Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރަތަމަ ލޯބި (ދެވަނަ ބައި)

yumm
yumm Level 1
February 13, 2023 4 Mins Read
4 Comments

އަދި ޒެމިންގެ ބެސްޓްފްރެންޑޭ ބުނުމުން ފުރަތަމަވެސް ހިތައް އައީ ޒެމިންއާއިއެކު އެފެންނަމުންދާ އާދަޔާހިލާފު ރީތި ވަރުގަދަ ޒުވާނާއެވެ. އެވަގުތު އާދަޔާ ހިލާފު ބާރުމިއްގައި ހިތް ތެޅެންފެށީ ކީއްވެކަމެއް ޙުދު ޔެލިންއަކަށްވެސް ނޭންގެއެވެ.

***************

ޙިޔާލީ ކަނޑުން ނިކުމެގެން ޔެލިން އަވަހަށް ބެލީ ހަވީރު ލާނެ ހެދުމެއް ހޯދަންށެވެ. މީ މީގެ ކުރިން ޔެލިން އުޅެފައިވާ ގޮތެއްވެސް ނޫނެވެ. އެ އުޅެވެމުން ދާގޮތް ހިތައް އެރުމުން ޔެލިން ކުޑަކޮއް ލަދުވެސް ގަތެވެ. ޔެލިންއަށް އެންމެ ކަމުދިޔަ ހެދުމަކަށް ފެނުނީ ނޫޑް ކުލައިގެ އަބާޔާއެވެ. އެ އަބާޔާ އަކީ ޔެލިންގެ އެންމެ ފެވަރިޓް ހެދުމެވެ. އަދި އެހެދުމާއި އެއްކޮއް އަޅަން ހެދުމާއި ގުޅޭ ކުލައިގެ ފްލޯރަލް ޝޯލް އެއްނަގާ އިސްތިރިކުރަން ފެށިއެވެ. އެއްޗިސް އިސްތިރިކޮއް ނިންމާލުމައްފަހު ޔެލިން އަވަސްވެގަތީ ފެންވަރަންދާންށެވެ. ފެންވަރައިން ނިކުން ތަނާ ހެން އަސުރުނަމާދު ބަންގި ގޮވައިފިއެވެ. ޔެލިން އަވަހަށް ފެންހިއްކާލައިން އަވަސްވެގަތީ ނަމާދު ކުރަންށެވެ. ނަމާދުކޮއް ނިންމާލައިން ޔެލިން އޭނާ މިއަދު ހަވީރު ލާން އިސްތިރިކޮއްފައިވާ ހެދުން ލިއެވެ. އަދި މޫނުގައި އެލޯވެރާ ޖެލް ކޮޅެއް ހާކާލުމައްފަހު ކުޑަގޮތަކަށް ފުއްޖަހާލާފައި ޝޯލް އަޅަން ފެށިއެވެ. ޝޯލް އަޅާ ނިންމާލުމަށްފަހު މަޑުފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ހާކާލާފައި ރަނގަޅަށް ލޯގަނޑުން އޭނާގެ ސޫރަޔައް ބަލާލިއެވެ. ޔެލިންގެ އަތްތިލައާއި އެ ވައް މޫނުކޮޅު ފިޔަވައި އިތުރު އެއްވެސް ތަނެއް ފެންނާކައް ނެތެވެ. އެހާވެސް ބޮޑައް ޔެލިން ވަނީ އޭނާގެ ހަށިގަނޑު ފިރިހެނުންގެ ލޯތަކައް ފޮރުވާލާފައެވެ.

ޔެލިން ކޮޓަރިން ނިކުންނަން ހިނގައި ގަންނަނިކޮއް ކޮޓަރި ކުޑަދޮރާއި ދިމާލުން ޒިޔާ ގޮވާލި އަޑު އިވުނެވެ. ޔެލިން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބޭރައް ނިކުތެވެ. ޔެލިންއެކޭ އެއްފަދައިން ޒިޔާ ވެސް މިއަދު ހުރީ ކަޅު އަބާޔާ ހެދުމެއް ލާފައެވެ.

