30 ވަރަކަށް މިނިޓް ޤުރުއާން ކިޔަވާ ނިންމާލުމަށްފަހު ފޯން ނަގާ އޮންލައިން ވެލުމަށްފަހު ވައިބަރ އަށް ވަނެވެ. ވައިބަރއިން ނިކުމެ ސްނެޕް އަށް ވަންތަނާހެން ނުދަންނަ ނަމްބަރަކުން މެސެޖް އެއް އައި ނޮޓިފިކޭޝަން ފެނުނެވެ. އެއީ ކާކު ފޮނުވި ކޮން މެސެޖެއްތޯ ބަލާލުމުގެ ބޭނުމުގައި އަލުން ވައިބަރއަށް ވަނެވެ.
**************
މެސެޖް ފޮނުވާފައި އިން ނަމްބަރ ގެ ނަމަކަށް ލައިކް ޖަހާފައި އިންތަން ފެނުމުން ޔެލިންގެ ހިތް އުފަލުން ފޮޅިލިކަހަލައެވެ. އަވަހަށް ޗެޓަށް ވަދެ ބަލާލިއެވެ. ލައިކް ހައި އޭ ބުނެލާފައި އޮތުމުން ޔެލިންވެސް ހައި ބުނެލިއެވެ. ދެން ދެމީހުން އެކި އެކި ވާހަަކަ ތަކުގައި ތިބެފައި ޗެޓްކޮއް ނިންމާލީ އިޝާނަމާދު ބަންގި ގޮވުމުންނެވެ.
އާދުވަހަކަށް އިރުއެރީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބައެއްގެ ދިރުއުޅުމުގައި ބަހާރު މޫސުން އައިސް އަނެއްބައެއްގެ ދިރިއުޅުމަށް އައީ ހިތާމައިގެ ސާލެކެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ޔެލިން ފަތިސްނަމާދުކޮއް ނިންމިގޮތައް ނިކުމެ ގޭދޮށް ކުނިކަހަން ފެށިއެވެ. ހަމަ އެވަގުތު ލައިކް ވެސް ނަމާދުންފައިބައިގެން ޒިކުރުތައް ކިޔަމުން ހިނގަމުން ދިޔައީ ޔެލިންމެންގޭ ހުރި މަގުން ލާފައި ބީޗައް ދިއުމަށެވެ. ޔެލިންގެ ގެ ހުންނަނީ ބީޗާ އެހާ ދުރުނޫން ހިސާބެއްގައެވެ. ހިނގަމުން ދަނިކޮއް ލައިކް ލޮލުގައި އަޅައިގަތީ ކުޑަ ކަޅުކުލައިގެ ވައްބުރުގާއެއް އަޅައިގެން ކަކުލާ ހިސާބަށް އަރާ ވަރުގެ މަޑު ފިޔާތޮށި ގަޔަށް ދޫ ގަމީހަކާއި ފަލަ ހަރުވާޅެއް ލައިގެން ގޭދޮށް ކުނިކަހަން އޮތް ޔެލިންއެވެ. މިއަދު ޔެލިން އިރުއަރާ މަންޒަރު ބަލަން ނުދަނީބާއޭ ހިތައް އެރުމަށްފަހު ހިނގައިގަތީ ޔެލިންއާއި ދިމާލަށެވެ. ލައިކް ގޮސް ޔެލިންކައިރީ ހުއްޓިލަމުން ކަރުކެހިލިއެވެ. ޔެލިން ސިއްސައިގެން ގޮސް ފަހަތައް އެނބުރުނެވެ. “ހާދަ ހާސްވީ، މާ ބާރައްތަ ކަރުކެހިލެވުނީ؟” ޔެލިންއަށް ވީގޮތް ފެނިފައި ލައިކް އަހާލިއެވެ. “ނޫން، ހީކުރީ މިއުޅޭ އުނދަގޫ ބޮޑު ގްރޫޕްގެ ސޮރެއް ކަމަށް،، އެހެންވެ ސިއްސައިގެން ދިޔައީ” ޔެލިން ބުނެލިއެވެ. “މިރަށު ފިރިހެނުންގެ އުނދަގޫ ވަރަށް ބޮޑު ދޯ ޔެލިންއަށް، މިހާރު އެކަންތައްތައްވެސް ހުއްޓުވޭތޯ ބަލަމުން މިދަނީ އިނގޭ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ހުއްޓޭނެ އިރާދުކުރެއްވިއްޔާ، ބައިދަވޭ މިއަދު ކީއްވެ ސަން ރައިޒް ބަލަން ނުދަނީ؟ އަހަރެން ބީޗަށް ދަމުން ޔެލީ މިތާ އޮއްވަ ފެނިގެން މިއައީ އެހެންވެ އެހެން އަަހާލަނެވެގެން.” ލައިކް ކުރަންއައި ސުވާލު ކޮއްލިއެވެ. “ހުކުރު ދުވަހަކީ ވަރަށް ބިޒީ ދުވަހެއް، އެއްވެސް ހުކުރު ދުވަހަކު އައި އެއް ނުދަން ސަންރައިޒް ބަލާކަށް.” ޔެލިން ބުނެލިއެވެ. ޔެލިން ރައްޓެހިންނާއި ވާހަކަ ދައްކާނީ އަބަދުވެސް އައި ކިޔައިގެންނެވެ. “އެހެންތަ، އެހެންވީމަ އަހަރެން ގޮސް މިއަދު ޔެލީގެ ބަދަލަށް އިރުއަރާ ގަޑީގަ އިރުގައި ބައްދާފަ އަންނާނީ.” ލައިކް މިހެން ބުނުމުން ޔެލިންއަށް ހީގަނެވުނެވެ. ލައިކްވެސް ޔެލިންގެ އެހުނުމުގައި ބައިވެރިވިއެވެ. އެގޮތައް އިރުކޮޅަކު ދެމީހުން ވާހަކަ ދައްކަން ތިބުމަށްފަހު ޔެލިން ހެއްވާލުމުގެ ނިޔަތުގައި ލައިކް އިރު ކައިރިއަށް ދަނީ ކަމުގައި ލާނެއްފާޑަކަށް ބުނެފައި ހިނގައިގަތެވެ. ޔެލިންގާތައް އެހެން ބުނުމުން އަނެއްކާވެސް ހިނިއައެވެ.
ޔެލިންއާއި ލައިކްއާއި ދެމީހުން ވާހަކަ ދައްކަން ތިބިތަން ޔެލިންގެ މަންމައަށް ފެނުނެވެ. ޔެލިންގެ މަންމަ ހުރީ މިކަމާ ވަރަށް އުފަލުންނެވެ. ޔެލިން ގޭދޮށް ކުނިކަހާ ނިންމާލުމަށްފަހު އަވަސްވެގަތީ ސައިހަދަން ބަދިގެއަށް ދިއުމަށެވެ. ބަދިގެއަށް ގޮސް ވަން އިރު މަންމައާއި ތުއްތޭ(ތުއްތުދައްތަ) ބަދިގޭގައި އަތްމަތި އަވަސްކޮއްލާފައި އުޅެއެވެ. ހުކުރު ދުވަހު ހެނދުނު ސަޔަށް ގިނަ ގޭގޭގައި ލުއިއެއްޗިސް ހަދާފަދައިން ޔެލިންވެސް ސޭންޑްވިޗް ހަދަން މަސްގަނޑު ތައްޔާރުކުރަންފެށިއެވެ. ސޭންޑްވިޗް ހަދާ ނިންމާލުމަށްފަހު އެންމެން ވެގެން ސައިބޮއެ ނިންމާލިއެވެ. ޔެލިންއާއި ޒޯޔާ އަވަސްވެ ގަތީ މެންދުރު ކައްކަން