Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރަތަމަ ލޯބި (ހަތަރުވަނަ ބައި)

yumm
yumm Level 1
February 23, 2023 6 Mins Read
8 Comments

އިޝާ ނަމާދުކޮއް ނިންމާލުމަށްފަހު ލައިކް އަވަސްވެގަތީ ޒެމިން ރެޑީ ކުރުވާށެވެ. ހަމައެގޮތައް ޔެލިން ވެސް ނަމާދުކޮއްލައިގެންް އަވަސްއަވަހަށް ޒިޔާ ރީތިކުރަންފެށިއެވެ.

***************

ޒިޔާގެ މޭކަޕް ކުރަމުންދިޔައިރު ޔެލިން ހުރީ ވަރަށް ހާސްވެފައެވެ. އަދި އަލަށް މޭކަޕް ކުރާތީ އަދި އެވެސް އެންމެ ގާތް އެކުވެރިޔާގެ ވެޑިން މޭކަޕްވީމަ ހަޑިވެދާނެތީ ޔެލިން ހާސްވަނީއެވެ. ނަމަވެސް މާގޮތްބޮޑުނޫން ނެޗުރަލް މޭކަޕެއް ކަމަށްވުމުން އެހާ ގިނައިރެއްނުވެ މޭކަޕް ކަންތައް ނިންމާލެވުނެވެ. މޭކަޕްކޮއްދީ ނިންމާލުމަށްފަހު ޔެލިން ވަރަށް ފަރުވާތެރިކަމާއެކު ޒިޔާއަށް ބަލާލިއެވެ. އަދި މޭކަޕް ކޮއްދެވިފައިވާލެއް ފުރިހަމަކަމުން ޔެލިން ހުރީ ވަރަށް ހިތްހަމަ ޖެހި ވަރަށް އުފަލުންނެވެ. އަދި ޒިޔާއަށްވެސް މޭކަޕް ކަމުދާނެކަން ޔެލިން ޔަގީން ކުރިއެވެ. ޒިޔާ އިނީ އޭނާގެ މޭކަޕް ބަލާލާހިތުން ކެއްމަދުވެފައެވެ. ނަމަވެސް ޔެލިން އެކަމަށް ހުއްދަ ނުދިނުމުން އެކަން ވާ ގޮތެއް ނުވިއެެވެ. ޔެލިން އަވަހަށް ޒިޔާގެ ވެޑިން ގެނެސް ޒިޔާއަށް ލެއްވިއެވެެ. ޒިޔާގެ ވެޑިންއަކީ ރާއްޖޭގައި  މަޝްހޫރު ރިއްފަތު ކަލެކްޝަން އިން ހަދާފައިވާ ވަރަށް ވެސް ރީތި ވެޑިންއެެކެވެ. ވެޑިންގެ އަތުގަޔާއި މޭމަތި ހަދާފައިވަނީ އައިސް ހުދު ކުލައިގެ ވަރަށް ރީތި ވިދުމެއް ހުންނަ ޑިޒައިނިންގ ލޭސްއަކުންނެވެ. ތިރީ ބައި ވެސް އޮތީ އައިސް ހުދު ކުލައިގެ ކުޑަ ވިދުމެއް ހުންނަ މަޑު ލޭސް އަކުންނެވެ. އޭގެ އަޑިން ބޮޑަށް ފުއްޕާލުމަށް ބޭނުންކޮއްފައިހުރީ ނެޓްފޮއްޗެވެ. ވެޑިންގެ ފަސްބައިން ފުރަގަހަށް ވީބައި އޮތީ ޒިޔާ އަދި ޔެލިންވެސް ބޭނުންވާގޮތައް ވަރަށްވެސް ދިގުކޮއްލާފައެވެ.

ލައިކް ޒެމިންގެ ބޮލައް ހެއަރ ސްޕްރޭ ޖަހާލުމަށްފަހު އިސްތަށިގަނޑު ސްޓައިލް ކޮއްދޭން ފެށިއެވެ. ޒެމިންގެ އިސްތަށިގަނޑަކީވެސް ފަން އިސްތަށިގަނޑެއްކަމުން ލައިކް އެ ބޭނުންވާގޮތައް ސްޓައިލް ކުރަން ވަރަށް ފަސޭހަވިއެވެ. ލައިކްއާއި ޒެމިން ވެސް އެއްވެސް ވަރަކަށް މޭކަޕް ކޮއް ފައުންޑޭޝަން ހާކަން ބޭނުންނުވާތީ ޒެމިންގެ މޭކަޕެއް ނުކުރެއެވެ. ނަމަވެސް ގިނައިރު މޫނުމަތި ފްރެޝް ކޮއް ބަހައްޓާލަން ބޭނުންވާތީ ކުޑަ އެލޯވެރާ ޖެލް ކޮޅެއްހާކާލުމަށްފަހު ނިންމާލީއެވެ. ޒެމިން ރެޑީކޮއް ނިިންމާލުމަށްފަހު ލައިކް އަވަހަށް ރެޑީވާން ފެށިއެވެ.

ޒިޔާއަށް ހެދުން ލެއްވުމަށްފަހު ޔެލިން އަވަސް އަވަހަށް ޒިޔާގެ ބޮލުގައި ފުނާ އަޅުވާލާ ބޮޑު ހުޅިއެއް ޖަހާލިއެވެ. އަދި ޝޯލް އަޅުވަން ފެށިއެވެ. ޝޯލް އެޅުވުމަކީ ޔެލިންއަށް މާ އުނދަގޫ ކަމަކަށް ނުވުމުން އެކަމަކަށް މާ ގިނައިރެއް ނުނެގިއެވެ. އަދި ޝޯލްގެ މަތިން އަޅަން ގެނެއްސައި އޮތް ދިގު ވެއިލް ނެގުމައްފަހު އެ ވެއިލް ޝޯލްގައި ހަރުކޮއްލިއެވެ. އަދި އޭގެ މަތިން ބޮލުގައި އަޅަން ގެނެއްސައި އޮތް ރީތި ބޮޑު ކްރޯން ޝޯލްގެ މަތިން އެޅުވިއެވެ. ޒިޔާގެ ހުރިހާ ކަމެއްވެސް ޔެލިން އެންމެ ހިތްހަމަޖެހޭ ގޮތައް ނިންމާލެވުމުން ޔެލިން ވަރަށް އުފާވިއެވެ. އަދި ޒިޔާ ކޮޅައް ނެގުމަށްފަހު ބުނެލިއެވެ. “މައި ޕްރިންސެސް، ޔޫ ލުކް ގޯޖިއަސް، ކިސީކާ ނަޒަރްނާ ލަގޭ، ތުތުތު… ހެހެ، ނައު ޔޫ ކޭން ލުކް އެޓްދަ މިރާ، އެންޑް ޓެލްމީ ހައުސް ޔުއަރ ލުކް؟” ޒިޔާ މިއޮއްހުރިހާ އިރު ވަންދެން ކެއްކުރި ވަގުތު ޖެހުނީއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމަށްފަހު އަމިއްލައިންވެސް އަމިއްލަ ނަފްސައް މާޝާﷲ ބުނެލެވުނެވެ. އަދި ވީ އުފަލެއްގެ ބޮޑުކަމުން ރޮވޭގޮތް ވުމުން އަވަހަށް ޔެލިންގައިގާ ބައްދާލިއެވެ. ޔެލިން ޒިޔާގައިގާ ފިރުމާލުމަށްފަހު ޒިޔާ ދުރުކޮއްލީ ރޯންފަށާފާނެތީއެވެ. “އަނެއްކާ ނުރޮއްޗޭ ޒިޔާ، އައި އެއޮއްހާލުން ކުރި މޭކަޕް ފެނައް ވާނެ އެހެން ނޫނީ”. ޔެލިން މިހެން ބުނުމުން ޒިޔާ ހީގަތެވެ. އަދި ބުންޏެވެ. “އޭ ޔެލް އަސްލުވެސް ވަރަށް މޮޅު އިނގޭ މޭކަޕް ކުރަން، ވަރަށް ވަރަށް ރީތި މޭކަޕް، ޝޯލް އެންޑް އެވްރިތިންގ، ތެންކިއު ބެސްޓީ”. “ހޫމް ހޫމް އޯކޭ އޭދެން، އޯލްވޭސް މައި ޕްލެޝަރ، އައި ރެޑީވާން ފަށަނީ އިނގޭ މި ދެން، ރީތިކޮއް ބަސްއަހައިން މިތާ ގޮނޑީގަ އިށީނދެ އިނދޭ އިނގޭ، ދެން ނެތް މާގިނަ ވަގުތެއް ތި އިންތިޒާރު ކުރާ ރާޖާ ފެންނާކަށް، ހެހެ”.

