Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތުގެ ދިރުން

Amaya Level 1
February 10, 2018 2 Mins Read
11 Comments

ހޮސްޕިޓަލުގެ ކުޑަ ދޮރަކުން ބޭރު ބަލަން ޖަޒްލީ ހުރީ ނިހާދު އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނިހާދު އާއި ޖަޒްލީގެ ކައިވެންޏަށް އަދި މިވީ އެންމެ 7 މަހެވެ. ނަމަވެސް އަންބަކަށް ދޭއްވާ އަޅާލުމާއި ލޯބި ނިހާދުގެ ފަރާތަކުން ޖަޒްލީ އަކަށް ނުލިބެއެވެ. އެކަމާއި ގުޅޭ ގޮތުން ޖަޒްލީ ވާހަކައެއް ދެއްކިޔަސް ނިހާދުގެ ބަސް މާ ވަރުގަދައެވެ. ދައްކާ ބަހަނާތައް ވަރަށް ގިނައެވެ. ދުރު ބަލަން ހުރި ޖަޒްލީގެ ހަނދާންތައް ގޮސް ބީއްސާލަނީ މީގެ 5 ވަރަކަށް އަހަރު ކުރީގެ މާޒީގެ ތެރެއަށެވެ.

ޖަޒްލީގެ އުމުރުން އޭރު އެންމެ 16 އަހަރެވެ. ކިރިޔަ ކިރިޔާ ފާސްވަމުން އައިސް މިއަހަރަކީ ޖަޒްލީ “އޯލެވެލް” ގައި ބައިވެރިވާ އަހަރެވެ. ކޮންމެ ގޮތެއް ވިޔަސް ހިތްވަރާއި އެކު ފާސްވުމުގެ އުއްމީދުގައި ޖަޒްލީ މަސައްކަތް ކުރަމުންދިޔައީ އޭނާގެ ކުރިމަގު އުޖާލާ ކުރެވޭތޯއެވެ. ނިހާދަކީ ޖަޒްލީ އަށްވުރެ 2 އަހަރު ދޮށީ ކުއްޖެކެވެ. ގްރޭޑް 7 އިން ފާސްނުވެގެން ރަށުގެ ކާރޕެންޓްރީ އެއްގައި މަސައްކަތް ކުރަމުންދާ ރަށުގެ އެންމެ ލާނެއް ގްރޫޕުގެ އެކަކެވެ. ޖަޒްލީ، ނިހާދު އާއި ރައްޓިހިވީ އޭނާ ނިހާދު ދެކެ ހަޤީޤީ ލޯބިވާތީ އެވެ. އެހެންމީހަކަށް ޖަޒްލީގެ ހިތް ނޭދޭތީ އެވެ. ނިހާދުގެ ފުރިހަމަ ސޫރަ އެންމެ ކުޑައިރުއްސުރެވެސް އޭނާގެ ހިތުގައި ވަނީ ކުރެހިފައެވެ. އެ ފިރިހެން ވަންތަ ކަމާއި ނިހާދުގެ ހިތްކައިމުކަން ވަނީ އެތައް އަހަރެއް ކުރިން ޖަޒްލީގެ ހިތުގައި ފެވިފައެވެ. ދެތިން މަހު ނިހާދުވެސް ޖަޒްލީ ގެންގުޅުނީ ވަރަށް ލޯބިންނެވެ. އެތައް ހުވަޔަކާއި ވަޢުދެއް ވަމުން ގޮނޑުދޮށާއި ޖޯލިފަތިތައް ފަޅުފިލުވަމުން ދިޔަ ލޯބިވެރިންގެ ލޯއްބަށް ލޮޅުމެއް އެރީ ކުއްލިއަކަށް ޖަޒްލީ އަށް އަންނަން ފެށި ބަދަލަކުންނެވެ.