އެއްޗިސް ގަތުމަށް ފިހާރަޔަށް ދިއުމަށެވެ. ފިހާރަޔަށް ދިޔަ މަގުމަތީ ޔެލިންއާއި ދީމާއާއި ދިމާވިއެވެ. ޔެލިން ދީމާއަށް ހައި ޖަހާލިއެވެ. ނަމަވެސް ދީމާ ފެނުންކަމަށްވެސް އިވޭ ކަމަށްވެސް ނުހަދާ ދިޔައީއެވެ. ޔެލިން މިކަން މާބޮޑުކަމަކަށް ނުހަދައެވެ. ނަމަވެސް މި މަންޒަރު ޒޯޔާއަށް ފެނުމުން ހިތްހަމަނުޖެހުނެވެ. “ހާދަ ފޮނި މަންޖެއެކޭ ދޯ، ޔެލް ކީއްކުރަން އެހާ ފޮނި މީހުންނަށް ހައި ޖަހަނީ ތިޔަ އަނގައިން ނުބުނާ އިރު”. ޒޯޔާ ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ. “ހެހެ، އެއީ އައިގެ ކުލާސްމޭޓެކޭ، އެންޑް އޯލްސޯ ނައު ވީއަރ ވޯކިން އިން އަ ސޭމް ފީލްޑް، ދެން އޭނަ އަނގައިން ނުބުނުން އެއީ އޭނަގެ މައްސަލައެއްނު، އައި ހަމަ ހިތައް އެރީ ހައި ޖަހާލާނަމޭ، އަސްލު ހީހުރީ އޭނަ އަނގައިން ބުނާނެކަމަށް، އައުޗް…..” ޔެލިން ވާހަކަދައްކަމުންގޮސް ފިހާރަޔަށް ވަންނަ އޮޅިގަނޑުގައި ފައި އަޅާގަތެވެ. އެވަގުތު ކުރިމަތީ ހުރި މީހަކު “ސާބަސް ޔެލީ، ތަންކޮޅެއް ބަލައިގެން އުޅެބަލަ، ތަދުވިތަ ފަޔަށް؟” އެމީހަކު އެހެން ބުނެލުމާއެކު ޔެލިން އަށް އެއީ ކާކުކަން އިނގޭ ފަދައަކުން އަވަހަށް އެދިމަ ބަލާލިއިރު ކުރިމަތީ ހުރީ އޭނާގެ ހިތުގެ ވިންދު އަވަސް ކުރުވާ ޒުވާނާ ލައިކްއެވެ. “ނޫން ތަދެއްނުވޭ ނަސީބަކުން އެހާ ބޮޑަކަށް، ވާހަކައިގަ ޖެހުނީމަ ވާގޮތްމީ ދޯ ތުއްތޭ، ހެހެ، ބައިދަވޭ ލައިކް މިތާ ކީއްތިކުރަނީ؟” ފިހާރަތެރެއަށް ވަދުމަށްފަހު ޔެލިން އަހާލިއެވެ. “މަންމަ ބުނެގެން ކުކުޅެއް ގަނެދޭން އަައީ، ޔެލީ މެންވެސް މެންދުރު ކައްކަން ސާމާނު ގަންނަން ދޯ ތިއައީ!” ލައިކް މިހެން ބުނުމުން ޔެލިން ހޫމް އެކޭ ބުނެލުމަށްފަހު ހިނިތުންވެލިއެވެ. ފިހާރަތެރޭގައި މީހުން ގިނަވާން ފެށުމުން ލައިކް ދަނީ ކަމަށް ބުނުމަށްފަހު ފިހާރައިން ނިކުތެވެ. ލައިކް ދިއުމުން ޒޯޔާ ކަރުކެހިލުމަށްފަހު ޔެލިންއާއި ދިމާކޮއްލިއެވެ. ޔެލިން އެއްޗެކޭ ނުބުނެ ހީލުމަށްފަހު އަވަހަށް ގަންނަން އައި އެއްޗިސް ހޯދުމައިގެން އަވަސްވެ ގަތެވެ.