ލައިކް ލާފައިވަނީ ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ފައިކުރިއަަށް ހިމަ ފަޓުލޫނެކެވެ. މޭމަތީ ޖީބުގައި މެރޫންކުލައިގެ މާކޮޅެއް ޖަހާފައި އިނުމުން ބަލާލަން ނުހަނު ހިތް ގައިމެވެ. ލައިކްގެ އިސްތަށިގަނޑު ރީތިގޮތަކައް ސްޓައިލް ކޮއްލުމަށްފަހު ޒެމިންއަށް އޭނާގެ ވެޑިން ބޫޓައް އަރުވައިދިނުމަށްފަހު ލައިކްވެސް އޭނާގެ ބޫޓައް އެރިއެވެ. އަދި ޒެމިންގެ ގަޔަށް ސެންޓްޖަހައި ދިނުމަށްފަހު ލައިކްގެ ގަޔަށް ވެސް ސެންޓް ޖެހިއެވެ. “މިރޭ ޒިޔާ މޮޔަވާނެ ޒެމިން ފެނިފަ، އެހާ ވެސް ހޭންޑްސަމް މައި ބްރޯ”. ލައިކް މިހެން ބުނުމުން ޒެމިން ހީލުމަށްފަހު ތޭންކްސް ބަޑީ އޭ ބުނެލިއެވެ. “މަށަށް ވުރެ ލެކް ފެނިފަ މޮޔަވާނެ ކުދިން މާގިނަވާނެ މިރޭ، ހެހެ،”. ޒެމިން މިހެން ބުނުމުން ލައިކް ހީލުމަށްފަހު ހިތައް އެރީ ޔެލިން މިރޭ ހުންނާނެ ގޮތެކެވެ. މިހެން ހިތައް އެރުމުންވެސް ލައިކްގެ ހިތް ތެޅިލިކަހަލައެވެ. ވިންދު ޖަހާލެއް އަވަސް ވާންފެށީ ޔެލިން ދެކިލާހިތުންނެވެ.