************

ޔެލިންއާއި ޒިޔާއަކީ ޓީޗިންގ ކޯސް ހެދިއިރު ކްލާސް ތެރޭން ރަހުމަތްތެރިކަން އުފެދުނު ދެމީހުންނެވެ. ދެމީހުންގެ މިޒާޖާއި އަޙުލާގުވެސް އެއްގޮތް ކަމުން ދެމީހުންވެސް ވަރަށް ގާތް ދެ އެކުވެރިންނަށް ވިއެވެ. ޒިޔާއަކީ ޔެލިންއަށް ވުރެ އެއްއަހަރު ދޮށި ކުއްޖެކެވެ. ޒިޔާއާއި ޒެމިންއާއި ގުޅުނީ، ޒިޔާއާއި އެއްކޮއް ޔެލިން ކޮންމެ ދުވަހަކު ހަވީރުހެން ބޭރައް ނިކުމެ އުޅުމުގެ ތެރެއިން ޒެމިންއަށް ޒިޔާ ފެނި ހިތް ކިޔުމުން މަޑުމަޑުން ދެމީހުން ވާހަކަދައްކަމުންގޮސް ދެމީހުންނަށްވެސް ދެމީހުންގެ އަޙުލާގާއި މިޒާޖު ކަމުގޮސްގެންނެވެ. ޒެމިންއާއި ޒިޔާގެ ރިލޭޝަންޝިޕަށް މިޙާރު އަހަރެއް ވާން ގާތްވެއްޖެއެވެ.

**********

ޔެލިންއަރާ ހަމަވުމުން ޒިޔާ ޔެލިންގެ ރީތި ކަމަށް ތައުރީފް ކޮއްލިއެވެ. “މާޝާﷲ ޔެލް، ޔޫ ލުކް ގޯޖިއަސް، ކިސީކާ ނަޒަރް ނާ ލަގޭ.. ތުތުތު..” ޒިޔާ މިހެން ބުނުމާއި އެއްކޮއް ޔެލިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒިޔާވެސް އެހުނުމުގައި ބައިވެރިވިއެވެ. ” ޒިޔާވެސް ވަރަށް ލޯބި، މާޝާﷲ، ކިސީކާ ނަޒަރް ނާ ލަގޭ.. ތުތުތު..ހަހަހަހަ….” ޖުމްލަ ބުނެ ނިމުންތަނާހެން އަނެއްކާވެސް ޔެލިންއަށް ހެވުނެވެ. “ހަހަ.. ހޫމް ދެން ހޭން ނޯވެ އަރާ އަވަހަށް ސައިކަލަށް.. މިހާރު އެސޮރު ހުންނާނީ ލަސްވެފަ ޔެލިން ބަލާލާ ހިތުން ..” ޒިޔާ ހިނިއައިއްސައި އިނދެގެން ބުންޏެވެ. ޔެލިން ސައިކަލަށް އެރުމަށްފަހު ބުންޏެވެ. ” ކޮންސޮރެއް؟؟…. އޯހހ، ޒެމިންގެ ބީ.އެފް.އެފް ތަ! ކީއްކުރަން އަހަރެން ބަލާލާހިތުން ކެތްމަދުވަނީ، އަހަރެންނާއި ދިމާވެއްޖެއޭ އޭނަޔާ މިހާރު..” ޒިޔާ ގާތައް ލާނެއް ހިންޏެއް އައެވެ. “ކޮންއިރަކު ޔެލިންއާއި އޭނައާއި ދިމާވީ؟؟” އެނގި ހުރެވެސް ނޭނގޭ ކަމަށް ހެދެމުން ޒިޔާ އަހާލިއެވެ. “ކޮންމެހެން ނޭނގޭ ކަމަށް ހެދޭނެ ކަމެއް ނެތް، އައި ނޯ ޒެމިން ވިލް ޓެލް ޔޫ އެވްރިތިންގ” ޔެލިން ކުޑަކޮއް ހީލާފައި ބުންޏެވެ. “ހެހެ.. މިއޮއް އާދެވުނީ، ސޯ ދެޓް މީންސް ޔޫ ބޯތް ލައިކް އީޗް އަދާއޭ ދޯ؟” ޔެލިން ހުރީ ޒިޔާގެ އެސުވާލަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒިޔާ އަށް އެކަން އެނގުމުން ކުޑަކޮއް ހީލުމަށްފަހު ސައިކަލު ޕާކް ކޮއްލާފައި ޔެލިންގެ އަތުގައި ހިފައިގެން ޖޫގޯ ޝޮޕް ހުރި ދިމާލައްދާން ހިނގައިގަތެވެ. ޒެމިންއާއި ލައިކް ތިބީ ފުރަގަސް ދީގެން ކަމުން އެމީހުންނަށް ޔެލިންމެން އައިކަމެއް ނޭނގެއެވެ. އެމީހުންނާ އަރާ ގޮސް ހަމަވިއިރު ޔެލިންގެ ހިތް ހީވަނީ ފަޅާ ނިކުމެ ދާނެހެންނެވެ. ޒިޔާ ގޮސް ޒެމިންގެ ގައިގައި ކޮއްޓާލިއެވެ. އެވަގުތު ޒެމިންއާއި އެއްކޮއް ލައިކްވެސް ފުރަގަހަށް އެނބުރިލި ވަގުތު ކުރިމަތިން ފެންނަމުންދިޔަ ހޫރުޕަރީއަށް ލައިކްގެ ނަޒަރު ހުއްޓުނެވެ. ޔެލިންއަށް އިސްއުފުލާ ބަލާލަންވެސް ނުކެރިފައި ހުރެވުނެވެ. ޔެލިންގެ އެކުޑަ ވައް މޫނު ހީވަނީ މިހާރު ލޭކޮޅެއް ހެނެވެ. ޔެލިން މާބޮޑަށް ލަދުގަންނާތީ ލައިކް އަވަހަށް އެހެން ދިމާލަކަށް ނަޒަރު ހުއްޓާލިއެވެ. ޒެމިން ޔެލިން ކައިރީ ޔެލިން ބޯނީ ކޮންވައްތަރެއްގެ ޖޫގޯ އެއްތޯ އަހާލިއެވެ. ޔެލިން އިސްއުފުލާލުމަށްފަހު އޭނާއަށް އެންމެ މީރު ބުލޫބެރީ ފްލޭވަރ އޭ ބުންޏެވެ. ލައިކް އަށް ޒެމިން ނިތް އެއްލުމުން ލައިކް ވެސް ބުނީ އޭނާ ވެސް ބޭނުމީ ބުލޫބެރީ ފްލޭވަރ ކަމެވެ. ޒިޔާ އާއި ޒެމިން ވެސް ބުލޫބެރީ އަކަށް އޯޑަރ ދިނީ އެންމެން އެއްވައްތަރެއް ދޯ އޭ މިއަދު ބޯނީ ކިޔާފައެވެ.