***************
ދުވަސްތަކާއި މަސްތައް ހަލުވިކަމާއެކު ފާއިތުވަމުންގޮސް ޒިޔާ އާއި ޒެމިންގެ ކައިވެނިކުރާ ދުވަސްވެސް ވަނީ ބޯމަތިވެފައެވެ. ނަސީބު ދިމާކުރާ ގޮތުން އެދެމީހުން މެރީ ކުރަން ނިންމާފައިވާ ދުވަހަކީ ސުކޫލްގެ ބޮޑު ޗުއްޓީ ތެރެއެވެ. ވީމާ ޔެލިންއަށް އޭނާ އެންމެ ބޭނުންވާ ގޮތައް ޒިޔާމެންގެ ވެޑިންގެ ކަންކަން ނިންމާލެވޭނެއެވެ. ނިމިގެން އެދިޔަ ދުވަސްތަކުގައި ޔެލިންއާއި ލައިކްގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް އެކުވެރިކަން އުފެދިފައެވެ. މާދަން ނޫން އަނެއްދުވަހަކީ ސުކޫލް ބަންދުވާ ދުވަސް ކަމުން ޔެލިންހުރީ އެކަމާ ވަރަށް އުފަލުންނެވެ. ޔެލިން ޒިޔާމެންގެ ކައިވެނީގެ ކަންތައްތަކުގައި ބިޒީ ވެގެން އުޅޭ އިރު ލައިކް އުޅެނީ ކޮންމެސް އެހެން ކަމެއްގައި ވަރަށް ބިޒީ ވެގެންނެވެ. ޔެލިން މެން ކުރެ އެކަކަށްވެސް ލަައިކް މާ ބިޒީ ވެގެން އެކުރަނީ ކީއްކަމެއް ނޭނގެއެވެ. އެހިޔަސް ނުވެސް ބުނެއެވެ. ނަމަވެސް ޒެމިން އަށް ލައިކް ކުރާ ހުރިހާ ކަމެއްވެސް ބަރާބަރަށް ކިޔައިދެމުން ދެއެވެ. ނަމަވެސް ލައިކްގެ އެދުމުގެ މަތިން ޒެމިންވެސް ނޭނގޭ ކަމަށް ހެދެމުން ހުންނަނީއެވެ. ލައިކް އެހެން ކަމެއްގައި ބިޒީ ކޮއް އުޅުނެއް ކަމަކު ޒެމިންގެ ކައިވެންޏަށް ކުރަންހުރި މަސައްކަތްތަކުގައި އޭނާ ވެސް އެންމެ އިސް މީހެއް ގޮތުގައި ބައިވެރިވެއެވެ.
ސުކޫލް ބަންދުވެ މިހާރު ޒިޔާމެންގެ ކައިވެނީގެ ދުވަސް ވެސް އައިސް ޖެހިއްޖެއެވެ. މިއަދަކީ ޒިޔާމެންގެ ދިރިއުޅުމަށްއައި އެންމެ އުފާވެރި އެއްދުވަސް ކަމަށް ވާނެކަމާމެދު ޝައްކެއްވެސް ނެތެވެ. ޒިޔާމެންގެ ކައިވެނި އޮތީ ރޭގަނޑު ބީޗްގައިކަމުން ވަރަށް ބައިވަރު މަސައްކަތް ކުރަން ޖެހޭތީ ރަށުގެ ޒުވާންފުރައިގެ ހުރިހާ ފިރިހެން ކުދިންކަހަލަ ގޮތަކަށް ވަނީ ބީޗްކައިރިއަށް އެއްވެފައެވެ. މިކަހަލަ ކަންކަމުގައި އަބަދުވެސް އެރަށު އެންމެންނަކީވެސް ވަރަށް ގުޅިގެން މަސައްކަތް ކުރާ ބައެކެވެ. ޕާޓީ ތައްޔާރުކުރުމުގެ ހުރިހާ ކަމެއްގައި އިސްކޮއް ހަރަކާތްތެރިވަނީ ލައިކް ކަމަށް ވުމުން، އެތަނަަށް އެއްވަފއިތިބި ހުރިހާ އެންމެން އެކި ގުރޫޕް ތަކަށް ބަހާލުމަށްފަހު ކޮންމެ ގުރޫޕަކަށް ކަމެއް ހަވާލުކުރުމަށްފަހު ކޮންމެ ގުރޫޕަކަށް ލީޑަރެއް ލިއެވެ. ލައިކްގެ މި މޮޅު ވިސްނުން އެންމެނަށްވެސް ވަރަށް ކަމުދިޔައެވެ. އަދި އެބައެއްގެ މަސައްކަތައިގެން އެބަޔަކު އަވަހަށް އުޅެގަތެވެ. ހަމަ އެގޮތައް ޕާޓީއަށް ކެއްކުމައިގެން ޒިޔާމެންކައިރީ ރަށުގެ ހުރިހާ އަންހެންވެރިން އަތްމަތި އަވަސްކޮއްލައިން އުޅޭ އިރު އެކަންކަން ދަނީ ރަނގަޅައްތޯ މިހުރިހާ ކަމެއް ބަލަން ހަވާލުވެ ހުރީ ޔެލިންއެވެ. ޔެލިން އުޅޭ ގޮތުން އެތާތިބި ގިނަ މީހުން ތިބެނީ ހިނި އައިއްސައެވެ. ބައެއްފަހަރު އެތާ ދުވެދުވެފައި އުޅޭ ގޮތުން ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭ މީހެއް ހެންނެވެ. ޒިޔާ ރީތިކުރުންވެސް ޒިޔާ ވަނީ ޔެލިންއާއި ހަވާލުކޮއްފައެވެ. މޭކަޕް ކުރުމާއި ހިޖާބް އެޅުމާއި ހުރިހާ ކަމެއްވެސް ވަނީ ޔެލިންގެ އަތްމަތީގައެވެ. ޔެލިންއަކީ މީގެ ކުރިންވެސް މޭކަޕް ކޮއްއުޅޭ ކުއްޖެއް ނޫންކަމުން އެކަން ކުރަން އޭނާ ކުޑަކޮއް ހިތް ނުތަނަވަސް ވިއެވެ. މޭކަޕް ނުކުރިއެއް ކަމަކު ޔޫޓިއުބުން ވަރަށް ގިނައިން މޭކަޕް ވީޑިއޯސް ޔެލިން ބަލައެވެ. އެކަން ޒިޔާއަށްވެސް އިނގެއެވެ. ޒިޔާގެ އެދުމަށް ފުރަގަސް ނުދޭންވެގެންނާއި އެކު އަދި އެހެން މީހަކު ލައްވާ ޒިޔާގެ މޭކަޕް ކުރަން ޔެލިންވެސް ހިތްހަމަ ނުޖެހޭތީއާއި އެކު ޔެލިންވަނީ މިހާރު މޭކަޕްކުރާ ހުރިހާ ސާމާނެއްވެސް ގަނެ ހަމަކޮއްފައެވެ. ޒިޔާގެ މޫނުގައި ފޭޝިއަލް ހާކަދިނުމަށްފަހު ކޮޓަރިން ނުނިކުތުމަށް ބުނުމަށްފަހު ޔެލިން ނިކުތީ ކެއްކުން ކުރިއަށްދަނީ ރަނގަޅައްތޯ ބަލާލުމަށެވެ.
ލައިކް ނުފެނި ގިނައިރުވުމުން ޔެލިން ލައިކް ބަލާލަން ދާހިތްވިއެވެ. ހަމަ އެވަގުތު ލައިކްއާއި ޒެމިން ސައިކަލްގައި ފެންކޭހަކާއި ޕެކެޓް ކޭހެއް ހިފައިން އައިސް ގޭކައިރީ މަޑުކޮއްލިއެވެ. ޔެލިން ފެނުމުން ލައިކްގެ ހިތްވެސް އުފަލުން ފޮޅުނެވެ. ޔެލިންވެސް އުފަލުން ހުރިވަރުން ލައިކްއާއި ދިމަ ބަލަން ހުރި ގޮތައް ހުރެވުނީއެވެ. ލައިކް ފެން ކޭސް ހިފައިން އައިސް ޔެލިންއާއި ކައިރިވެލުމަށްފަހު ކިހިނެއްވެފަހޭ ތިހިރީ ބުނެލިއެެވެ. ޔެލިން އަވަހަށް އިސްޖަހާލަމުން ކަމެއް ނުވެއޭ ބުނެލިއެވެ. އެވަގުތު ޒެމިން އައިސް ޒިޔާ ކޮބާހޭ އަހާލިއެވެ. “ހޯހޯހޯ، ޒިޔާ އެއް ނުފެންނާނެ ކައިވެނި ކުރާ ވަގުތައް އިންތިޒާރުކޮއްލާ ދެން،” ޔެލިން ހީގަންފަ އެހެން ބުނުމުން ލައިކްގާތައްވެސް ހިނިއައެވެ. “ބްރޯ ކެއްކޮއްލާ ދެން، ކުޑަވަގުތުކޮޅެއްނު ދެންމީނީ، ހެހެ ” ލައިކް މިހެން ބުނުމުން ޒެމިން އެދެމީހުންނާ ދިމާ ކޮއްލިއެވެ. “ހޫމް ތި ދެމީހުންނަށްވެސް އަދި މިދުވެސް އަންނާނެ، ހުރެބަލަ ނިކަން ހޭސަމާ ކުޅި ދައްކާލާނަން”. ޔެލިން ވަގުތުން ލަދުން އިސްޖަހާލިއެވެ. ލައިކް ހިތް އުފަލުން ފޮޅުނީ ޔެލިންގެ އެ އަމަލުން ޔެލިންވެސް ލައިކް އާއި ގުޅެން ބޭނުންވާކަން ޔަގީން ވުމުންނެވެ. ޔެލިން އިތުރަށް އެތާ މަޑުނުކޮއް ދުވެލާފައި ދިޔައީ ޒިޔާ ކައިރިއަށެވެ. ޒެމިންގާތައް ލާނެއް ހިންޏެއް އައެެވެ. އަދި ބުންޏެވެ. “ބްރޯ އެދިޔައީ ސިގުނަލް ދީފަ އިނގޭ، އެހެންމަ މާދަމާ ރޭ ތިކަން ނިންމޭތޯ ބަލަންވާނެ، އިރާދުކުރެއްވިއްޔާ ކާމިޔާބު ވާނެ”. ލައިކްވެސް އާނއެކޭ ބުނެ ބޯޖަހާލުމަށްފަހު ދެމީހުން އެއްކޮއް ސައިކަލަށް އަރަން ހިނގައިގަތެވެ.