ޔެލިން އޭނާ މިރެއަށް ފަހާފައިވާ މެރޫން ކުލައިގެ ހެދުން ލިއެވެ. ޒިޔާގެ ކައިވެނި ޕާޓީ ކަމަށްވުމުން ޔެލިން ހެދުން ފެހީ އެހެންޏާ އޭނަލާ ހެދުންތަކާ ތަފާތު ގޮތަކަށެވެ. އެހެދުން ފަހާފައިވަނީ މެރޫންކުލައިގެ ވަރަށް ރީތި ވިދުމެއް ހުރި ފޮއްޗަކުންނެވެ. ވެއިސްޓާއި ދިމާލުން ފުރަގަހަށް އައްސާގޮތައް އިންނަ މި ހެދުމުން ޔެލިންގެ ވެއިސްޓްގެ ހިމަކަން ފާޅުވާނެވެ. ޔެލިން އަކީ މިކަހަލަ ހެދުންލާ ކުއްޖެއް ނޫން ކަމުން ޔެލިންއަށް ކުޑަކޮއް އުނދަގޫވިއެވެ. އެހެންކަމުން އޭނާ އޭނާގެ ވެއިސްޓް މާބޮޑަށް އިނގެން އިންނާތީ ވާފަށް ތަންކޮޅެއް ދޫކޮއް އެއްސިއެވެ. އަދި އޭގެ ފަހުން ލޯގަނޑުން ހެދުމަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. ބިންމަތީ މާބޮޑަށް ނުހޭކުނެއްކަމަކު ހެދުމުގެ ފަސްބައި ވަނީ ޔެލިން އެހެންޏާ ލާ ހެދުންތަކަށްވުރެ ތަންކޮޅެއް ދިގު ކޮއްލާފައެވެ. ޔެލިން އަވަހަށް ފުނާއަޅާލުމަށްފަހު ހުޅިއެއް ޖަހާލިއެވެ. އަދި އަވަހަށް މެރޫން ކުލައިގެ ވިދުމެއްހުރި ޝޯލް އެއްނަގާ އެ އަޅާ ނިންމާލިއެވެ. ޝޯލްގެ މަތިން އަޅަން ޒިޔާ ދީފައިވާ ފްލާވަރ ބޭންޑް ޔެލިން އަޅާލިއެވެ. މިހާރު އެންމެންވެސް ރެޑީވެ ނިމިއްޖެއެވެ. ޕާޓީއަށް ޒިޔާ ދާން ޖެހޭ ގަޑިވެސް ޖެހެނީއެވެ. ޔެލިން އަވަހަށް ޒިޔާގެ ގަޔަށް ސެންޓް ޖަހައިދިނުމައްފަހު ޔެލިންވެސް ސެންޓްޖަހާލިއެވެ. އަދި ޒިޔާއަށް އޭނާ މިރެއަށް ހާއްސަކޮއް ގަނެފައިވާ ހައި ހީލްސްއަށް އަރުވައި ދިނުމަށްފަހު ޔެލިންވެސް އޭނާ ގަނެފައިވާ ހައި ހީލްސްއަށް އަރާލިއެވެ. ޔެލިންގެ ރީތިކަން ފެނިފައި ޒިޔާ މާޝާﷲ ބުނެލިއެވެ. “ތުތުތު، ޔެލް ފެނިފަ މިރޭ ހޭނެތޭނެ ފިރިހެން ސޮރުންތައް”. ޒިޔާ މިހެން ބުނުމުން ޔެލިން ހީލިއެވެ. އަދި ލައިކްގެ މަތިން ހަނދާންވުމުން ކުޑަކޮއް ލަދުގަންނަ ގޮތް ވިއެވެ. އަދި ހިތުގެ ވިންދު އަވަސްވާންފެށީ ލައިކް ދެކިލާ ހިތުންނެވެ. ޔެލިން ޒިޔާގެ އަތުގައި ހިފައިގެން ޕާޓިއަށް ދާން ހިނގައިގަތެވެ.

ލައިކްއާއި ޒެމިން އެދެމީހުންގެ ހިތުގެ ރާނީ އަންނާނެ އިރަކަށް އިންތިޒާރުކުރަމުން ވަގުތުގުނަމުން ދިޔައެވެ. ހަމަ އެވަގުތު ޕާޓީ ދޮރުމަތިން އެ ދެމީހުންގެ ހިތުގެ ރާނީން އަންނަތަން ފެނުމުން ދެމީހުންގެ ހިތްވެސް އާދަޔާ ހިލާފު ބާރުމިނެއްގައި ތެޅެން ފެށިއެވެ. ޔެލިންއަށާއި ޒިޔާއަށްވެސް ވީ ހަމަ އެވަރެވެ. ޒިޔާ ގެންގޮސް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި ޒެމިން ކައިރީ ބޭންދުމަށްފަހު ޔެލިން ކުޑަކޮއް ދުރައް ޖެހިލިއެވެ. ލައިކް އަވަހަށް ޔެލިން ކައިރިއަށް ޖެހިލިއެވެ. އަދި ޔެލިންގެ ރީތި ކަމަށް ތައުރީފު ކުރިއެވެ. “މާޝާﷲ ޔެލީ، ޔޫ ލުކް ލައިކްއަ ޕްރިންސެސް، އަބަދުވެސް …. މިރޭ އެކަމް ވަރަށް ވަރަށް ތަފާތު”. ލައިކްގެ މި ބަސްތައް އަޑުއިވިފައި ޔެލިން ލަދުން އިސްޖަހާލިއެވެ. އަދި މަޑުމަޑުން ބުންޏެވެ. “ތެންކިއު، އެންޑް ޔޫ ލުކް ހޭންޑްސަމް ޓޫ” “އެހެންތަ، ތެންކިއު ޔެލީއަށްވެސް، އެކަމް ތި އިސްއުފުލާ ބަލާލަބަލަ އެއްފަހަރު އަހަންނާ ދިމަ އޭރަކައްނު އަހަރެން ހޭންޑްސަމް ކަމެއްވެސް އިނގޭނީ، ” ލައިކް މިހެން ބުނުމުން ޔެލިން އަދި ބޮޑަށް ލަދުގަންނަ ގޮތް ވިއެވެ. ނަމަވެސް އެހާ ކައިރިން ލައިކް ބަލާލަން އެހިތް ގޮވާލެއް ބޮޑުކަމުން ޔެލިން އިސްއުފުލާ ލައިކް އާއި ދިމަ ބަލާލިއެވެ. އަދި ލައިކްގެ އެ ފުރިހަމަ ކަމަށް ހިތާހިތުން ތައުރީފުކޮއްލެވުނެވެ.