ޖޫގޯ ހަދަން އިރުކޮޅެއް ނަގާނެތީ ޒެމިން އޭނާގެ ބެސްޓް ފްރެންޑް އިންޓްރޮޑިއުސް ކޮއްދިނެވެ. “އޯކޭ.. ޒިޔާ، ޔެލިން މީ އަހަރެންގެ ބެސްޓް ފްރެންޑް ލައިކް.. އެންޑް ލައިކް އެއީ މިހާރު މިރަށު ޕޮލިސްޓޭޝަން ގައި ހުރި އެންމެ މަތީ އެންމެ ވަރުގަދަ އަދި އެންމެ ބެސްޓް ބްރޯ.. ހެހެ.. އެންޑް ލެކް ޔޫ ނޯ ދޯ ދިސް އިސް މައި ޓުބީ ވައިފް އެންޑް މީ ޒިޔާގެ ބެސްޓް ފްރެންޑް ޔެލިން..” ޒެމިން ލައިކްއަށާއި ޔެލިންއަށް އެކަކު އަނެކަކު އިންޓްރޮޑިއުސް ކޮއްދިނެވެ. ލައިކް ހުރީ ޒެމިން އެހުރިހާ އެއްޗެއް ކީ އިރުވެސް ޔެލިންއާއި ދިމަ ކަޅިޖަހާނުލާ ބަލަންށެވެ. އަދި ޒެމިން އެހުރިހާ އެއްޗެއް ކިޔާ ނިމުމުން ޔެލިންވެސް އިސްއުފުލާ ލައިކް އާއި ދިމަ ބަލާލިއެވެ. ލައިކް އިސްވެ ހައި އޭ ބުނެލިއެވެ. ޔެލިންވެސް މަޑުމަޑުން ހައި އޭ ބުނެލިއެވެ. އެވަގުތު ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. އެވަގުތު ޖޫގޯ ހަދާ ނިމުމުން 4 މީހުންވެގެން ޖޫގޯ ހިފައިން ނިކުމެލީ އެދިމާ ބީޗްގައިވާ ދިއްގާ ގަހުގައި ހުރި ޖޯލިތަކަށެވެ.

