އިޝާ ނަމާދުކޮއް ނިންމާލުމަށްފަހު ލައިކް އަވަސްވެގަތީ ޒެމިން ރެޑީ ކުރުވާށެވެ. ހަމައެގޮތައް ޔެލިން ވެސް ނަމާދުކޮއްލައިގެންް އަވަސްއަވަހަށް ޒިޔާ ރީތިކުރަންފެށިއެވެ. *************** ޒިޔާގެ މޭކަޕް ކުރަމުންދިޔައިރު ޔެލިން ހުރީ ވަރަށް ހާސްވެފައެވެ. އަދި އަލަށް މޭކަޕް ކުރާތީ އަދި އެވެސް އެންމެ ގާތް އެކުވެރިޔާގެ ވެޑިން މޭކަޕްވީމަ ހަޑިވެދާނެތީ ޔެލިން ހާސްވަނީއެވެ. ނަމަވެސް މާގޮތްބޮޑުނޫން ނެޗުރަލް މޭކަޕެއް ކަމަށްވުމުން އެހާ ގިނައިރެއްނުވެ މޭކަޕް ކަންތައް ނިންމާލެވުނެވެ. މޭކަޕްކޮއްދީ ނިންމާލުމަށްފަހު ޔެލިން ވަރަށް ފަރުވާތެރިކަމާއެކު ޒިޔާއަށް ބަލާލިއެވެ. އަދި […]
30 ވަރަކަށް މިނިޓް ޤުރުއާން ކިޔަވާ ނިންމާލުމަށްފަހު ފޯން ނަގާ އޮންލައިން ވެލުމަށްފަހު ވައިބަރ އަށް ވަނެވެ. ވައިބަރއިން ނިކުމެ ސްނެޕް އަށް ވަންތަނާހެން ނުދަންނަ ނަމްބަރަކުން މެސެޖް އެއް އައި ނޮޓިފިކޭޝަން ފެނުނެވެ. އެއީ ކާކު ފޮނުވި ކޮން މެސެޖެއްތޯ ބަލާލުމުގެ ބޭނުމުގައި އަލުން ވައިބަރއަށް ވަނެވެ. ************** މެސެޖް ފޮނުވާފައި އިން ނަމްބަރ ގެ ނަމަކަށް ލައިކް ޖަހާފައި އިންތަން ފެނުމުން ޔެލިންގެ ހިތް އުފަލުން ފޮޅިލިކަހަލައެވެ. އަވަހަށް ޗެޓަށް ވަދެ ބަލާލިއެވެ. ލައިކް […]
އަދި ޒެމިންގެ ބެސްޓްފްރެންޑޭ ބުނުމުން ފުރަތަމަވެސް ހިތައް އައީ ޒެމިންއާއިއެކު އެފެންނަމުންދާ އާދަޔާހިލާފު ރީތި ވަރުގަދަ ޒުވާނާއެވެ. އެވަގުތު އާދަޔާ ހިލާފު ބާރުމިއްގައި ހިތް ތެޅެންފެށީ ކީއްވެކަމެއް ޙުދު ޔެލިންއަކަށްވެސް ނޭންގެއެވެ. *************** ޙިޔާލީ ކަނޑުން ނިކުމެގެން ޔެލިން އަވަހަށް ބެލީ ހަވީރު ލާނެ ހެދުމެއް ހޯދަންށެވެ. މީ މީގެ ކުރިން ޔެލިން އުޅެފައިވާ ގޮތެއްވެސް ނޫނެވެ. އެ އުޅެވެމުން ދާގޮތް ހިތައް އެރުމުން ޔެލިން ކުޑަކޮއް ލަދުވެސް ގަތެވެ. ޔެލިންއަށް އެންމެ ކަމުދިޔަ ހެދުމަކަށް ފެނުނީ […]
ފަތިހުގެ ފިނިފިނި ވައިރޯޅިތައް އައިސް ޔެލިންގެ އިސްތަށިގަނޑުގައި ބީހިލާފައި ދާއިރު ބަލާލަން ނުހަނު ހިތްގައިމެވެ. ކޮންމެ ވައިރޯޅިއެއްވެސް ބީހިލާފައި ދާގޮތުން ޔެލިންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. އަދި އެ ފިޔާތޮށި ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވެގެންދެއެވެ. ޔެލިންއަކީ އުމުރުން 20 އަހަރުގެ ކުއްޖެކެވެ. ޔެލިންގެ ރީތިކަމަކީ އެ ރީތިކަމަށް ހުރިހާ ފިރިހެން ކުދިން ދީވާނާ ވެފައިވާ ފަދަ ރީތިކަމެކެވެ. އެ ކުޑަ ކުޑަ ދޮން ދޮން ވައް މޫނާއި، އެ ލޯބި ލޯބި ފިޔާތޮށި ތުންފަތާއި، […]