އެވަގުތު ގާޒީ އައިސް ކައިވެނީގެ ކަންތައް ފަށައިގަތެވެ. ޔެލިންއާއި ލައިކް އެކަކު އަނެކަކު ކައިރީ އިށީނދެލިއެވެ. ކައިވެނިކޮއް ނިންމާލި ވަގުތު ޕާޓީ ބޭރުގައި ޕާޓީއަށް އައިސް ތިބި މީހުންތައް ކިއުއަކަށް އަރާފައި ތިއްބެވެ. ޒިޔާއާއި ޒެމިން އެމީހުންނަށް ހާއްސަކުރެވިފައިވާ ވެޑިން ބެކް ޑްރޮޕް ކައިރިއަށް ދިޔައެވެ. ލައިކްއާއި ޔެލިން ގޮސް އެދެމީހުން ކައިރީ ހުއްޓިލިއެވެ. ޔެލިންގޮސް ޒިޔާގެ ހެދުން ރީތިކޮއްލަދިނެވެ. ދެން ދެމީހުން ހިނގައިގަތީ ޕާޓީއަށް އައިސްތިބި މީހުން ވަންނަން ބުނާށެވެ. ޕާޓީއަށް އައި ޒުވާން ފުރައިގެ ފިރިހެން ގުރޫޕް ގަނޑެއް ޔެލިންއާއި ދިމަ ކަޅި ޖަހާނުލާ ބަލަން ފެށުމުން ޔެލިންއަށް ވަރަށް އުނދަގޫވާން ފެށިއެވެ. އެހެންވެ އެންމެ ވަގުތު ކޮޅަކަށްވެސް ޔެލިން ލައިކްގެ ކައިރިން ދުރަކަށް ނުދެއެވެ. ރަށު އެންމެނަށް ދައުވަތު ދީފައިވާ ޕާޓީއެއްކަމުން ދީމާވެސް ޕާޓީއަށް އައެވެ. ދީމާއަށް ޔެލިންއާއި ލައިކްއާއި އެހާ ކައިރީގައި ތިއްބާ ފެނުމުން ހަޖަމެއް ނުވިއެވެ. ލައިކް ރަށަށް އައީއްސުރެ ދީމާ ދަނީ ލައިކްއަށް ފާރަލަމުންނެވެ. ލައިކްއަށް ނޭނގި ލައިކްގެ ފޮޓޯވެސް ދީމާ ނަގައެވެ. ޔެލިންއަކީ ދީމާ ކުޑައިރުއްސުރެވެސް ނަފްރަތު ކުރާ ކުއްޖެއް ކަމުން މިއަދު ލައިކް އާއި އެއްކޮއް ޔެލިން ފެނުމުން ދީމާގެ ލޭ ކެކިގަތެވެ. އަދި ޕާޓީގައި އިރުކޮޅަކުވެސް މަޑުކުރަން ބޭނުންނުވުމުން ދީމާ ގެއަށް ދިޔައެވެ.

ޔެލިންއާއި ލައިކްއާއި ގިނަވަގުތު ތިބެނީ ޒިޔާމެން ފެންނަ ހިސާބުގައެވެ. އެމީހުންނަށް ކަމެއް ބޭނުންވެދާނެތީ ދެމީހުންވެސް އެހިސާބުން ދުރަކަށް ނުދެއެވެ. ޔެލިންމެންގެ ފަހަތުގައި ތިބި ފިރިހެން ގުރޫޕް ފޮޓޯ ނަގަން ޒެމިންމެން ކައިރިއަށް ދާންވެގެން ހިނގައިގަތެވެ. އަދި ދަމުން އެތަނުން ދެ ސޮރަކު ދިޔައީ ޔެލިން ގައިގައި ޖެހިގަންފައެވެ. މިމަންޒަރު ލައިކްއަށް ފެނުމުން ލައިކްގެ ލޭ ކެކިގަތެވެ. ނަމަވެސް ޒެމިންމެންގެ ކައިވެނި ޕާޓީ ކަމުން ލައިކް އެމީހުންނާ ދިމާއަށް ދާން އުޅެފައިވެސް މަޑުޖެހިލިއެވެ. ޔެލިން އޭނާގެ ޝޯލް މާކުރުކޮއް އެޅިފަތޯ ބަލަމުން ހެދުން ތިރިކުރަމުން ބަންދު ދޫކުރަމުން ދިޔައެވެ. ޔެލިން އެހެން އެއުޅެނީ އެމީހުން ޔެލިންގައިގައި ޖެހިގަތީމަކަން ލައިކްއަށް ނަގައިގަނެވުނެވެ. އަދި ޔެލިން ހަމައަކަށް އަޅުވަން ލައިކް ޔެލިންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި ޔެލިންގެ އުނަގަނޑުގައި މަޑުމަޑުން އަތް އަޅުވާލީ ޔެލިން ހިމާޔަތް ކުރާ ފަދައަކުންނެވެ. ލައިކްގެ މި އަމަލުން ޔެލިން ކުޑަކޮއް ސިހުނެވެ. ނަމަވެސް ލައިކްގެ ހިމާޔަތް އޭނާވެސް ބޭނުންވެފަ ހުރިލެއް ބޮޑުކަމުން ޔެލިން ހިނތުންވެލިއެވެ. ޔެލިންގެ އެ ހިނިތުންވުން ފެނިފައި ލައިކް އިތުރައް އުފާވިއެވެ. އަދި ޔެލިންގެ ފަރާތުން އެލިބޭ ފެހި ސިގުނަލް ތަކުން އޭނާގެ ހިތް އުފާވިއެވެ.