ލައިކް އިސްވެ ވާހަކަ ދައްކަން ފެށީ މާހައުލު މާ މަޑުމައިތިރި ވެފަ އަދި ޔެލިންއާވެސް ބޮޑަށް ވާހަކަ ދައްކާ ހަދާލުމުގެ ބޭނުމުގައެވެ. “ކޮބާ ބްރޯ، މަގޭ ޓުބީ ވައިފްއޭ ބުނި ދެންމެ، އަހަރުމެން ދެމީހުންނަށް އަންގާވެސް ނުލާތަ ދެމީހުން މެރީކޮއް ނިންމާލަން ތިއުޅެނީ؟ ދޯ ޔެލީ! ޔެލީ އަށް އިނގޭތަ އަނެއްކާ؟؟” ޔެލިން އިނީ ލައިކް ޔެލީ އޭ ކިޔާފަ އޭނާއާ މުޙާތަބު ކުރީމަ ނުހަނު އުފާ ވެފައެވެ. އަދި ލަދު ކަނޑާލުމަށްފަހު ބުންޏެވެ. “ނޫން، ނޭންގެ.. ޒިޔާ އަންގާވެސް ނުލާ.. އެހާ ދުރުކޮއްލީތަ މިހާރު އައި ވެސް؟” ޔެލިން ދެރަވާ ކަމަށް ހަދާލާފަ ބުނެލިއެވެ. “ނޫން ނޫން، ޔެލް ދުރުކޮއްލައިން ދެން ތިކަހަލަ އެކުވެރިއެއް އަހަރެން ހޯދާނީ ކޮން ތާކުން، ޒެމިންގެ ބެސްޓް ފްރެންޑް އައީމަ ތިދެމީހުން ކައިރީ އެެއްކޮއް ބުނަން މި މަޑުކުރީ އަސްލު.” ޒިޔާ ބުނެލިއެވެ. “އެއީ ތެދެއް ލެކް، ލެކް ކައިރީ ނުބުނެ މަށަށް އެއްކަމެއްވެސް ނުވާނެކަން ލެކް އަށް ވެސް އިނގެއެއްނު، ދެން އޮފިޝަލީ އެހެންވީމަ މި އަންގަނީ އިނގޭ ދެމީހުންނަށްވެސް ވީއާރ ގޮނަރ މެރީ އޮން އަވަރ ވަން އިޔާ އެނިވަރސަރީގަ.. ކަޑަތަ؟؟” ޒެމިން އަހާލިއެވެ. ޔެލިން އެކްސައިޓް ވެފައިންލެއް ބޮޑުކަމުން ތަންކޮޅެއް ބާރައް “ވާއު” އޭ ބުނެލިއެވެ. “ޒިޔާ އައިމް ސޯ އެކްސައިޓެޑް، އައި އާ ދެކުދިން ވެގެންދޯ ޒިޔާގެ ވެޑިން ޑްރެސް ޑިޒައިން ފައިނަލް ކުރާނީ.. އެންޑް ބައިވަރު ކަންކަން ހުންނާނެ ދޯ ދެން ކުރަން ޖެހޭ، އަޅޭ.. އަދި އައި ލާނެ ހެދުމެއްވެސް ފަހަން ޖެހޭނެ ދޯ، ޑިޒައިންވެސް ބަލަން ޖެހޭނެ ދޯ، ވަރަށް މަސައްކަތް ދޯ ދެން ވަރަށް ބިޒީ ކޮއް ދޯ އުޅެން ޖެހޭނީ، ކޮބާ ކަލާ ކޯޑަކީ؟” ޔެލިން އޯވަރ އެކްސައިޓް ވެގެން އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލިއިރު ދެން ތިބި މީހުން ތިބީ ޔެލިންގެ އެ އަމަލުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މަޑުމަޑުން ހުންނަ ކުއްޖަކު ކުއްލިއަކަށް އެހާ އަނގަ ގަދަ ވީމަ ވާނީ ވެސް އެހެންތާއެވެ. ޔެލިންއާއި ދިމަ އެންމެންވެސް ބަލަންތިބި ގޮތުން ޔެލިންއަށް ދެންމެ އޯވަރ އެކްސައިޓެޑް ވެވުނުކަން ހަނދާން ވުމުން ކުޑަކޮއް ލަދުގަންނަ ގޮތް ވިއެވެ. އަދި ބުންޏެވެ. “ސޮރީ އައި އޯވަރ އެސްސައިޓް ވީ ދޯ”. އެވަގުތު އެންމެންގެ ވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޔެލިންވެސް މަޑުމަޑުން އެހުނުމުގައި ބައިވެރިވިއެވެ. “އަދި ކިރިޔާ މި އެނގުނީ އޯވަރ އެކްސައިޓް ވީމަ އެއްބައިކުދިން އެހާ އަނގަ ގަދަ ވާކަން. ހެހެ” މަޖާ ކޮއްލުމުގެ ގޮތުން ލައިކް ބުނެލިއެވެ. ޒެމިންއާއި ޒިޔާއަށް އަދިވެސް ހެވެނީއެވެ. ޒިޔާ ހުނުން މަޑުކޮއްލުމަށްފަހު ބުންޏެވެ. “އަދި ކުލައެއް ފައިނަލް އެއް ނުކުރަން ދޯ ޒެމިން، ތި ދެމީހުން ކައިރީ އަހާފަ ހުރިހާ ކަމެއް ފައިނަލް ކުރާނީ، ސޯ ކޮންކުލައެއް ރީތިވާނީ؟” “ތި ދެމީހުންގެ ފެވަރިޓް ކުލައެއްނު ފައިނަލް ކުރާނީ، ޒިޔާގެ ފެވަރިޓް ކުލައަކީ މެރޫން ކުލަ ދޯ، ދެން ޒެމިންގެ ފެވަރިޓް ކުލައަކީ ކަޅު ދޯ، އެހެންމަ އެޔޮތީ ފައިނަލް ވެފަނު، އެ ދެކުލަ ވަރަށް މެޗް ވާނެ.” ބޮޑު ހިނިތުންވުމެއް އެ ދެމީހުންނަށް ވެރިކޮއްލަމުން ޔެލިން ބުނެލިއެވެ. ޔެލިން އެބުނި ދެކުލައަށް އެންމެންވެސް ތާއީދު ކުރިއެވެ.