އިރުއޮއްސެން ގާތްވީއިރު ޕާޓީގެ ހުރިހާ ކަމެއްހެންވަނީ ނިމިފައެވެ. އެންމެންވެސް އަވަސްވެގަތީ އެމީހެއްގެ ގެއަށް ދިއުމަށެވެ. ޔެލިން އޭނާ ރީތިވާން ބޭނުންވާ ހުރިހާ ސާމާނަކާއި ހެދުމާއި ހިފައިގެން އައީ ޒިޔާމެން ގެއަށެވެ. ހަމަ އެގޮތައް ލައިކްވެސް އެއްޗިސް ހިފައިގެން ގޮސް އުޅުނީ ޒެމިންގެ ރޫމްގައެވެ. އިޝާ ނަމާދުކޮއް ނިންމާލުމަށްފަހު ލައިކް އަވަސްވެގަތީ ޒެމިން ރެޑީކުރުވާށެވެ. ހަމަ އެގޮތައް ޔެލިން ވެސް ނަމާދުކޮއްލައިގެން އަވަސްއަވަހަށް ޒިޔާ ރީތި ކުރަން ފެށިއެވެ.
- – ނުނިމެ –
6 Comments!
Comments are closed.

Jumla gothehga vhka rythi
Ehen nama ves alhugandah faahaga vaa kameh bunelaanan… Baeh faharu hyve vhka thankolheh avas avahah ninmaalan ulhey hen… Dhen alhugandah gabool kurevey gothugai Thankolheh bodah thafseel kolladhinyma ithurah kiyuntherin shaugu verivaane ??? Mi kan kan dhen faharakun rangalhu kollaane kamah unmeedhukuran…
Btw Mi vhkaige dhen innaany kithah part thw??
thanks for ur comment 🙂
Aslu varah gina meehunge vaahakathah kiyaalin liyan feshumuge kurin, emeehunge stories in inspire vegen miliyany, comment thakah vx balaalin ehn meehun liyefa huri eygen faahaga vi aslu gina meeehunnah story maa bodah thafseelu kureema foohikan, ehnve hithah ery thankolheh hulaasaa kohlan… ekm vx dhn inna part miah vure bodah thafseel kohladheveytho balaanan insha allah, and vaahakaiga innaany total kithah part kameh bunaakah neyngeyne, cox vaki vakin part thah konme dhuvahaku liyamun midhany, ehnma total kithah part kameh seedha bunaakah neyngeyne..
🙂
Masha allah mi part ves vrh rythi inge ❤️❤️
Lily ah ves hyve thankolheh avahah ninmaalan ulheyhen ekm ves dhen hadi eh noon ingeyy
Yummmm negative koh nuvisnahchey
I am always with u 💞💞❤️❤️❤️ ✨✨✨✨✨✨
Yum ah lafaa kollaafa neynge thr kithah part kameh dhen innnaany
Btw how old are u??? Seedha age nubungnas school kuhjeh or school nimifa egothah buneliyas ok inge ☺️
Curiously waiting for the next part
thank you so much lily 🙂
i won’t think negative at all, infact i feel happy when u guys share ur views about this story, and yes will try to improve what u have noticed..
and about the parts i can say that less than 10 parts not more than 10 that’s for sure..
school nimifa marry vx kohgen and have one year ge baby ehvx 😉
23yrs old 🙂
next part coming soon insha allah. <3
Vaahaka varah Reethi
thank you anonymous 🙂