ޔެލިންއާއި ލައިކްގެ އެ ގާތްކަން ޒިޔާއަށާއި ޒެމިންއަށް ފެނިފައި އެ ދެމީހުންވެސް ވަރަށް އުފާވިއެވެ. އަދި ދެމީހުންވެސް އެކަކު އަނެކަކުގެ ރަހުމަތްތެރިޔާއަށް އުފާވެރި ހަޔާތެއް މިންވަރު ކުރައްވާތޯ ދުޢާ ކޮއްލިއެވެ. މިރެއަކީ ޒެމިންއާއި ޒިޔާގެ ދިރިއުޅުމަށް އައި އެންމެ އުފާވެރި ރެއެވެ. އަދި ހަމަ އެހެންމެ ޔެލިންއާއި ލައިކްގެ ވެސް ވަރަށް މެމޮރެބުލް ރެއަކަށް ވާނެކަން ޔަގީނެވެ. ޕާޓީން މީހުންތައް މަދުވާން ފެށިއެވެ. ގަޑިން މިހާރު 23:00 އެވެ. ޕާޓީ ނިންމާ ވަގުތު ޖެހުމުން ޔެލިންއާއި ލައިކް އަވަހަށް ގޮސް ޒިޔާމެންނާއި އެއްކޮއް ފޮޓޯ ނަގަން ފެށިއެވެ. އެކި ޕޯސް ތަކައް 4 މީހުން އެއްކޮއް ފޮޓޯ ނެގުމަށްފަހު ދެން ޒިޔާމެންނަށް އެދެމަފިރިން ވަކިން ފޮޓޯ ނަގަން ފުރުސަތު ދިނެވެ. ޔެލިންއާއި ލައިކް ދެމީހުންނަށްވެސް ތިބެންވާގޮތުގެ ރީތި ޕޯސްތައް ކިޔައިދެމުންގެންދިޔައެވެ. އެވަގުތު ޒެމިން ހިނިއައިއްސައި ހުރެ ބުންޏެވެ. “ތި ދެމީހުންގެ ވެޑިން ނައިޓް ގަ އަހަރުމެން ނުޖެހޭނެ ދޯ ޕޯސް ކިޔައިދޭކަށް.. އާނނ އެހާވެސް މޮޅު ދެމީހުން ކިޔައިދޭ ޕޯސްތައް، އަނެއްކާ އެހާ ރޮމޭންޓިކް ޕޯސް ކިޔައިދެނީވެސް” ޒެމިން މިހެން ބުނުމުން ޔެލިން ހީވީ ލަދުން ވިރި ދާނެހެންނެވެ. ލައިކް އަށް ހުރެވުނީ ޔެލިންއާއި ދިމަ ބަލަހައްޓައިން ހީގަނެގެންނެވެ. އަދި ސިއްރުން ބުންޏެވެ. “އެއީ ތެދެއްތަ ޔެލީ؟” ޔެލިންވެސް މިއަދު އެކަމާ ވާހަކަ ދައްކަން ބޭނުންވާތީ އެސުވާލަށް ޖަވާބު ދިނެވެ. “ނޭނގެއެއްނު އަދި، އަދި ލޯބީގެ ރިލޭޝަންޝިޕެއްގަ ނޫނެއްނު އައި މެން މިއުޅެނީ” ޔެލިން މިހެން ބުނުމުން ލައިކް އަހާލިއެވެ. “ކިހިނެއް ހެދީމަ ލޯބީގެ ރިލޭޝަންޝިޕަކަށް ވާނީ މި ރިލޭޝަންޝިޕް؟ ޕްރޮޕޯޒް ކޮއްފިއްޔާ ޔެލީ އޯކޭ ޖަހާނަންތަ އަހަންނަށް؟” ލައިކް މިހެން ބުނުމުން ޔެލިންގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. އަދި ޔެލިންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. ލައިކްއަށް ޔެލިންގެ ހިތުގެ ތެޅުން އިވުނު ކަހަލައެވެ. “ހާދަ ބާރަކަށް ޔެލީގެ ހިތް ތެޅެއޭ އެބަ ދޯ”. ޔެލިން ސިއްސައިގެންގޮއްސައި ބުންޏެވެ. “ކިހިނެއް ލައިކްއަށް އިނގެނީ އައިގެ ހިތް އެހާ ބާރަށް ތެޅޭ ކަމެއް؟” ލައިކް ހީލުމަށްފަހު ބުންޏެވެ. “ހެހެ،، އައި ނޯ ޔޫ އެންޑް ޔުއަރ ހާޓް ވެރީ ވެލް ނައު، ސޯ މާދަމާ ރޭ އަހަންނާ ބައްދަލުކުރެވޭނެތަ އަހަރެން ބުނާ ތަނަކުން؟”. ޔެލިން ކުޑަކޮއް ހާސްވާގޮތް ވިއެވެ. އަދި ދެއަތް ދެއަތާ މޮޑެން ފެށިއެވެ. ލައިކް ޔެލިންގެ އަތުގައި ހިފާފަ އަނެއްކާވެސް އެސުވާލު ތަކުރާރު ކޮއްލިއެވެ. ޔެލިން ވެސް ލައިކްއާއި އެއްކޮއް ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ އެކަމަށް ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. އަދި މަޑުމަޑުން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ލައިކް ވީ އުފަލެއްގެ ބޮޑުކަމުން ޔެލިން ގައިގައި ބައްދާލެވުނެވެ. އެވަގުތު ދެމީހުންގެ ހިތްވެސް އޮބި ނޯންނަވަރަށް ތެޅެމުން ދިއައެވެ. ލައިކްއަށް ޔެލިންގެ އުނަގަނޑުގައި ދެއަތް ވަށާލެވުންއިރު ޔެލިންގެ ބައްޓަން އޭނައަށް ސިފަވާން ފެށިއެވެ. ޔެލިންއަށް ކެތް ނުވެގެން ލައިކްގެ ގައިގާ ދެއަތް ވަށާލިއެެވެ. ދެމީހުންގެ ހިތް ވެސް ގޮވަމުން ދިއައީ އެކައްޗެކެވެ. ދެމީހުންވެސް އެކަކު އަނެކަކު ބޭނުންވާވަރެވެ. އެކަކު އަނެކަކާ ނުލާ ނޫޅެވޭނެ ކަމެވެ. ދެމީހުންވެސް ނޭވާ ދަމާލީ އެކަކު އަނެކަކު ގައިން ދުވާ މީރު ސެންޓް ވަހުންނެވެ. ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ މީހަކު ކަރު ކެހިލި އަޑަށެވެ. ވަގުތުން ދެމީހުން ދުރުވެލިއެވެ. ޒެމިންއާއި ޒިޔާ ލާނެއްފާޑަކަށް ހޭން ފެށިއެވެ. ޔެލިން ލަދުގަންލެއް ބޮޑުކަމުން އެވާހަކަ އެތާ އިތުރައް ދައްކަފާނެތީ ކާންދާން ހިނގާށޭ ބުނެ މައުޟޫއު އޮޅުވާލިއެވެ. އެންމެންވެގެން ކާންދާން ހިނގައިގަތީ ޔެލިން އިތުރަށް ލަދުގަންނުވަން ބޭނުންނުވާތީއެވެ.