ޖަޒްލީ މޭނުބައި ކޮށްފައި ހޮޑުލާތާ މިހާރު ތިން ހަފްތާ ވަނީއެވެ. އަބަދުވެސް ހުންނަނީ ރުޅި ގަދަ ވެފައެވެ. ނަމަވެސް ތިން ހަފްތާ ވީއިރުވެސް އެވާހަކައެއް ނިހާދު ކައިރި އަކު ނުބުނެއެވެ. ޖަޒްލީ އަށް ބުނަން މަޖުބޫރު ވީއެވެ. އެއްރެޔަކު ޖޯލިފަތީގައި ނިހާދު އާއި ދެމީހުން ތިބީ ފޯނުން ދައްކަމުންދާ މަޖާ ވީޑިއޯއެއް ބަލާށެވެ. ކުއްލިއަކަށް ޖަޒްލީ އޯކަށް ދެމެން ފެށިއެވެ. އެވަރަށް ސިއްރުކުރި ކަންތަން ނިހާދުއަށް ބޭޒާރު ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް ޖަޒްލީ ހިނގައިގަތީ ގެއާއި ހަމައަށް ފޯރާތޯއެވެ. ނަމަވެސް ގެއާއި ހަމައަށް ނުދެވެނިސް ހޮޑުލެވިއްޖެއެވެ. “ޖަޒްލީ…. ކިހިނެއް ތިވަނީ؟” ނިހާދުގެ އަޑު އިވުމުން ޖަޒްލީ ދިޔައީ ސިއްސައިގެންނެވެ. އަދި ފަހަތް ބަލައި ލިއެވެ. ނިހާދު ހުރީ ދެލޯ ބޮޑުކޮށްގެން ޖަޒްލީ އާއި ދާދި ކައިރީގައެވެ. ” އަނެއްކާ ޖަޒްލީ… ނޫން.. ނޫން.. ބުނޭ ނޫނެކޭ” ނިހާދު ހުއްޓަ ހުއްޓާފައި ބުންޏެވެ. “ލޯބި.. ސާބަސް. އެއީ…. ކެވުނު އެއްޗެއްގެ ސަބަބުން ކަންނޭނގެ.. މިއަދު ކުޑަކޮށް ރޯގާ ވައްތަރު ވެފައި ހުރީ” މޫނުމަތީ ހުރީ ހާސްކަން ފޮރުވަމުން ޖަޒްލީ ޖަވާބު ދިނެވެ.

ގެއަށް ގޮސް ޖަޒްލީ އޮތީއެވެ. ވިސްނުމުގެ ފުން ކޯރަކަށް ގެނބެމުން ދިޔަ ދިޔަހެން އޭނާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް ބާލީސް ތެއްމަމުން ދިޔައެވެ. “އަޅެ.. އަހަރެން ދެން ކިހިނެއް ހަދާނީ… މިވާހަކަ ބުނާނީވެސް ފަހެ ކާކު ކައިރީގައި… ” ވަމުންދާ ގޮތް ޖަޒްލީ އަށް  ވަރަށް ރަނގަޅަށް އިގެއެވެ. ނަމަވެސް އެކަން ޤަބޫލުކުރާކަށް އޭނާގެ ޒަމީރު އެއްބަހެއް ނުވެއެވެ. އޭނާގެ އުމުރުން އަދި މިވީ އެންމެ 16 އަހަރެވެ. އަހަރުގެ އޯލެވެލް އިމްތިހާނު އަންނަން ދެން އިނީ ހަތަރު ވަރަކަށް މަހެވެ. ނިހާދު އަށް ޓަކައި އޭނާގެ ކިޔެވުމުގެ ހަޔާތުގެ މަގު ބަންދު ކޮށްލާކަށް އޭނާ ނޭދެއެވެ. ނަމަވެސް އަނެއް ކޮޅުން އެއީ އޭނާ އާއި ނިހާދުގެ ލޯބީގެ ނިޝާނެވެ..

ނުނިމޭ

Share Article

Follow Me Written By

Amaya

Level 1

Other Articles

Previous

ޯލޯބިއެހެނަސް..11

Next

އިންތިހާ – 8

Next
February 10, 2018

އިންތިހާ – 8

Previews
February 10, 2018

ޯލޯބިއެހެނަސް..11

11 Comments!

  1. EHLEE says:
    February 10, 2018 at 12:53 pm

    Wow v reeti feshun. Baraabarah up kohladheetih vaahakah . ???

    1. Amaya says:
      February 12, 2018 at 10:16 am

      Thank you

  2. Icy♡ says:
    February 10, 2018 at 1:10 pm

    Nice
    By the way my name is Jazlee too

    1. Amaya says:
      February 12, 2018 at 10:19 am

      Oh.. You are a special.. ehenve Jazlee eh name choose kohlevuny.. dhen story ga vaa goiy dhimaa veytho balaalama

  3. Beauty?? says:
    February 10, 2018 at 2:28 pm

    ☺☺By the way my name is Jazlee too

    1. Amaya says:
      February 12, 2018 at 10:19 am

      Jazlee ge name hama reethi ey dhoonya

  4. Black beauty says:
    February 10, 2018 at 2:29 pm

    Mihaaru fashaa vaahakathah ginafaharah nueh nimey .mivaahaka gavaadhun upvaanekamah unmeedhukuran

    1. Amaya says:
      February 12, 2018 at 10:20 am

      In sha Allah.. v v avahah upload kohleveytho balaanan.. thank you

  5. Icy♡ says:
    February 10, 2018 at 8:02 pm

    ?Really

  6. EHLEE says:
    February 11, 2018 at 11:25 am

    Yaa lce ah dhr kiyanee jazleeh

    1. Beauty ? says:
      March 6, 2018 at 3:21 pm

      Bala mashah vx kiyanee jazlee ey

Comments are closed.



All Right Reserved!