ބަލަން ހަސީނާ ހުރީ ހެވިފައެވެ. ފެންވަރައިގެން ނުކުމެ ކަޅުކުލައިގެ ޖިންސަކާއި ކަޅުހެދުން ލައިފައި މާޝާ އެޅީ އަޅި ކުލައިގެ ޝޯލްއެކެވެ. ޝޯލްަައަށް އެންމެ ފަހު ޕިން ޖަހާލާފައި އަމިއްލަ ސޫރަ އަށް ބަލާލައިފައި ހިނިތުންވެލިއެވެ. ފަނަސް ނަގައި ކޮނޑުގަ އަޅުވާލާފައި މާޝާ ދެމިގަތީ ކާގެ ތެރެއަށެވެ. އަލަމާރިން ނޫސް ޕެކެޓެއް ނަގާފައި ކޮލެޖުން އައިސް ކާނެ ވާހަކަ ބުންޔެވެ. އަދި ނުކުމެގެން ދިޔައީ ހަސީނާގައިގައި އޮޅުލައިގަނެފައެވެ.

ކޮލެއްޖައް ގަޑި ނުޖެހި މާޝާއަށް ދެވުނީ ހަމަ ކިރިޔާއެވެ. އޭރު ފައިހާ އާއި އަޒާން ވެސް އައިސް ކުލާހައް ވަންނަނީއެވެ. މާޝާ ކަޅު ހެދުން ލައިފައި ހުއްޓާ އަޒާން އަށާއި ފައިހާއައް މިއީ ފެނުނު ފުރަތަމަ ފަހަރެވެ. އަޒާން ގޮސް ގޮނޑީގައި އިށީނދެ އިނދެގެން ބެލެނީ މާޝާއާއި ދިމާއަށެވެ. އެ ރީތިކަމަށް ތައުރީފު ކޮއްކޮއް ފޫހިނުވެއެވެ. އަޒާންގެ މި އަމަލުން ފައިހާއައް މާޝާއާއި އަޒާންގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫންކަން އެނގުނެވެ. އަދި އެކަން ޔަގީން ކުރަން އޭނަ ބޭނުންވި އެވެ. ފައިހާ މާޝާ ކައިރިއަށް ގޮސް ހުއްޓި މާޝާގެ މޫނައް ބަލާލިއެވެ. ޝަކުގެ ނަޒަރަކުންނެވެ. މާޝާ އަކަށް އެކަމެއް ފާހަގަ އެއް ނުވިއެވެ. ނޫނީ އެކަން އެނގޭކަމައް ހަނދަން ބޭނުންނުވީބާއެވެ. ފައިހާ އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ލެކްޗަރަރ އައިސް ކުލާހައް ވަނެވެ. ކުލާސް ދެމިގެން ދިޔައީ އެއްގަޑިއިރަށެވެ. ކުރިއައް އޮތީ ޓެސްޓު ހަފްތާ ކަމައް ވުމުންނެވެ. ގަޑިން 2 އެއް ޖެހުމާއިއެކު ކޮލެޖްއިން ނިމި ގެއައް ދާން ފައިހާ ނުކުތީ މާޝާއަށް ވުރެ ކުރިންނެވެ. އެއީ ދުވަހަކު ވެސް އޭނާ ކުރިކަމެއް ނޫނެވެ.

އަޒާން މަޑު ހިނގުމެއްގައި ގެއައް ދިޔައެވެ. ހައިރާންކަމެއް ވެރިވީ ގޭގެ ދޮރު ތަޅު ނުލައި ހުރީމަ އެވެ. އޭނައަށް ތަލުނުލައި ދެވުނީކަމަށް ހީކޮއް އަޅާނުލައި ދަބަސް ސޯފާމައްޗައް އެއްލާލައިފައި ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ކޮޓަރިއައް ވަދެ ބޮކި ދިއްލާލި ވަގުތު އަޒާން އަށް ހީވީ އަދިވެސް ނިދައި ހުރެވުނުކަމަށެވެ. އަޒާންއަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެ ހުދިތަނުން ފައިތިލަ ހިތަލާލަން ހަނދާން ނެތިފައި އަޒާންއަށް ހުރެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

amyra

Level 110 Stories

Other Articles

Previous

ޝިޔާ

loabi viyas
Next

ލޯބި ވިޔަސް… 3 ވަނަ ބައި

Next
loabi viyas
April 17, 2021

ލޯބި ވިޔަސް… 3 ވަނަ ބައި

Previews
April 17, 2021

ޝިޔާ



All Right Reserved!