  • – ނުނިމޭ –

Share Article

yumm
Follow Me Written By

yumm

Level 1

Other Articles

Previous

އަބަދުވެސް ލޯބިވިން

Next

އިންތިޒާރު….3

Next
February 27, 2023

އިންތިޒާރު….3

Previews
February 23, 2023

އަބަދުވެސް ލޯބިވިން

8 Comments!

  1. Lily says:
    February 23, 2023 at 1:14 pm

    Masha allahh Vrh rythi ❤️🥀
    yummm sis alhugandah faahagavi mi part ehen part thakah vure thafathu kan 😍😍
    vahaka kurin gendhiya gothaa balaafa mipart hama vrh thafaathu vrh reethi ❤️❤️✨✨✨
    And alhugandah faahagavi ziyaa men ge wedding nimun iru ekudhinge parents kobaa baaey??? 🤔
    Emyhun ge baeh leenama ithurah furihama vees 🙂
    Dhen part thankolheh dhigu koh genesdhehchey 😬😅
    next part kon irakun??? 🙂☺️😊

  2. mariyam says:
    February 23, 2023 at 5:16 pm

    Vrh rythi maasha allahu 💖❤️

  3. Dago says:
    February 24, 2023 at 9:26 pm

    Thi ehchiss ah kiyaa name thah Rangalhu kohllanbala. Wedding Kihineii tha lahvvaany? 😂😂😂
    Wedding dress, hijab elhuvun, bridal shoes, grooms shoes 😂😂😂
    Bouquet kobayo anehkkaa 😂

  4. Reem says:
    March 1, 2023 at 2:55 am

    nice story. can you upload it fast?

  5. Samsu says:
    March 1, 2023 at 12:15 pm

    Ibaaraaiy kurumah sumeh

  6. Finifenmaa says:
    March 7, 2023 at 8:17 am

    Varah reethi

  7. Lily says:
    March 11, 2023 at 8:17 am

    Next part kon irakun???😭

  8. Cutie girl says:
    August 9, 2024 at 12:41 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yelin and layak gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work

Comments are closed.



All Right Reserved!