4 އެކުވެރިން ކައިވެނީގެ ޑިސްކަޝަން ތަކުގައި ތިބުމަށްފަހު ގެއަށްދާން ހިނގައިގަތީ އިރުއޮއްސެން ގާތްވާން ފެށުމުންނެވެ. މިއަދުގެ އެ ބައްދަލުވުމުންވެސް ޔެލިންއާއި ލައިކްގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެގެން ދިޔައެވެ. ޔެލިން ގެއަށް އައިސް އަވަހަށް ފާހާނާއަށް ވަނީ މަޣްރިބް ބަންގީގެ ކުރިން އަވަހަށް ފެންވަލާލަންށެވެ. ފެންވަރައިން ނިކުމެ އެއްޗިސް ލުމަށްފަހު މުސައްލަ ނަގާ ނަމާދުކުރަން ތައްޔާރުވިއެވެ. އެވަގުތު ބަންގިވެސް ގޮވަން ފެށިއެވެ. ޔެލިން ނަމާދުކޮއްލައިގެން އަވަސްވެގަތީ ޤުރުއާން ކިޔަވަންށެވެ. މިއީ ކޮންމެ ދުވަހަކުވެސް ޔެލިންގެ އާދައެވެ. 30 ވަރަކަށް މިނިޓް ޤުރުއާން ކިޔަވާ ނިންމާލުމަށްފަހު ފޯން ނަގާ އޮންލައިން ވެލުމަށްފަހު ވައިބަރ އަށް ވަނެވެ. ވައިބަރއިން ނިކުމެ ސްނެޕް އަށް ވަންތަނާހެން ނުދަންނަ ނަމްބަރަކުން ވައިބަރ އިން މެސެޖެއް އައި ނޮޓިފިކޭޝަން ފެނުނެވެ. ޔެލިން އެއީ ކާކު ފޮނުވި ކޮން މެސެޖެއްތޯ ބަލާލުމުގެ ބޭނުމުގައި އަލުން ވައިބަރއަށް ވަނެވެ.

  • – ނުނިމޭ –

Share Article

yumm
Follow Me Written By

yumm

Level 1

Other Articles

Previous

ފުރަތަމަ ލޯބި (އެއްވަނަ ބައި)

Next

ޔަސްނާ

Next
February 13, 2023

ޔަސްނާ

Previews
February 7, 2023

ފުރަތަމަ ލޯބި (އެއްވަނަ ބައި)

4 Comments!

  1. Lily says:
    February 13, 2023 at 8:27 pm

    Wowwwww
    Just luved it
    Curiously waiting for the next part?

  2. Lily says:
    February 13, 2023 at 8:28 pm

    Btw next part kon irakun??

  3. friend says:
    February 14, 2023 at 7:02 am

    Nice story 😊🙂

  4. yumm says:
    February 15, 2023 at 10:27 am

    thank you lily & friend 🙂
    next part writing, soon will finish and upload Insha allah..

Comments are closed.



All Right Reserved!